Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޕުޓިންގެ ތައުރީފް އަސްކަރިއްޔާއަށް

ވެގްނަރ ގްރޫޕުން ހިންގި ހަރަކާތް ނާކާމިޔާބުކޮށްލެވުމުން ޕުޓިންގެ ތައުރީފް އަސްކަރިއްޔާއަށް، ޔެވްގެނީ ބެލަރޫސްއަށް

ރަޝިޔާގެ ސްޓޭޓް ނިއުސް އެޖެންސީ އާރުއައިއޭއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ވެގްނަރ ގްރޫޕްގެ މައްޗަށް އުފުލާފައިވާ ޖިނާއީ ކުށުގެ ދައުވާ ވަނީ ބޭރުކޮށްލާފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 27 ޖޫން 2023 | އަންގާރަ 14:35
ރަޝިޔާގެ ރައީސް ވްލަޑްމިއަރ ޕުޓިން ރަޝިޔާގެ އަސްކަރިއްޔާއާއި ސެކިޔުރިޓީ ބާރުތަކާ ބައްދަލުކުރައްވަނީ

ރަޝިޔާގެ ރައީސް ވްލަޑްމިއަރ ޕުޓިން ރަޝިޔާގެ އަސްކަރިއްޔާއާއި ސެކިޔުރިޓީ ބާރުތަކާ ބައްދަލުކުރައްވަނީ

ވެގްނަރ ގްރޫޕުން ހިންގި އަސްކަރީ ހަރަކާތް ނާކާމިޔާބުކޮށްލެވުމުން ރަޝިޔާގެ ރައީސް ވްލަޑްމިއަރ ޕުޓިން ރަޝިޔާގެ އަސްކަރިއްޔާއާއި ސެކިޔުރިޓީ ބާރުތަކަށް ތައުރީފްކުރައްވައިފިއެވެ.

ބާރުތައް ކޮންޓްރޯލްކުރެއްވުމަށް ޕުޓިން މަސައްކަތްކުރައްވަމުން ގެންދަވާއިރު ވެގްނަރ ގްރޫޕުން ރަޝިޔާގެ އަސްކަރިއްޔާއާ ދެކޮޅަށް ހޮނިހިރު ދުވަހު ހިންގި ހަރަކާތުގައި އިސްކޮށް ހުރީ ޕުޓިންއާއި، ޒަމާނުއްސުރެ ގާތްގުޅުމެއް އޮންނަ ޔެވްގެނީ ޕްރިގޮޒިންއެވެ. އަނެއްކޮޅުން ޔެވްގެނީއާ ގުޅުން އޮންނަ ޖެޓެއް ވަނީ ރަޝިޔާއިން ބެލަރޫސްއަށް އަންގާރަ ދުވަހު ގޮސްފައެވެ. ބެލެވޭ ގޮތުގައި މިޖެޓްގައި ރަޝިޔާއިން ފޮނުވާލީ ޔެވްގެނީއެވެ. ނާކާމިޔާބު އަސްކަރީ ހަރަކާތަށް ތިން ދުވަސްފަހުން ޔެވްގެނީ ބެލަރޫސްއަށް މިދިޔައީ އަސްކަރީ ހަރަކާތް ހުއްޓުމަކަށް ގެނައުމަށް ހެދި ޑީލްއާ ގުޅިގެންނެވެ.

ރަޝިޔާގެ ސްޓޭޓް ނިއުސް އެޖެންސީ އާރުއައިއޭއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ވެގްނަރ ގްރޫޕްގެ މައްޗަށް އުފުލާފައިވާ ޖިނާއީ ކުށުގެ ދައުވާ ވަނީ ބޭރުކޮށްލާފައެވެ.

ކްރެމްލިންގެ ކޮމްޕްލެކްސް ސްކޮޔަރގައި ސަލާމަތީ ބާރުތަކުގެ 2500އްހާ މީހުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން ޕުޓިން ވިދާޅުވީ، ރައްޔިތުންނާއި އަސްކަރީ ބާރުތަކުން ވަނީ ކުލީ ސިފައިންނާ ދެކޮޅަށް އެއްބައިވަންތަކަން ދައްކާފައިކަމަށެވެ. ޕުޓިންގެ އަރިހުގައި ޔެވްގެނީ އެންމެ ބޮޑަށް މަގާމުން ދުރުކުރަން ގޮވާލަމުންދިޔަ ޑިފެންސް މިނިސްޓަރ ސަރްގެއި ޝޮއިގޫވެސް ހުންނެވިއެވެ. ޕުޓިން ވަނީ މިހަރަކާތުގެ ތެރެއިން މަރުވި ރަޝިޔާގެ އަސްކަރީ ޕައިލެޓްގެ ހަނދާނުގައި އެއް މިނެޓްގެ ސުކޫތެއް ގެނައުމަށް އެދިވަޑައިގަންނަވާފައެވެ.

ވެގްނަރ ގްރޫޕުން މޮސްކޯއާ ދިމާލަށް އައިއިރު އެތައް ވައިގެ އުޅަނދަކަށް ހަމަލާދީ ވަނީ ވައްޓާލާފައެވެ. ނަމަވެސް އެއްގަމުން ވެގްނަރ ގްރޫޕާ ދެކޮޅަށް އެއްވެސް ހަމަލާއެއް އަމާޒުވެފައެއް ނުވެއެވެ.

މޮސްކޯއާ ދިމާލަށް ވެގްނަރ ގްރޫޕުން ޖަހާފައިވާ މިސްރާބު ބަދަލުކޮށްލީ، ޕުޓިންއާ ގާތްގުޅުމެއް އޮންނަ ބެލަރޫސްގެ ރައީސް އަލެކްސެންޑަރ ލުކްޝަންކޯ މެދުވެރިއެއްގެ ރޯލު އަދާކުރައްވައިގެން ކުރިޔަށްގެންދެވި ވާހަކަތަކުގައެވެ. އެއީ ބަދަލެއްގެ ގޮތުގައި ބެލަރޫސްއިން، ޔެވްގެނީއާއި ވެގްނަރ ގްރޫޕްގެ ހަނގުރާމަވެރިންނަށް އަމާންކަން ދިނުމެވެ. ނަމަވެސް މިކަމާ ގުޅޭ ތަފްސީލެއް އަދި މިހާތަނަށް އާންމުކޮށްފައެއްނުވެއެވެ.

ނާކާމިޔާބު އަސްކަރީ ހަރަކާތަށް ތިން ދުވަސްވެފައިވާއިރު އަދިވެސް ޔެވްގެނީ ވީތަނެއް ކަށަވަރެއް ނޫނެވެ. އަންގާރަ ދުވަހު ރަޝިޔާއިން ބެލަރޫސްއަށް ދިޔަ ޖެޓްގައި ޔެވްގެނީ އިންކަމެއް ކަށަވަރެއް ނޫނެވެ.

ފްލައިޓް ޓްރެކިންގ ސަރވިސް ވެބްސައިޓެއްކަމުގައިވާ ފްލައިޓް ރޭޓަރ 24ން ހާމަވާ ގޮތުގައި، ބެލަރޫސްއަށް ދިޔަ ޖެޓްގެ ކޯޑު ޔެވެގްނީގެ މިލްކިއްޔާތުގައި ހުރި ޖެޓްގެ ކޯޑާ ދިމާވެފައެވެ. މި ކޯޑު ބަލާފައިވަނީ އެމެރިކާއިން ޔެވްގެނީއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ޑޮކިޔުމެންޓްތަކުންނެވެ.

މި ޖެޓް އެންމެ ފުރަތަމަ ފެނިފައިވަނީ ރޮސްޓޮވް މަތިންނެވެ. ރޮސްޓޮވްއަކީ ވެގްނަރ ގްރޫޕުން ހިފި ރަޝިޔާގެ ދެކުނުގެ ސިޓީއެކެވެ.

އެންމެފަހުން ޔެވްގެނީ އާންމުންނަށް ފެނިފައިވަނީ ރޮސްޓޮވްގެ މަގުމަތިން އެސްޔޫވީ ކާރެއްގައި ދަނިކޮށެވެ. ޓީވީ މެދުވެރިކުރައްވައި ހޯމަ ދުވަހުގެ ރޭ ވާހަކަފުޅުދައްކަވަމުން ޕުޓިން ވަނީ ޔެވްގެނީގެ ނަން ވިދާޅުނުވެ، ކުލީ ސިފައިންގެ ލީޑަރުން ރަޝިޔާއަށް ޣައްދާރުވެފައިވާކަމަށް ވިދާޅުވެފައެވެ. ވެގްނަރ ގްރޫޕްގެ ހަނގުރާމަވެރިންނަށް އޮތް ގޮތަކީ ބެލަރޫސްގައި އަލުން ގާއިމުވެ ރަޝިޔާގެ އަސްކަރިއްޔާއާ ގުޅުން، ނޫނީ ގެއަށް އަނބުރައި ދިޔުންކަމަށް ޕުޓިން ވިދާޅުވިއެވެ. ޕުޓިން ވިދާޅުވީ، ރަޝިޔާގެ ދުޝްމަނުން ބޭނުންވަނީ ރަޝިޔާގެ އެކަކު އަނެކަކަށް ހަމަލާދީ މަރާލަންކަމަށާއި، އޭރުން އާޚިރުގައި ރަޝިޔާ ބަލިވެ، ރަޝިޔާ ބައިބައިވެ، ދާޚިލީ ހަނގުރާމައެއްގެ ތެރެއަށް ދާނެކަމަށެވެ. ނަމަވެސް އެހެން އެކަން ނުވާނެކަމަށާއި، އެތެރޭގެ ހަމަޖެހުން ނަގާލުމަށް ހިންގާ އެއްވެސް ކަމެއް، އަދި ކުރާ ބްލެކްމެއިލަކަށް ނުގުޑާނެކަމަށެވެ.

ކްރެމްލިންގެ ސްޕޯކްސްޕަރސަން ޑިމިޓްރީ ޕެސްކޮވް އަންގާރަ ދުވަހު ނޫސްވެރިންނާ ވާހަކަފުޅުދައްކަވަމުން ވިދާޅުވީ، އަސްކަރިއްޔާއާ ދެކޮޅަށް ހިންގި ހަރަކާތް ހުއްޓާލުމަށް އެއްބަސްވެވުނު ޑީލާ އެއްގޮތަށް ކަންކަން ތަންފީޒުވަމުން ދާކަމަށެވެ. އަދި ޔެވްގެނީ ވީތަނެއް އެނގިވަޑައިނުގަންނަވާ ކަމަށް ވިދާޅުވިއެވެ. އަދި މިހާތަނަށް ވެގްނަރ ގްރޫޕްގެ ހަނގުރާމަވެރިންގެ ތެރެއިން ޑިފެންސް މިނިސްޓްރީއާއެކު ސޮއިކުރީ ކިހާ އަދަދެއްގެ ހަނގުރާމަވެރިންނެއް ކަން އެނގިވަޑައިނުގަންނަވާ ކަމަށްވެސް ވިދާޅުވިއެވެ.

ވެގްނަރ ގްރޫޕްގެ މި އަސްކަރީ ހަރަކާތާ ގުޅިގެން ޕުޓިންގެ ވެރިކަމަށް ގުޑުން އަރާފައިވާކަމަށް ދައްކާ ވާހަކަތައް ޕެސްކޮވް ވަނީ ދޮގުކުރައްވާފައެވެ.

ޔެވްގެނީ ބުނެފައިވަނީ، އަސްކަރީ ހަރަކާތަކީ އޭނާގެ ގްރޫޕު ޑިފެންސް މިނިސްޓްރީގެ ދަށަށް ދިޔުމުން ސަލާމަތްކުރުމަށް ހިންގި ހަރަކާތެއް ކަމަށެވެ. އަދި އެހަރަކާތް ހުއްޓާލީ ލޭއޮހޮރުވުމަކަށް ނުދާންކަމަށްވެސް ޔެވްގެނީ ބުންޏެވެ.

ހޯމަ ދުވަހު ޔެވްގެނީ ދިން 11 މިނެޓްގެ އޯޑިއޯ މެސެޖްގައި ބުނެފައިވަނީ، އެ ހަރަކާތަކީ ރަޝިޔާގައި އުފެދިފައިވާ ގާނޫނީ ސަރުކާރު ވައްޓާލުމަށް ހިންގި ހަރަކާތެއް ނޫންކަމަށެވެ. އަދި އެއީ އަސްކަރިއްޔާއާ ދެކޮޅަށް ކުރި މުޒާހަރާއެއްކަމަށެވެ.

ވްލަޑިމިއަރ ޕުޓިންވެގްނަރ ގްރޫއްޕުރަޝިއާ

ކޮމެންޓް

އިތުރަށް ކިޔާލަން

އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ

އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ

09 ޑިސެމްބަރު 2025
އިންޑިއާ އިން ބޭނުންވާ މިންވަރަކަށް ތެޔޮ ފޯރުކޮށްދިނުމަށް ޕުޓިން ހުންނެވީ ތައްޔާރަށް

އިންޑިއާ އިން ބޭނުންވާ މިންވަރަކަށް ތެޔޮ ފޯރުކޮށްދިނުމަށް ޕުޓިން ހުންނެވީ ތައްޔާރަށް

06 ޑިސެމްބަރު 2025
ސުލްޙައިގެ މަޝްވަރާ ތަކަށް އެއްބަސްވި ނަަމަވެސް، ޕުޓިން ހައްޔަރު ކުރުމުގެ އަމުރު ދެމި އޮންނާނެ

ސުލްޙައިގެ މަޝްވަރާ ތަކަށް އެއްބަސްވި ނަަމަވެސް، ޕުޓިން ހައްޔަރު ކުރުމުގެ އަމުރު ދެމި އޮންނާނެ

06 ޑިސެމްބަރު 2025
ރަޝިޔާ ގެ ރައީސް ޕުޓިން އިންޑިއާ އަށް ވަޑައިގަތުމުން މަރުހަބާ ދަންނަވަން ބޮޑު ވަޒީރު މޯދީ އެއަރޕޯޓަށް

ރަޝިޔާ ގެ ރައީސް ޕުޓިން އިންޑިއާ އަށް ވަޑައިގަތުމުން މަރުހަބާ ދަންނަވަން ބޮޑު ވަޒީރު މޯދީ އެއަރޕޯޓަށް

05 ޑިސެމްބަރު 2025
އެމެރިކާގެ އޮފިޝަލުންނާ އެކު ބޭއްވި ބައްދަލުވުން ވަރަށް ބޭނުންތެރި: ޕުޓިން

އެމެރިކާގެ އޮފިޝަލުންނާ އެކު ބޭއްވި ބައްދަލުވުން ވަރަށް ބޭނުންތެރި: ޕުޓިން

04 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

19 ޖެނުއަރީ
ބައެއް ވަޒީރުން އިޚްލާސްތެރި އެއް ނޫން: ލަތީފު
20251 އަހަރު ކުރިން
ރާއްޖެ

ބައެއް ވަޒީރުން އިޚްލާސްތެރި އެއް ނޫން: ލަތީފު

ނީޝާމް: އެއް ލަނޑަށް ހަ ވިކެޓް ނެގި، ރެކޯޑް މުގުރާލެވިދާނެތަ؟
20242 އަހަރު ކުރިން
މީހުން

ނީޝާމް: އެއް ލަނޑަށް ހަ ވިކެޓް ނެގި، ރެކޯޑް މުގުރާލެވިދާނެތަ؟

މޮޅުވީ ޕީއެސްޖީ، ވިދާލީ ރޮނަލްޑޯ!
20233 އަހަރު ކުރިން
ކުޅިވަރު

މޮޅުވީ ޕީއެސްޖީ، ވިދާލީ ރޮނަލްޑޯ!

މޭރީގެ މަރު: ލަމްހާގެ ފަރާތުން މާވިންއަށް ކޮށްފައިވާ މެސެޖެއްގައި އަންހެނެއްގެ ގަޔަށް ސިރިންޖު ޖަހާނެ ގޮތުގެ ވާހަކަތަކެއް!
20224 އަހަރު ކުރިން
ރާއްޖެ

މޭރީގެ މަރު: ލަމްހާގެ ފަރާތުން މާވިންއަށް ކޮށްފައިވާ މެސެޖެއްގައި އަންހެނެއްގެ ގަޔަށް ސިރިންޖު ޖަހާނެ ގޮތުގެ ވާހަކަތަކެއް!

މެޑްރިޑް ގޮވުން- މިނިސްޓަރ މައުސޫމުގެ ޙާލުކޮޅު ރަނގަޅު
20215 އަހަރު ކުރިން
ރާއްޖެ

މެޑްރިޑް ގޮވުން- މިނިސްޓަރ މައުސޫމުގެ ޙާލުކޮޅު ރަނގަޅު

ހިންނަވަރުގެ ތަރައްގީއަށް އެޅިފައިވާ ހުރަހަކީ މީހުން ހިޖުރަކުރުން
20197 އަހަރު ކުރިން
ރިޕޯޓު

ހިންނަވަރުގެ ތަރައްގީއަށް އެޅިފައިވާ ހުރަހަކީ މީހުން ހިޖުރަކުރުން

ރައީސް ޔާމީންގެ ރަނިންގމޭޓަކަށް ވާނީ ހަމަބުއްދި ނެތް މީހެއް: ފައިރޫޝް
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ ރަނިންގމޭޓަކަށް ވާނީ ހަމަބުއްދި ނެތް މީހެއް: ފައިރޫޝް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު