Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހައްޖާބެހޭ ބިލުގެ މަސައްކަތް

ހައްޖާބެހޭ ބިލް ގާނޫނަކަށް ވެގެން ދިއުމުން، ގިނަ މައްސަލަތަކަށް ހައްލު ލިބޭނެ: އިސްލާމިކް މިނިސްޓްރީ

ހައްޖާބެހޭ ބިލް އެކުލަވައިލެވި، އޭޖީ އޮފީހަށް ވަނީ ހުށަހަޅާފައި

އަމްނާ އިމާދު
އަމްނާ އިމާދު | 24 ޖޫން 2023 | ހޮނިހިރު 07:48
އިސްލާމިކް މިނިސްޓްރީ

އިސްލާމިކް މިނިސްޓްރީ

ހައްޖާބެހޭ ބިލް ގާނޫނަކަށް ވެގެން ދިއުމުން މިހާރު ދިމާވާ ގިނަ މައްސަލަތަކަށް ހައްލު ލިބޭނެކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

ރާއްޖެޓީވީގައި ވާހަކަފުޅުދައްކަވަމުން އިސްލާމިކް މިނިސްޓްރީގެ ޕަރމަނަންޓް ސެކްރެޓަރީ އަހްމަދު އަދީލް ވިދާޅުވީ، ހައްޖާބެހޭ ބިލް މިހާރު އެކުލަވައިލެވި، އެޓަރނީ ޖެނަރަލްގެ އޮފީސް (އޭޖީ)އަށް ހުށަހަޅާފައިވާކަމަށެވެ.

އަދީލް ވިދާޅުވީ، މި ސަރުކާރުގައި އެބިލް ގާނޫނަކަށް ވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށާއި، ހައްޖާބެހޭ ގާނޫނެއް އެކުލެވިގެން ދިއުމުން ގާނޫނީ ފްރޭމް ވޯރކް ހަރުދަނާ ވެގެންދާނެ ކަމަށެވެ. މި ބިލް ތަސްދީގު ކުރެވުމުން ހައްޖާއި އުމްރާއަށް މީހުން ގެންދިއުމުގައި ހަރަކާތްތެރިވާ ކުންފުނިތަކުގައި މަސައްކަތްކުރާ މީހުން އިތުރަށް ޒިންމާދާރުކުރުވޭނެ ކަމަށެވެ. އަދި މިހާރު ދިމާވާ މައްސަލަތަކަށް ހައްލު ލިބޭނެކަމަށް އޭނާ ވިދާޅުވިއެވެ.

އަމިއްލަ ކުންފުނިތަކުން މީހުން ހައްޖަށް ގެންދިއުމަށް ބޮޑެތި އަގު ނަގާ މައްސަލަ ސޯޝަލް މީޑިއާގެ ޒަރީއާއިން ސަމާލުކަމަށް އައިސްފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ. ނަމަވެސް އެ މައްސަލަ ރަސްމީ ސިފައެއްގައި ހުށަހަޅާފައި ނުވުމާއި، އެއްވެސް ހެއްކެތް ނެތުމުން އެމައްސަލަ ބެލެން ނެތްކަމަށް މިނިސްޓްރީން ބުނެއެވެ. ނަމަވެސް އެ މައްސަލަ ހުށަހަޅައިފިނަމަ އުސޫލުގެ ތެރެއިން ބަލާނެކަމަށާއި، އަޅަންޖެހޭ ފިޔަވަޅުތަކުގެ އަޅާނެކަމުގެ ޔަގީންކަން މިނިސްޓްރީން ދީފައިވެއެވެ.

އިތުބާރުހުރި ފަރާތަކުން ރާއްޖެއެމްވީއަށް މައުލޫމާތު ދިންގޮތުގައި، އަމިއްލަ ކުންފުނިތަކުން މީހުން ހައްޖަށް ގެންދިއުމަށް 135،000 ރުފިޔާ ނަގައެވެ. މި ގޮތަށް ހައްޖަށް ގެންދަނީ ދެފަރާތުން އެއްބަސްވެގެން ކަމަށާއި، ފައިސާ ދައްކަނީވެސް ކޭޝްއިން ކަމަށް އޭނާ ބުންޏެވެ. ގިނައިން މިގޮތަށް ފުރުސަތު ހޯދަމުންދަނީ ފައިސާވެރި، މުއްސަނދިން ކަަމަށް އޭނާ ބުންޏެވެ. ބައެއް މީހުން މި ގޮތަށް ހައްޖުގެ އަޅުކަމަށް ދަނީ ހައްޖު ކޯޕަރޭޝަންގެ ދިގު ކިޔުގައި މަޑުކުރަން ބޭނުންނުވާތީއެވެ.

މީގެ އިތުރުން އުމްރާއަށް މީހުން ގެންދިއުމުގައި ގިނަ ކުންފުނިތަކުން މަސައްކަތް ކުރަމުންދާއިރު، ފައިސާ އިތުރަށް ނަގާ މައްސަލަ ދޭތެރެއަކުން ބޮޑުވެއެވެ. އަދި ރަނގަޅު އިންތިޒާމްތަކެއް އުމްރާއަށް ދާ ފަރާތްތަކަށް ހަމަޖައްސައިނުދޭ މައްސަލަވެސް ބޮޑުވެގެންދެއެވެ.

ހައްޖުހައްޖާބެހޭ ބިލް އިސްލާމިކް މިނިސްޓްރީ

އިތުރަށް ކިޔާލަން

04 ޑިސެމްބަރު 2025

ކޮންޓްރެކްޓް ހަވާލުކުރި ފަރާތުން ބޭނުންވާ ގޮތަށް ކައުންސިލުން އަމަލު ނުކޮށްގެން، އިސްލާމިކް މިނިސްޓްރީން އެލްޖީއޭ އަށް މައްސަލަ ހުށަހަޅައިފި

04 ޑިސެމްބަރު 2025
ކޮންޓްރެކްޓް ހަވާލުކުރި ފަރާތުން ބޭނުންވާ ގޮތަށް ކައުންސިލުން އަމަލު ނުކޮށްގެން، އިސްލާމިކް މިނިސްޓްރީން އެލްޖީއޭ އަށް މައްސަލަ ހުށަހަޅައިފި
25 ނޮވެމްބަރު 2025

އެކަނިވެރި މައެއްގެ ޒާތީ މައުލޫމާތު ހާމަކުރެވުނީތީ ޝަހީމް މައާފަށް އެދިވަޑައިގެންފި

25 ނޮވެމްބަރު 2025
އެކަނިވެރި މައެއްގެ ޒާތީ މައުލޫމާތު ހާމަކުރެވުނީތީ ޝަހީމް މައާފަށް އެދިވަޑައިގެންފި
10 ނޮވެމްބަރު 2025

އައްޑޫ ސިޓީ ހިތަދޫ މިސްކިތުގައި ހުރި ގޮނޑިތަކާއި މުސްހަފުތަކަށް ގެއްލުންދީފި

10 ނޮވެމްބަރު 2025
އައްޑޫ ސިޓީ ހިތަދޫ މިސްކިތުގައި ހުރި ގޮނޑިތަކާއި މުސްހަފުތަކަށް ގެއްލުންދީފި
30 އޮކްޓޯބަރު 2025

މި ސަރުކާރުގެ އެންމެ ބޮޑު ވަޤުފު ދެ މަޝްރޫއު އަށް ބީއެމްއެލުން ލޯނު ދޫ ކުރަނީ

30 އޮކްޓޯބަރު 2025
މި ސަރުކާރުގެ އެންމެ ބޮޑު ވަޤުފު ދެ މަޝްރޫއު އަށް ބީއެމްއެލުން ލޯނު ދޫ ކުރަނީ
30 އޮކްޓޯބަރު 2025

ފްލެޓުތަކުގެ ކުލި ބޮޑު ކޮށް، އެޑްވާންސް ފައިސާ ނެގުމަށް ނިންމި މި ސަރުކާރުން، ޑައުންޕޭމަންޓު ނުދެއްކޭ 14 އާއިލާ އަކަށް ޒަކާތު ފަންޑުން ފައިސާ ދައްކާ ދެނީ

30 އޮކްޓޯބަރު 2025
ފްލެޓުތަކުގެ ކުލި ބޮޑު ކޮށް، އެޑްވާންސް ފައިސާ ނެގުމަށް ނިންމި މި ސަރުކާރުން، ޑައުންޕޭމަންޓު ނުދެއްކޭ 14 އާއިލާ އަކަށް ޒަކާތު ފަންޑުން ފައިސާ ދައްކާ ދެނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު