Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ހައްޖަށް ގެންދިޔުމުގައި ބޮޑު އަގުނެގުން

ހައްޖަށް މީހުން ގެންދިޔުމުގައި ބޮޑު އަގުނެގުން، އެންމެ ދަންނަ ބޮޑު ސިއްރު، ކުރެވޭނެ ކަމެއް ނޯވޭ!

ހައްޖު ކޯޕަރޭޝަންގެ ވެއިޓިންގ ލިސްޓްގައި 5000ށް ވުރެ ގިނަ މީހުން އެބަތިބި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 26 ޖޫން 2023 | ހޯމަ 02:17
1443 ވަނަ އަހަރު ހައްޖަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން މީހުންތައް ސައުދީއަށް ދިއުން

1443 ވަނަ އަހަރު ހައްޖަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން މީހުންތައް ސައުދީއަށް ދިއުން

ދުނިޔޭގެ އެކި ކަންކޮޅުތަކަކުން ހައްޖުގެ މަތިވެރި އަޅުކަމަށް ބޭނުންވެފައިވާ އެތައް މިލިއަން ބަޔަކު ކޮންމެ އަހަރަކުވެސް ހައްޖަށްދެއެވެ. ކޮވިޑް-19ގެ ބަލިމަޑުކަން ކުރިމަތިވި އަހަރުތައް ފިޔަވައެވެ. ހައްޖުގެ އަޅުކަން އަދާކުރުމަށް ކޮންމެ ގައުމަކަށްވެސް ސައުދީ އަރަބިއްޔާއިން ވަކިވަރަކަށް ކޯޓާ ދޫކުރެއެވެ. އެހެންކަމުން ފައިސާ ހަމަކޮށްގެން ދެން ތިބެނީ ހައްޖަށް ދެވޭނެ ދުވަހެއްގެ އިންތިޒާރުގައެވެ. ރާއްޖޭގައި ހައްޖު ކޯޕަރޭޝަން މެދުވެރިކޮށް ގިނަ ބަޔަކަށް ހައްޖަށް ދިޔުމުގެ ފުރުސަތު ލިބޭއިރު އަމިއްލަ ކުންފުނިތަކަށްވެސް އެފުރުސަތު އޮވެއެވެ. ނަމަވެސް ހައްޖަށްދާން ބޭނުންވާ މީހުންގެ އަދަދު ގިނަވުމުން ފައިސާ ދެއްކިއަސް އެއަހަރަކު ހައްޖަށް ދެވޭކަށް ނޯވެއެވެ.

ހައްޖު ކޯޕަރޭޝަނުން ބުނެފައިވަނީ ހައްޖު ކިއު ވަރަށް ދިގު ކަމަށާއި، 5000ށް ވުރެ ގިނަ މީހުން ލިސްޓުގައި އެބަތިބިކަމަށެވެ. ވަކިން ޚާއްސަކޮށް ކޮވިޑާ ގުޅިގެން އެއް އަހަރު ހައްޖަށް ނުދެވުމާއި ކޯޓާ މަދުވުމުގެ ސަބަބުން ލިސްޓް ވަނީ ވަރަށް ބޮޑަށް ދިގުވެފައެވެ. ހައްޖު ކޯޕަރޭޝަންގެ ކޯޕަރޭޓް އެފެއާޒްގެ މެނޭޖަރު އާއިޝަތު ޤާހިރު ވިދާޅުވީ މިހާރު 2029 ވަނަ އަހަރު ހައްޖަށް ދާން ބޭނުންވާ މީހުންނަށް އެފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. 2029 ވަނަ އަހަރު ހައްޖަށް ދިއުމަށް މިހާރު އެއްކޮށް ފައިސާ ދައްކައިފިނަމަ ނުވަތަ 75 އިންސައްތަ ފައިސާ ދައްކައިފިނަމަ ކިޔުގައި ނަން ނޯޓު ކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. މާނައަކީ މިއަހަރު ފައިސާ ދައްކާ މީހަކަށް ހައްޖަށް ދެވޭނީ މީގެ 6 އަހަރު ފަހުންނެވެ.

ދެން އޮތީ ހައްޖަށް މީހުން ގެންދާ އަމިއްލަ ކުންފުނިތަކެވެ. ކޮންމެ އަހަރަކުވެސް ބިޑް ކޮށްގެން އަމިއްލަ ކުންފުނިތަކަށް ވަކި އަދަދަކަށް މީހުން ހައްޖަށް ގެންދިޔުމުގެ ފުރުސަތު ލިބެއެވެ. މައްސަލަ ފެށެނީ މި ހިސާބުންނެވެ. ހައްޖު ކޯޕަރޭޝަނުން ދާން ބޭނުންވާ މީހުން ފައިސާ ދައްކާފައި އެމީހަކާ ޖެހެންދެން މަޑުކޮށްލައިގެން ތިބެންވީއެވެ. ނަމަވެސް އަމިއްލަ ކުންފުނިތަކުން ދާން ބޭނުންވާ މީހުންނަށް އެފުރުސަތު ކޮންމެ އަހަރަކުވެސް އޮންނާނެއެވެ. ނަމަވެސް ހަގީގަތުގައި "މުއްސަނދި ފައިސާވެރިން" ނަށެވެ.

ކޮންމެ އަހަރަކުވެސް އިސްލާމިކް މިނިސްޓްރީން މީހުން ހައްޖަށް ގެންދިޔުމަށް އަމިއްލަ ކުންފުނިތަކަށް ހުޅުވާލާއެވެ. އޭރުން ކުންފުނިތަކުން ނަގާ އަގާއި ދޭ ޚިދުމަތްތަކާއެކު ޕްރޮޕޯސަލް ހުށަހަޅަންވީއެވެ. އެ ޕްރޮޕޯސަލަށް އެވަލުޔޭޓްކުރުމަށްފަހު އެންމެ މަތިން މާކްސް ލިބޭ ކުންފުނިތަކަށް އެފުރުސަތު ލިބެއެވެ. ބިޑް ކާމިޔާބު ކުރުމުގެ ބޭނުމަށް ހުރިހާ ކުންފުނިތަކުންވެސް ހުށަހަޅާނީ އެންމެ ކުޑަ އަގެވެ. ހައްޖު ކޯޕަރޭޝަނުން ގެންދާ އަގާއި ދާދި އެއްވަރުގެ އަގެކެވެ. އަގު ހުށަހަޅާ ދޭނެ ޚިދުމަތްތައް ބަޔާންކޮށް ބިޑް ކާމިޔާބުކޮށް ހައްޖަށް މީހުން ގެންދިޔުމަށް ކުންފުނިތަކުން ހުޅުވާލައެވެ.

ދެން އެފެށުނީ ކަންތަކާއެވެ. ފައިސާ ގިނައިން ހުންނަ މީހުންނަށް ރަނުގެ ފުރުސަތެކެވެ. އެންމެ ފުރަތަމަ ކުންފުނިތަކުން ނަގަނީ ބިޑް ގައި ޖަހާފައި އިންނަ އަގެވެ. އުސޫލާ އެއްގޮތަށެވެ. ނަމަވެސް ހައްޖަށް ދާން ކައިރިކޮށްލާފައި ދެން އަންނަނީ ފޯނު ކޯލެކެވެ. މިވެނި ކަމެއް އެވެނި ކަމެއް ކުރަން އަދި މިއަދަދަށް ފައިސާ ބޭނުންވާކަމެވެ. އިތުރަށް ފަސް ދޮޅަސް ހާސް ރުފިޔާވެސް ބައެއް މީހުން އަތުން ނަގައެވެ. އެކި މީހުން އަތުން ނަގަނީ އެކި އަދަދެވެ. އެއަދަދަށް ފައިސާ ދެވެން ނެތް މީހާ ކުރާނެ ކަމެއްނެތެވެ. އެމީހާ ދެއްކި ފައިސާ އަނބުރާ ދީފައި ކުންފުނިން ބޭނުންވާ އަދަދަށް ފައިސާ ދެވޭ މީހާއަށް އެފުރުސަތު ދެނީއެވެ. އެކަމާ ރުހޭ މީހާއަށް އެކަން ވާނެތާއެވެ. އެގޮތް ކަމުނުދާ މީހާ ދެން ހުންނަންވީއެވެ. ބައެއް މީހުން އަތުން ހައްޖުގެ އަޅުކަން އަދާކޮށްފައި އައުމަށްފަހުވެސް ފައިސާ ނަގާފައި އެބަހުއްޓެވެ.

"ރާއްޖެއެމްވީ" އާ ވާހަކަދެއްކި މީހަކު ބުނިގޮތުގައި އޭނާގެ މާމަ ހައްޖަށް ދާން ފައިސާ ދައްކާ ހުރިހާ ކަމެއް ހަމަޖެހިފައި ހުއްޓާ ފަހުން ތިރީސް ހާސް ރުފިޔާ ދިނުމަށް ކުންފުނިން ގުޅާފައި ބުންޏެވެ. ނަމަވެސް އެވަރަށް ފައިސާ އާއިލާ އަތުގައި ނެތުމުން އެންމެ ފަހުން ބީއެމްއެލްއިން ލޯނެއް ނެގީކަމަށް އެމީހާ ބުންޏެވެ. ކޮންމެ ގޮތެއް ހަދާފައިވެސް މާމަ ހައްޖަށް ފޮނުވަން އެބަޖެހެއެވެ. މިއީ ފަރުޟު އަޅުކަމެއް އަދާކުރުމަށް އުޅެންޖެހޭ ހާލެވެ. އަނެއްކަމަކީ މިގޮތަށް ނަގާ ފައިސާ ދޭ ކަމުގެ އެއްވެސް ހެތްކެއް ނޯވެއެވެ. އެފައިސާ ދެއްކި ކަމުގެ ރަސީދެއް ނޯވެއެވެ. އެފައިސާ ދެނީ ގަނޑުކޮށްނެވެ. އެކަން ބެލޭނެ ގޮތެއް ނޯވެއެވެ.

މިއީ ހައްޖަށް ދިޔުމަށް ފައިސާ ދައްކާ އެފުރުސަތު ލިބިފައި އެއް ބަޔަކު އުޅެންޖެހޭ ގޮތެވެ. ދެން އޮންނަނީ ގިނައިން ފައިސާ ދޭ މީހާއަށް ޖާގަ ދިނުމެވެ. ފުރަަތަމަ ގުޅާއިރަށް ޖާގަ އޮންނަނީ ފުލްވެފައެވެ. ނަމަވެސް ލައްކައިން ދެލައްކައިން ފައިސާ ދޭން ބުނާ ހިސާބުން ނޯންނަ ޖާގަވެސް އޮވެއެވެ.

މިކަން ހިނގާތާ އެތައް އަހަރެއް ވެއްޖެއެވެ. މިކަން ހިނގަނީ މިމަގުންކަން ނޭންގޭ މީހަކު ނެތެވެ. އެވާހަކަ ދައްކަންވެސް ދައްކައެވެ. ނަމަވެސް ކުރެވޭނެ ކަމެއް ހުއްޓުވޭނެ ގޮތެއް ނޯވެއެވެ. މިކަން ކުރަނީ އިސްލާމިކް މިނިސްޓްރީއަށް ނޭންގިއޭ ބުނުމުގެ އެއްވެސް ޖާގައެއް ހަގީގަތުގައި ނެތެވެ. ކުންފުނިތައް ހިންގަނީ ކޮން ބަޔެއްކަމާއި މިކަމުގައި އުޅޭ މީހުން މިނިސްޓްރީ އަށް އެނގެއެވެ. އެހެން ގޮތަކަށް ބުނާނަމަ މިހުރިހާ ކަމެއްގައިވެސް އުޅެނީ އެއް ބަޔެކެވެ. ނަމަވެސް މިކަމުގައި ރަސްމީކޮށް ޝަކުވާއެއް ހުށަހަޅައިފިނަމަ ބަލާނަމޭ ބުނުން ފިޔަވައި މިނިސްޓްރީއަށް ކުރެވޭނެ ކަމެއް ނެތްފަދައެވެ. މީގެކުރިން ފުލުހަށް މައްސަލަ ހުށަހަޅާފައިވެސް އެބަހުއްޓެވެ. ނަމަވެސް ހެކި ނެތިގެން މައްސަލަ ނުބެލެނީއެވެ. ހެތްކެއް ނޯންނާނެތާއެވެ. އެންމެން އެކުވެގެން ކުރާ ކަމެކެވެ.

އަނެއްކޮޅުން ކުންފުނިތަކުން ޕްރޮޕޯސަލް ހުށަހަޅާއިރު ހިމަނާފައި ހުންނަ ޚިދުމަތްތައް އެގޮތުގައި ނުދޭކަންވެސް އިސްލާމިކް މިނިސްޓްރީއަށް އެނގެއެވެ. ޑައިރެކްޓް ފްލައިޓްގައި ހައްޖަށް ގެންދާނަމޭ ބުނެ ޓްރާންސިޓް ފްލައިޓްގައި ހައްޖާޖީން ގެންދާކަންވެސް މިނިސްޓްރީއަށް އެނގެއެވެ. ދެން ފަހަރެއްގައި ޕްރޮޕޯސަލްތައް އެވަލުޔޭޓްކުރާއިރު އެކަންކަމަށް ބަލާނެކަމަށް މިނިސްޓްރީން ބުނެއެވެ. އަދި ހައްޖުން މީހުން އައުމުންވެސް އެމީހުންގެ ފަރާތުން ފީޑް ބެކް ނަގާނެކަމަށް މިނިސްޓްރީން ބުނެއެވެ.

ކޮންމެ ގޮތެއްވިއަސް އެނގޭ ކަމަކީ ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ބޮޑު އަގު ހުށަހެޅުން އެއީ ރާއްޖޭގައި އާންމު ކަމެއްކަމެވެ. އެކަން ކޮންމެ އަހަރަކުވެސް ހިނގައެވެ. ކަންހިނގާ ގޮތް އެނގޭ ފަރާތަކުން ރާއްޖެއެމްވީ އާ ވާހަކަދައްކަމުން ބުނީ ހައްޖަށް މީހުން ގެންދާ ކުންފުނިތަކަށް ފައިދާ ވަނީ މީހެއްގެ އަތުން އެއްލައްކަ ފަންސާސް ހާސް ރުފިޔާ ވަރު ނަގައިގެންކަމަށެވެ. އެހެންކަމުން އާންމު ގޮތެއްގައި އެއަދަދު ހަމަވާ ވަރަށް ފައިސާ ނަގާކަމަށް އޭނާ ބުންޏެވެ. އެހެންވިއަސް ކަރުދާހުގައި ފެންނަން ނެތި ކުރެވޭ މިބޮޑު ވައްކަމާއި އޮޅުވާލުމަކީ ދީނުގައި ފަރުޟު ކުރައްވާފައިވާ އަޅުކަމަކާ ގުޅުވައިގެން ކުރާ ކަމެކެވެ. މިއީ ކުންފުނިތަކުގެ އިތުރުން އެގޮތަށް ފައިސާދީގެން ދާ މީހުންވެސް ވިސްނަންޖެހޭ ކަމެކެވެ.

އަނެއްކޮޅުން މިކަމަށް ގާނޫނީ ގޮތުން ހައްލެއްވެސް ލިބެންޖެހެއެވެ. އެކަމާއި ގުޅޭގޮތުން އިސްލާމިކް މިނިސްޓްރީގެ ޕަރމަނަންޓް ސެކްރެޓަރީ އަހްމަދު އަދީލް ވިދާޅުވީ، ހައްޖާބެހޭ ބިލް މިހާރު އެކުލަވައިލެވި، އެޓަރނީ ޖެނަރަލްގެ އޮފީސް (އޭޖީ)އަށް ހުށަހަޅާފައިވާކަމަށެވެ. އަދީލް ވިދާޅުވީ، މި ސަރުކާރުގައި އެބިލް ގާނޫނަކަށް ވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށާއި، ހައްޖާބެހޭ ގާނޫނެއް އެކުލެވިގެން ދިއުމުން ގާނޫނީ ފްރޭމް ވޯރކް ހަރުދަނާ ވެގެންދާނެ ކަމަށެވެ. މި ބިލް ތަސްދީގު ކުރެވުމުން ހައްޖާއި އުމްރާއަށް މީހުން ގެންދިއުމުގައި ހަރަކާތްތެރިވާ ކުންފުނިތަކުގައި މަސައްކަތްކުރާ މީހުން އިތުރަށް ޒިންމާދާރުކުރުވޭނެ ކަމަށެވެ. އަދި މިހާރު ދިމާވާ މައްސަލަތަކަށް ހައްލު ލިބޭނެކަމަށް އޭނާ ވިދާޅުވިއެވެ.

ހައްޖުއިސްލާމިކް މިނިސްޓްރީ

ކޮމެންޓް

އިތުރަށް ކިޔާލަން

ކޮންޓްރެކްޓް ހަވާލުކުރި ފަރާތުން ބޭނުންވާ ގޮތަށް ކައުންސިލުން އަމަލު ނުކޮށްގެން، އިސްލާމިކް މިނިސްޓްރީން އެލްޖީއޭ އަށް މައްސަލަ ހުށަހަޅައިފި

ކޮންޓްރެކްޓް ހަވާލުކުރި ފަރާތުން ބޭނުންވާ ގޮތަށް ކައުންސިލުން އަމަލު ނުކޮށްގެން، އިސްލާމިކް މިނިސްޓްރީން އެލްޖީއޭ އަށް މައްސަލަ ހުށަހަޅައިފި

04 ޑިސެމްބަރު 2025
އެކަނިވެރި މައެއްގެ ޒާތީ މައުލޫމާތު ހާމަކުރެވުނީތީ ޝަހީމް މައާފަށް އެދިވަޑައިގެންފި

އެކަނިވެރި މައެއްގެ ޒާތީ މައުލޫމާތު ހާމަކުރެވުނީތީ ޝަހީމް މައާފަށް އެދިވަޑައިގެންފި

25 ނޮވެމްބަރު 2025
އައްޑޫ ސިޓީ ހިތަދޫ މިސްކިތުގައި ހުރި ގޮނޑިތަކާއި މުސްހަފުތަކަށް ގެއްލުންދީފި

އައްޑޫ ސިޓީ ހިތަދޫ މިސްކިތުގައި ހުރި ގޮނޑިތަކާއި މުސްހަފުތަކަށް ގެއްލުންދީފި

10 ނޮވެމްބަރު 2025
މި ސަރުކާރުގެ އެންމެ ބޮޑު ވަޤުފު ދެ މަޝްރޫއު އަށް ބީއެމްއެލުން ލޯނު ދޫ ކުރަނީ

މި ސަރުކާރުގެ އެންމެ ބޮޑު ވަޤުފު ދެ މަޝްރޫއު އަށް ބީއެމްއެލުން ލޯނު ދޫ ކުރަނީ

30 އޮކްޓޯބަރު 2025
ފްލެޓުތަކުގެ ކުލި ބޮޑު ކޮށް، އެޑްވާންސް ފައިސާ ނެގުމަށް ނިންމި މި ސަރުކާރުން، ޑައުންޕޭމަންޓު ނުދެއްކޭ 14 އާއިލާ އަކަށް ޒަކާތު ފަންޑުން ފައިސާ ދައްކާ ދެނީ

ފްލެޓުތަކުގެ ކުލި ބޮޑު ކޮށް، އެޑްވާންސް ފައިސާ ނެގުމަށް ނިންމި މި ސަރުކާރުން، ޑައުންޕޭމަންޓު ނުދެއްކޭ 14 އާއިލާ އަކަށް ޒަކާތު ފަންޑުން ފައިސާ ދައްކާ ދެނީ

30 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު