Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
އިންޑިއަން ރެސްޓޯރެންޓު

ޔޫކޭގައި ހުރި އިންޑިއަން ރެސްޓޯރެންޓަކުން ރިހަ ވަސް ދުވާތީ ޖޫރިމަނާ ކޮށްފި

އެ ރެސްޓޯރެންޓާއި ވެރިމީހުން ވަނީ ޖޫރިމަނާ ކޮށްފައި

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު, ރާއްޖެ އެމްވީ | 3 މެއި 2017 | ބުދަ 11:57
އިންޑިއަން ބިރިއާނީ

އިންޑިއަން ބިރިއާނީ

ޔޫކޭގައި ހުރި އިންޑިއަން ރެސްޓޯރެންޓެއްކަމަށްވާ ކުޝީގެ ތެރެއިން ރިހަވަސް މާގަދައަށް ބޭރަށް ހުންނާތީ އެތަން ޖޫރިމަނާ ކޮށްފިއެވެ. ޔޫކޭގެ އަވަށެއްކަމަށްވާ މިޑިލްސްބްރަގް ކައުންސިލުން ވަނީ ކުޝީގެ ވެރިމީހާ ކަމަށްވާ ޝަބާނާ އަދި މުހައްމަދު ކުޝީ ގެ އިތުރުން އެ ރެސްޓޯރެންޓް ޖޫރިމަނާ ކޮށްފައެވެ.

ކޯޓުން ކުޝީ ރެސްޓޯރެންޓުން ހުކުމް ކޮށްފައިވަނީ އެ ރެސްޓޯރެންޓުގެ ކައިރީގައި ދިރިއުޅޭ އަވައްޓެރިން ރިހަ ވަސްދުވާތީ އުނދަގޫވެގެން އެކަން ހުއްޓުވުމަށް ކޯޓުގައި އެދުމުންނެވެ. ކޯޓުން އެ ޖޫރިމަނާ އަށް ތާއީދުކޮށް ބުނެފައި ވަނީ އަވަށުގެ އެތައް މީހުން ވަނީ ރިހައިގެ ވަސްދުވުމުގެ ސަބަބުން ޝަކުވާ ކޮށްފައިކަމަށެވެ.

ކުޝީ ރެސްޓޯރެންޓަކީ އިންޑިއާގެ ކެއުން ލިބޭ ރެސްޓޯރެންޓެކެވެ. އެ ރެސްޓޯރެންޓުން ލިބޭ ހާއްސަ ކެއުންތަކުގެ ތެރޭގައި ޕަންޖާބީންގެ ކެއުންތަކާއި ބިރިޔާނި އަދި ހިންދޫންގެ ކެއުންތައް ހިމެނެއެވެ.

ކޯޓުގެ އަޑު އެހުން އޮތީ ޔޫކޭގެ ޓީސްސައިޑް މެޖިސްޓްރޭޓް ކޯޓުގައެވެ. އެ ކޯޓުގެ ފަނޑިޔާރު ކްރިސްޓީނާ ހެރީސަން ވިދާޅުވެފައި ވަނީ ކައުންސިލުން ވަނީ އެ އަވަށުގެ ގިނަ މީހުންނަށް އެ ރިހަ ވަހާއި ހެދި އުނދަގޫވާކަމަށާއި ރެސްޓޯރެންޓުގެ ބަދިގޭގެ ދޮރު ހުޅުވާފައި ހުންނާތީ އަވަށު މީހުންގެ ހެދުމުގައި ރިހަވަސް ހިފާފައިވާކަމަށެވެ. އެކަމާހެދި ވަރަށް އުނދަގޫވެ ޝަކުވާ ކޮށްފައިވާ ކަމަށް ވިދާޅުވެފައެވެ. އެހެންކަމުން ކުށީ ރެސްޓޯރެންޓްގެ ދެ މީހުން ތެރެއިން ކޮންމެ މީހަކު 258 ޕައުންޑުން ޖޫރިމަނާ ކޮށްފައިވާކަމަށާއި ރެސްޓޯރެންޓް 500 ޕައުންޑް އިން ޖޫރިމަނާ ކޮށް އެ ދެއްކުމަށް އަމުރު ކުރާކަމަށް ބުނެފައި ވެއެވެ.

މި ޖޫރިމަނާއާއި ގުޅިގެން އެ ރެސްޓޯރެންޓުގެ ވެރިއެއްކަމަށްވާ ޝަބާނާ ބުނެފައިވަނީ އެ އަވަށު ކައުންސިލުން ކޮށްފައިވަނީ ރަނގަޅު ޖޫރިމަނާއެއްކަމުގައި ނުދެކޭކަމަށާއި އަދި ޝަކުވާ ކޮށްފައިވަނީ ވެސް ވަރަށް މަދު މީހުންކަމަށް ގަބޫލުކުރާކަމަށެވެ. އަދި އެ ރެސްޓޯރެންޓުގެ ބޭރުން ރިހަ ވަހެއް ނުހުންނާނެކަމަށް އޭނާ ބުނެފައި ވެއެވެ. ޝަބާނާ ބުނީ ރިހަ ވަސް ހުންނާނީ ހަމަ އެކަނި އެ ރެސްޓޯރެންޓުގެ ތެރެއަށް ވަނުމުން ކަމަށެވެ. މުހައްމަދު ބުނެފައިވަނީ ޖޫރިމަނާ ކުރުމުގެ ސަބަބުން ވަރަށް ކަންބޮޑުވެފައިވާ ކަމަށެވެ.

އަދި ވިޔަފާރި ކާމިޔާބު ކަމާއެކީ ގެންދިއުމަކީ ކޮންމެ ވިޔަފާރިވެރިއެއްގެވެސް ހުވަފެންކަމަށްވާއިރު ޖޫރިމަނާ ކުރުމުން އެ ވިޔަފާރި ވަރަށް ދަށްވެފައިވާކަމަށް މުހައްމަދު ބުންޏެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އިންޑިއާގެ ހުރިހާ ރައްޔިތުން ފިލްމް "ޕަދްމަވަތީ"އާ މެދު ފަޙްރުވެރިވާނެ ކަމަށް ޝާހިދު ބުނެފި

އިންޑިއާގެ ހުރިހާ ރައްޔިތުން ފިލްމް "ޕަދްމަވަތީ"އާ މެދު ފަޙްރުވެރިވާނެ ކަމަށް ޝާހިދު ބުނެފި

20 އޮކްޓޯބަރު 2017
ކިމްއަށް ދިމާވި ފޭރުމުގެ ހާދިސާއަށް ފަހު ފުރަތަމަ ފަހަރަށް ކޯޓްނީ ޕެރިހަށް

ކިމްއަށް ދިމާވި ފޭރުމުގެ ހާދިސާއަށް ފަހު ފުރަތަމަ ފަހަރަށް ކޯޓްނީ ޕެރިހަށް

27 ސެޕްޓެމްބަރު 2017
ޑަބަލް ޓެކްސް ނަގާތީ ޓެމިލް ނާޑޫގެ ހުރިހާ ސިނަމާތަކެއް ބަންދު

ޑަބަލް ޓެކްސް ނަގާތީ ޓެމިލް ނާޑޫގެ ހުރިހާ ސިނަމާތަކެއް ބަންދު

04 ޖުލައި 2017
ބަރުދަނުގައި 9 ކިލޯހުރި ދިރޭ އިއްސެއް ލަގެޖެއްގެ ތެރެއިން ނަގައިފި

ބަރުދަނުގައި 9 ކިލޯހުރި ދިރޭ އިއްސެއް ލަގެޖެއްގެ ތެރެއިން ނަގައިފި

29 ޖޫން 2017
"އަހަރެމެން ހުރިހާ ވާހަކައެއް ﷲ ހަޒްރަތުގައި ދަންނަވާނަމެވެ"

"އަހަރެމެން ހުރިހާ ވާހަކައެއް ﷲ ހަޒްރަތުގައި ދަންނަވާނަމެވެ"

29 މެއި 2017

އަހަރުތަކުން މިއަދު

19 ޖޫން
"އިސްރާއީލާ ގުޅުން ކަނޑާލާ": ޕާކިސްތާނުން އީރާނަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަޤީންކަން ދީފި
20251 އަހަރު ކުރިން
ދުނިޔެ

"އިސްރާއީލާ ގުޅުން ކަނޑާލާ": ޕާކިސްތާނުން އީރާނަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަޤީންކަން ދީފި

އަލަށް ކުށްކުރާ ކުޑަކުދިން ޖަލަށްލުމަކީ އެކުދިން އަލިފާނުން ރައްކާތެރިކުރަން އަލިފާން ގެންގުޅޭ ތަނަކަށް ގެންދިއުން ކަހަލަ ކަމެއް: ޕީޖީ
20242 އަހަރު ކުރިން
ރާއްޖެ

އަލަށް ކުށްކުރާ ކުޑަކުދިން ޖަލަށްލުމަކީ އެކުދިން އަލިފާނުން ރައްކާތެރިކުރަން އަލިފާން ގެންގުޅޭ ތަނަކަށް ގެންދިއުން ކަހަލަ ކަމެއް: ޕީޖީ

ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި ދިވެހި ފިރިހެނަކު ނިޔާވެއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި ދިވެހި ފިރިހެނަކު ނިޔާވެއްޖެ

އެސްޓީއޯއިން "ހަމަ ހިޓާޗީ"ގެ ނަމުގައި ޕްރޮމޯޝަނެއް ފަށައިފި
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯއިން "ހަމަ ހިޓާޗީ"ގެ ނަމުގައި ޕްރޮމޯޝަނެއް ފަށައިފި

މާލޭ ގުދަނެއްގެ ތެރެއިން ބޮޑު ހަރުފައެއް ފެނިއްޖެ
20215 އަހަރު ކުރިން
ރާއްޖެ

މާލޭ ގުދަނެއްގެ ތެރެއިން ބޮޑު ހަރުފައެއް ފެނިއްޖެ

ޑރ. ޖަމީލާއި ވަކީލް ސަލީމްގެ ފަރާތުން ހުތުރު މަންޒަރުތަކެއް!
20197 އަހަރު ކުރިން
ރިޕޯޓު

ޑރ. ޖަމީލާއި ވަކީލް ސަލީމްގެ ފަރާތުން ހުތުރު މަންޒަރުތަކެއް!

ސަޢީދު: އެންމެ ބޭކާރު ވަޒީރު
20188 އަހަރު ކުރިން
ރިޕޯޓު

ސަޢީދު: އެންމެ ބޭކާރު ވަޒީރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު