Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އިނގިރޭސި ޕްރިމިއަރ ލީގު

ފަހަތުން އަރައި ޓޮޓެންހަމް ބަލިކޮށް، ޗެލްސީގެ މޮޅުވުން ކުރިއަށް

މޮޅާއެކު ޗެލްސީން ވަނީ ދެ ވަނައިގައި ދެ ޕޮއިންޓުގެ ލީޑެއް ނަގައިފަ އެވެ. މިހާތަނަށް ކުޅެފައިވާ 15 މެޗުން އެ ޓީމަށް ލިބެނީ 31 ޕޮއިންޓެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 9 ޑިސެމްބަރު 2024 | ހޯމަ 02:20
މެޗުގައި ލަނޑު ޖެހުމަށްފަހު ޗެލްސީގެ ޕާމާ އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށްފަހު ޗެލްސީގެ ޕާމާ އުފާ ފާޅު ކުރަނީ

އިނގިރޭސި ޕްރިމިއަރ ލީގުގައި ފަހަތުން އަރައި ޓޮޓެންހަމް ބަލިކޮށް، ޗެލްސީން އެ ޓީމުގެ މޮޅުވުމުގެ ސިލްސިލާ ދަމަހައްޓައިފި އެވެ.

ޓޮޓެންހަމްގެ އަމިއްލަ ދަނޑުގައި އާދީއްްތަ ދުވަހުގެ ރޭ ކުޅުނު މެޗު ޗެލްސީން ކާމިޔާބު ކުރީ 4-2 އިންނެވެ. މެޗުގައި ފުރަތަމަ ދެ ލަނޑު ޖަހައި ކުރި ހޯދީ ވެސް ޓޮޓެންހަމް އިންނެވެ. ނަމަވެސް ޗެލްސީން ވަނީ ފަހަތުން އަރައި ހަތަރު ލަނޑު ޖަހައިފަ އެވެ. އޭގެ ފަހުން ޓޮޓެންހަމް އިން އެއް ލަނޑު ޖެހި އެވެ.

މެޗު ފަށައިގެން ފަސް ވަނަ މިނެޓުގައި ޓޮޓެންހަމަށް ލީޑު ނަގައިދިނީ ޑޮމިނިކް ސޮލަންކޭ އެވެ. އޭގެ ހަ މިނެޓު ފަހުން ޑެހާން ކުލުސެވްސްކީ ވަނީ ޓޮޓެންހަމްގެ ދެ ވަނަ ލަނޑު ޖަހައި ލީޑު ފުޅާ ކޮށްފަ އެވެ. ފުރަތަމަ ހާފުގައި ޗެލްސީން އެއް ލަނޑު ޖަހައި ފަރަގު ކުޑަ ކުރި އެވެ. މެޗުގެ 17 ވަނަ މިނެޓުގައި އެ ލަނޑު ޗެލްސީ އަށް ޖަހައިދިނީ ޖޯޑަން ސަންޗޯ އެވެ.

ދެ ވަނަ ހާފުގައި ޗެލްސީން ނަތީޖާ ހަމަހަމަ ކުރީ އެ ޓީމަށް ލިބުނު ޕެނަލްޓީ ކާމިޔާބު ކޮށްގެންނެވެ. މެޗުގެ 61 ވަނަ މިނެޓުގައި ޕެނަލްޓީ ކާމިޔާބުކޮށް ޗެލްސީ އަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ކޯލް ޕާމާ އެވެ. އަދި އޭގެ ފަހުން 73 ވަނަ މިނެޓުގައި އެންޒޯ ފެނާންޑޭޒް ވަނީ ލަނޑު ޖަހައި މެޗުގައި ޗެލްސީ އަށް ލީޑު ހޯދައިދީފަ އެވެ. އޭގެ އެގާރަ މިނެޓު ފަހުން ޗެލްސީ އަށް ލިބުނު ދެ ވަނަ ޕެނަލްޓީ ކާމިޔާބުކޮށް ލީޑު ފުޅާ ކޮށްދިނީ ޕާމާ އެވެ. މެޗުގައި ޓޮޓެންހަމްގެ ފަހު ލަނޑު މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރަށް ދެއްކި ވަގުތުގައި ޖެހީ ސޮން ހެއުން މިން އެވެ.

މޮޅާއެކު ޗެލްސީން ވަނީ ދެ ވަނައިގައި ދެ ޕޮއިންޓުގެ ލީޑެއް ނަގައިފަ އެވެ. މިހާތަނަށް ކުޅެފައިވާ 15 މެޗުން އެ ޓީމަށް ލިބެނީ 31 ޕޮއިންޓެވެ. ނުވަ މެޗުން ޗެލްސީ މޮޅުވެފައިވާއިރު، ހަތަރު މެޗުން ވަނީ އެއްވަރުވެފަ އެވެ. އަދި ދެ މެޗުން އެ ޓީމު ވަނީ ބަލިވެފަ އެވެ. ޗެލްސީގެ ފަހަތުން ދެ ވަނައިގައި އާސެނަލަށް ލިބެނީ 29 ޕޮއިންޓެވެ. އެއް ވަނައިގައި ލިވަޕޫލް އޮތީ ދެ ޓީމަށް ވުރެ އެއް މެޗު މަދުން ކުޅެގެން 35 ޕޮއިންޓާ އެކު އެވެ.

ޕްރިމިއަރ ލީގުޓޮޓްނަމް ހޮޓްސްޕަރޗެލްސީ

ކޮމެންޓް

އިތުރަށް ކިޔާލަން

އެޓަލަންޓާ އަތުން ޗެލްސީ ބަލިވެއްޖެ

އެޓަލަންޓާ އަތުން ޗެލްސީ ބަލިވެއްޖެ

10 ޑިސެމްބަރު 2025
ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް

ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް

09 ޑިސެމްބަރު 2025
ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް

ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް

07 ޑިސެމްބަރު 2025
އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި

އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި

07 ޑިސެމްބަރު 2025
ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި

ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި

04 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

9 ޖޫން
ރާއްޖެ އިޝްތިހާރުކުރަން ކެޓްރީނާ ކައިފް، ގައުމިއްޔަތުގެ އިންތިހާ!
20251 އަހަރު ކުރިން
ރިޕޯޓު

ރާއްޖެ އިޝްތިހާރުކުރަން ކެޓްރީނާ ކައިފް، ގައުމިއްޔަތުގެ އިންތިހާ!

ނާޒިލް ޕީއެންސީ މެންބަރުންނަށް "އިޒްރޭލު ޕާސްޕޯޓާއި ގުޅިގެން ތެދުވެ ވާހަކަދައްކަވާކަށް ނުކުރޭނެ، މިއަދު ފޮށާ ގެއްލިއްޖެ"
20242 އަހަރު ކުރިން
ރާއްޖެ

ނާޒިލް ޕީއެންސީ މެންބަރުންނަށް "އިޒްރޭލު ޕާސްޕޯޓާއި ގުޅިގެން ތެދުވެ ވާހަކަދައްކަވާކަށް ނުކުރޭނެ، މިއަދު ފޮށާ ގެއްލިއްޖެ"

ޓްރެފިކަށް ބާރު ބޮޑުވެ، ޖޭޕީގެ ޖަލްސާއިން ގޮނޑިތައް ނަގަން ޖެހިއްޖެ
20233 އަހަރު ކުރިން
ރިޕޯޓު

ޓްރެފިކަށް ބާރު ބޮޑުވެ، ޖޭޕީގެ ޖަލްސާއިން ގޮނޑިތައް ނަގަން ޖެހިއްޖެ

ރަޝިއާގެ އިގުތިސޯދަށް ހުރަސް އަޅާނެ ދަގަނޑު ފަރުދާއެއް ނުހުންނާނެ: ޕޫޓިން
20224 އަހަރު ކުރިން
ދުނިޔެ

ރަޝިއާގެ އިގުތިސޯދަށް ހުރަސް އަޅާނެ ދަގަނޑު ފަރުދާއެއް ނުހުންނާނެ: ޕޫޓިން

ޔަހޫދީ އައު ސަރުކާރުގެ ނުރައްކާ އިހުސާސްވެ ނަތަންޔާހޫގެ ވަރުގަދަ ބަހުގެ ހަމަލާތަކެއް
20215 އަހަރު ކުރިން
ދުނިޔެ

ޔަހޫދީ އައު ސަރުކާރުގެ ނުރައްކާ އިހުސާސްވެ ނަތަންޔާހޫގެ ވަރުގަދަ ބަހުގެ ހަމަލާތަކެއް

ނައިބް ރައީސުންނާއި، ފަނޑިޔާރަށް އިނާއަތް ދިނުމަށް ހުށަހެޅީ ދައުލަތް ލޫޓުވަން: މެމްބަރު ސަލީމް
20197 އަހަރު ކުރިން
ރާއްޖެ

ނައިބް ރައީސުންނާއި، ފަނޑިޔާރަށް އިނާއަތް ދިނުމަށް ހުށަހެޅީ ދައުލަތް ލޫޓުވަން: މެމްބަރު ސަލީމް

ބޮލުން އިސްތަށި ފައިބާ މީހުންނަށް މިއީ ރަނގަޅު ފަރުވާއެއް
20188 އަހަރު ކުރިން
ސިއްހަތު

ބޮލުން އިސްތަށި ފައިބާ މީހުންނަށް މިއީ ރަނގަޅު ފަރުވާއެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު