Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ސްޕެޝަލް އޮލިމްޕިކްސް ވޯރލްޑް ގޭމްސް

ސްޕެޝަލް އޮލިމްޕިކްސް ވޯރލްޑް ގޭމްސްގައި ޤައުމީ ޓީމުން ހޯދި ފުރިހަމަ ކާމިޔާބަށް ރައީސް ޞާލިހް މަރުހަބާ ވިދާޅުވެއްޖެ

ރާއްޖެއިން ވަނީ ދެ ރަން މެޑަލް އަދި ލޯ މެޑައްޔެއް ހޯދާފަ

ހުސެއިން ޒައިދް
ހުސެއިން ޒައިދް, ރާއްޖެ އެމްވީ | 25 ޖޫން 2023 | އާދީއްތަ 10:21
ސްޕެޝަލް އޮލިމްޕިކްސް ގޭމްސްގައި ވާދަކުރި ދިވެހި ޓީމު

ސްޕެޝަލް އޮލިމްޕިކްސް ގޭމްސްގައި ވާދަކުރި ދިވެހި ޓީމު

ސްޕެޝަލް އޮލިމްޕިކްސް ވޯރލްޑް ގޭމްސްގައި ޤައުމީ ޓީމުން ހޯދި ފުރިހަމަ ކާމިޔާބަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހް މަރުހަބާ ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިހް ވަނީ މުބާރާތުގައި ރަން މެޑަލް ހޯދި ދެ އެތުލީޓުންނާއި ލޯ މެޑަލް ހޯދި އެތުލީޓުގެ އިތުރުން މުބާރާތުގައި ރާއްޖެ ތަމްސީލުކުރި ހުރިހާ އެތުލީޓުންނަށް މަރުހަބާ ދަންނަވާފައެވެ.

މިއަހަރުގެ މުބާރާތުގައި ރާއްޖެއިން ބެޑްމިންޓަން އަދި އެތުލެޓިކްސްގައި ވާދަކޮށްފައިވާއިރު، ލެވެލް ބީގެ 100 މީޓަރު ދުވުމުން ރަން މެޑަލް ހޯދާފައިވަނީ ރާއްޖޭގެ އައިޝަތު ލައިކާ ހުސައިން އެވެ. އަދި ބެޑްމިންޓަން އިން މާނިޔާ އާދަމް ވަނީ ރަން މެޑަލް ހޯދާފައެވެ. މީގެ އިތުރުން ޒާނާ އަލީ ޝަރީފް ވަނީ 200 މީޓަރު ދުވުމުން ލޯ މެޑަލް ހޯދާފައެވެ.

މެޑަލް ހޯދި ތިން އެތުލީޓުންގެ އިތުރުން، މި މުބާރާތުގައި ރާއްޖެ ތަމްސީލުކޮށްފައިވަނީ ޙުސެއިން ސުޖޫދު ނާޝިދު، އިބްރާހީމް ހުމެއިދު މުޙައްމަދު އަދި މުހައްމަދު ރާއިފް ޝަރީފް އެވެ. އެތުލެޓިކްސް ޓީމުގެ ކޯޗަކީ އައިޝަތު މައުވާ އާއި އަޙުމަދު ނިޒާމް އެވެ. އަދި ބެޑްމިންޓަން ޓީމުގެ ކޯޗަކީ އަލީ ޝަރްމީލް އަދި އައިޝަތު އަފްނާން ރަޝީދެވެ.

ރަސްމީ އެސޯސިއޭޝަނެއްގެ ގޮތުގައި ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސް ހަމަޖެއްސީ ސަރުކާރުގެ މި ދައުރުގައެވެ. އޭގެ ފަހުން، ސްޕެޝަލް އޮލިމްޕިކްސް އަށް ޚާއްސަ ސަމާލުކަމެއް ދީގެން ގިނަ މުބާރާތްތަކެއްގައި ވާދަކޮށްފައިވާއިރު، މިއަހަރުގެ މުބާރާތުގައި ރާއްޖެއިން ވަނީ ފުރިހަމަ ކާމިޔާބެއް ހޯދަފައެވެ.

ސްޕެޝަލް އޮލިމްޕިކްސް ވޯރލްޑް ގޭމްސް 2023ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސް

ކޮމެންޓް

އިތުރަށް ކިޔާލަން

ސަރުކާރުން ފައިސާ ނުދިނުމުގެ ސަބަބުން، ސްޕެޝަލް އޮލިމްޕިކްސް ކުޅިވަރު ހުއްޓުމަކަށް

ސަރުކާރުން ފައިސާ ނުދިނުމުގެ ސަބަބުން، ސްޕެޝަލް އޮލިމްޕިކްސް ކުޅިވަރު ހުއްޓުމަކަށް

15 ސެޕްޓެމްބަރު 2025
ސްޕެޝަލް އޮލިމްޕިކްސް ވޯރލްޑް ގޭމްސްގައި ލައިކާ އަދި މާނިޔާ ރަން މެޑަލް ހޯދައިފި

ސްޕެޝަލް އޮލިމްޕިކްސް ވޯރލްޑް ގޭމްސްގައި ލައިކާ އަދި މާނިޔާ ރަން މެޑަލް ހޯދައިފި

24 ޖޫން 2023
ސްޕެޝަލް އޮލިމްޕިކްސް ވޯރލްޑް ގޭމްސްގައި ޒާނާ ލޯ މެޑަލް ހޯދައިފި

ސްޕެޝަލް އޮލިމްޕިކްސް ވޯރލްޑް ގޭމްސްގައި ޒާނާ ލޯ މެޑަލް ހޯދައިފި

21 ޖޫން 2023
ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ޚާއްސަ ކުޅިވަރުތަކެއް ފަށައިފި

ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ޚާއްސަ ކުޅިވަރުތަކެއް ފަށައިފި

15 މެއި 2022

އަހަރުތަކުން މިއަދު

3 މެއި
މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ
20251 އަހަރު ކުރިން
ރާއްޖެ

މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ
20242 އަހަރު ކުރިން
މީހުން

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!
20233 އަހަރު ކުރިން
ރިޕޯޓު

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު
20224 އަހަރު ކުރިން
ރިޕޯޓު

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި
20197 އަހަރު ކުރިން
ދުނިޔެ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު