Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކައި ހަވާޓްޒް

ޗެލްސީގެ ކައި ހަވާޓްޒް އާސެނަލް އާ ގުޅުމާ ގާތަށް

2021 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ޗެލްސީ މޮޅުވި ލަނޑު ޖަހައިދިނީ ހަވާޓްޒް

ހުސެއިން ޒައިދް
ހުސެއިން ޒައިދް, ރާއްޖެ އެމްވީ | 22 ޖޫން 2023 | ބުރާސްފަތި 19:43
ކައި ހަވާޓްޒް

ކައި ހަވާޓްޒް

އާސެނަލުން 67.5 މިލިއަން ޕައުންޑަށް ޗެލްސީގެ ފޯވާޑް ކައި ހަވާޓްޒް ގެނައުމަށް އެއްބަސްވެފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ބުދަ ދުވަހު ޗެލްސީން ވަނީ 62.5 މިލިއަން ޕައުންޑުގެ އިތުރުން ޕާފޯމަންސް އާ ގުޅުން ހުރި އިތުރު ފަސް މިލިއަން ޕައުންޑުގެ އެއްބަސްވުމެއްގެ ދަށުން މަޝްވަރާތައް ވަރަށް އަވަހަށް ކުރިއަށް ގެންގޮސްފަ އެވެ.

ހަވާޓްޒްގެ މިހާރުގެ އެއްބަސްވުން 2025 ވަނަ އަހަރު ހަމަވާއިރު، ޗެލްސީއާއެކު އިތުރު އެއްބަސްވުމެއްގައި ސޮއިކުރާކަށް ބޭނުމެއް ނުވެއެވެ. ޗެލްސީގެ އައު ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ބޭނުންވަނީ މި އަހަރުގެ ހޫނު މޫސުމުގައި އޭނާގެ ފޯވާޑް ލައިން ބަދަލުކުރުމަށެވެ.

2021 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ޗެލްސީ މޮޅުވި ލަނޑު ހަވާޓްޒް ކާމިޔާބުކުރި ނަމަވެސް އޭނާގެ ކުޅުމުގައި ކޮންސިސްޓެންސީ ހޯދުމުގައި އުނދަގޫތަކެއް ކުރިމަތިވި އިރު، އޭނާ ވަނީ ހުރިހާ މުބާރާތެއްގައި ކުޅުނު 139 މެޗުން 32 ލަނޑު ކާމިޔާބުކޮށްފައެވެ.

ވެސްޓް ހޭމްގެ މިޑްފީލްޑަރު ޑެކްލަން ރައިސް އާއި އަޔެކްސްގެ ޑިފެންޑަރު ޓިމްބާގެ އެއްބަސްވުންތައް ކުރިއަށް ގެންދަން އާސެނަލް އިން މަސައްކަތް ކުރަމުން އަންނައިރު، ހަވާޓްޒް ވެގެންދާނީ މިކޭލް އާޓެޓާ ހޫނު މޫސުމުގައި ސޮއިކުރި ފުރަތަމަ ކުޅުންތެރިޔާ އަށެވެ.

ަކައި ހަވާޓޭޒްޗެލްސީއާސެނަލް

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ހަ ވަނަ މޮޅާ އެކު އާސެނަލް އެއް ވަނައިގައި

11 ޑިސެމްބަރު 2025
ހަ ވަނަ މޮޅާ އެކު އާސެނަލް އެއް ވަނައިގައި
10 ޑިސެމްބަރު 2025

އެޓަލަންޓާ އަތުން ޗެލްސީ ބަލިވެއްޖެ

10 ޑިސެމްބަރު 2025
އެޓަލަންޓާ އަތުން ޗެލްސީ ބަލިވެއްޖެ
07 ޑިސެމްބަރު 2025

އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި

07 ޑިސެމްބަރު 2025
އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި
04 ޑިސެމްބަރު 2025

ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި

04 ޑިސެމްބަރު 2025
ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި
04 ޑިސެމްބަރު 2025

ބްރެންޓްފޯޑް ބަލިކޮށް، އާސެނަލް އިން ލީޑު ފުޅާ ކޮށްފި

04 ޑިސެމްބަރު 2025
ބްރެންޓްފޯޑް ބަލިކޮށް، އާސެނަލް އިން ލީޑު ފުޅާ ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު