Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ރަޝިއާ - ވެގްނަރ ގްރޫޕު

ޔޫކްރޭނާ ހަނގުރާމަ ކުރަމުންދިޔަ ވެގްނަރ ގްރޫޕު ރަޝިއާ އަސްކަރިއްޔާއާ ދެކޮޅަށް، މިސްރާބު ހުރީ މޮސްކޯއާ ދިމާއަށް

ރަޝިއާގެ ޑިފެންސް މިނިސްޓަރުގެ ސަބަބުން ރަޝިއާގެ ރައްޔިތުންނަށް މި ހަނގުރާމައިގައި ނިކަމެތިކަން ލިބެމުންދާކަމަށް ވެގްނަރއިން ބުނޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 24 ޖޫން 2023 | ހޮނިހިރު 09:16
ވެގްނަރ ގްރޫޕްގެ ސިފައިންތަކެއް

ވެގްނަރ ގްރޫޕްގެ ސިފައިންތަކެއް

ރަޝިއާ ޔޫކްރޭން ހަނގުރާމައިގައި ރަޝިއާއާ އެއްކޮޅަށް އަރައި މަސައްކަތް ކުރަމުންދާ ކުލީ ސިފައިންތަކެއް ކަމަށްވާ ވެގްނަރ ގްރޫޕާ ރަޝިއާއާ ދެމެދު އޮތް ނުތަނަވަސްކަން ހޫނުވެ، އެންމެ ފަހުން ރަޝިއާ އަސްކަރިއްޔާއާ ދެކޮޅަށް އެމީހުން ނުކުމެއްޖެއެވެ.

ވެގްނަރ މަރސިނަރީސް ނުވަތަ އެ ގްރޫޕަކީ މިލިޓަރީ ކުންފުންޏެވެ.

އެމީހުން ކުރާ މަސައްކަތަކީ ރަޝިޔާއިން ކުރާ ހަނގުރާމަތަކާއި އަސްކަރީ އޮޕަރޭޝަންތަކުގައި އެކި ކަހަލަ ސިއްރު މައުލޫމާތާއި އެކިއެކި މައުލޫމާތު ފޯރުކޮށްދިނުމާއި، އެހީތެރިކަން ފޯރުކޮށްދިނުމެވެ.

ވެގްނަރ ގްރޫޕްގެ ލީޑަރު ޔެވްގެނީ ޕްރިގޮޒިން ބުނެފައިވަނީ، ރަޝިއާ އަސްކަރިއްޔާއާ ދެކޮޅަށް ނުކުމެ، ޙަމަލާދީ މަރުވުމަށްވެސް އެ ގްރޫޕުގެ ހުރިހާ މެމްބަރުން މިހާރު ތިބީ ތައްޔާރަށް ކަމަށެވެ.

އެއީ ރަޝިއާގެ އާންމު ރައްޔިތުންނަށްޓަކައި ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.  

ޔެވްގެނީ ބުނެފައިވަނީ، އެމީހުންގެ އަމާޒު މިހާރު ހުރީ ރަޝިއާގެ ވެރިރަށް މޮސްކޯއާ ދިމާއަށް ކަމަށެވެ. އެކަމާ ގުޅިގެން މޮސްކޯގެ ސަލާމަތީ ކަންކަންވެސް މިހާރު ވަނީ އިތުރަށް ވަރުގަދަކޮށް، އަސްކަރީ ޓްރަކްތައް މަގުތަކަށް ނެރެފައެވެ.

އިނގިރޭސިވިލާތުގެ އިންޓެލިޖެންސް އިދާރާއަކާ ހަވާލާދީ ބޭރުގެ ނޫސްތަކުންވެސް ވަނީ ވެގްނަރ ގްރޫޕުގެ ސިފައިން މަޑުމަޑުން ރަޝިއާގެ ވެރިރަށް މޮސްކޯއާ ގާތަށް ޖެހުމަށް މަސައްކަތް ކުރަމުންދާކަމަށް ބުނެފައެވެ. މިއީ ފަހަކަށްއައިސް ރަޝިއާއަށް ކުރިމަތިވާނެ އެންމެ ގޮންޖެހުން ބޮޑު އެއް މައްސަލަކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

ޔެވްގެނީ ބުނެފައިވާގޮތުގައި، ރަޝިއާގެ ސިޓީއެއްކަމަށްވާ ރޮސްޓޯވެސް މިހާރު އޮތީ އެމީހުންގެ ބާރުގެ ދަށުގައެވެ. މިއީ ރަޝިއާއަށް ލަދުވެތިކަމެއްކަމަށް ބޭރުގެ ނޫސްތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

ވެގްނަރ ގްރޫޕާއި ރަޝިއާއާ ދެމެދު ނުތަނަވަސްކަން އުފެދިފައިވާތާ ދުވަސްތަކެއް ވެފައިވާއިރު، ރަޝިއާގެ ޑިފެންސް މިނިސްޓަރު ޝަރގޭ ޝޮއިގޫއާއި ވެގްނަރ ގްރޫޕުގެ ޔެވްގެނީއާ ދެމެދު ވަނީ ބަހުގެ ހޫނު ހަމަލާތަކެއް ބަދަލުކޮށްފައެވެ. އެގޮތުން ޔޫކްރޭން ހަނގުރާމަ ފެށުމުގެ ފަހަތުގައި ހުންނެވީ ރަޝިއާގެ ޑިފެންސް މިނިސްޓަރު ކަމަށް ޔެވްގެނީ ވަނީ ތުހުމަތުކޮށްފައެވެ.

ޔެވްގެނީ ބުނާގޮތުގައި ޑިފެންސް މިނިސްޓަރު ބޭނުންފުޅުވަނީ މި ހަނގުރާމައިގެ ޒަރީއާއިން އޭނާގެ މަގާމުގެ ކުރިއެރުން ހޯއްދަވާށެވެ.

ޔެވްގެނީ ހިތްހަމަނުޖެހޭ ސަބަބަކީ ރަޝިއާގެ ޑިފެންސް މިނިސްޓަރުގެ ސަބަބުން ރަޝިއާގެ ރައްޔިތުންނަށް މި ހަނގުރާމައިގައި ނިކަމެތިކަން ލިބެމުން ދިއުން ކަމަށް ބުނެއެވެ.

އޭގެ އިތުރުން، ޔޫކްރޭންގައި ގާއިމުވެގެން ތިބި ވެގްނަރގެ އަސްކަރީ ބޭހަކަށް ރަޝިއާގެ އަސްކަރިއްޔާއިން ހަމަލާ ދީފައިވާކަމަށްވެސް އެ ގްރޫޕުން ތުހުމަތުކުރެއެވެ. ނަމަވެސް އެ ތުހުމަތުތައް ޑިފެންސް މިނިސްޓްރީން ދޮގުކޮށްފައިވާއިރު، އެ މައްސަލަވެސް ވަނީ ހޫނުވެފައެވެ.

ރަޝިއާ އަސްކަރިއްޔާއާއި ވެގްނަރ ގްރޫޕާ ދެމެދު އުފެދިފައިވާ ކޯޅުން ބޮޑުވެ މަސްރަހު ހޫނުވެފައިވީނަމަވެސް، ޔެވްގެނީ ވަނީ ރަޝިއާ ސަރުކާރާ ދެކޮޅަށް ބަޣާވާތެއް ކުރަން އުޅޭކަމަށް ދެކެވޭ ވާހަކަތައް ދޮގުކޮށްފައެވެ.

މި ކަންކަމާ ގުޅިގެން ރަޝިއާގެ ރައީސް ވްލަޑިމިއަރ ޕުޓިން ވަނީ މި ދަނޑިވަޅުގައި ރަޝިއާގެ ރައްޔިތުން އެކަތިގަނޑަކަށް ވެގެން ތިބުން މުހިއްމުކަމަށް ވިދާޅުވެ، 1917 ވަނަ އަހަރުގެ ހަނގުރާމައިގައިވެސް ރަޝިއާގެ ރައްޔިތުން ރަޝިއާގެ ރައްޔިތުންނާ ހަނގުރާމަ ފެށިކަން ހަނދާންކޮށްދެއްވާފައެވެ.

ޕުޓިން ވަނީ ހާލަތު ރަނގަޅު ކުރުމަށް އަޅުއްވަންޖެހޭ ކޮންމެ ފިޔަވަޅެއްވެސް އަޅުއްވާނެކަމަށް ވިދާޅުވެފައެވެ.

ހަމައެއާއެކު، މިހާތަނަށް މި ހަނގުރާމައިގައި ބައިވެރިވެ، މަރުވެފައިވާ ވެގްނަރ ގްރޫޕުގެ ސިފައިންނަކީ ބަތޮލުންގެ ގޮތުގައިވެސް ޕުޓިން ވަނީ ސިފަކުރައްވާފައެވެ. މިއީ އެކަތިގަނޑަކަށް ވެގެން ތިބެންޖެހޭ ދަނޑިވަޅުކަންވެސް ޕުޓިން ފާހަގަ ކުރައްވާފައިވެއެވެ.

ޔެވްގެނީއާއި ޕުޓިންއަކީ އެތައް އަހަރެއް ވަންދެން ގާތް ގުޅުމެއް ދަމަހައްޓަވަމުން އައިސްފައިވާ ދެބޭފުޅުންނެވެ.

ރަޝިއާވެގްނަރ ގްރޫއްޕުރަޝިޔާ-ޔޫކްރެއިން ހަނގުރާމަ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ޔުކްރެއިންގެ ރައްކާތެރިކަން ޔަޤީން ކުރަން ޖެހޭ: ފްރާންސް

ޔުކްރެއިންގެ ރައްކާތެރިކަން ޔަޤީން ކުރަން ޖެހޭ: ފްރާންސް

17 ޑިސެމްބަރު 2025
ޔުކްރެއިން ހަނގުރާމަ ނިންމުމުގެ އެއްބަސްވުމަކާ ހަމައަށް އައުމަށް ވަރަށް ބޮޑަށް ކައިރި ވެއްޖެ: ޓްރަމްޕް

ޔުކްރެއިން ހަނގުރާމަ ނިންމުމުގެ އެއްބަސްވުމަކާ ހަމައަށް އައުމަށް ވަރަށް ބޮޑަށް ކައިރި ވެއްޖެ: ޓްރަމްޕް

16 ޑިސެމްބަރު 2025
ރަޝިޔާ-ޔުކްރެއިން މައްސަލައިގެ ސުލްޙަ ޤާއިމު ކުރުމަކީ ދުރުގައި އޮތް ކަމެއް ނޫން: އުރުދުޣާން

ރަޝިޔާ-ޔުކްރެއިން މައްސަލައިގެ ސުލްޙަ ޤާއިމު ކުރުމަކީ ދުރުގައި އޮތް ކަމެއް ނޫން: އުރުދުޣާން

15 ޑިސެމްބަރު 2025
ޒެލެންސްކީ އާއި ޔޫރަޕުގެ ލީޑަރުންނާ ބައްދަލު ކުރައްވަން ވިޓްކޮފް ޖަރުމަނަށް ވަޑައިގަންނަވަނީ

ޒެލެންސްކީ އާއި ޔޫރަޕުގެ ލީޑަރުންނާ ބައްދަލު ކުރައްވަން ވިޓްކޮފް ޖަރުމަނަށް ވަޑައިގަންނަވަނީ

14 ޑިސެމްބަރު 2025
ކޭސްޕިއަން ކަނޑުގައި ރަޝިޔާގެ ތެޔޮ ރިގް ތަކަށް ހަމަލާ ދީފި

ކޭސްޕިއަން ކަނޑުގައި ރަޝިޔާގެ ތެޔޮ ރިގް ތަކަށް ހަމަލާ ދީފި

13 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

17 ފެބުރުއަރީ
ސިނގިރޭޓު އަގު ބޮޑު ކުރި ހަގީގީ ސަބަބު ފޮރުވަން ރައީސް މުއިއްޒު މަސައްކަތް ކުރައްވާ ވަރަކަށް ހަގީގަތް ފަޅާ އަރަނީ!
20251 އަހަރު ކުރިން
ރިޕޯޓު

ސިނގިރޭޓު އަގު ބޮޑު ކުރި ހަގީގީ ސަބަބު ފޮރުވަން ރައީސް މުއިއްޒު މަސައްކަތް ކުރައްވާ ވަރަކަށް ހަގީގަތް ފަޅާ އަރަނީ!

މަސްވެރިންގެ މުޒާހަރާ: ''އަޑު ނާހާނަމަ އިރުއޮއްސި 6:00 އާ ހަމައަށް ކޫއްޑޫގެ މަސްފެކްޓްރީގެ ޖަނަރޭޓަރުތައް ނިއްވާލާނަން''
20242 އަހަރު ކުރިން
ރާއްޖެ

މަސްވެރިންގެ މުޒާހަރާ: ''އަޑު ނާހާނަމަ އިރުއޮއްސި 6:00 އާ ހަމައަށް ކޫއްޑޫގެ މަސްފެކްޓްރީގެ ޖަނަރޭޓަރުތައް ނިއްވާލާނަން''

ގަޑިނުޖެހި ސަލާމް ނުބުނެ ވަޒީފާގައި 51 އަހަރު، ސިއްރަކީ ޞޯބިރާ ވަޒީފާ ދެކެވީ ލޯބި!
20233 އަހަރު ކުރިން
ރިޕޯޓު

ގަޑިނުޖެހި ސަލާމް ނުބުނެ ވަޒީފާގައި 51 އަހަރު، ސިއްރަކީ ޞޯބިރާ ވަޒީފާ ދެކެވީ ލޯބި!

ހުޅުމާލެ ދެވަނަ ފޭސްގައި ހިންގި މާރާމާރީ އެއްގައި 3 ބިދޭސީންނަށް އަނިޔާވެއްޖެ
20224 އަހަރު ކުރިން
ރާއްޖެ

ހުޅުމާލެ ދެވަނަ ފޭސްގައި ހިންގި މާރާމާރީ އެއްގައި 3 ބިދޭސީންނަށް އަނިޔާވެއްޖެ

އިންޓަރނެޓް ހޯދައި މަޖާކޮށްލަން އުޅުނީމާ އާގުބޯޓު އެރީ ފަރަށް
20215 އަހަރު ކުރިން
ރިޕޯޓު

އިންޓަރނެޓް ހޯދައި މަޖާކޮށްލަން އުޅުނީމާ އާގުބޯޓު އެރީ ފަރަށް

ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
20197 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި

ރައީސް ޔާމީންގެ ނަން ކިޔަން އުޅެއުޅެ ވެސް ހޯރަފުށީ ދާއިރާގެ މެމްބަރަށް ނުކިޔުނު!
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ ނަން ކިޔަން އުޅެއުޅެ ވެސް ހޯރަފުށީ ދާއިރާގެ މެމްބަރަށް ނުކިޔުނު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު