Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޓޮޓެންހަމް

މެޑިސަން ޓޮޓެންހަމްއާ އެކު ސޮއިކޮށްފި

މެޑިސަން ސޮއިކުރީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގައި

ހުސެއިން ޒައިދް
ހުސެއިން ޒައިދް | 29 ޖޫން 2023 | ބުރާސްފަތި 10:18
ޖޭމްސް މެޑިސަން

ޖޭމްސް މެޑިސަން

އިންގްލެންޑުގެ މިޑްފީލްޑަރު ޖޭމްސް މެޑިސަން ފަސް އަހަރުގެ އެއްބަސްވުމެއްގެ ދަށުން ޓޮޓެންހަމްއާ ގުޅިއްޖެއެވެ.

ލެސްޓާ ސިޓީން ޓޮޓެންހަމްއަށް އޭނާ ބަދަލުވީ 40 މިލިއަން ޕައުންޑަށެވެ. އުމުރުން 26 އަހަރުގެ މެޑިސަން ވަނީ އިންގްލެންޑަށް ތިން މެޗު ކުޅެދީ، 2021 ވަނަ އަހަރު ލެސްޓާގެ ތާރީޚުގައި ފުރަތަމަ ފަހަރަށް އެފްއޭ ކަޕް ކާމިޔާބު ކޮށްދީފައެވެ.

20 މިލިއަން ޕައުންޑުގެ ފީއަކަށް 2018 ވަނަ އަހަރު ނޯވިޗްއިން ގުޅުމަށްފަހު އޭނާ ވަނީ ލެސްޓާއަށް 203 މެޗު ކުޅެދީފައެވެ. އޭނާ މިދިޔަ ސީޒަނުގައި ޕްރިމިއާ ލީގުގައި 10 ލަނޑު ޖެހި ނަމަވެސް އެ ކުލަބު ވަނީ ރެލިގޭޓްވެފައެވެ.

ކޮވެންޓްރީއަށް އުފަން މެޑިސަން ވަނީ، 55 ލަނޑު ޖަހައި ލެސްޓާއަށް 41 އެސިސްޓް ކޮށްދީފައެވެ. އޭނާގެ އުފެއްދުންތެރިކަމަކީ، 2020 ވަނަ އަހަރު ކްރިސްޓިއަން އެރިކްސަން ވަކިވި ފަހުން ޓޮޕް ކްލާސް ޕްލޭމޭކަރެއް ނެތް ސްޕާސް ސްކޮޑަށް މަރުހަބާ ކިޔާނެ ކަމެކެވެ.

ނިއުކާސަލްއިން މީގެ ކުރިން މެޑިސަން ހޯދުމަށް މަސައްކަތްކުރި ނަމަވެސް މި އަހަރުގެ ހޫނު މޫސުމުގައި އެ ޓީމުގެ ސަމާލުކަން އޭސީ މިލާނުގެ ސެންޑްރޯ ޓޮނާލީއަށް ބަދަލުވިއެވެ.

ޓޮޓެންހަމްއިން އިޓާލިއަން ލީގުގެ އެމްޕޯލީގެ ގޯލްކީޕަރު ވިކަރިއޯ ސޮއިކޮށްފައިވާއިރު، އާ ކޯޗު ޕޯސްޓެކޮގްލޫ ގެނައި ފަހުން ސްވިޑަންގެ މިޑްފީލްޑަރު ޑެޖާން ކުލުސެވްސްކީ ވެސް ވަނީ ދާއިމީކޮށްފައެވެ.

ރެލިގޭޝަނަށްފަހު ލެސްޓާއިން މެޑިސަން ވަކިވެފައިވާއިރު، ހިލޭ ޓްރާންސްފާއެއްގައި އެސްޓަން ވިލާއާ ގުޅުމަށް ޔޫރީ ޓިލެމަންސް މިހާރު ވަނީ އެއްބަސްވެފައެވެ.

ޓޮޓްނަމް ހޮޓްސްޕަރލެސްޓަރ ސިޓީ

އިތުރަށް ކިޔާލަން

07 ޖޫން 2025

ޓޮޓެންހަމްގެ ކޯޗުކަމުން ޕޮސްޓެކޮގްލޫ ވަކިކޮށްފި

07 ޖޫން 2025
ޓޮޓެންހަމްގެ ކޯޗުކަމުން ޕޮސްޓެކޮގްލޫ ވަކިކޮށްފި
20 މާރިޗު 2025

ޕޮޗެޓީނޯ ހުރީ އަލުން ޓޮޓެންހަމަށް ދިޔުމުގެ އުންމީދުގައި

20 މާރިޗު 2025
ޕޮޗެޓީނޯ ހުރީ އަލުން ޓޮޓެންހަމަށް ދިޔުމުގެ އުންމީދުގައި
17 ފެބުރުއަރީ 2025

ޓޮޓެންހަމް އަތުން ޔުނައިޓެޑު ބަލިވެއްޖެ

17 ފެބުރުއަރީ 2025
ޓޮޓެންހަމް އަތުން ޔުނައިޓެޑު ބަލިވެއްޖެ
03 ފެބުރުއަރީ 2025

ބްރެންޓްފޯޑު ބަލިކޮށް، ޓޮޓެންހަމަށް ހަމަޖެހުމެއް

03 ފެބުރުއަރީ 2025
ބްރެންޓްފޯޑު ބަލިކޮށް، ޓޮޓެންހަމަށް ހަމަޖެހުމެއް
23 ޑިސެމްބަރު 2024

ޓޮޓެންހަމް ބަލިކޮށް، ލިވަޕޫލް އެއް ވަނައިގައި ކުރިއަށް

23 ޑިސެމްބަރު 2024
ޓޮޓެންހަމް ބަލިކޮށް، ލިވަޕޫލް އެއް ވަނައިގައި ކުރިއަށް
10 ޑިސެމްބަރު 2024

ޓޮޓެންހަމް އަތުން ލިބުނީ ފުރިހަމަ މޮޅެއް: މަރެސްކާ

10 ޑިސެމްބަރު 2024
ޓޮޓެންހަމް އަތުން ލިބުނީ ފުރިހަމަ މޮޅެއް: މަރެސްކާ
09 ޑިސެމްބަރު 2024

ފަހަތުން އަރައި ޓޮޓެންހަމް ބަލިކޮށް، ޗެލްސީގެ މޮޅުވުން ކުރިއަށް

09 ޑިސެމްބަރު 2024
ފަހަތުން އަރައި ޓޮޓެންހަމް ބަލިކޮށް، ޗެލްސީގެ މޮޅުވުން ކުރިއަށް
24 ނޮވެމްބަރު 2024

ޓޮޓެންހަމް އަތުން ބަލިވެ، ސިޓީ ޕްރެޝަރަށް

24 ނޮވެމްބަރު 2024
ޓޮޓެންހަމް އަތުން ބަލިވެ، ސިޓީ ޕްރެޝަރަށް
24 ނޮވެމްބަރު 2024

ެލެސްޓަރ ބަލިކޮށް، ޗެލްސީ ތިން ވަނަ އަށް

24 ނޮވެމްބަރު 2024
ެލެސްޓަރ ބަލިކޮށް، ޗެލްސީ ތިން ވަނަ އަށް
04 ނޮވެމްބަރު 2024

އެސްޓަން ވިލާ ބަލިކޮށް، ޓޮޓެންހަމަށް ހަމަޖެހުމެއް

04 ނޮވެމްބަރު 2024
އެސްޓަން ވިލާ ބަލިކޮށް، ޓޮޓެންހަމަށް ހަމަޖެހުމެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު