Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ކީރިތި ޤުރުއާން

ރަޝިއާގައި ޤުރުއާނުގެ ޙުރުމަތް ކަނޑާކަށް ޖާގައެއް ނެތް: ޕުޓިން

ޤުރުއާނަށް ޤަދަރު ކުޑަ ކުރުމަކީ ބައެއް ޤައުމުތަކުގައި މައްސަލައަކަށް ނުވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 29 ޖޫން 2023 | ބުރާސްފަތި 07:35
ރަޝިއާގެ ރައީސް ވްލަޑިމިއަރ ޕުޓިން

ރަޝިއާގެ ރައީސް ވްލަޑިމިއަރ ޕުޓިން

ރަޝިއާގައި ޤުރުއާނުގެ ޙުރުމަތް ކަނޑާކަށް ޖާގައެއް ނެތްކަމަށް އެ ޤައުމުގެ ރައީސް ވްލަޑިމިއަރ ޕުޓިން ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހު ޕުޓިން ވިދާޅުވީ، ޤުރުއާނަށް ޤަދަރު ކުޑަ ކުރުމަކީ ބައެއް ޤައުމުތަކުގައި މައްސަލައަކަށް ނުވިޔަސް، ރަޝިއާގައި އެއީ އަދަބު ދެވޭނެ ކުށެއް ކަމަށެވެ. އެގޮތުން ރަޝިއާގެ ޤާނޫނުއަސާސީއާއި، ޤާނޫނުލްއުޤޫބާތުގައިވެސް އެއީ އަދަބު ކަނޑައެޅިގެންވާ ކުށެއްކަމަށް ޕުޓިން ވިދާޅުވިއެވެ.

އަޟްހާ އީދު ތެރޭގައި ޕުޓިން ވަނީ ރަޝިއާގެ ދެކުނުގައި އޮންނަ ޑާގެސްތާންގެ ޑާބެންޓް ސިޓީއަށް ޒިޔާރަތް ކުރައްވައި އެ ސިޓީގައި ހުރި ޒަމާންވީ މިސްކިތަކަށްވެސް ޒިޔާރަތް ކުރައްވާފައެވެ.

އެއީ ރަޝިއާގައި އަދި ދުނިޔޭގައިވެސް ހުރި އެންމެ ޒަމާންވީ މިސްކިތްތަކުގެ ތެރެއިން މިސްކިތެކެވެ.

އަދި އެތަނުގައި އުޅެމުން ދިޔަ މުސްލިމުންނާވެސް ޕުޓިން ވަނީ ބައްދަލު ކުރައްވާފައެވެ. ޕުޓިންއާ ބައްދަލުކުރި މުސްލިމުން ވަނީ ޕުޓިންއަށް ޤުރުއާން ހަތިމެއް ވެދުމަށް އަރުވާފައެވެ.

އެކަމަށް ޝުކުރު އަދާ ކުރައްވައި ވާހަކަފުޅު ދައްކަވަމުން ޕުޓިން ވިދާޅުވީ، ޤުރުއާނަކީ މުސްލިމުންނަށް މާތް އެއްޗަކަށްވުމާއެކު އެހެން މީހުންވެސް ޤުރުއާނަށް ކަމޭހިތަން ޖެހޭނެ ކަމަށެވެ. އެ ރިވެތި އުސޫލުތައް ރަޝިއާއިން އަބަދުވެސް ދަމަހައްޓާނެކަމަށް ޕުޓިން ވިދާޅުވިއެވެ.

ޕުޓިން އެހެން ވިދާޅުވެފައި މިވަނީ އިސްލާމް ދީނާއި ކީރިތި ޤުރުއާނަށް ފާޅުގައި އިހާނެތިކޮށް ހިތުމަށް، ޤުރުއާން އެންދުމުގެ ޙަރަކާތެއް ބުދަ ދުވަހު ސްވިޑެންގައި ކުރިއަށް ގެންގޮސްފައިވާ ދަނޑިވަޅެއްގައެވެ. އެގޮތުން ސްވިޑްންގެ މިސްކިތެއްގެ ބޭރުގައި ޤުރުއާން އަންދާލުމަށް ހުއްދަ ދިނުމުން އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައި، އެކަމަށް ތުރުކީގެ ރައީސް އުރުދުޣާންވެސް ވަނީ ފާޑު ވިދާޅުވެފައެވެ.

އެއާއެކު ނޭޓޯއަށް ވަނުމަށް ސްވިޑްން އިން ކުރަމުންދާ މަސައްކަތަށް ވަނީ ހުރަސް އެޅިފައެވެ.

މި އަމަލު ހިންގަން ހުއްދަ ދީފައި މިވަނީ މުސްލިމުންގެ އެންމެ މުޤައްދަސް އެއް މުނާސަބާ ކަމުގައިވާ އަޟްޙާ ޢީދު ދުވަހާ ދިމާކޮށް ކަމަށް ވުމުން، ސްވިޑްންގެ ކަމާބެހޭ ފަރާތްތަކަށް މުސްލިމުންގެ ވަރަށް ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފައެވެ.

ޤުރުއާންވްލަޑިމިއަރ ޕުޓިން

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ރަޝިޔާ-ޔުކްރެއިން މައްސަލައިގެ ސުލްޙަ ޤާއިމު ކުރުމަކީ ދުރުގައި އޮތް ކަމެއް ނޫން: އުރުދުޣާން

ރަޝިޔާ-ޔުކްރެއިން މައްސަލައިގެ ސުލްޙަ ޤާއިމު ކުރުމަކީ ދުރުގައި އޮތް ކަމެއް ނޫން: އުރުދުޣާން

15 ޑިސެމްބަރު 2025
އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ

އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ

09 ޑިސެމްބަރު 2025
އިންޑިއާ އިން ބޭނުންވާ މިންވަރަކަށް ތެޔޮ ފޯރުކޮށްދިނުމަށް ޕުޓިން ހުންނެވީ ތައްޔާރަށް

އިންޑިއާ އިން ބޭނުންވާ މިންވަރަކަށް ތެޔޮ ފޯރުކޮށްދިނުމަށް ޕުޓިން ހުންނެވީ ތައްޔާރަށް

06 ޑިސެމްބަރު 2025
ސުލްޙައިގެ މަޝްވަރާ ތަކަށް އެއްބަސްވި ނަަމަވެސް، ޕުޓިން ހައްޔަރު ކުރުމުގެ އަމުރު ދެމި އޮންނާނެ

ސުލްޙައިގެ މަޝްވަރާ ތަކަށް އެއްބަސްވި ނަަމަވެސް، ޕުޓިން ހައްޔަރު ކުރުމުގެ އަމުރު ދެމި އޮންނާނެ

06 ޑިސެމްބަރު 2025
ރަޝިޔާ ގެ ރައީސް ޕުޓިން އިންޑިއާ އަށް ވަޑައިގަތުމުން މަރުހަބާ ދަންނަވަން ބޮޑު ވަޒީރު މޯދީ އެއަރޕޯޓަށް

ރަޝިޔާ ގެ ރައީސް ޕުޓިން އިންޑިއާ އަށް ވަޑައިގަތުމުން މަރުހަބާ ދަންނަވަން ބޮޑު ވަޒީރު މޯދީ އެއަރޕޯޓަށް

05 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

16 މާރިޗު
ގްރިލްޑް ޕައިނެޕަލް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ގްރިލްޑް ޕައިނެޕަލް

ހަ މަހުގެ ތުއްތު ކުއްޖާ ގޮވައިގެން އައިޖީއެމްއެޗްގައި 8 ގަޑިއިރު، ޑޮކްޓަރަކާއި ދިމަލެއް ނުވި
20242 އަހަރު ކުރިން
ރިޕޯޓު

ހަ މަހުގެ ތުއްތު ކުއްޖާ ގޮވައިގެން އައިޖީއެމްއެޗްގައި 8 ގަޑިއިރު، ޑޮކްޓަރަކާއި ދިމަލެއް ނުވި

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އޮނުގަސް އިންދާ އާލާކުރަނީ
20233 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އޮނުގަސް އިންދާ އާލާކުރަނީ

12 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ: ހައްޔަރުކުރި 3 މީހުން ތެރެއިން 2 މީހުން ވަރަށް ނުރައްކާތެރި
20224 އަހަރު ކުރިން
ރާއްޖެ

12 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ: ހައްޔަރުކުރި 3 މީހުން ތެރެއިން 2 މީހުން ވަރަށް ނުރައްކާތެރި

އެނަމާ ބޯޓުގެ ކާރިސާ: ކޯސްޓްގާޑުގެ ޑައިވަރުން ގޮވައިގެން އައި ފްލައިޓް ކާނޑެއްދޫއަށް ޖެއްސުނީ ސައްދާމުގެ ހިތްވަރުން!
20215 އަހަރު ކުރިން
ރިޕޯޓު

އެނަމާ ބޯޓުގެ ކާރިސާ: ކޯސްޓްގާޑުގެ ޑައިވަރުން ގޮވައިގެން އައި ފްލައިޓް ކާނޑެއްދޫއަށް ޖެއްސުނީ ސައްދާމުގެ ހިތްވަރުން!

ޕާޓީގެ އެދުމުގެ މަތިން، މަހިބަދޫ އެމްޑީޕީ ކެންޑިޑޭޓް ނަން އަނބުރާ ނަންގަވައިފި
20197 އަހަރު ކުރިން
ރާއްޖެ

ޕާޓީގެ އެދުމުގެ މަތިން، މަހިބަދޫ އެމްޑީޕީ ކެންޑިޑޭޓް ނަން އަނބުރާ ނަންގަވައިފި

ސަރުކާރަށް ކޮޅު ބެދުމުގެ ފެހި ސިގްނަލް
20188 އަހަރު ކުރިން
ރިޕޯޓު

ސަރުކާރަށް ކޮޅު ބެދުމުގެ ފެހި ސިގްނަލް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު