Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ޤުދުސްގައި ހުރި ޤުރައިޝީ ޚަޒާނާ

ޤުދުސްގައި ހުރި ޤުރައިޝީ ޚަޒާނާ ވަރަށްވެސް ތަފާތު!

މީ ހުސް ވަޤުތު ފަޅުފިލުވާލަން ކުރާ ކަމެއް

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 25 ޖޫން 2023 | އާދީއްތަ 04:45
ޤުދުސްގައި ހުރި ޤުރައިޝީ ޚަޒާނާ ވަރަށްވެސް ތަފާތު

ޤުދުސްގައި ހުރި ޤުރައިޝީ ޚަޒާނާ ވަރަށްވެސް ތަފާތު

އެއީ މީގެ އެތައް އަހަރެއް ކުރިއެވެ. ފަލަސްޠީނަށް އުފަން ޙަމާދަތު ޤުރައިޝީއަށް އޭނާގެ މާމަކާފަގެ ފަރާތުން ވާރުތަވީ ކުޑަ ފިހާރައެކެވެ. ޤުދުސްގެ ޤަދީމީ ސިޓީގައި ހުންނަ އެ ފިހާރައަކީ ކެސެޓް ރޯލު ނުވަތަ ކެސެޓް ޓޭޕާއި ސީޑީ ވިއްކާ ފިހާރައެކެވެ. މިއަދު އެއީ ކެސެޓްތަކުގެ އަގުބޮޑު ޚަޒާނާއެކެވެ. ޤުރައިޝީގެ އަމިއްލަ އަތުން ބިނާ ކުރި ޚަޒާނާއެކެވެ. މިދިޔަ އަހަރުތައް އޭނާ ހޭދަ ކުރީ، ދުނިޔޭގެ އެކި ކަންކޮޅުތަކުން ކެސެޓް ރޯލުތައް އެއް ކުރުމުގެ މަސައްކަތުގައެވެ.

ފަލަސްޠީނޭ ބުނެފިނަމަ ބޭ އިޚުތިޔާރުގައި ޚިޔާލަށް ގެނެވެނީ ހަނގުރާމައާއި ހަމަނުޖެހުންތަކުގެ މައިދާނެއް ކަމުގައި ވީ ނަމަވެސް، ފަލަސްޠީނަށް ޒިޔާރަތް ކުރާ ފަތުރުވެރިންނާއި ދޭސީންގެ މެދުގައި، ޤުރައިޝީގެ ޚަޒާނާ ބަލައިފި މީހަކަށް ދެން ސިފަވެގެންދާނީ މުޅިން ތަފާތު މަންޒަރެކެވެ. ފަތުރުވެރިންނާއި ދޭސީ މެހެމާނުންނާ ހިސާބުން ނިންމާލެވޭކަށް ނެތެވެ. ޤުރައިޝި ބުނި ގޮތުގައި ނޫސްވެރިންގެ ފަރާތުންނާއި ރޭޑިއޯ ސްޓޭޝަންތަކުންވެސް އޭނާއަށް ހުށަހެޅުންތައް އާދެއެވެ. އެންމެ އިހުގެ ލަވަތަކާއި އެކި ކަހަލަ ރެކޯޑިންގްތައް ހޯދުމަށެވެ.

ޤުރައިޝީ ކިޔައިދިން ގޮތުގައި އާ ސާސްކަފަށް ފެށުމުގެ ކުރިން، ޤުދުސްގެ އެކި ހިސާބުތަކުގައި ކެސެޓް ރޯލު ވިއްކާ 53 ފިހާރައެއް ހުއްޓެވެ. ނަމަވެސް އިންޓަރނެޓްއާއި ޑިޖިޓަލް ޓެކްނޮލޮޖީގެ އެހީގައި ލަވަޖަހާ އުޅެވޭ ޑިވައިސްތަކާއި ވަޞީލަތްތައް ތަޢަރާފުވެ، ފެތުރިގެން ދިއުމާއެކު، އެ ހުރިހާ ފިހާރައެއް މިހާރު ވަނީ ބަންދު ކޮށްފައެވެ.

ޤުރައިޝީގެ ފިހާރަ ފިޔަވައެވެ. ފިހާރައަކަށް ވުރެ ބޮޑަށް، ޤުރައިޝީ ދެކެނީ އެއީ ދާރުލްއާޘާރެއްގެ ގޮތުގައެވެ. މަދުން ނޫނީ ނުލިބޭ އަޑުތައް ރައްކާ ކުރެވިފައިވާ ތިޖޫރީއެކޭވެސް ބުނެވިދާނެއެވެ.

ޤުދުސް

ކޮމެންޓް

އިތުރަށް ކިޔާލަން

ގުދުސްގެ ބަސް ސްޓޮޕެއްގައި ބަޑިޖެހުމުގެ ސަބަބުން ތިން މީހުން މަރުވެ، އެތައް ބަޔަކު ޒަޚަމްވެއްޖެ

ގުދުސްގެ ބަސް ސްޓޮޕެއްގައި ބަޑިޖެހުމުގެ ސަބަބުން ތިން މީހުން މަރުވެ، އެތައް ބަޔަކު ޒަޚަމްވެއްޖެ

30 ނޮވެމްބަރު 2023
އުފަންވި އިރު ދެ މޫނު ހުރި ބުޅާ މަރުވެއްޖެ

އުފަންވި އިރު ދެ މޫނު ހުރި ބުޅާ މަރުވެއްޖެ

29 ޑިސެމްބަރު 2017
އިންޑިއާގެ ހުރިހާ ރައްޔިތުން ފިލްމް "ޕަދްމަވަތީ"އާ މެދު ފަޙްރުވެރިވާނެ ކަމަށް ޝާހިދު ބުނެފި

އިންޑިއާގެ ހުރިހާ ރައްޔިތުން ފިލްމް "ޕަދްމަވަތީ"އާ މެދު ފަޙްރުވެރިވާނެ ކަމަށް ޝާހިދު ބުނެފި

20 އޮކްޓޯބަރު 2017
ޑަބަލް ޓެކްސް ނަގާތީ ޓެމިލް ނާޑޫގެ ހުރިހާ ސިނަމާތަކެއް ބަންދު

ޑަބަލް ޓެކްސް ނަގާތީ ޓެމިލް ނާޑޫގެ ހުރިހާ ސިނަމާތަކެއް ބަންދު

04 ޖުލައި 2017
ބަރުދަނުގައި 9 ކިލޯހުރި ދިރޭ އިއްސެއް ލަގެޖެއްގެ ތެރެއިން ނަގައިފި

ބަރުދަނުގައި 9 ކިލޯހުރި ދިރޭ އިއްސެއް ލަގެޖެއްގެ ތެރެއިން ނަގައިފި

29 ޖޫން 2017

އަހަރުތަކުން މިއަދު

29 މެއި
ކަމަދޫ އީދު އުފާ 1446 ގެ ރަސްމީ ލަވަ ރިލީސްކޮށްފި
20251 އަހަރު ކުރިން
ރާއްޖެ

ކަމަދޫ އީދު އުފާ 1446 ގެ ރަސްމީ ލަވަ ރިލީސްކޮށްފި

ހާފިޒް: ޓައީ ޑިޒައިން ކުރެއްވުމުގެ މާހިރެއް، ވެލެންސިއާ އާއި ބާސްކެޓްގެ ލެޖެންޑެއް
20242 އަހަރު ކުރިން
މީހުން

ހާފިޒް: ޓައީ ޑިޒައިން ކުރެއްވުމުގެ މާހިރެއް، ވެލެންސިއާ އާއި ބާސްކެޓްގެ ލެޖެންޑެއް

ޗުއްޓީއަށް ވެސް ދަރައި ވިކިގެން!
20233 އަހަރު ކުރިން
ރިޕޯޓު

ޗުއްޓީއަށް ވެސް ދަރައި ވިކިގެން!

ފުލުހުންގެ ތާރީޚުގައި ވަރަށް ގިނަ ކަންކަން ފުރަތަމަ ކުރެއްވި އަންހެން ފުލުސް
20224 އަހަރު ކުރިން
މީހުން

ފުލުހުންގެ ތާރީޚުގައި ވަރަށް ގިނަ ކަންކަން ފުރަތަމަ ކުރެއްވި އަންހެން ފުލުސް

ލައްކައެއްހާ ރުފިޔާއަށް އެދުމުންވެސް ރައީސް ޔާމީން ނުދެއްވި - ޑރ ޝައިނީ
20215 އަހަރު ކުރިން
ރާއްޖެ

ލައްކައެއްހާ ރުފިޔާއަށް އެދުމުންވެސް ރައީސް ޔާމީން ނުދެއްވި - ޑރ ޝައިނީ

ރައުދާގެ މަރުގެ ފައިނަލް ރިޕޯރޓް: އަހަރެން މަރާލީ ކަލޭ!
20197 އަހަރު ކުރިން
ރިޕޯޓު

ރައުދާގެ މަރުގެ ފައިނަލް ރިޕޯރޓް: އަހަރެން މަރާލީ ކަލޭ!

އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު ކުނިއުކުމުގެ މަސައްކަތަށް!
20188 އަހަރު ކުރިން
ރިޕޯޓު

އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު ކުނިއުކުމުގެ މަސައްކަތަށް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު