Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސާފް ޗެމްޕިއަންޝިޕް

ދެ ލަނޑުން ލެބަނަންއިން ބަންގްލަދޭޝް ބަލިކޮށްފި

މެޗަށް ބަންގްލަދޭޝް ނުކުތީ ޕޮއިންޓް ހޯދުމަށް

އަބްދުﷲ އަޒުމީން
އަބްދުﷲ އަޒުމީން, ރާއްޖެ އެމްވީ | 22 ޖޫން 2023 | ބުރާސްފަތި 12:04
ބަންގްލަދޭޝްއާއި ލެބަނަން ބައްދަލުކުރި މެޗުގެ ތެރެެއިން: ލެބަނަން މޮޅުވީ 1-0ން

ބަންގްލަދޭޝްއާއި ލެބަނަން ބައްދަލުކުރި މެޗުގެ ތެރެެއިން: ލެބަނަން މޮޅުވީ 1-0ން

ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ބަންގްލަދޭޝްގެ މައްޗަށް 2-0ން ލެބަނަން ކާމިޔާބު ހޯދައިފިއެވެ.

ލެބަނަންއަކީ ސާކް ސަރަހައްދުން ބޭރުން، މި މުބާރާތަށް ދައުވަތުދީގެން ބައިވެރިވި ގައުމެކެވެ. އެގައުމުގެ ފުރަތަމަ މެޗުގައި ބަންގްލަދޭޝް ކޮޅަށް ފުރަތަމަ ލަނޑު ޖެހީ މެޗު ނިމެން 12 މިނިޓަށް ވެފައިވަނިކޮށް ހަސަން މާތޫކްއެވެ. ފަހު ލަނޑު ޖެހީ އިތުރު ވަގުތުގެ ފަސްވަނަ މިނިޓްގައި ހަލީލް ބަދުރެވެ.

ދެ ޓީމުންވެސް ހަމަހަމަ ކުޅުމެއް ދެއްކި މެޗުގައި ލަނޑު ޖަހަން ބަންގްލަދޭޝްއަށްވެސް ރަނގަޅު ފުރުސަތުތަކެއް ލިބިގެންދިޔައެވެ. އެކަމަކު އެ ހަމަލާތަކުގެ ދިފާއަކަށްވީ ލެބަނަންގެ ކީޕަރު އަލީ ސަބާހެވެ.

މި މެޗަށް ބަނގްލަދޭޝް ނުކުތީ ޕޮއިންޓެއް ހޯދުމުގެ އަޒުމުގައެވެ. އެ ޓީމުގެ ކޯޗު ހާވިއާ ކަބްރޭރާ މެޗުގެ ކުރިން ބުނީ، މުބާރާތުގެ ސެމީ ފައިނަލަށް ދިއުމަށް އެންމެ މުހިންމު އެއް ކަމަކީ ލެބަނަން މެޗުން ޕޮއިންޓެއް ހޯދުން ކަމަށެވެ. މުބާރާތުގެ ސެމީ ފައިނަލަށް ދާނީ ކޮންމެ ގްރޫޕަކުންވެސް އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެވެ.

ގްރޫޕް ބީގައި މި ދެ ޓީމުގެ އިތުރުން ހިމެނެނީ މިރޭ އިރާކޮޅު ބައްދަލުކުރާ ދިވެހިރާއްޖެއާއި ބޫޓާނެވެ. އިންޑިޔާގެ ބެންގަލޫރުގައި އިއްޔެއިން ފެށިގެން ޖުލައި ހަތަރަކަށް ކުރިއަށްދާ މުބާރާތުގެ ފުރަތަމަ މެޗުގައި 3-1ން ނޭޕާލް ބަލިކޮށް، ކާމިޔާބު ހޯދީ ކުވޭތެވެ. ދެވަނަ މެޗުގައި ޕާކިސްތާން 4-0ން ބަލިކުރީ, ދިފާއީ ޗެމްޕިއަން އިންޑިޔާއެވެ.

ސާފް ޗެމްޕިއަންޝިޕް

އިތުރަށް ކިޔާލަން

25 ސެޕްޓެމްބަރު 2025

ރާއްޖޭގެ ކުރީގެ ޤައުމީ ގޯލްކީޕަރު އިފްރާހު ނިޔާވެއްޖެ

25 ސެޕްޓެމްބަރު 2025
ރާއްޖޭގެ ކުރީގެ ޤައުމީ ގޯލްކީޕަރު އިފްރާހު ނިޔާވެއްޖެ
26 އޯގަސްޓު 2024

ފައިސާ ނުދެއްކުމުން ސާފް ޗެމްޕިއަންޝިޕުން ރާއްޖެ ސަސްޕެންޑްކުރަނީ!

26 އޯގަސްޓު 2024
ފައިސާ ނުދެއްކުމުން ސާފް ޗެމްޕިއަންޝިޕުން ރާއްޖެ ސަސްޕެންޑްކުރަނީ!
11 ޖޫން 2024

ސާފް ޗެމްޕިއަންޝިޕްގެ ފައިސާ ނުދީގެން އެފްއޭއެމަށް ފިޔަވަޅު އަޅަނީ

11 ޖޫން 2024
ސާފް ޗެމްޕިއަންޝިޕްގެ ފައިސާ ނުދީގެން އެފްއޭއެމަށް ފިޔަވަޅު އަޅަނީ
01 ޖުލައި 2023

ލެބަނަން ބަލިކޮށް، ތަށި ދިފާއުކުރަން އިންޑިޔާ ފައިނަލަށް

01 ޖުލައި 2023
ލެބަނަން ބަލިކޮށް، ތަށި ދިފާއުކުރަން އިންޑިޔާ ފައިނަލަށް
01 ޖުލައި 2023

އިތުރު ވަގުތުގެ ގޯލުން ބަނގްލަދޭޝް ބަލިކޮށް، ކުވޭތު ފައިނަލަށް

01 ޖުލައި 2023
އިތުރު ވަގުތުގެ ގޯލުން ބަނގްލަދޭޝް ބަލިކޮށް، ކުވޭތު ފައިނަލަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު