Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުފީޗަރ ރިޕޯޓް

އޮތީ މާލެއާއި ރާއްޖެތެރޭގެ ފަރަގެއް ނޫން، އާމްދަނީގެ ފަރަގު!

މާލެއާއި ރާއްޖެތެރޭގެ ބަހުސް އަނެއްކާވެސް ވަނީ ހޫނުވެފައި

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 28 ޖުލައި 2022 | ބުރާސްފަތި 11:33
މާލެ ސިޓީ

މާލެ ސިޓީ

ކޮންމެ ބޯހިޔާވަހިކަމުގެ މަޝްރޫއަކާއެކު ސޯޝަލްމީޑިއާގައި އެންމެ ބޮޑު ބަހުސަކަށްވެގެންދަނީ މާލެއާއި ރާއްޖެތެރޭ މީހުންގެ ބަހުސެވެ. ދެ ފަރާތުން ބަހުގެ ހަމަލާތައް ދޭއިރު، ބައެއް ފަހަރު އެކަކު އަނެކަކަށް ވަރަށް ހުތުރުކޮށްވެސް މަލާމާތް ކޮށްފައި ހުރެއެވެ. ބަހުސްގެ މައުލޫއަކަށް ވެގެންދަނީ މާލޭ މީހުންނަށް ވީތީ މާލެ ސަރަހައްދުގައި ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުން ބައެއް އެ ފަރާތްތަކަށް ޚާއްސަ ކުރުމެވެ. މިފަހަރުގެ ބަހުސް ފެށިފައިވަނީ މާލޭގެ ރައްޔިތުންނަށް ގޯތި ދޭން ނިންމުމާގުޅިގެންނެވެ.

މާލެއަކީ ހަމައެކަނި މާލޭގެ ރައްޔިތުން އުޅޭ ތަނެއް ނޫނެވެ. ރާއްޖޭގެ އެހެން ރަށްތަކަށް ނިސްބަތްވާ އެތައް ބަޔަކު މުޅި އުމުރު ހޭދަ ކުރަނީ މާލޭގައެވެ. މީގެ ތެރެއިން ގިނަ މީހުންނަކީ މަޖުބޫރުވެގެން މާލެއަށް ބަދަލުވާން ޖެހިފައި ތިބި މީހުންނެވެ. ރަނގަޅު ސިއްހީ ފަރުވާއާއި ދަރިންނަށް އެންމެ ފެންވަރު ރަނގަޅު ތައުލީމާއި ރަނގަޅު ވަޒީފާތައް ހޯދުމުގެ ބޭނުމުގައެވެ. މިއީ ކުރީ ސަރުކާރުތަކުން، އަތޮޅުތެރޭގެ ރަށްތައް ތަރައްގީކުރުމަށްވުރެ މާލެ ތަރައްގީކުރުމަށް ގެންގުޅުނު ވިސްނުމުގެ ސަބަބުން ރައްޔިތުންނަށް މަޖުބޫރުވިކަމެކެވެ.

މިހާރުވެސް އަތޮޅުތެރެއާ އަޅައިބަލާއިރު މާލެއިން ލިބޭ ޚިދުމަތުގެ ފެންވަރު ރަނގަޅެވެ. އެހެންކަމުން އަދިވެސް މާލެއަށް ބަދަލުވާ މީހުންގެ އަދަދު މަދެއް ނޫނެވެ. ދާއިމީ ބައްޔަކަށް ބޭސްކުރާނަމަ ރަށުގައި ހުރެގެން އެކަން ނުކުރެވުމުގެ ސަބަބުން ދެން އޮންނަ ގޮތަކީ މާލެއަށް ދިރިއުޅުން ބަދަލުކުރުމެވެ. އެއާއެކު އަންނަ ޚަރަދުތައް އިންތިހާއެވެ. މާލެއިން އެޕާރޓްމަންޓެއް ކުއްޔަށްހިފަން އެކަނިވެސް އެތައް ރުފިޔާއެއް ޚަރަދުކުރަން ޖެހެއެވެ. ޚަރަދުތައް ކުޑަކުރަން އެއް ކޮޓަރީގެ އެޕާރޓްމަންޓެއްގައި ބޮޑު އާއިލާއެއްވެސް އުޅެންޖެހެއެވެ.

މާލޭގައި ދިރިއުޅޭ ރައްޔިތުންގެ މި މައްސަލަ ހައްލުކުރުމަށް ބޯހިޔާވަހިކަމުގެ އެކި މަޝްރޫއުތައް ކުރިއަށްގެންދެއެވެ. މިގޮތަށް ހިންގާ މަޝްރޫއުތަކުގައި މާލޭގެ ރައްޔިތުންނަށް ވަކި އިންސައްތައެއް ޚާއްސަ ކުރުން ގޯހެއްނޫނެވެ. މާލެ ރައްޔިތުންގެ ތެރޭގައިވެސް ކުރިން ބުނިހެން އެއް ކޮޓަރީގައި އާއިލާ އެއްކޮށް ދިރިއުޅެން ޖެހިފައި ތިބި މީހުންވެސް އެބަތިއްބެވެ. މާލޭގައި ރަޖިސްޓްރީ އޮތްނަމަވެސް ހާލުގައި ދިރިއުޅޭ އެތައް ބަޔަކު އެބައުޅެއެވެ.

ސަރުކާރުން މާލޭގެ ރައްޔިތުންނަށް ހިލޭ ގޯތި ދޫކުރަން ނިންމުމާއެކު ސޯޝަލް މީޑިއާގައި "މާލެ-ރާއްޖެތެރެ" ބަހުސް ހޫނުވެފައިވާއިރު، ގިނަ ބަޔަކު ދެކެނީ އެއީ އެންމެ އިންސާފުވެރި ގޮތް ނޫންކަމަށެވެ. މިގޮތަށް ގޯތި ދޫކުރާއިރު މާލޭގެ ރައްޔިތުންގެ އިތުރުން މާލޭގައި ދިރިއުޅޭތާ އެތައް ދުވަހެއް ވެފައިވާ އެހެން ރަށްރަށުގެ ރައްޔިތުންނަށް އެ ފުރުސަތު ދޭން ޖެހޭނެކަމަށްވެސް ގިނަ ބަޔަކު ގަބޫލުކުރެއެވެ.

ގޯތި ވިއްކިޔަސް، އެޕާރޓްމަންޓް ވިއްކިޔަސް ގަނެވެނީ މުއްސަނދިންނަށެވެ. މާލޭ ރައްޔިތުންގެ ތެރެއިންވެސް އަދި އަތޮޅުތެރޭގެ ރަށްރަށުގެ ރައްޔިތުންގެ ތެރެއިންވެސް މުއްސަނދިންގެ އަމިއްލަ ގޯއްޗާއި އެޕާރޓްމަންޓްތައް މާލޭގައި އެބަހުއްޓެވެ. ހާލުގައި އުޅެނީ ލިބޭ އާމްދަނީއިން ކިރިޔާ ދެކޮޅު ޖައްސައިގެން އުޅޭ މީހުންނެވެ. އެހެންކަމުން މާލެ އަތޮޅުތެރޭގެ އެއްވެސް ފަރަގެއް ނެތެވެ. ފަރަގު އޮތީ އާމްދަނީގެއެވެ.

މިކަން ހައްލު ކުރެވޭނީ މާލެއާއި އަތޮޅުތެރޭގެ ރައްޔިތުންގެ މެދުގައި ފަރަގުކުރުން ހުއްޓާލައި، ހާލުގައި އުޅޭ ފަރާތްތަކަށް ނުވަތަ ބޯހިޔާވަހިކަމަށް އެންމެ ބޭނުން ޖެހިފައިވާ ފަރާތްތަކަށް ގޯއްޗާއި އެޕާރޓްމަންޓުތައް ދިނުމުންނެވެ. ގޯތި ދިނުމުގައި ވެސް ބަލަން ޖެހޭ ކަންކަން ރަނގަޅަށް ބަލައި އެ ގޯތި ދެވެނީ ޙައްގު ފަރާތައްކަން ޔަގީން ކުރެވިގެންނެވެ. އެއިރުން ދިވެހިންގެ ތެރޭގައި އުފައްދައިގެން އުޅޭ "މާލެ މީހުންނާއި އަތޮޅުތެރޭ މީހުންގެ" ބަހުސް މެދުކެނޑިގެންދާނެއެވެ.

މީގެ އިތުރުން މާލެ އެކަނި ތަރައްގީ ލކުރުމުގެ ވިސްނުން ދޫކޮށް އަތޮޅުތެރޭގެ ރަށްތަކުގައިވެސް ސިއްހީ ޚިދުމަތުގެ ފެންވަރާއި ތައުލީމީ ފެންވަރު އިތުރުކުރުމަކީ މި ފަރަގު ނައްތާލައި، ރަށްރަށުން މީހުން މާލެ ބަދަލުވުން ހުއްޓުވިދާނެކަމެކެވެ. މިކަންކަން ހަރުދަނާކުރަން މިހާރު މަސައްކަތްތައް ކުރިނަމަވެސް މިކަން ފުރިހަމަ ކުރެވެން އަދިވެސް ދުވަސް ނަގާނެއެވެ.

މާލެ ސިޓީދިވެހިންފީޗަރ ރިޕޯޓް

އިތުރަށް ކިޔާލަން

05 ޑިސެމްބަރު 2025

މާފަންނުގެ ކަންކަން އިސްލާހު ނުވާތީ އާއްމު ރައްޔިތެއްގެ ވަރުގަދަ މެސެޖެއް ރައީސަށް: ހުރިހާ ކަމެއް ދަނީ ތޮޅިއަށް!

05 ޑިސެމްބަރު 2025
މާފަންނުގެ ކަންކަން އިސްލާހު ނުވާތީ އާއްމު ރައްޔިތެއްގެ ވަރުގަދަ މެސެޖެއް ރައީސަށް: ހުރިހާ ކަމެއް ދަނީ ތޮޅިއަށް!
28 ނޮވެމްބަރު 2025

ސަރުކާރުން ޓެކްސީ ޑްރައިވަރުން ވެލިއުކުރާ ކަމަށް ވިދާޅުވި އިރު ކަންބޮޑުންތަކާއެކު ރައީސް އަށް ފޮނުވި ސިޓީއަށް ޖަވާބެއް ނުދޭތާ 4 މަސް

28 ނޮވެމްބަރު 2025
ސަރުކާރުން ޓެކްސީ ޑްރައިވަރުން ވެލިއުކުރާ ކަމަށް ވިދާޅުވި އިރު ކަންބޮޑުންތަކާއެކު ރައީސް އަށް ފޮނުވި ސިޓީއަށް ޖަވާބެއް ނުދޭތާ 4 މަސް
24 ނޮވެމްބަރު 2025

12 އަހަރު ވިލިމާލޭގައި ބަގުޑި ބައްދައިގެން އޮތުމަށްފަހު ވިލިމާލެއަށް އިހުމާލުވި ކަމަށް ރައީސް އެއްބަސްވެވަޑައިގެންފި

24 ނޮވެމްބަރު 2025
12 އަހަރު ވިލިމާލޭގައި ބަގުޑި ބައްދައިގެން އޮތުމަށްފަހު ވިލިމާލެއަށް އިހުމާލުވި ކަމަށް ރައީސް އެއްބަސްވެވަޑައިގެންފި
16 ނޮވެމްބަރު 2025

"ރަނި އެވޯޑް 2025" އަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

16 ނޮވެމްބަރު 2025
"ރަނި އެވޯޑް 2025" އަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
18 އޮކްޓޯބަރު 2025

އަންނަ އަހަރުގެ ލޯކަލް ކައުންސިލު އިންތިހާބަށް ރައްތަކާއި ސިޓީތަކުގެ އާބާދީތަކުގެ މައުލޫމާތު އާންމުކޮށްފި

18 އޮކްޓޯބަރު 2025
އަންނަ އަހަރުގެ ލޯކަލް ކައުންސިލު އިންތިހާބަށް ރައްތަކާއި ސިޓީތަކުގެ އާބާދީތަކުގެ މައުލޫމާތު އާންމުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު