Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ސްޕެޝަލް އޮލިމްޕިކްސް ވޯރލްޑް ގޭމްސް

ސްޕެޝަލް އޮލިމްޕިކްސް ވޯރލްޑް ގޭމްސްގައި ލައިކާ އަދި މާނިޔާ ރަން މެޑަލް ހޯދައިފި

މިއަހަރުގެ މުބާރާތުގައި ރާއްޖެއިން ހަ އެތުލީޓުން ވާދަކޮށްފައިވޭ

ހުސެއިން ޒައިދް
ހުސެއިން ޒައިދް, ރާއްޖެ އެމްވީ | 24 ޖޫން 2023 | ހޮނިހިރު 13:03
ސްޕެޝަލް އޮލިމްޕިކްސް ވޯރލްޑް ގޭމްސްގައި ވާދަކުރި ޤައުމީ ޓީމު

ސްޕެޝަލް އޮލިމްޕިކްސް ވޯރލްޑް ގޭމްސްގައި ވާދަކުރި ޤައުމީ ޓީމު

ޖަރުމަނުގެ ބަރލިންގައި ކުރިޔަށް ދިޔަ ސްޕެޝަލް އޮލިމްޕިކްސް ވޯރލްޑް ގޭމްސްގައި ރާއްޖޭގެ އައިޝަތު ލައިކާ ހުސައިން އަދި މާނިޔާ އާދަމް ރަން މެޑަލް ހޯދައިފިއެވެ.

މިއަހަރުގެ މުބާރާތުގައި ރާއްޖެއިން ބެޑްމިންޓަން އަދި އެތުލެޓިކްސްގައި ވާދަކޮށްފައިވާއިރު، ލައިކާ ރަން މެޑަލް ހޯދާފައިވަނީ ލެވެލް ބީގެ 100 މީޓަރު ދުވުމުންނެވެ. އަދި މާނިޔާ ރަން މެޑަލް ހޯދާފައިވަނީ ބެޑްމިންޓަނުންނެވެ.

ލައިކާ ރަން މެޑަލް ހޯދާފައިވަނީ 23.44 ސިކުންތުން ރޭސް ނިންމައިގެންނެވެ. ލައިކާގެ އިތުރުން ޒާނާ އަލީ ޝަރީފް ވެސް ވަނީ ފައިނަލުގައި ދުވެފައެވެ. 30.74 ސިކުންތުން ނިންމައިގެން ޒާނާ އަށް ލިބުނީ ހަތަރު ވަނައެވެ. ނަމަވެސް މި މުބާރާތުގެ 200 މީޓަރު ދުވުމުން ޒާނާ ވަނީ ލޯ މެޑަލް ހޯދާފައެވެ.

ފިރިހެން ލެވެލް ބީގެ 100 މީޓަރުގެ ފައިނަލުގައި ރާއްޖޭގެ ޙުސެއިން ސުޖޫދު ނާޝިދު ވެސް ވަނީ ދުވެފައެވެ. 15.20 ސިކުންތުން ނިންމައިގެން ސުޖޫދަށް ލިބުނީ ފަސް ވަނައެވެ. އަދި ލެވެލް އޭ ގެ ފައިނަލުގައި އިބްރާހީމް ހުމެއިދު މުޙައްމަދު ވަނީ ހަތް ވަނަ ހޯދާފައެވެ. ހުމެއިދު ވަނީ 13.08 ސިކުންތުން ރޭސް ނިންމާފައެވެ. އެތުލެޓިކްސް ޓީމުގެ ކޯޗަކީ އައިޝަތު މައުވާ އާއި އަޙުމަދު ނިޒާމް އެވެ.

ބެޑްމިންޓަނުން މާނިޔާ ރަން މެޑަލް ހޯދީ ފައިނަލުގައި ބަލްގޭރިއާގެ ޖިއޯޖީވާ ސީދާ ދެ ސެޓުން ބަލިކުރުމަށްފަހުއެވެ. ފުރަތަމަ ސެޓު 21-19 އިން ކާމިޔާބުކޮށްފައިވާއިރު ދެވަނަ ސެޓު 21-10 އިން ވަނީ ކާމިޔާބުކޮށްފައެވެ. ބެޑްމިންޓަން ޓީމުގެ ކޯޗަކީ އަލީ ޝަރްމީލް އަދި އައިޝަތު އަފްނާން ރަޝީދެވެ.

ރަސްމީ އެސޯސިއޭޝަނެއްގެ ސިފައިގައި މަސައްކަތް ފަށައިގެން ސްޕެޝަލް އޮލިމްޕިކްސް އިން ބައިނަލްއަޤުވާމީ އެކިއެކި މުބާރާތްތަކުގައި ވާދަކުރަމުން އަންނައިރު، މިއަހަރުގެ މުބާރާތުން ވަނީ ފުރިހަމަ ކާމިޔާބެއް ލިބިފައެވެ.

ސްޕެޝަލް އޮލިމްޕިކްސް ވޯރލްޑް ގޭމްސް 2023ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސް

ކޮމެންޓް

އިތުރަށް ކިޔާލަން

ސަރުކާރުން ފައިސާ ނުދިނުމުގެ ސަބަބުން، ސްޕެޝަލް އޮލިމްޕިކްސް ކުޅިވަރު ހުއްޓުމަކަށް

ސަރުކާރުން ފައިސާ ނުދިނުމުގެ ސަބަބުން، ސްޕެޝަލް އޮލިމްޕިކްސް ކުޅިވަރު ހުއްޓުމަކަށް

15 ސެޕްޓެމްބަރު 2025
ސްޕެޝަލް އޮލިމްޕިކްސް ވޯރލްޑް ގޭމްސްގައި ޤައުމީ ޓީމުން ހޯދި ފުރިހަމަ ކާމިޔާބަށް ރައީސް ޞާލިހް މަރުހަބާ ވިދާޅުވެއްޖެ

ސްޕެޝަލް އޮލިމްޕިކްސް ވޯރލްޑް ގޭމްސްގައި ޤައުމީ ޓީމުން ހޯދި ފުރިހަމަ ކާމިޔާބަށް ރައީސް ޞާލިހް މަރުހަބާ ވިދާޅުވެއްޖެ

25 ޖޫން 2023
ސްޕެޝަލް އޮލިމްޕިކްސް ވޯރލްޑް ގޭމްސްގައި ޒާނާ ލޯ މެޑަލް ހޯދައިފި

ސްޕެޝަލް އޮލިމްޕިކްސް ވޯރލްޑް ގޭމްސްގައި ޒާނާ ލޯ މެޑަލް ހޯދައިފި

21 ޖޫން 2023
ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ޚާއްސަ ކުޅިވަރުތަކެއް ފަށައިފި

ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ޚާއްސަ ކުޅިވަރުތަކެއް ފަށައިފި

15 މެއި 2022

އަހަރުތަކުން މިއަދު

16 މެއި
އައިޖީއެމްއެޗުން އުކުޅުވަޅުގެ އޮޕަރޭޝަނެއް ކުރި މީހެއްގެ ލޮލުގެ ފެނުން ގެއްލި، ނުކުޅެދުންތެރި މީހަކަށް ބަދަލުވި މައްސަލައެއް
20251 އަހަރު ކުރިން
ރާއްޖެ

އައިޖީއެމްއެޗުން އުކުޅުވަޅުގެ އޮޕަރޭޝަނެއް ކުރި މީހެއްގެ ލޮލުގެ ފެނުން ގެއްލި، ނުކުޅެދުންތެރި މީހަކަށް ބަދަލުވި މައްސަލައެއް

އިންތިހާ ތައްޔާރީ ކާބޯތަކެތިން ހަށިގަނޑަށް ވަނީ ގެއްލުންތަ؟ ނޫނީ ފައިދާތަ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

އިންތިހާ ތައްޔާރީ ކާބޯތަކެތިން ހަށިގަނޑަށް ވަނީ ގެއްލުންތަ؟ ނޫނީ ފައިދާތަ؟

12 މެމްބަރުންނާއި އިތުރު ބައެއް ފަރާތްތައް އެމްޑީޕީ އިން ވަކިވެއްޖެ
20233 އަހަރު ކުރިން
ރާއްޖެ

12 މެމްބަރުންނާއި އިތުރު ބައެއް ފަރާތްތައް އެމްޑީޕީ އިން ވަކިވެއްޖެ

އަނެއްކާވެސް ބައްޔަކާމެދު ކަންބޮޑުވުން ފެތުރެން ފަށައިފި
20224 އަހަރު ކުރިން
ރިޕޯޓު

އަނެއްކާވެސް ބައްޔަކާމެދު ކަންބޮޑުވުން ފެތުރެން ފަށައިފި

ބިލް ގޭޓްސްގެ ގިރިޓީކަން ކެނޑި "ކޫޑިކަން" ފާޅުވާން ފަށައިފި
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ބިލް ގޭޓްސްގެ ގިރިޓީކަން ކެނޑި "ކޫޑިކަން" ފާޅުވާން ފަށައިފި

އަބްދުރަހީމް ފައުންޑޭޝަން ހިމެނޭ ގޮތަށް ވެމްކޯއިން ގިނަ އަދަދެއްގެ ފައިސާ ކުންފުނިތަކަށް ދޫކޮށްފައިވޭ: އާދަމް މުހައްމަދު
20197 އަހަރު ކުރިން
ރާއްޖެ

އަބްދުރަހީމް ފައުންޑޭޝަން ހިމެނޭ ގޮތަށް ވެމްކޯއިން ގިނަ އަދަދެއްގެ ފައިސާ ކުންފުނިތަކަށް ދޫކޮށްފައިވޭ: އާދަމް މުހައްމަދު

ސެއްޅި ބޭސް
20188 އަހަރު ކުރިން
ވާހަކަަ

ސެއްޅި ބޭސް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު