Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހައިދަރުގެ މަސައްކަތް ލަސްވުން

ކަންކަން ލަސްވުމާއި މިނިސްޓަރ ހައިދަރާއި ވަރަށް ބޮޑަށް ގުޅުން އޮންނަ ކަމަށް ފާހަގަވޭ - ޒިޔާދު

13 މެއި 2025 | އަންގާރަ 07:26

ސިޔާސީ މުވައްޒަފުންގެ އަދަދު ހައިދަރަށް ބުނެ އެއް ނުދެވުނު

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 13 މެއި 2025 | އަންގާރަ 07:26
ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަނީ

ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަނީ

ކަންކަން ލަސްވުމާއި، ހަޔަރ އެޑއިުކޭޝަން މިނިސްޓަރ އަލީ ހައިދަރު އާއި ވަރަށް ބޮޑަށް ގުޅުން އޮންނަ ކަމަށް ފާހަގަވާ ކަމަށް މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދު ވިދާޅުވެއްޖެއެވެ.

އޭނާ އެފަދައިން ވިދާޅުވީ ހަޔަރ އެޑއިުކޭޝަން މިނިސްޓަރ އަލީ ހައިދަރު އާއި ސުވާލުކުރުމަށް އަންގާރަ ދުވަހު އޭނާ މަޖިލީހަށް ހާޒިރުކުރުމުން، އިތުރު ސުވާލުކުރުމަށް މެމްބަރުންނަށް ލިބުނު ފުރުސަތުގައި ވާހަކަދައްކަވަމުންނެވެ. ޒިޔާދު ވަނީ ދަރިވަރުންނަށް ލިބިފައިވާ ލޯނުތަކާއި، އެހެނިހެން މައްސަލަތަކާއި މެދު ދަރިވަރުންނަށް ކުރާ މެއިލްތަކަށް ހަޔަރއެޑިއުކޭޝަން މިނިސްޓްރީން ލަހުން ޖަވާބުދޭ މައްސަލަ ދިމާވާ ކަމަށް ފާހަގަކުރައްވާފައެވެ. އަދި ދަރިވަރުންގެ ފޯނުކޯލުތަަކަށް ވެސް ޖަވާބު ދިނުމުގައި ލަސްވާ ކަމަށް ފާހަގަކުރައްވާ ޒިޔާދު ވަނީ މުވައްޒަފުންގެ ދަތިކަމާއި ދިމާވަނީތޯ ވެސް ސުވާލުކުރައްވާފައެވެ.

Advertisement - newsAdvertisement

ބައެއް ފަަހަރު މިނިސްޓްރީގެ މަސައްކަތްތައް ނުކުރެވެނީ މުވައްޒަފުން މަދުވުމުން ކަމަށް ވަޒީރު ހައިދަރު ވަނީ ޒިޔާދުގެ ސުވާލުތަކަށް ޖަވާބުދެއްވަމުން ވިދާޅުވެފައެވެ. ވަކިން ޚާއްސަކޮށް ސިވިލް ސަރވިސް މުވައްޒަފުންގެ ދަތިކަމާއި ކުރިމަތިލާން ޖެހޭ ކަމަށާއި އެކަން ހައްލުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

ޒިޔާދު ވަނީ ހަޔަރ އެޑިއުކޭޝަން މިނިސްޓްރީގައި ތިބި ސިޔާސީ މުވައްޒަފުންގެ އަދަދު ސާފުކުރުމަށް ވެސް އެދިވަޑައިގަންނަވާފައެވެ. އެހެންނަމަވެސް އެ ސުވާލަށް ވަޒީރު އެއްވެސް ޖަވާބެއް ދެއްވާފައެއް ނުވެއެވެ.

ވަޒީރު ހައިދަރު އާއި ކަންކަންކަން ލަސްވުމާއި ގުޅުން އޮންނަ ކަމަށް ޒިޔާދު ވިދާޅުވެފައި ވާއިރު އެންމެ ފުރަތަމަ ހައިދަރު ހުންނެވީ މި ސަރުކާރުގެ ހައުސިން މިނިސްޓަރ ކަމުގައެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން ދޫކޮށްފައިވާ ފްލެޓާއި، ގޯތިތައް ނުލިބި ލަސްވެ، އެކަން ދިގުލައިގެން ދިޔަ އިރު ވަޒީރުކަމުގައި ހުންނެވީ ހައިދަރުއެވެ. އޭރު އެ މަރުހަލާ ދިގުލައިގެން ދިއުމުން އެންމެ ބޮޑަށް ހޫނުފެނަށް ވެއްޓި އާއްމުންގެ ނުރުހުން އަމާޒުވީ ވެސް ހައިދަރުއަށެވެ. ސަބަބަކީ ތަކުރާރުކޮށް އެތައް ތާރީހެއް ދީގެން ވެސް އެ މަސައްކަތް ނިމޭނެ ދުވަހެއް ހައިދަރު އަށް ސާފުކޮށް ނުދެވުމެވެ.

ފަހުން ހައިދަރު ހަޔަރ އެޑިއުކޭޝަން މިނިސްޓަރަކަށް ހައިދަރު ބަދަލުކޮށްފައި ވަނީ މި އަހަރު ތެރޭގައި ރައީސް ޑރ.މުހައްމަދު މުއިއްޒު ކެބިނެޓަށް ގެންނެވި ބަދަލުތަކަކާއި އެކުގައެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

22 ޖެނުއަރީ 2017

މިނިސްޓަރު މުއިއްޒާ ދެކޮޅަށް ނޮޅިވަރަންފަރުގައި މުޒާހަރާކޮށްފި

22 ޖެނުއަރީ 2017
މިނިސްޓަރު މުއިއްޒާ ދެކޮޅަށް ނޮޅިވަރަންފަރުގައި މުޒާހަރާކޮށްފި
20 ޖެނުއަރީ 2017

އިންތިހާބަށް ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނަން: އިލެކްޝަންސް

20 ޖެނުއަރީ 2017
އިންތިހާބަށް ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނަން: އިލެކްޝަންސް
20 ޖެނުއަރީ 2017

ގދ. އަތޮޅަށް ކުރެއްވި ކެމްޕެއިން ދަތުރު ވަރަށް ކާމިޔާބު: ހަސަން ލަތީފް

20 ޖެނުއަރީ 2017
ގދ. އަތޮޅަށް ކުރެއްވި ކެމްޕެއިން ދަތުރު ވަރަށް ކާމިޔާބު: ހަސަން ލަތީފް
16 ޖެނުއަރީ 2017

ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ

16 ޖެނުއަރީ 2017
ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ
16 ޖެނުއަރީ 2017

ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން

16 ޖެނުއަރީ 2017
ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން
11 ޖެނުއަރީ 2017

އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް

11 ޖެނުއަރީ 2017
އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް
09 ޖެނުއަރީ 2017

ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ

09 ޖެނުއަރީ 2017
ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް