Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިނގިރޭސި ޕްރިމިއަރ ލީގު

އެސްޓަން ވިލާ ބަލިކޮށް، ޓޮޓެންހަމަށް ހަމަޖެހުމެއް

މޮޅާއެކު ޓޮޓެންހަމް އޮތީ ލީގު ތާވަލްގެ ހަތް ވަނަ މަގާމުގަ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 4 ނޮވެމްބަރު 2024 | ހޯމަ 04:48
މެޗުގައި ލަނޑު ޖެހުމަށްފަހު ޓޮޓެންހަމްގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށްފަހު ޓޮޓެންހަމްގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

އިނގިރޭސި ޕްރިމިއަރ ލީގުގައި އެސްޓަން ވިލާއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، ޓޮޓެންހަމް އިން ކޮންމެ ވެސް ވަރެއްގެ ހަމަޖެހުމެއް ހޯދައިފި އެވެ.

ޓޮޓެންހަމްގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކުރީ 4-1 އިންނެވެ. އެއީ މެޗުގައި އެސްޓަން ވިލާ އިން ލަނޑު ޖަހައި ކުރި ހޯދާފައި ވަނިކޮށް، ފަހަތުން އަރައި ހަތަރު ލަނޑު ޖަހައިގެންނެވެ. މެޗުގައި ޓޮޓެންހަމް އިން އެ ޓީމުގެ ލަނޑުތައް ޖެހީ ފަހު ހާފުގަ އެވެ.

މެޗުގެ ފުރަތަމަ ހާފުގެ 32 ވަނަ މިނެޓުގައި އެސްޓަން ވިލާ އަށް ލީޑު ނަގައިދިނީ މޯގަން ރޮޖާސް އެވެ. ނަމަވެސް ދެ ވަނަ ހާފު ފަށައިގެން ހަތަރު ވަނަ މިނެޓުގައި ޓޮޓެންހަމް އިން ވަނީ ލަނޑު ޖަހައި ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. މެޗުގައި ޓޮޓެންހަމަށް ލީޑު ނަގައިދިނީ 75 ވަނަ މިނެޓުގައި ޑޮމެނިކް ސޮލަންކޭ އެވެ. އޭގެ ހަތަރު މިނެޓު ފަހުން ސޮލަންކޭ ވަނީ ޓޮޓެންހަމްގެ ތިން ވަނަ ލަނޑު ވެސް ޖަހައިފަ އެވެ. މެޗުގައި ޓޮޓެންހަމްގެ ފަހު ލަނޑު، މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރަށް ދެއްކި ވަގުތުގައި ޖެހީ ޖޭމްސް މެޑިސަން އެވެ.

މޮޅާއެކު ޓޮޓެންހަމް އޮތީ ލީގު ތާވަލްގެ ހަތް ވަނަ މަގާމުގަ އެވެ. އެއީ މިހާތަނަށް ލީގުގައި ކުޅުނު 10 މެޗުން 16 ޕޮއިންޓު ހޯދައިގެންނެވެ. ހަމަ އެ އަަދަދަށް މެޗު ކުޅެގެން ހަ ވަނައިގައި އޮތް އެސްޓަން ވިލާ އަށް ލިބެނީ 18 ޕޮއިންޓެވެ. މި ސީޒަންގެ ލީގުގއި ޓޮޓެންހަމްގެ ނަތީޖާތައް ދަށްވުމުގެ ސަބަބުން އެ ޓީމުގެ ކޯޗު އަންގޭ ޕޮސްޓެކޮގްލޫ އަށް ޕްރެޝަރު ކުރިމަތިވަމުން އަންނައިރު، އެސްޓަން ވިލާ އަތުން ހޯދި މޮޅާ އެކު ކޮންމެ ވެސް ވަރެއްގެ ހަމަޖެހުމެއް ލިބޭނެ ކަމަށް ރިޕޯޓުތަކުގައި ވަނީ ފާހަގަކޮށްފަ އެވެ.

ޕްރިމިއަރ ލީގުޓޮޓްނަމް ހޮޓްސްޕަރ

އިތުރަށް ކިޔާލަން

09 ޑިސެމްބަރު 2025

ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް

09 ޑިސެމްބަރު 2025
ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް
07 ޑިސެމްބަރު 2025

ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް

07 ޑިސެމްބަރު 2025
ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް
07 ޑިސެމްބަރު 2025

އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި

07 ޑިސެމްބަރު 2025
އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި
04 ޑިސެމްބަރު 2025

ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި

04 ޑިސެމްބަރު 2025
ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި
04 ޑިސެމްބަރު 2025

ސަންޑަލޭންޑާ އެއްވަރުވެ، ލިވަޕޫލް އަށް ކުރިއެރުމެއް ނެތް

04 ޑިސެމްބަރު 2025
ސަންޑަލޭންޑާ އެއްވަރުވެ، ލިވަޕޫލް އަށް ކުރިއެރުމެއް ނެތް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު