Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުލުއި ޚަބަރު

ސްޓޫޑިއޯތަކުން ލިޔުންތެރިން "ފެލާ" މައްސަލައަށް ހައްލު ނުލިބި އެތައް ދުވަހެއް!

ޑަބްލިއުޖީއޭގެ މެންބަރުން ތިބީ، އިންސާފުވެރިގޮތެއްގައި މައްސަލަ ހައްލުކުރެވި، ވީ އެންމެ އަވަހަކަށް މަސައްކަތަށް ނުކުމެވޭނެ ކަމުގެ އުއްމީދުގައި

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 24 ޖޫން 2023 | ހޮނިހިރު 03:56
ލިޔުންތެރިން މުޒާހަރާކުރަނީ

ލިޔުންތެރިން މުޒާހަރާކުރަނީ

ކުރާ މަސައްކަތްތަކުގެ އަގު، ހައްގުގޮތުގައި ވަޒަންކުރުމަށް ބާރުއެޅުމަކީ އެމީހަކު ނުކުރި ވަރަކުން އެހެން މީހަކު ކުރާނެ ކަމެއް ނޫނެވެ. އިންތިހާއަށް ހަލުވި ދުވެލީގައި ކުރިއަރަމުންދާ ޓެކްނޮލޮޖީގެ ރޭހުގައި ލާމެހިފައިވާ އަދުގެ ދުނިޔޭގައި، ލޯބޯފިއްސައިގެން އިންސާނުން ކުރަމުންދާ މަސައްކަތްތަކުގެ މައްޗަށް، މަސްނޫއީ ތޫނިފިލިކަން ނުވަތަ އޭއައި ޓެކްނޮލޮޖީ އަތްގަދަ ލކުރަމުން ދާ ދިއުމަކީ، ކުރިން މިދެންނެވި އަގު ވަޒަން ކުރުމުގެ ރޫހަށް އެޅޭ ހިޔަންޏެއްކަމަށް މިއަދު ގިނަ ބަޔަކު އިއްތިފާގުވެއެވެ.

މި ރޫހުގައި އެންމެ ބާރަށް މިއަދު އަޑު އުފުލަމުންދާ އެއް ބަޔަކީ ރައިޓަރޒް ގިލްޑް އޮފް އެމެރިކާ (ޑަބްލިއުޖީއޭ)ގެ ލިޔުންތެރިންނެވެ. ހޮލީވުޑްގެ ބޮޑެތި މަޝްރޫއުތަކެއްގައި މަސައްކަތްކޮށްފައިވާ ގިނަ އަދަދެއްގެ ލިޔުންތެރިން ޝާމިލުވާ ޑަބްލިއުޖީއޭއިން ލޮސް އެންޖަލީސްގައި ހުއްޓާނުލައި ހަޅުތާލުކުރާތާ ހޯމަ ދުވަހަށް ވަނީ 8 ހަފުތާ ވެފައެވެ. އެތައް ސަތޭކަ ލިޔުންތެރިންނެއްގެ އިތުރުން، އިއްތިހާދީ ބައިވެރިންނާއި އާންމުންގެ ތެރެއިން މިކަމަށް ތާއީދުކުރާ މީހުން ދަނީ މި ހަރަކާތުގައި ބައިވެރިވަމުންނެވެ. ލިޔުންތެރިންނަށް އެއްބާރުލުން ދެމުންނެވެ.

އެމެރިކާގެ އެންމެ ކާރޫބާރޫ ބޮޑު ސަރަހައްދުތަކުގެ ތެރޭގައި ގުނާލެވޭ ލޮސްއެންޖަލީސްގައި ކުރިއަށްދާ ހަޅުތާލުގައި ޚާއްސަ ހިނގާލުމެއް ކުރިއަށް ގެންގޮސްފައިވާއިރު، ކާރުތަކުގައި ތިބި މީހުން ވަނީ، ލިޔުންތެރިންނާ ބައިވެރިވުމުގެ ގޮތުން، އެމީހުންގެ ކާރުތަކުން ބާރުގޮނުއަޅާހަދާފައެވެ.

ލިޔުންތެރިން ކުރިއަށް ގެންދާ ހަޅުތާލުގެ މައިގަނޑު ޑިމާންޑްތައް އަމާޒުވެފައި އޮތީ މުސާރަ ބޮޑުކުރުމާއި، ސްޓްރީމްކުރާ މަސައްކަތްތަކުން ލިބޭ އާމްދަނީ ކަށަވަރުކުރުމާއި، މަސައްކަތްތައް ކުރިއަށްގެންދިއުމަށްޓަކައި މަސްނޫއީ ތޫނިފިލިކަން ބޭނުން ކުރުން މަނާކުރުމުގެ މައްޗަށެވެ.

ޑަބްލިއުޖީއޭގެ މެންބަރެއް ކަމަށްވާ ޕެރީ ލަޕީދޫސް ބުނީ، ވީ އެންމެ އަވަހަކަށް މަސައްކަތަށް އެނބުރި ދިއުމަށް މަސައްކަތް ކުރަމުން ދާކަމަށާއި، ނަމަވެސް ލިޔުންތެރިންނަށް ހައްގު މިންވަރު ނުލިބެނީސް އެކަން ނުކުރާނެ ކަމަށެވެ.

އެކްޓަރުންގެ ގިލްޑް ނުވަތަ އެސްއޭޖީ-އަފްޓްރާއިން ވަނީ އެލަޔަންސް އޮފް މޯޝަން ޕިކްޗަރ އެންޑް ޓެލެވިޜަން ޕްރޮޑިއުސަރޒް (އޭއެމްޕީޓީޕީ)އާއެކު މަޝްވަރާތަކެއް ކުރިއަށްގެންގޮސްފައެވެ. އެމްޕީޓީޕީއާއި ޑައިރެކްޓަރޒް ގިލްޑް އޮފް އެމެރިކާއިން ވަނީ، 2 އިއްތިހާދުގެ މެދުގައި އަމަލުކުރާނެ އުސޫލު ބަޔާންކުރާ، 3 އަހަރު ދުވަހުގެ ވަގުތީ އެއްބަސްވުމެއް އެކުލަވާލާފައިވާކަމަށް ބުނެފައެވެ. ޑަބްލިއުޖީއޭގެ މެންބަރުން އުއްމީދުކޮށްގެން ތިބީ، އިންސާފުވެރި ގޮތެއްގައި މައްސަލަ ހައްލުކުރެވި، ވީ އެންމެ އަވަހަކަށް މަސައްކަތަށް ނުކުމެވޭނެކަމުގެ އުއްމީދުގައެވެ.

ދުނިޔެއެމެރިކާ

އިތުރަށް ކިޔާލަން

12 ޑިސެމްބަރު 2025

އެމެރިކާގެ ކޮންގްރެސް އިން، 901 ބިލިއަން ޑޮލަރުގެ ދިފާއީ ޚަރަދުގެ ރެކޯޑު ބިލެއް ފާސްކޮށްފި

12 ޑިސެމްބަރު 2025
އެމެރިކާގެ ކޮންގްރެސް އިން، 901 ބިލިއަން ޑޮލަރުގެ ދިފާއީ ޚަރަދުގެ ރެކޯޑު ބިލެއް ފާސްކޮށްފި
09 ޑިސެމްބަރު 2025

ހެގްސެތުގެ ދަތުރުފަތުރު ބަޖެޓުގެ 75 އިންސައްތަ ހިފެހެއްޓުމަށް ކޮންގްރެސް އިން ނިންމަނީ

09 ޑިސެމްބަރު 2025
ހެގްސެތުގެ ދަތުރުފަތުރު ބަޖެޓުގެ 75 އިންސައްތަ ހިފެހެއްޓުމަށް ކޮންގްރެސް އިން ނިންމަނީ
09 ޑިސެމްބަރު 2025

އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ

09 ޑިސެމްބަރު 2025
އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ
07 ޑިސެމްބަރު 2025

ގަވަރުނަރު ނިއުސަމް އިށީނދެގެން އިންނެވި ގޮތުން، މީމްސް ހަދައި ފާޑު ކިޔަނީ

07 ޑިސެމްބަރު 2025
ގަވަރުނަރު ނިއުސަމް އިށީނދެގެން އިންނެވި ގޮތުން، މީމްސް ހަދައި ފާޑު ކިޔަނީ
05 ޑިސެމްބަރު 2025

މަމްދާނީ އިންޒާރު ދިން ނަމަވެސް، ނިއު ޔޯކަށް ވަޑައިގަންނަވާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

05 ޑިސެމްބަރު 2025
މަމްދާނީ އިންޒާރު ދިން ނަމަވެސް، ނިއު ޔޯކަށް ވަޑައިގަންނަވާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު