Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމަސީހުގެ އިތުބާރު މައްސަލަ

ޑިމޮކްރަސީ ގުރުބާން ނުކުރަން އެދި އިލްހާމްގެ ވަރުގަދަ ސިޓީއެއް ބަންޑާރަ ނައިބަށް!

ގައުމުތަކުގައި މި އުސޫލް ހަމަޖެހިފައިވާ ގޮތެއް ބަނޑާރަ ނައިބަށް އެނގިވަޑައިނުގަންނަވާ

| 13 ޖުލައި 2017 | ބުރާސްފަތި 07:01
މެމްބަރު އިލްހާމް

މެމްބަރު އިލްހާމް

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ގޮނޑި ގެއްލިގެންދާނެ ގޮތް ކަނޑައެޅުމަށްޓަކައި ސުޕްރީމް ކޯޓަށް ހުށަހަޅުއްވާފައިވާ މައްސަލައާ ގުޅޭ ގޮތުން، ގެމަނަފުށީ ދާއިރާގެ މެމްބަރު އިލްހާމް އަހްމަދުގެ ވަރުގަދަ ސިޓީއެއް އެޓާނީ ޖެނެރަލް މުހައްމަދު އަނިލަށް ފޮނުއްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މަގާމުން ދުރުކުރުމުގެ ލިޔުމުގައި ސޮއި ކުރައްވާފައިވާ އިލްހާމް، އަނިލްއަށް ބުރާސްފަތި ދުވަހު ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައި ވަނީ، މަޖިލީހުގެ މެމްބަރުންގެ ޕާޓީ ބަދަލު ކުރެއްވުމަކީ އެ ބޭފުޅުން ރައްޔިތުންނާއެކު ވެފައިވާ "އިޖުތިމާއީ އެއްބަސްވުމާ" ހިލާފު ކަމެއް ކަމަށް، ބަންޑާރަ ނައިބު ވިދާޅުވާއިރު، އެ މަނިކުފާނު ނިސްބަތްވާ ޕީޕީއެމަށް ވެސް އެހެން ޕާޓީތަކުން މެމްބަރުން ބަދަލުކޮށްފައިވާކަން ހަނދުމަފުޅަށް ގެންނަންޖެހޭ ކަމަށެވެ. އަދި ޕީޕީއެމުން ވެސް ސޯޝަލް ކޮންޓްރެކްޓާ ހިލާފަށް އަމަލުކޮށްފައިވާ ކަމަށް ވެސް އިލްހާމު ފާހަގަކުރައްވާފައިވެ އެވެ.

Advertisement - newsAdvertisement

"ސޯޝަލް ކޮންޓްރެކްޓްގެ ވާހަކަ މަނިކުފާނު ވިދާޅުވާއިރު، ވިސްނާވަޑައިގަންނަވާށެވެ. 2013 ވަނަ އަހަރު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް ވެރިކަމަށް އައީ އެމްޑީއޭ، ޖުމުހޫރީ ޕާޓީ އަދި އަދާލަތު ޕާޓީ އާއިއެކު ހަދާފައިވާ ކޯލިޝަނެއްގެ ތެރެއިންނެވެ. ދިވެހި ރައްޔިތުންގެ މެޖޯރިޓީ ވޯޓް ދިނީ އެ ކޯލިޝަނަށެވެ. އެހެންނަމަވެސް، 100 ދުވަސް ހަމަވިތަނާ، ޖުމްހޫރީ ޕާޓީއާއެކު ވެފައިވާ ކޯލިޝަންއެއްބަސްވުން ސަރުކާރު ހިންގާ ޕާޓީ ކަމުގައިވާ ޕީޕީއެމުން ވަނީ އެއްވެސް ސަބބެއް ނެތި ރޫޅާލާފައެވެ. އަދި މިހާރު އެމްޑީއޭ ފިޔަވައި އެހެން ކޯލިޝަން ޕާޓީތައް ދުރުކުރި އިރު ތިވިދާޅުވާ ސޯޝަލް ކޮންޓްރެކްޓް ކޮބައިތޯއެވެ،" އިލްހާމް ސުވާލު ކުރެއްވެވި އެވެ.

މީގެ އިތުރުން ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް އިން ޖުމްހޫރީ ޕާޓީ އާއި އެމްޑީޕީ އާއި އަމިއްލަ ގޮތުން މަޖިލީހަށް ހޮވުނު މެންބަރުން ޕީޕީއެމަށް ސޮއިކުރުމަށް، އެޓާނީ ޖެނެރަލް އަނިލް ވެސް ހިމެނިވަޑައިގެން ޖަލްސާތައް ބޭއްވިއިރު، ސޯޝަލް ކޮންޓްރެކްޓާ އޭރު ޚިލާފުނުވަތީތޯ އިލްހާމް ވަނީ ސުވާލު އުފައްދަވައިފަ އެވެ.

ކުރިން ޖޭޕީގައި ހުންނެވުމަށް ފަހު ޕީޕީއެމަށް އަލުން ބަދަލުވެވަޑައިގެން، އަދި މަސީހުގެ ވޯޓަށް ފަހު މިހާރު ޕީޕީއެމްއިން ވަކިވެވަޑައިގެން ހުންނެވި އިލްހާމްގެ ސިޓީގައި ވިދާޅުވެފައި ވަނީ ޕާޓީން ކެނޑުމުން ނުވަތަ ބަދަލުކުރުމުން މަޖިލީހުގެ ގޮނޑި ގެއްލޭ އުސޫލަށް ބައެއް ޤައުމުތަކުން އަމަލުކުރާ ކަމަށް ބަންޑާރަ ނައިބު ވިދާޅުވިއިރު، އެގޮތަށް އަމަލުކުރާ ޤައުމުތަކުން އެގޮތަށް ކަނޑައަޅާފައިވަނީ އެ ޤައުމުތަކުގެ ޤާނޫނުއަސާސީގައި ކަނޑައެޅިގެން އެހެން ލިޔެގެންނެވެ.

"އިންޑިއާއިން ދަނީ މި އުސޫލަށް އަމަލުކުރަމުންނެވެ. އިންޑިއާއިން މިކަންކުރަނީ 1985 ވަނަ އަހަރު އިންޑިއާގެ ގާނޫނުއަސާސީ އަށް ގެނައި 52 ވަނަ އިސްލާހުންނެވެ. އެހެންކަމުން އެކަންކުރަންޖެހެނީ ގާނޫނީއަސާސީ އަށް ބަދަލުގެނެސްގެންނެވެ. އިންޑިއާގައި މިކަން ޕްރެކްޓިސްކުރަނީ ސްޕްރީމް ކޯޓަށް ގޮސް ރޫލިންއެއް ހޯދައިގެން ނޫނެވެ. ޤާނޫނުއަސާސީ އަށް ބަދަލުގެނެސްގެންނެވެ. އަދި މަނިކުފާނު ވިދާޅުވެފައިވާ ކަމަށް މަޢުލޫމާތު ލިބިފައި ވަނީ ބަނގުލަދޭޝްގައި މިގޮތަށް ކަންތައް ކުރާ ވާހަކައެވެ. އެހެންނަމަވެސް މަނިކުފާނު ފަދަ ގާނޫނީ ބޭފުޅަކު އެކަހަލަ ވާހަކަތައް ރައްޔިތުންނަށް އޮޅޭ ގޮތަށް ދެއްކުމަކީ ހިތާމަކުރާ ކަމެކެވެ. ބަނގުލަދޭޝްގައި މިކަންކުރަނީ ކަނޑައެޅިގެން ގާނޫނުއާސާސީގައި އެކަށައަޅައިގެންނެވެ. އެޤައުމުގެ ގާނޫނޫއަސާސީގެ 70 ވަނަ މާއްދާގައި މިވާހަކަ ވަނީ ބަޔާންކޮށްފައެވެ. މީގެ އިތުރުން ކެންޔާއާއި ސައުތުއެފްރިކާގައި ވެސް މިކަން ކުރަނީ ގާނޫނުއަސާސީގައި ސާފު އިބާރާތުން ހިމަނައިގެންނެވެ. އަދި ސިންގަޕޫރުގައި ވެސް މިކަން ކުރަނީ އެ ޤައުމުގެ ގާނޫނުއަސާސީގެ 46 ވަނަ މާއްދާގައި ބަޔާންކޮށްގެންނެވެ،" އިލްހާމް ވިދާޅުވި އެވެ.

ސަބަބުތައް މިހެން ހުރުމާއެކު، މަޖިލީހުގެ މެމްބަރުންގެ ގޮނޑި ގެއްލޭނެ އުސޫލްތައް ދުނިޔޭގެ ގައުމުތަކުގައި ކަނޑައަޅާފައިވާ ގޮތް ވަރަށް ސާފުކޮށް އެނގެން އެބަ އޮތް ކަމަށް ފާހަގަކުރައްވައި، އިލްހާމް ވިދާޅުވެފައި ވަނީ ޕާޓީން ވަކިކުރުމުން ނުވަތަ ވަކިވުމުން މަޖިލީހުގެ ގޮނޑިގެއްލޭ އުސޫލު ތައާރަފުކުރަން ބޭނުންވާ ނަމަ އެވާހަކަ ދިވެހިރާއްޖޭގެ ގާނޫނުއަސާސީގައި އެއްވެސް އޮޅުމެއް ނާރާ ގޮތަށް އޮންނަންވާނެ ކަމަށެވެ.

ބަންޑާރަ ނައިބަކީ ރާއްޖޭގެ ޑިމޮކްރަސީ އާއި "ރޫލް އޮފް ލޯ" ހިފަހެއްޓުމަށް ވަކާލާތުކުރައްވާ އަދި ކޮލެޖްތަކާއި ގައުމީ ޔުނިވަރސިޓީގައި މިކަމާ ގުޅޭ ތަޤުރީރު ދެއްވާ ބޭފުޅެއް ކަމަށާއި އެހެންކަމުން ދިވެހި ރާއްޖެ ޑިމޮކްރަސީގެ ދަތުރުގައި ހޯދާފައިވާ ބޮޑެތި ކާމިޔާބީތައް އެބޭފުޅާގެ އަތްޕުޅުން ކަތިލެއްވުމަށް ފަހު ޤުރުބާންކުރައްވާނެ ކަމަށް ޤަބޫލުކުރަން، ގާތް އެކުވެރިއެއްގެ ހައިސިއްޔަތުން ވަރަށް ދަތި ކަމަށް އިލްހާމް ވިދާޅުވި އެވެ.

"މި ވަގުތަކީ ދިވެހި ޒުވާނުންނާއި އަންނަން އޮތް ޖީލުތައް ދިވެހި ދައުލަތުގެ ބަންޑާރަނައިބަށްޓަކައި ފަޚުވެރިވާނެ ނިންމުން ނިންމަންވީ ވަގުތެވެ،" އޭނާ ވިދާޅުވި އެވެ.

ދައުލަތުގެ ބަންޑާރަނައިބުގެ ހައިޞިއްޔަތުން، ސުޕްރީމް ކޯޓަށް ހުށަހަޅުއްވާފައިވާ މައްސަލަ ނިމޭ ގޮތަކުން އޭނާއަކީ ވެސް "ޝިކާރަކައަކަށް" ވެދާނެ މެމްބަރަކަށް ވެދާނެ ކަމަށާއި ނަމަވެސް މިކަންކަން ހިއްސާ ކުރެއްވީ "އުއްމީދީ ވިސްނުމެއްގައި" ކަމަށް އިލްހާމް ބަޔާންކުރައްވާފައިވެ އެވެ. ދިވެހި ގައުމުދެކެ ލޯބިވާ ދިވެހި ދަރިއެއްގެ ހައިސިއްޔަތުން މިލޮބުވެތި ގައުމުގެ މުސްތަގުބަލު އުޖާލާކުރުމަކީ ކޮންމެ ދިވެހި ފަރުދެއްގެ ޒިންމާއެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވެސް އިލްހާމް ވިދާޅުވި އެވެ.

އެޓާނީ ޖެނެރަލް އެދިވަޑައިގެންފައިވާ ގޮތަށް މެމްބަރުންގެ ގޮނޑި ގެއްލިގެންދާނެ އުސޫލެއް ސުޕްރީމް ކޯޓުން ކަނޑަނޭޅޭނެ ކަމަށް އިލްހާމުގެ ހަތް ސަފުހާގެ ސިޓީގައި ފާހަގަ ކުރައްވާފައިވެ އެވެ.

އިތުރަށް ކިޔާލަން

13 ފެބުރުއަރީ 2017

ޕީޕީއެމްގެ ރިޔާސީ ޕްރައިމެރީ ބާއްވާނެ ކަމަށް ގަބޫލެއް ނުކުރަން : އުމަރު ނަސީރު

13 ފެބުރުއަރީ 2017
ޕީޕީއެމްގެ ރިޔާސީ ޕްރައިމެރީ ބާއްވާނެ ކަމަށް ގަބޫލެއް ނުކުރަން : އުމަރު ނަސީރު
12 ފެބުރުއަރީ 2017

ރާއްޖޭގެ ހާލަތު ބަދަލުކުރަން ރައީސް ނަޝީދާއެކު ގުރުބާންވާނަން:އިބްރާ

12 ފެބުރުއަރީ 2017
ރާއްޖޭގެ ހާލަތު ބަދަލުކުރަން ރައީސް ނަޝީދާއެކު ގުރުބާންވާނަން:އިބްރާ
10 ފެބުރުއަރީ 2017

ރައީސް ޔާމީނަކީ ޑިމޮކްރަސީގެ ނަމޫނާއެއް: މެންބަރު ނިހާނު

10 ފެބުރުއަރީ 2017
ރައީސް ޔާމީނަކީ ޑިމޮކްރަސީގެ ނަމޫނާއެއް: މެންބަރު ނިހާނު
09 ފެބުރުއަރީ 2017

ޑިމޮކްރަސީއެއްގައި ވޯޓް ލަނީ ކިހިއްނެތޯ އިދިކޮޅު ފަރާތްތަކަށް ދަސްކޮށްދޭން ބޭނުން :އިބްރާހިމް މަނިކު

09 ފެބުރުއަރީ 2017
ޑިމޮކްރަސީއެއްގައި ވޯޓް ލަނީ ކިހިއްނެތޯ އިދިކޮޅު ފަރާތްތަކަށް ދަސްކޮށްދޭން ބޭނުން :އިބްރާހިމް މަނިކު
09 ފެބުރުއަރީ 2017

ޗެއާރޕާސަން ހޮވުމުގެ އިންތިހާބުގައި ހުރިހާ މެމްބަރުން ވޯޓްދިނުމަށް ރައީސް ނަޝީދު އެދިވަޑައިގަންނަވައިފި

09 ފެބުރުއަރީ 2017
 ޗެއާރޕާސަން ހޮވުމުގެ އިންތިހާބުގައި ހުރިހާ މެމްބަރުން ވޯޓްދިނުމަށް ރައީސް ނަޝީދު އެދިވަޑައިގަންނަވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު