Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު"ހާފް ގާލްފްރެންޑް"

"ހާފް ގާލްފްރެންޑް"އަކީ ހުރިހާ މަންޒަރެއް ޝޫޓް ކުރި އިންޑިއާގެ ފުރަތަމަ ފިލްމް

17 މެއި 2017 | ބުދަ 11:09

އެމެރިކާގައި އެ ފިލްމުގެ ބޮޑުބައި ޝޫޓް ކުރީ ހިލޭ

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 17 މެއި 2017 | ބުދަ 11:09
ހާފް ގާލްފްރެންޑް ޕޯސްޓެއް

ހާފް ގާލްފްރެންޑް ޕޯސްޓެއް

މޭމަހުގެ 19 ވަނަ ދުވަހު ސިނަމާތަކަށް އަންނަ "ހާފް ގާލްފްރެންޑް" އަކީ އެމެރިކާގެ އެތެރޭގައި ހުރިހާ މަންޒަރެއް ޝޫޓްކުރި އިންޑިއާގެ ފުރަތަމަ ފިލްމު ކަމަށް އެ ފިލްމުގެ ޑައިރެކްޓަރ މޯހިތު ޝެޓީ ބުނެފިއެވެ.

މޯހިތު ބުނީ އެމެރިކާގައި އެ ފިލްމުގެ ބޮޑުބައި ޝޫޓް ކުރީ ހިލޭ ކަމަށެވެ.

އޭނާ ބުނީ އޭނާ ނިއުޔޯކަށް ގޮސް ފިލްމު ޝޫޓް ކުރަން ރަނގަޅު ލޮކޭޝަނެއް ބެލި ބެލުމުގައި ލިބުނީ އާންމުކޮށް މީހުން ނޫޅޭ ސެކިއުރިޓީ ނެތް ހިސާބެއް ކަމަށެވެ.

އަރުޖުން ކަޕޫރާއި ޝްރައްދާ ކަޕޫރު އެއްކޮށް ފެނިގެންދާ ފުރަތަމަ ފިލްމު "ހާފް ގާލްފްރެންޑް" އަކީ ފުރާވަރު ދެކުދިންގެ ތެރޭގައި އުފެދޭ ލޯބީގެ ހާދިސާއެއްގެ މައްޗަށް ހަދާފައިވާ ފިލްމެކެވެ.

މި ފިލްމަކީ ވާހަކަ ލިޔުންތެރިޔާ ޗޭތަން ބަގަތު ލިޔެފައިވާ ވާހަކަ އަސްލަކަށް ބަލައިގެން ހަދާފައިވާ ފިލްމެކެވެ. މި ފިލްމް ޕްރޮޑިއުސްކުރަނީ ވެސް ޗޭތަންއެވެ. އެވާހަކައިގައި ފަގީރު ފިރިހެން ކުއްޖަކަށް މުއްސަނދި އަންހެން ކުއްޖަކުދެކެ ލޯބިވެގެން ކަންތައްތަކެއް ހިނގައެވެ.

އެ ދެމީހުންގެ ލޯބި ފެށިގެންދަނީ އެދެމީހުންގެ މެދުގައި ބާސްކެޓު ކުޅުމަށް އޮންނަ ޝައުގުވެރިކަމެއްގެ ބޮޑުކަމުންނެވެ.

މި ފިލްމުގެ ވާހަކަ ލިޔެފައިވާ ޗޭތަންއަކީ ކާމިޔާބު ފިލްމެއް ކަމަށްވާ ފިލްމު "ތްރީ އިޑިއެޓްސް" ވެސް ލިޔުނު ލިޔުންތެރިއާއެވެ. އަދި އަރުޖުން އާއި އާލިޔާގެ "ޓޫ ސްޓޭޓްސް"ގެ ވެސް ލިޔުންތެރިޔާއެވެ.

އިތުރަށް ކިޔާލަން

17 މެއި 2017

އިންޑިއާގެ އެންމެ ކުޑަ ދެމަފިރިންނާ ބައްދަލު ކޮށްލައްވާ!

17 މެއި 2017
އިންޑިއާގެ އެންމެ ކުޑަ ދެމަފިރިންނާ ބައްދަލު ކޮށްލައްވާ!
22 އެޕްރީލު 2017

"ހާފް ގާލްފްރެންޑް" 1،600 ސިނަމާގައި އަޅުވާނެ

22 އެޕްރީލު 2017
"ހާފް ގާލްފްރެންޑް" 1،600 ސިނަމާގައި އަޅުވާނެ
18 އެޕްރީލު 2017

ރަވީނާގެ "މާތުރް" އިންޑިއާގެ ސެންސަރު ބޯޑުން ހިފަހައްޓައިފި

18 އެޕްރީލު 2017
ރަވީނާގެ "މާތުރް" އިންޑިއާގެ ސެންސަރު ބޯޑުން ހިފަހައްޓައިފި
17 އެޕްރީލު 2017

އިންޑިއާގެ ރައީސްގެ އަތްޕުޅުން ސޯނަމް އަށް އެވޯޑް ލިބޭތީ ބައްޕަ އަނިލް އުފަލުން

17 އެޕްރީލު 2017
އިންޑިއާގެ ރައީސްގެ އަތްޕުޅުން ސޯނަމް އަށް އެވޯޑް ލިބޭތީ ބައްޕަ އަނިލް އުފަލުން
11 އެޕްރީލު 2017

"ހާފް ގާލްފްރެންޑްގެ" ޓްރެއިލާ ނެރެފި

11 އެޕްރީލު 2017
"ހާފް ގާލްފްރެންޑްގެ" ޓްރެއިލާ ނެރެފި
07 އެޕްރީލު 2017

އިންޑިއާގެ ގައުމީ ލަވަ އަދި ދިދައާ ނުލައި ޑަންގަލް ޕާކިސްތާނުގައި ނުދެއްކޭނެ

07 އެޕްރީލު 2017
އިންޑިއާގެ ގައުމީ ލަވަ އަދި ދިދައާ ނުލައި ޑަންގަލް ޕާކިސްތާނުގައި ނުދެއްކޭނެ
31 މާރިޗު 2017

ހާފް ގާލް ފްރެންޑްގެ ޓްރެއިލާ އޭޕްރިލް 10ގައި

31 މާރިޗު 2017
ހާފް ގާލް ފްރެންޑްގެ ޓްރެއިލާ އޭޕްރިލް 10ގައި
07 މާރިޗު 2017

އެއަރ އިންޑިއާގެ އަންހެން މުވައްޒަފުން ދުނިޔެ ވަށާ ދަތުރުކޮށް ރެކޯޑެއް ހަދައިފި

07 މާރިޗު 2017
އެއަރ އިންޑިއާގެ އަންހެން މުވައްޒަފުން ދުނިޔެ ވަށާ ދަތުރުކޮށް ރެކޯޑެއް ހަދައިފި
14 ފެބުރުއަރީ 2017

ހާފް ގާލް ފްރެންޑް" މޭ 19 ގައި ރިލީޒްކުރަނީ"

14 ފެބުރުއަރީ 2017
ހާފް ގާލް ފްރެންޑް" މޭ 19 ގައި ރިލީޒްކުރަނީ"
13 ޖެނުއަރީ 2017

އިންޑިއާގެ 14 އަހަރުގެ ކުއްޖަކު މައިން ބޮން ދެނެގަންނަ ޑްރޯންއެއް އުފައްދައިފި

13 ޖެނުއަރީ 2017
އިންޑިއާގެ 14 އަހަރުގެ ކުއްޖަކު މައިން ބޮން ދެނެގަންނަ ޑްރޯންއެއް އުފައްދައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް