Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޗެލްސީ

މައުންޓް ހޯދުމަށް ޔުނައިޓެޑުން ކުރި ދެ ވަނަ ބިޑު ވެސް ޗެލްސީން ރިޖެކްޓުކޮށްފި

މީޑިއާތަކުގައި ބުނެފައިވާ ގޮތުން މައުންޓު ހޯދުމަށް ޔުނައިޓެޑުން ރަސްމީ ދެ ވަނަ ބިޑު ފޮނުވީ ބުދަ ދުވަހުގެ ވަގުތެއްގައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 22 ޖޫން 2023 | ބުރާސްފަތި 02:44
ޗެލްސީ އަށް ކުޅެމުން އަންނަ މޭސަން މައުންޓު

ޗެލްސީ އަށް ކުޅެމުން އަންނަ މޭސަން މައުންޓު

ޗެލްސީ އަށް ކުޅެމުން އަންނަ އިންގްލެންޑުގެ ސެންޓްރަލް މިޑްފީލްޑަރު މޭސަން މައުންޓު ހޯދުމަށް ވާދަވެރި މެންޗެސްޓަރ ޔުނައިޓެޑުން ކުރި ދެ ވަނަ ބިޑު ވެސް އެކުލަބުން ރިޖެކްޓުކޮށްފައިވާ ކަމަށް މީޑިއާތަކުން ބުނެފި އެވެ.

މައުންޓު ހޯދުމުގެ ޝައުޤުވެރިކަން ފާޅުކޮށް ޔުނައިޓެޑުން އެންމެ ފުރަތަމަ ފޮނުވި ރަސްމީ ބިޑު ވެސް ޗެލްސީން ބަލައިގެންފައެއް ނުވެ އެވެ. ޗެލްސީއާއެކު މައުންޓު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާން އޮތީ އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. ނަމަވެސް ރަނގަޅު އަގެއް ހުށަހަޅައިފިނަމަ މައުންޓު ދޫކޮށްލުމަށް ޗެލްސީން އޮތީ ތައްޔާރަށެވެ. މީޑިއާތަކުގައި ބުނެފައިވާ ގޮތުން މައުންޓު ހޯދުމަށް ޔުނައިޓެޑުން ރަސްމީ ދެ ވަނަ ބިޑު ފޮނުވީ ބުދަ ދުވަހުގެ ވަގުތެއްގަ އެވެ. އެއީ ގާތްގަނޑަކަށް 59 މިލިއަން ޕައުންޑުގެ ބިޑެއް ކަމަށް ވަނީ ބުނެފަ އެވެ. ނަމަވެސް އެ ހުށަހެޅުން ލިބުނުތާ މަދު ގަޑިއިރެއްގެ ތެރޭގައި ޗެލްސީން އެ ހުށަހެޅުން ރިޖެކްޓުކޮށްފައި ވަނީ ވެސް އަގާ މެދު ހިތްހަމަނުޖެހޭތީ ކަމަށް ވަނީ ބުނެފަ އެވެ. މައުންޓު ހޯދުމަށް ޗެލްސީން ބޭނުންވާ އަގެއް ޔުނައިޓެޑުން ނުދައްކާނެ ކަމަށް މީޑިއާތަކުން ބުނާއިރު، ދެ ކުލަބުގެ މެދުގައި އެކަމާ ގުޅޭ މަޝްވަރާތައް ކުރިއަށް ދާނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

މައުންޓު އޭނާގެ ސީނިއާ ކެރިއަރު ޗެލްސީން ފެށީ 2017 ވަނަ އަހަރު އެވެ. އޭގެ ފަހުން އޭނާ ވަނީ ލޯނު އެއްބަސްވުމެއްގެ ދަށުން ދެ ކުލަބަކަށް ކުޅެފަ އެވެ. އެއީ 2017 އިން 2018 އަށް ވިޓޭސް އަށް އަދި 2018 އިން 2019 އަސް ޑާބީ ކައުންޓީ އަށެވެ. އެއަށްފަހު އޭނާ ވަނީ އެނބުރި ޗެލްސީ އަށް އައިސްފަ އެވެ. މައުންޓު ވަނީ ޗެލްސީ އަށް މިހާތަނަށް ޖުމުލަ ކުޅެދިން 195 މެޗުގައި 33 ލަނޑު ޖަހައިފަ އެވެ. އެ ކުލަބާއެކު އޭނާ ވަނީ ތިން ތައްޓެއް ކާމިޔާބުކޮށްފަ އެވެ. އެއީ ޔުއެފާ ޗެމްޕިއަންސް ލީގު، ޔުއެފާ ސުޕަ ކަޕް އަދި ފީފާ ކުލަބު ވޯލްޑް ކަޕް އެވެ. މީގެ އިތުރުން އެފްއޭ ކަޕްގެ ފައިނަލްގައި ތިން ފަހަރު އަދި ކަރަބޯ ކަޕްގެ ފައިނަލްގައި އެއް އަހަރު ވަނީ ކުޅެފަ އެވެ.

ޗެލްސީން މައުންޓު ދޫކޮށްލަން ބޭނުންވާ އެންމެ ބޮޑު އެއް ސަބަބަކީ އައު ކޯޗު މައުރީސިއޯ ޕޮޗެޓީނޯގެ ޕްލޭންގައި އޭނާ ނުހިމެނުން ކަމަށް މީޑިއާތަކުން ބުނެ އެވެ. ޕޮޗެޓީނޯ އައި ފަހުން ޗެލްސީން ވަނީ ބައެއް ކުޅުންތެރިން ދޫކޮށްލުމަށް ނިންމައިފަ އެވެ.

ޗެލްސީމޭސަން މައުންޓްމެންޗެސްޓަރ ޔުނައިޓެޑް

ކޮމެންޓް

އިތުރަށް ކިޔާލަން

އެޓަލަންޓާ އަތުން ޗެލްސީ ބަލިވެއްޖެ

އެޓަލަންޓާ އަތުން ޗެލްސީ ބަލިވެއްޖެ

10 ޑިސެމްބަރު 2025
ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް

ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް

09 ޑިސެމްބަރު 2025
ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި

ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި

04 ޑިސެމްބަރު 2025
ޗެލްސީ އިން ބާސެލޯނާ ލަދު ގަންނަވާލައިފި

ޗެލްސީ އިން ބާސެލޯނާ ލަދު ގަންނަވާލައިފި

26 ނޮވެމްބަރު 2025
އަމިއްލަ ދަނޑުގައި އެވަޓަން އަތުން ޔުނައިޓެޑު ބަލިވެއްޖެ

އަމިއްލަ ދަނޑުގައި އެވަޓަން އަތުން ޔުނައިޓެޑު ބަލިވެއްޖެ

25 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

6 ޖޫން
އޮސްޓްރޭލިއާ އިން ރާއްޖެ އަންނަ ފަތުރުވެރިންނަށް އިންޒާރެއް
20251 އަހަރު ކުރިން
ރާއްޖެ

އޮސްޓްރޭލިއާ އިން ރާއްޖެ އަންނަ ފަތުރުވެރިންނަށް އިންޒާރެއް

ޕާޓޭން ވަންނަ ކަމަށް ބުނެ، ސަލްމާން މިސްކިތް ރޭގަނޑު 9:00ގައި ބަންދުކުރަން ފަށައިފި
20242 އަހަރު ކުރިން
ރާއްޖެ

ޕާޓޭން ވަންނަ ކަމަށް ބުނެ، ސަލްމާން މިސްކިތް ރޭގަނޑު 9:00ގައި ބަންދުކުރަން ފަށައިފި

މަރުގެ ތުންފަތް މައްޗަށް ދެ ފަހަރު، ހިބައިން ނަގާފައި ދިނީ ކިޑްނީ
20233 އަހަރު ކުރިން
ރިޕޯޓު

މަރުގެ ތުންފަތް މައްޗަށް ދެ ފަހަރު، ހިބައިން ނަގާފައި ދިނީ ކިޑްނީ

ކެންސަރަށް ދެވުނު ފަރުވާއަކުން ޑޮކްޓަރުން ހައިރާންވާފަދަ ނަތީޖާއެއް
20224 އަހަރު ކުރިން
ސިއްހަތު

ކެންސަރަށް ދެވުނު ފަރުވާއަކުން ޑޮކްޓަރުން ހައިރާންވާފަދަ ނަތީޖާއެއް

ފިޔާތޮށި އަހުމަދު މަނިކުގެ ޚުލްގާއި ގައުމީ ޚިދުމަތަށް ބަލައިލުމެއް
20215 އަހަރު ކުރިން
ރިޕޯޓު

ފިޔާތޮށި އަހުމަދު މަނިކުގެ ޚުލްގާއި ގައުމީ ޚިދުމަތަށް ބަލައިލުމެއް

ހުކުރު ނަމާދުގައި ހުއްޓަ އަނބުރައިގަނެގެން ވެއްޓުނު މީހާ ނިޔާވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ހުކުރު ނަމާދުގައި ހުއްޓަ އަނބުރައިގަނެގެން ވެއްޓުނު މީހާ ނިޔާވެއްޖެ

ފައިސަލްގެ ލޮލަށް ނުރައްކާތެރި ބައްޔެއް ޖެހިފައިވާއިރު ޕާސްޕޯޓު ނުދިނުމަކީ ކަންބޮޑުވާ މައްސަލައެއް: އިދިކޮޅު ފަރާތްތައް
20188 އަހަރު ކުރިން
ރާއްޖެ

ފައިސަލްގެ ލޮލަށް ނުރައްކާތެރި ބައްޔެއް ޖެހިފައިވާއިރު ޕާސްޕޯޓު ނުދިނުމަކީ ކަންބޮޑުވާ މައްސަލައެއް: އިދިކޮޅު ފަރާތްތައް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު