Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ދިވެހިންގެ ހިތްހެޔޮ މިޒާޖު

އާދަކާދައިގެ ތެރެއިން: ދިވެހިންގެ ހިތްހެޔޮ މިޒާޖު

ދިވެހިންނަކީ ހިތްހެޔޮކަމުގައި ލާމަސީލު ބައެއް

އައިޝަތު މުހައްމަދު
އައިޝަތު މުހައްމަދު, ރާއްޖެ އެމްވީ | 21 ޖޫން 2023 | ބުދަ 11:56
މިސް ވޯރލްޑް ސާބިޔާ ރާއްޖެއަށް ޒިޔާރަތްކުރުމުން މަރުހަބާ ކިޔުން

މިސް ވޯރލްޑް ސާބިޔާ ރާއްޖެއަށް ޒިޔާރަތްކުރުމުން މަރުހަބާ ކިޔުން

ދިވެހި ރާއްޖެއަކީ މިއަދު ދުނިޔޭގެ އެތައް ބަޔަކު އެތަނަކަށް ޒިޔާރަތްކުރާ، ފަތުރުވެރިކަމުގެ ކާމިޔާބު މަންޒިލެކެވެ. ބޭރުމީހުންނަށް ދިވެހިން ފެނިފައިވަނީ މަޑުމައިތިރި، އެކުވެރި ބައެއްގެ ގޮތުގައެވެ. މިއަދުގެ ހަލަބޮލި މާހައުލު ތަހުޒީބުގެ އޮއިވަރާއެކު ސިޔާސަވުމުން، އެހެން މަންޒަރެއް ދޭތެރެ ދޭތެރެއިން ނުފެނެއެކޭ ނުދަންނަވަމެވެ. މި ގައުމުގައި ލޭއޮހޮރުވުންތައް ހިނގައެވެ. ނޭއްގާނީ އެތައް އަމަލެއް ހިންގައެވެ. ފިތުނަ ފަސާދައާއި ކޯޅުންވެސް މަދެއްނޫނެވެ. މިއީ ވަކި ބަޔަކަށް ވީތީ އިސްތިސްނާ ވާންވެސް އޮންނަ ކަންތައްތަކެއް ނޫނެވެ. މިވާހަކަ އެއްކައިރިކޮށްލުމަށްފަހު، އަސްލު ދިވެހި މީހާއަށް ނަޒަރެއް ދެމާތޯއެވެ.

އެގޮތުން މި ބަލައިލަނީ ދިވެހިންގެ ބައެއް ސިފަތަކަށެވެ.

ދިވެހިންނަކީ މީހުންނަށް އެހީތެރިވާ ބައެކެވެ. ބޭނުމެއް ޖެހިގެން އަންނަ މީހާ ފައްސައި، ފޮނުވައެއް ނުލައެވެ. އެމީހުންގެ އަވަށުން ބީރައްޓެއްސެއް ފެނިއްޖެނަމަ އޭނާއަށް އެހީވެއެވެ. ހިނިތުންވުމާއެކު އިސްވެ ސަލާމް ކުރެއެވެ. ނޭނގޭ ކަމެއް އޮތްނަމަ އަހައި އޮޅުންފިލުވައި، އަމާން މަގު ދައްކައެވެ.

ދިވެހި މީހާގެ ގެއަށް މީހަކު އަތުވެއްޖެނަމަ ކަމޭހިތައެވެ. އެމީހާއަށް އިށީންނާނެ ތަން ދައްކައެވެ. ހާލުއަހުވާލު އޮޅުންފިލުވައި، އެމީހެއްގެ ފެންވަރުން އަތުގައި ހުރި ލޮނެއް ފެނެއް ދީ ހަދައެވެ. އައި ބޭނުމެއް އޮޅުން ފިލުވައި، އެމީހެއްގެ މުހުތާދު ފުއްދައިދިނުމަކީ އުފަލަކަށް ހަދައެވެ. ގެއަށް މެހެމާނަކު ޒިޔާރަތްކުރުމުން ގޭގެ އެންމެން ހަމަހިމޭންވެ، އެމީހަކަށް ސަމާލުކަން ދެއެވެ. މިއީ ދަތަސް ނުދަތަސް މެހެމާނުންނާމެދު އަމަލުކުރުމަށް އޮންނަ ގަވާއިދެވެ.

ދިވެހިންގެ އެއްވެސް ޖީލަކީ ހަރުކަށިކަމަށް ލޯބިކުރި ބައެއްކަން އެނގޭކަށް ނެތެވެ. މާސިންގާ ދިގު ރުއްތަކުގެ ހިޔަލުގައި އެމީހުން އުޅެ ބޮޑުވިއަސް، ދަތުން ވީދައިގެން ކާއްޓެއް ހެހުނުތަނެއް ނުފެންނާނެއެވެ. ގަހުގައި އޮވެ ވައު ކާހެން ކައެއްވެސް ނުހަދާނެއެވެ. މިފަދަ ހަޑި މުޑުދާރު އާދަތަކަކީ އެމީހުންގެ ސަގާފަތާ ބީރައްޓެހި އާދަތަކެވެ. އެއީ ބޮޑެތި މީހުންނަށް އިޙްތިރާމްކުރާ ބައެކެވެ. ޢުމުރުން ދުވަސްވީ މީހުންނަށް އަޅައިލައެވެ. ކުޑަކުދިން ލޯތްބާއެކު ބަލައި ބޮޑުކުރެއެވެ.

ދިވެހިންނަކީ އިސްލާމް ދީނުގެ ހިޔަލުން ހިޔާ ލިބި، ސައްތައިން ސައްތަ މުސްލިމުންނަށް ވުމުގެ ސަބަބުން, ދީން ބާރުއަޅާ ރިވެތި ހުރިހާ ސިފަތަކަށް ބޯލަނބައި ކިޔަމަންވާ ބައެކެވެ. ދިވެހިންގެ ކިބައިގައިވާ އެއްބައިވަންތަ، އެއްބައެއްވަންތަ ކަމުގެ އަސްލަކީ، މީގެ 9 ޤަރުނު ކުރިން ފެށިގެން އިސްލާމް ދީނުގެ މަތިވެރި ހިދާޔަތާއި ނިޢުމަތް ލިބުން ކަމާމެދު ޝައްކެއް ނެތެވެ. މިއީ ދުނިޔޭގެ އެތައް ބަޔަކު މިއަދުވެސް އެކަމާމެދު ކަތި ނަޒަރަކުން ބަލަބަލައި ތިބިކަމެކެވެ.

ދުނިޔޭގެ އެހެނިހެން ޖަޒީރާ ރަށްތަކުގައި ދިރިއުޅޭ މީހުންނާވެސް ދިވެހިން ހާސް ތަފާތެވެ. މުޅަ ތަކެއްޗަށް ދާންދެން އަތު ޖެހުނު ކޮންމެ އެއްޗެއް ދިވެހިންނެއް ނުކާނެއެވެ. އެމީހުންނަކީ އަބުއި ބައެކެވެ. ކޮންމެ ކަމަކަށްވެސް އެކަމެއް ފަސޭހައިން ކުރުމަށް ވަކި އާލާތެއް ބޭނުންކުރެއެވެ. އެމީހުންގެ ކާބަފައިން ވަނީ މިފަދަ ކޮންމެ ކަމަކަށް މަގު ކޮށައިދީފައެވެ. ވަށައިގެން އޮތް މާސިންގާ ކަނޑުންވެސް ހިތުހުރި ވަރަކަށް މަސްބާނައެއް ނުހަދައެވެ. މަސްވެރިކަމުގައިވެސް ތިމާވެއްޓާ ރައްޓެހި ދޮށީގެ ރީތި މަސްވެރިކަން އެމީހުން ވަނީ ތަޢާރަފްކޮށް، ދުނިޔެ ހައިރާން ކޮށްލާފައެވެ. ދިވެހިންގެ މި ހިތްގައިމު ނާޒުކު ވެށި ޙިމާޔަތްކުރުމަށް އެމީހުން ތިބީ އަތުކުރި އޮޅާލައިގެންނެވެ. އެމީހުންނަކީ އަމިއްލަ ބަހެއް ލިބިފައިވާ ބަޔަކަށްވެފައި އެބަހުން ވާހަކަ ދެއްކުމުގައި އިޙްތިރާމާއި ޤަދަރު އިސްކުރެއެވެ. އެކި ފަންތީގެ މީހުންނަށް އެކި ދަރަޖާގައި މުޢާމަލާތުކޮށް އުޅެއެވެ.

ދިވެހި އަންހެނުންނާއި ފިރިހެނުންނަށް ގެއާއި މުޖުތަމަޢުން އެމީހުންނާ އެކަށޭނަ ކަންތައްތަކެއް ހަވާލުކުރެވެއެވެ. އެގޮތުން ކެއްކުމަކީ އާންމު ދިވެހި ފިރިހެނުން ކޮށްއުޅޭ ކަމެއް ނޫނެވެ. އެހެންނަމަވެސް ކެއްކުމުގެ ހުރިހާ އާލާތެއް ހޯދައިދީ އެކަމަށް މަގުފަހިކޮށްދެނީ ފިރިހެނުންނެވެ. އަބަދުވެސް އާމްދަނީ ހޯދުމުގައި އަންހެނުންނާއި ފިރިހެނުން އެއްވަރަކަށް ހިއްސާވެއެވެ. އިހުގައިވެސް މިކަން އޮންނަނީ މިގޮތަށެވެ. ރުކުން ރާ ބޭލުމުން އެރާ ކައްކައި އެއިން ހަކުރު ހިލުމައިގެން އުޅޭނީ އަންހެނުންނެވެ. ގެއަށް މަސް ގެނައުމުން އެމަސް ކައްކައި، ހިއްކުމުގެ މޭސްތިރިއަކީ އަންހެންމީހާއެވެ. މިހާރުވެސް އަންހެނުން ގޭގައި ތިބެގެންނާއި ބޭރަށް ގޮސްގެންވެސް އާމްދަނީ އިތުރު ކުރުމުގައި ފިރިހެނުންނަށް އެހީވެއެވެ. ކުދިން ބަލައި ބޮޑުކުރުމާއި ތަރުބިއްޔަތުކުރުމުގެ ޒިންމާއަކީ ދެމަފިރިން އެއްވަރަކަށް ޙިއްސާވާ ކަމަކަށް އޮންނަނީ ވެފައެވެ.

މި ހިމަނައިލީ ދިވެހިންގެ މިޒާޖާގުޅޭ މަދު ސިފަތަކެކެވެ. މިފަދަ ކިތަންމެ ސިފަތަކަކުން ދިވެހިންގެ ރީތި ނަން ވިރުވައި އެޅިދާނެއެވެ. މިއަދާ ހަމަޔަށްވެސް ދިވެހިންގެ ކޮންމެ މީހަކަށް ލިބިފައިވާ ހިތްހެޔޮކަމުގެ ރަން މެޑެލް އެގޮތުގައި ދެމެހެއްޓުމަކީ މިއަދު އަޅުގަނޑުމެން އެންމެންގެ ބޮލުގައި އެޅިފައިވާ ޒިންމާއެކެވެ.

ދިވެހިން

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ބެހިގެންދަނީ ދީނާ ދުރަށް، ގެއްލިގެންދަނީ ދިވެހިންގެ އާދަކާދައާއި ސަގާފަތް

ބެހިގެންދަނީ ދީނާ ދުރަށް، ގެއްލިގެންދަނީ ދިވެހިންގެ އާދަކާދައާއި ސަގާފަތް

01 ޖުލައި 2023
ވޯލްޑްކަޕް ދިވެހީންނަށް ވަގުތުން ފެނުނުތާ 36 އަހަރު - މުޅިދުނިޔޭގައާއި ރާއްޖޭގައިވެސް ވޯލްޑްކަޕުގެ ފޯރި

ވޯލްޑްކަޕް ދިވެހީންނަށް ވަގުތުން ފެނުނުތާ 36 އަހަރު - މުޅިދުނިޔޭގައާއި ރާއްޖޭގައިވެސް ވޯލްޑްކަޕުގެ ފޯރި

22 ނޮވެމްބަރު 2022
އޮތީ މާލެއާއި ރާއްޖެތެރޭގެ ފަރަގެއް ނޫން، އާމްދަނީގެ ފަރަގު!

އޮތީ މާލެއާއި ރާއްޖެތެރޭގެ ފަރަގެއް ނޫން، އާމްދަނީގެ ފަރަގު!

28 ޖުލައި 2022
ބަސް ކުރި އެރުވުމުގައި މަލާމާތް ނުކޮށް ބުނެދިނުން މާ ސަޅިވާނެ

ބަސް ކުރި އެރުވުމުގައި މަލާމާތް ނުކޮށް ބުނެދިނުން މާ ސަޅިވާނެ

04 މާރިޗު 2022
ދޭސީންނާއި ބިދޭސީންގެ ދިވެހިރާއްޖެ

ދޭސީންނާއި ބިދޭސީންގެ ދިވެހިރާއްޖެ

09 ނޮވެމްބަރު 2021

އަހަރުތަކުން މިއަދު

18 މާރިޗު
ރަމަޟާން މަހުގެ ދުވަސްތައް ފާއިތުވެ ދަނީއެވެ. ޙާޞިލް ކުރެވުނީ ކިހައިވަރެއް ހެއްޔެވެ؟
20251 އަހަރު ކުރިން
އިސްލާމް

ރަމަޟާން މަހުގެ ދުވަސްތައް ފާއިތުވެ ދަނީއެވެ. ޙާޞިލް ކުރެވުނީ ކިހައިވަރެއް ހެއްޔެވެ؟

13 އަހަރުގެ ކުއްޖާ ރަހީނުކޮށް މަރާލި މައްސަލައިގައި ދައުވާ އުފުލި ކުޑަކުއްޖާގެ މައްޗަށް ކުށް ސާބިތުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

13 އަހަރުގެ ކުއްޖާ ރަހީނުކޮށް މަރާލި މައްސަލައިގައި ދައުވާ އުފުލި ކުޑަކުއްޖާގެ މައްޗަށް ކުށް ސާބިތުވެއްޖެ

ސައްދާމު ޙުސައިންގެ ފަޚްރަކަށްވި "އަލް-މަންސޫރު": މިއަދު އެއީ މަސްވެރިންގެ ފިނި މައިޒާން
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ސައްދާމު ޙުސައިންގެ ފަޚްރަކަށްވި "އަލް-މަންސޫރު": މިއަދު އެއީ މަސްވެރިންގެ ފިނި މައިޒާން

މަކަރާއި ހީލަތުން ފައިސާ ހޯދަން އިތުރުގޮތެއް، މިފަހަރު މަންމަނު މީހެއް!
20224 އަހަރު ކުރިން
ރިޕޯޓު

މަކަރާއި ހީލަތުން ފައިސާ ހޯދަން އިތުރުގޮތެއް، މިފަހަރު މަންމަނު މީހެއް!

ފުލުހުންގެ ޑީއެންއޭ ލެބޯޓަރީގެ ހެޑް އިއްތި، ބެއްލެވި ފުރަތަމަ ކޭސްއަކީ ޝީރީންގެ މަރުގެ މައްސަލަ!
20215 އަހަރު ކުރިން
ރިޕޯޓު

ފުލުހުންގެ ޑީއެންއޭ ލެބޯޓަރީގެ ހެޑް އިއްތި، ބެއްލެވި ފުރަތަމަ ކޭސްއަކީ ޝީރީންގެ މަރުގެ މައްސަލަ!

ނިއުޒިލެންޑް މުސްލިމުންނާ އެކު ތިބިކަން ހާމަ ކުރުމުން، ސިފައިންނަށް ތައުރީފު!
20197 އަހަރު ކުރިން
ރާއްޖެ

ނިއުޒިލެންޑް މުސްލިމުންނާ އެކު ތިބިކަން ހާމަ ކުރުމުން، ސިފައިންނަށް ތައުރީފު!

އާމިރު އާއި ވިސާމް ހައްޔަރުކުރުން: މި ރިޕޯޓް ކިޔާލަންޖެހޭ!
20188 އަހަރު ކުރިން
ރިޕޯޓު

އާމިރު އާއި ވިސާމް ހައްޔަރުކުރުން: މި ރިޕޯޓް ކިޔާލަންޖެހޭ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު