Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސްޓޫޑެންޓް ލޯން

1275 ދަރިވަރުންނަށް ލޯން ދިނުމަށް ނިންމައިފި

ޝަކުވާއަށް ބެލުމަށްފަހު އިތުރު 50 ދަރިވަރަކަށް ލޯނު ދިނުމަށް ވަނީ ނިންމާފައި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 21 ޖޫން 2023 | ބުދަ 14:34
އިތުރު 50 ދަރިވަރުންނަށް ލޯން ދިނުމަށް ވަނީ ނިންމާފައި

އިތުރު 50 ދަރިވަރުންނަށް ލޯން ދިނުމަށް ވަނީ ނިންމާފައި

1275 ދަރިވަރުންނަށް ސްޓޫޑެންޓް ލޯން ދިނުމަށް ނިންމައިފިއެވެ.

ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ބުނީ ސްޓޫޑެންޓް ލޯނުގެ ވަގުތީ ނަތީޖާ 1 ޖޫންގައި އިއުލާންކޮށް، އެ ދުވަހުން ފެށިގެން 11 ޖޫންއާ ހަމައަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލިކަމަށެވެ. އަދި މި މުއްދަތުގެ ތެރޭގައި 142 ފަރާތަކުން ޝަކުވާ ހުށަހަޅާފައިވާކަމަށާއި، މި ޝަކުވާތައް ބަލާފައިވަނީ އެކަމަށް ހާއްސަކޮށް މިނިސްޓްރީން އެކުލަވާލާފައިވާ ކޮމިޓީއަކުން ކަމަށެވެ.

އަދި މި ޝަކުވާތައް ބެލުމުގައި ކޮމިޓީން އަމަލުކޮށްފައިވަނީ، 2023 ވަނަ އަހަރު ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީތައުލީމާއި ތަމްރީނު ހޯދުމަށް ދޭ ލޯނު އުސޫލުގައި ވާ ގޮތުގެ މަތިން ވީހާވެސް ގިނަ ފަރާތްތަކަށް ފުރުސަތު ފަހިކޮށްދިނުމަށްކަމަށް، ބުނެފައިވެއެވެ.

އަދި މި އަހަރުގެ ލޯން ސްކީމަށް 1507 ދަރިވަރުން ކުރިމަތިލާފައިވާ ކަމަށެވެ. އަދި 21 ޖޫން ގައި ދާއިމީ ނަތީޖާ އިއުލާންކުރި އިރު ޖުމްލަ 1275 ދަރިވަރަކަށް ލޯނުގެ ފުރުސަތު ލިބިފައިވާ ކަމަށެވެ. އެހެންކަމުން ޝަކުވާއަށް ބެލުމަށްފަހު އިތުރު 50 ދަރިވަރަކަށް ލޯނު ދިނުމަށް ވަނީ ނިންމާފައެވެ.

ލޯނުގެ ދާއިމީ ނަތީޖާ މިނިސްޓްރީގެ ވެބްސައިޓުގައި ޝާއިއުކޮށްފައިވާއިރު، މިއަހަރު ދޭ ލޯނުގެ ފުރުސަތާއެކު، 2019 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރުގެ ނިޔަލަށް، 3261 ދަރިވަރުންނަށް މަތީތައުލީމާއި ތަމްރީނު ހޯދުމަށް ލޯނުގެ ފުރުސަތު ފަހިކޮށްދީފައިވާ ކަމަށް ހަޔަރއެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.

މިފަހަރުގެ ލޯން ސްކީމްގެ ދަށުން، އަލަށް ކިޔަވަން ފަށާ ދަރިވަރުންނަށާއި މިހާރު ކިޔަވަމުންދާ ދަރިވަރުންނަށް ހިމެނޭހެން، 720 ފުރުސަތު ހުޅުވާލިއެވެ. މި އަހަރުގެ ލޯނު ސްކީމް ހުޅުވާލީ އެހެން އަހަރުތަކުގައި ދަރިވަރުންގެ ޑިމާންޑް އެންމެ ބޮޑަށް އޮތް ދާއިރާތަކަށް ފުރުސަތު އިތުރުކުރުމަށްފަހުއެވެ.

އެހެން އަހަރުތަކާ ހިލާފަށް މިއަހަރު ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން، ލޯން ސްކީމްގެ ދަށުން ރާއްޖޭގައި ޑިޕްލޮމާ ލެވެލްއަށް ކިޔެވުމުގެ ފުރުސަތު ވެސް ހުޅުވާލިއެވެ. އަދި ދިވެހި ސަރުކާރުގެ ހަރަދުގައި ފުރަތަމަ ޑިގްރީއަށް ކިޔަވަމުންދާ ހުރިހާ ދަރިވަރުންނަށް، އެދަރިވަރަކު ކިޔަވަމުންދާ ދާއިރާއިން އެޕްލިކޭޝަން ހުށަހެޅުމަށް ފުރުސަތު ހުޅުވާލައި، އެ ފަރާތެއްގެ ޓިއުޝަން ފީގެ ތެރެއިން، ފުރަތަމަ ޑިގްރީ ސްކީމުގެ ދަށުން ހަމަޖެހިފައިނުވާ އެހެނިހެން ހަރަދުތައް ހޯދުމުގެ ފުރުސަތުވެސް ހުޅުވާލިއެވެ.

މީގެ އިތުރުން މަތީ ތައުލީމާއި ތަމްރީނަށް ދޭ ލޯނު އެހީގެ ދަށުން، ކަނޑައެޅިފައިވާ ޕްރޮގްރާމުގެ މުއްދަތުގައި ދަރިވަރުގެ އިހުތިޔާރުން ބޭރުން ދިމާވާ ސަބަބަކާހުރެ ޕްރޮގްރާމް ފުރިހަމަނުކުރެވި ދާ މުއްދަތަށް ޓޮޕްއަޕް ލޯނު ދިނުމަށްވެސް ހަޔަރ އެޑިއުކޭޝަނުން ފުރުސަތު ހުޅުވާލިއެވެ.

ސްޓޫޑެންޓް ލޯންހަޔަރ އެޑިއުކޭޝަން މިނިސްޓްރީ

އިތުރަށް ކިޔާލަން

30 އެޕްރީލު 2025

ދަރިވަރުންގެ ފައިސާ ޖަމާކުރުމަށް ލަސްވާ މައިގަނޑު ސަބަބަކީ އެކައުންޓުތަކުގެ މައުލޫމާތު ފުރިހަމަ ނުވާތީ: މިނިސްޓަރު ހައިދަރު

30 އެޕްރީލު 2025
ދަރިވަރުންގެ ފައިސާ ޖަމާކުރުމަށް ލަސްވާ މައިގަނޑު ސަބަބަކީ އެކައުންޓުތަކުގެ މައުލޫމާތު ފުރިހަމަ ނުވާތީ: މިނިސްޓަރު ހައިދަރު
03 އޮކްޓޯބަރު 2024

ބޭރަށް ކިޔަވަންދާ ދަރިވަރުން ކިޔަވަންދާ ގައުމެއްގައި ހުންނަ އެމްބަސީއެއްގައި ރަޖިސްޓްރީވުމަށް އިލްތިމާސްކޮށްފި

03 އޮކްޓޯބަރު 2024
ބޭރަށް ކިޔަވަންދާ ދަރިވަރުން ކިޔަވަންދާ ގައުމެއްގައި ހުންނަ އެމްބަސީއެއްގައި ރަޖިސްޓްރީވުމަށް އިލްތިމާސްކޮށްފި
03 އޮކްޓޯބަރު 2024

ދަރިވަރުން ކިޔަވަން އިސްކަން ދިނުމާއެކު، އާމްދަނީ އިތުރު ކުރެވޭނެ ގޮތަށް މަސައްކަތް ކުރަންޖެހޭ: މިނިސްޓަރު މާރިޔާ

03 އޮކްޓޯބަރު 2024
ދަރިވަރުން ކިޔަވަން އިސްކަން ދިނުމާއެކު، އާމްދަނީ އިތުރު ކުރެވޭނެ ގޮތަށް މަސައްކަތް ކުރަންޖެހޭ: މިނިސްޓަރު މާރިޔާ
19 ސެޕްޓެމްބަރު 2024

ދަރިވަރުންނަށް ފައިސާ ދޫކުރުން ލަސްވުން: މިނިސްޓަރ ވިދާޅުވީ އެހެން ދިމާވަނީ ލިއެކިއުންތައް ފުރިހަމައަށް ހުށަހަޅާފައި ނުހުންނާތީކަމަށް

19 ސެޕްޓެމްބަރު 2024
ދަރިވަރުންނަށް ފައިސާ ދޫކުރުން ލަސްވުން: މިނިސްޓަރ ވިދާޅުވީ އެހެން ދިމާވަނީ ލިއެކިއުންތައް ފުރިހަމައަށް ހުށަހަޅާފައި ނުހުންނާތީކަމަށް
07 ޖުލައި 2024

ބޭރުގައި ކިޔަވަން ތިބި ބައެއް ކުދިން ކާނެ ލާރި ވެސް ނެތިފައި، ފައިސާ ފޮނުވި ކަމަށް ބުނެ ސަރުކާރުން ހަދަނީ ދޮގު!

07 ޖުލައި 2024
ބޭރުގައި ކިޔަވަން ތިބި ބައެއް ކުދިން ކާނެ ލާރި ވެސް ނެތިފައި، ފައިސާ ފޮނުވި ކަމަށް ބުނެ ސަރުކާރުން ހަދަނީ ދޮގު!
07 ޖުލައި 2024

މިނިސްޓްރީން ފައިސާ ނުފޮނުވާތީ ދަރިވަރުން އެތައް ތަކުލީފެއްގައި، ސަރުކާރުގެ ތަރުޖަމާނާ ވަޒީރުގެ ވާހަކަ ދިމަލެއް ނުވޭ

07 ޖުލައި 2024
މިނިސްޓްރީން ފައިސާ ނުފޮނުވާތީ ދަރިވަރުން އެތައް ތަކުލީފެއްގައި، ސަރުކާރުގެ ތަރުޖަމާނާ ވަޒީރުގެ ވާހަކަ ދިމަލެއް ނުވޭ
16 މެއި 2024

ހައި އެޗީވަރސް ސްކޮލަރޝިޕް 2023ށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

16 މެއި 2024
ހައި އެޗީވަރސް ސްކޮލަރޝިޕް 2023ށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
30 އެޕްރީލު 2024

މިދިޔަ އަހަރެކޭ އެއްގޮތަށް މިއަހަރުވެސް ޝަރުތުހަމަވާ ހުރިހާ ދަރިވަރުންނަށް ސްޓޫޑެންޓް ލޯނު ދެނީ

30 އެޕްރީލު 2024
މިދިޔަ އަހަރެކޭ އެއްގޮތަށް މިއަހަރުވެސް ޝަރުތުހަމަވާ ހުރިހާ ދަރިވަރުންނަށް ސްޓޫޑެންޓް ލޯނު ދެނީ
25 އެޕްރީލު 2024

ސްޓޫޑެންޓް ލޯނަށް އެދުމުގެ މުއްދަތު އިތުރުކޮށްފި

25 އެޕްރީލު 2024
ސްޓޫޑެންޓް ލޯނަށް އެދުމުގެ މުއްދަތު އިތުރުކޮށްފި
17 މާރިޗު 2024

ޔުނާން ޕްރޮވިންޝަނަލް ގަވަރމަންޓް ސްކޮލަރޝިޕް 2024ށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

17 މާރިޗު 2024
ޔުނާން ޕްރޮވިންޝަނަލް ގަވަރމަންޓް ސްކޮލަރޝިޕް 2024ށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު