Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ސްޓޫޑަންޓް ލޯނު

ސްޓޫޑަންޓް ލޯނު ލިބުނު ދަރިވަރުންގެ ދާއިމީ ލިސްޓު އާންމުކޮށްފި

1،275 ދަރިވަރަކަށް ވަނީ ލޯނު ދީފައި

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް, ރާއްޖެ އެމްވީ | 22 ޖޫން 2023 | ބުރާސްފަތި 02:53
ސްޓޫޑެންޓް ލޯނު

ސްޓޫޑެންޓް ލޯނު

ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތަޢުލީމާއި ތަމްރީނު ހޯދުމަށް ސްޓޫޑަންޓް ލޯނު ލިބުނު ދަރިވަރުންގެދާއިމީލިސްޓުއާންމުކޮށްފިއެވެ.

ސްޓޫޑަންޓް ލޯނު ލިބުނު ދަރިވަރުންގެ ދާއިމީ ލިސްޓު އާންމުކޮށްފައިވަނީ ހަޔަރ އެޑިއުކޭޝަން މިނިސްޓްރީގެ ވެބްސައިޓުގައެވެ. މިނިސްޓްރީން ބުނީ މި ލިސްޓު ޝާއިއުކޮށް މައިއެޑިއު ޕޯޓަލް އަޕްޑޭޓުކޮށްފައިވާކަމަށެވެ.

Advertisement - newsAdvertisement

މިއަހަރު ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތަޢުލީމާއި ތަމްރީނު ހޯދުމަށް 1،275 ދަރިވަރަކަށް ވަނީ ލޯނު ދީފައެވެ. ލޯނު ލިބުނު ދަރިވަރުން ދެން އަަމަލުކުރަންވީގޮތް އީމެއިލް މެދުވެރިކޮށް އަންގާނެ ކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ.

މިއަހަރު ސްޓޫޑަންޓް ލޯނަށް 720 ފުރުސަތު ހުޅުވާލާފައިވާއިރު ލޯނަށް އެދި 1،507 ދަރިވަރުން ކުރިމަތިލިއެވެ. ސަރުކާރުން ވަނީ ލޯނަށް އެދި ހުށަހެޅި ދަރިވަރުންގެ ތެރެއިން ޝަރުތު ހަމަވާ ހުރިހާ ދަރިވަރުންނަށް ލޯނު ދޭން ނިންމާފައެވެ. އެއާއެކު ލޯނުގެ ވަގުތީ ލިސްޓު އާންމުކުރިއިރު 1،225 ދަރިވަރުންގެ ނަން ހިމެނެއެވެ.

ލޯން ސްކީމްގެ ދަށުން އަލަށް ކިޔަވަން ފަށާ ދަރިވަރުންނަށް އަދި މިހާރު ކިޔަވަމުންދާ ދަރިވަރުންނަށް ވެސް ފުރުސަތު ހުޅުވާލިއެވެ. ލޯނު އެހީގެ ދަށުން ތަޢުލީމާއި ތަމްރީނު ހޯދުމަށް ކޮންމެ ޤައުމަކަށް ދިއުމުގެ ފުރުސަތު ފަހި ކޮށްދީފައިވެއެވެ. މިގޮތުން ލޯނު އެހީގެ ދަށުން ހުރިހާ ޚަރަދެއް ދިނުމަށް ހަމަޖެހިފައިވަނީ 2023 ވަނަ އަހަރުގެ ލޯނު އިޢުލާންގައި ބަޔާންކޮށްފައިވާ ޤައުމުތަކަށެވެ. އެނޫން ޤައުމެއްގައި ކިޔެވުމަށް ލޯނު އެހީ ފޯރުކޮށްދޭނީ އިޢުލާންކޮށްފައިވާ ޤައުމުތަކުގެ ތެރެއިން އެ ދަރިވަރަކު އިޚްތިޔާރުކުރާ ޤައުމަކަށް ކަނޑައަޅާފައިވާ ރޭޓުންނެވެ.

މިފަހަރުގެ ލޯނު ސްކީމްގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށާއި ފުރަތަމަ ޑިގްރީ ސްކީމުގައި ކިޔަވަމުންދާ ދަރިވަރުންނަށް، އެދަރިވަރުންގެ އެހެނިހެން ޚަރަދުތައް ހަމަޖެއްސުމަށް ސްލޮޓް ކަނޑައަޅައި ފުރުޞަތު ހުޅުވާލިއެވެ.

މަތީ ތަޢުލީމާއި ތަމްރީނަށް ދޭ ލޯނު އެހީގެ ދަށުން ކަނޑައެޅިފައިވާ ޕްރޮގްރާމުގެ މުއްދަތުގައި ދަރިވަރުގެ އިޚްތިޔާރުން ބޭރުން ދިމާވާ ސަބަބަކާހުރެ ޕްރޮގްރާމް ފުރިހަމަނުކުރެވިގެންދާ މުއްދަތަށް ޓޮޕްއަޕް ލޯނު ދިނުމަށް 120 ފުރުޞަތު ހުޅުވާލާފައިވެއެވެ.

އަދި މިއަހަރުގެ ލޯނު ސްކީމް އިޢުލާންކޮށްފައިވަނީ ލޯނުގެ އެޑްމިނިސްޓްރޭޓިވް ޗާރޖް %3 އިން %1 އަށް ކުޑަކުރުމަށްފަހުއެވެ.

ސްޓޫޑެންޓް ލޯންހަޔަރ އެޑިއުކޭޝަން މިނިސްޓްރީ

ކޮމެންޓް

އިތުރަށް ކިޔާލަން

ދަރިވަރުންގެ ފައިސާ ޖަމާކުރުމަށް ލަސްވާ މައިގަނޑު ސަބަބަކީ އެކައުންޓުތަކުގެ މައުލޫމާތު ފުރިހަމަ ނުވާތީ: މިނިސްޓަރު ހައިދަރު

ދަރިވަރުންގެ ފައިސާ ޖަމާކުރުމަށް ލަސްވާ މައިގަނޑު ސަބަބަކީ އެކައުންޓުތަކުގެ މައުލޫމާތު ފުރިހަމަ ނުވާތީ: މިނިސްޓަރު ހައިދަރު

30 އެޕްރީލު 2025
ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީން ދޫކުރަންޖެހޭ ފައިސާ ދޫކުރުން އަވަސް ކުރުމަށް ޑިޖިޓަލައިޒް ސިސްޓަމެއް ތަރައްގީ ކުރަނީ

ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީން ދޫކުރަންޖެހޭ ފައިސާ ދޫކުރުން އަވަސް ކުރުމަށް ޑިޖިޓަލައިޒް ސިސްޓަމެއް ތަރައްގީ ކުރަނީ

21 ސެޕްޓެމްބަރު 2024
ބޭރުގައި ކިޔަވަން ތިބި ބައެއް ކުދިން ކާނެ ލާރި ވެސް ނެތިފައި، ފައިސާ ފޮނުވި ކަމަށް ބުނެ ސަރުކާރުން ހަދަނީ ދޮގު!

ބޭރުގައި ކިޔަވަން ތިބި ބައެއް ކުދިން ކާނެ ލާރި ވެސް ނެތިފައި، ފައިސާ ފޮނުވި ކަމަށް ބުނެ ސަރުކާރުން ހަދަނީ ދޮގު!

07 ޖުލައި 2024
މިދިޔަ އަހަރެކޭ އެއްގޮތަށް މިއަހަރުވެސް ޝަރުތުހަމަވާ ހުރިހާ ދަރިވަރުންނަށް ސްޓޫޑެންޓް ލޯނު ދެނީ

މިދިޔަ އަހަރެކޭ އެއްގޮތަށް މިއަހަރުވެސް ޝަރުތުހަމަވާ ހުރިހާ ދަރިވަރުންނަށް ސްޓޫޑެންޓް ލޯނު ދެނީ

30 އެޕްރީލު 2024
ސްޓޫޑެންޓް ލޯނަށް އެދުމުގެ މުއްދަތު އިތުރުކޮށްފި

ސްޓޫޑެންޓް ލޯނަށް އެދުމުގެ މުއްދަތު އިތުރުކޮށްފި

25 އެޕްރީލު 2024

އަހަރުތަކުން މިއަދު

1 މެއި
ޕެޕަރ ސްޕްރޭގެ އަސަރުކުރި މުޒާހަރާގެ ބައިވެރިއެއްގެ ހާލު ދެރަވެ ފަރުވާދެނީ
20251 އަހަރު ކުރިން
ރާއްޖެ

ޕެޕަރ ސްޕްރޭގެ އަސަރުކުރި މުޒާހަރާގެ ބައިވެރިއެއްގެ ހާލު ދެރަވެ ފަރުވާދެނީ

ޗައިނާއިން މިހާތަނަށް އުފެއްދި އެންމެ ބޮޑު އަދި އެންމެ ޒަމާނީ "އެއާކްރާފްޓް ކެރިއަރ" ފުރަތަމަ ފަހަރަށް މޫދަށް
20242 އަހަރު ކުރިން
ރިޕޯޓު

ޗައިނާއިން މިހާތަނަށް އުފެއްދި އެންމެ ބޮޑު އަދި އެންމެ ޒަމާނީ "އެއާކްރާފްޓް ކެރިއަރ" ފުރަތަމަ ފަހަރަށް މޫދަށް

"ހީވީ ގިޔާމަތްވެގެން އުޅެނީއޭ"
20233 އަހަރު ކުރިން
ރިޕޯޓު

"ހީވީ ގިޔާމަތްވެގެން އުޅެނީއޭ"

މާލޭގައި ދެ މާރާމާރީއެއް ހިންގައި ހަތަރު މީހަކު ޒަޚަމްކޮށްލައިފި
20224 އަހަރު ކުރިން
ރާއްޖެ

މާލޭގައި ދެ މާރާމާރީއެއް ހިންގައި ހަތަރު މީހަކު ޒަޚަމްކޮށްލައިފި

ޓިކްޓޮކްގައި އެންމެންގެ ހިތްތައް ކަތިލަމުން އަންނަ ރޫމީ، ނިއުމާ އަށް ވުރެ ހަގުކަން އެނގޭތަ؟
20215 އަހަރު ކުރިން
ފިލްމާއި މިޔުޒިކް

ޓިކްޓޮކްގައި އެންމެންގެ ހިތްތައް ކަތިލަމުން އަންނަ ރޫމީ، ނިއުމާ އަށް ވުރެ ހަގުކަން އެނގޭތަ؟

ސަރުކާރު މުވައްޒަފުން މުންޑު ދޫކޮށް، ފަޓްލޫނަށް ބަދަލުވިތާ 50 އަހަރު
20197 އަހަރު ކުރިން
ރިޕޯޓު

ސަރުކާރު މުވައްޒަފުން މުންޑު ދޫކޮށް، ފަޓްލޫނަށް ބަދަލުވިތާ 50 އަހަރު

ލީކުވި ބަޔާން: ރައީސް ބޭނުންފުޅުވާ ގޮތަށް މައްސަލަތައް ނިންމުމަށް އަލީ ހަމީދު އިރުޝާދުދެއްވި!
20188 އަހަރު ކުރިން
ރާއްޖެ

ލީކުވި ބަޔާން: ރައީސް ބޭނުންފުޅުވާ ގޮތަށް މައްސަލަތައް ނިންމުމަށް އަލީ ހަމީދު އިރުޝާދުދެއްވި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު