Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ދިވެހިންގެ އިޖްތިމާއީ މިންގަނޑު ގެއްލުން

ބެހިގެންދަނީ ދީނާ ދުރަށް، ގެއްލިގެންދަނީ ދިވެހިންގެ އާދަކާދައާއި ސަގާފަތް

ސްޓޭޖް ޝޯވތަކާއި، މާލި ޕެރޭޑްތަކުން ވެސް ފެންނަނީ މޮޑަރން ގޮތްތައް

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 1 ޖުލައި 2023 | ހޮނިހިރު 11:07
ބޮޑު އީދާ ގުޅިގެން ކުރިއަށް ގެންދިޔަ ބައެއް ހަރަކާތްތައް

ބޮޑު އީދާ ގުޅިގެން ކުރިއަށް ގެންދިޔަ ބައެއް ހަރަކާތްތައް

ޒަމާންބަދަލުވެއްޖެއެވެ. ކާބަފައިން ގެނެސްދިން ރީތި އާދަކާދައާއި ސަގާފަތް ދަނީ ގެއްލި، ނެތެމުންނެވެ. އާދަކާދައާއި ސަގާފަތް ޒަމާނާ އެއްގޮތަށް ބަދަލުވެ، އޭގައިވާ ދިވެހި ގޮތްތައް ދަނީ ފަނޑުވަމުންނެވެ. އެކަމުގެ މިސާލުތައް އަޅުގަނޑުމެންގެ އާންމު ދިރިއުޅުމުން ވެސް ދަނީ ފެންނަމުންނެވެ. ޒަމާން ބަދަލުވާ ވަރަކަށް މީހުން ކުރިއަރައި ދިއުމަކީ ދުނިޔޭގެ ތަބީއަތެވެ. ފިތުރަތެވެ. ނަމަވެސް އޭގެ މާނައަކީ އެބައެއްގެ އަމިއްލަވަންތަކަން ނަގައިލުމެއް ނޫނެއްނުންތޯއެވެ! ނިމިގެން މިދިޔަ ބޮޑު އީދަށް ބަލައިލުމުން ވެސް މިފަދަ އެތައް މިސާލެއް ވަނީ ފެނިފައެވެ.

އީދުގެ އިތުރުން ވެސް، އެކިއެކި ހަފްލާތަކާ ގުޅިގެން، ދިވެހިވަންތަކަމާ ބީރައްޓެހި ކިތަންމެ މަންޒަރެއް، ބޮޑެތިވަމުން އަންނަ ކުދިންނަށާއި ޅަކުދިންނަށް ފެނުމަކީ ވަރަށް ދެރަކަމެކެވެ. މިހާރު ބާއްވާ ސްޓޭޖް ޝޯވތަކާއި، ބާއްވާ މާލި ޕެރޭޑްތަކުން ވެސް ފެންނަނީ މޮޑަރން ގޮތްތަކެވެ. ދިވެހިންގެ ރީތި ސަގާފަތް ދައްކައިދޭ ހުށަހެޅުންތަކާއި، ދިވެހިވަންތަ މާލިތައް ވެސް ދަނީ މަދުވަމުންނެވެ. މިހާރު ބާއްވާ މާލިތަކުގައި ސިންދުރެއްލާ، ސްޕައިޑަރމޭންތަކުން މާލިތައް ރީތިވެފައި ފުރިހަމަވި ނަމަވެސް ފޫޅުދިގުހަންޑި، އާމިނާބީފަދަ މާލިތައް ނުފެނުމަކީ ދެރަ ކަމެކެވެ. އަދި އެކަމުގެ ފަޅުކަންވެސް ހަރަކާތްތަކުން ފެނިގެންދެއެވެ.

މިފަހަރު އީދާ ގުޅިގެން ބޭއްވި އެކިއެކި ހަރަކާތްތަކާއި ޝޯވތަކުގެ ވީޑިއޯތައް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. ނިވާކަން ކުޑަ ހެދުންތައް އަޅައިގެން މީހުން ނަށަމުން ދިޔައިރު، އެއީ މުޖުތަމައުގެ އާއްމު މިންގަނޑާއި ޚިލާފު ކަމެއް ކަމަށް ބުނެ ގިނަ ބަޔަކު ވަނީ ފާޑުވެސް ކިޔާފައެވެ. އަދި ސްޓޭޖްމަތީގައި އަންހެނުންނާއި ފިރިހެނުން ނަށަމުންދިޔައިރު ސްޓޭޖަށް އަރައި ބައެއް މީހުން އެމީހުން ކަރުގައި މާފައްޗާއި ފައިސާ ފަތި ވެސް ވަނީ އަޅުވާފައެވެ. އެފަދަ ކަންތައްތައް ހިތްވަރުދޭ ކަހަލައެވެ. މިފަދަ މަންޒަރުތަކަކީ ސައްތައިން ސައްތަ އިސްލާމީ ގައުމެއްގައި ފެނިގެން ނުވާނެ މަންޒަރުތަކެވެ. އީދު ފާހަގަކުރުން ދީނުގައި އޮންނަނީ ވަކި ހަމަތަކެއްގެ މަތިންނެވެ. މިފަދަ މާތް ދުވަހެއް ދީނުގައި ލައްވާފައިވާއިރު އެ ދުވަސް ފާހަގަކުރުމަށް ކަމަށް ބުނެ މި އަރައިގަންނަނީ ދީނާ ޚިލާފު އަމަލުތަކަކަށެވެ. ކަނޑައެޅިގެން މާތް ﷲ ހަރާމް ކުރައްވާފައިވާ ކަންތައްތަކަށެވެ. ލައްކައިން މިލިއަނުން ފައިސާ ޚަރަދުކޮށްގެން މިފަދަ ޝޯވތައް ބޭއްވުމަށް ކައުންސިލްތަކުން ވެސް ޖާގަ ދީ ބާރުއެޅުމަކީ ގޯހެވެ.

މީގެ އިތުރުން ސްކޫލުތަކުގައި ބާއްވާ އެކިއެކި ހަރަކާތްތައް ވެސް މޮޑަރންވެ، ދިވެހިވަންތަކަން ދިވެހި ހެދުންތަކުން ވެސް ދަނީ ގެއްލެމުންނެވެ. ދިވެހި ދިރިއުޅުން ދައްކުވައިދޭ ޑްރާމާ ސިލްސިލާތަކުގައި ދިވެހި ބަސް މަސްހުނިކޮށްގެން ބޭނުންކުރެޔޭ ބުންޏަށް ދޮގަކަށް ނުވާނެއެވެ. އަދި ދިވެހިންގެ މާދަރީ ބަސް ކުރިއެރުވުމަށް މަސައްކަތްކުރާ ހަމައެކަނި ދުވަހަކީ ސްކޫލުތަކުގައި ފާހަގަކުރާ ދިވެހި ދުވަހޭ ބުނުމުގެ ޖާގަވެސް އެބައޮތެވެ. ގިނަ ދުވަސްތައް ސްކޫލުތަކުން ކުލަގަދަކޮށް ފާހަގަކުރަމުންދަނީ މީގެ ކުރިން މިދެންނެވިހެން މޮޑަރން ގޮތަށެވެ. ދިވެހިވަންތަ ކަމެއް ނެތިއެވެ. ނަތީޖާއެއް ގޮތުން މިއަދު "ކަލޭ" ކިޔުން މުޖުތަމައުގައި ގިނަ މީހުން ބަލައި ނުގަތް ނަމަވެސް ޔޫ ކިޔައިގެން ވާހަކަ ދެއްކުމަކީ ރީތި އާދައެއް ކަމަށް ގަބޫލުކުރާ މީހުން ވަރަށް ގިނައެވެ.

މިގޮތަށް މިކަންކަން ހިނގާނަމަ ދިވެހިންގެ އަތުން ގެއްލިގެންދަނީ ދިވެހިންގެ ރީތި އަދާކާދައާއި ސަގާފަތެވެ. ދުނިޔޭގެ ކުލަތަކުގައި ޖެހި ނޭގި ނަމަވެސް ދެވެނީ ދީނާ ދުރަށެވެ. އެހެންކަމުން އިސްލާމް ދީނާ ޚިލާފު ކަންކަން ހުއްޓުވައި، ދިވެހި ރީތި ސަގާފަތް ދިރުވައި އާލާކުރަން ބަޔަކު މިއަދު މަސައްކަތް ކުރަންޖެހެއެވެ. ދިވެހިންގެ އިޖްތިމާއީ މިންގަނޑު ހިފެހެއްޓުމަކީ ހުރިހާ ދިވެހިންގެ ޒިންމާއެއް ކަމަށްވާއިރު، މިކަމުގައި ހުރިހާ ދިވެހިން އިސްނަގަންޖެހެއެވެ. އެހެންނޫނީ މާދަމާގެ ޖީލު ހިތަށް ތަސައްވުރު ނުކުރެވޭ ދެރަ ލަދުވެތި ހާލަތަށް ވެއްޓިގެން ދިއުމަކީ ދުރުގައި އޮތް ކަމެއް ނޫނެއެވެ.

އީދުދިވެހިން

ކޮމެންޓް

އިތުރަށް ކިޔާލަން

ކޮންމެ ޢީދަކީވެސް އުފާވެރި ހަނދާންތަކެއް، އެންމެންގެ ހިތްތަކުގައި ބިންވަޅު ނެގޭ ބަރަކާތްތެރި އިޙްތިފާލަކަށް ހެދުމަށް ރައީސް އިލްތިމާސްކުރައްވައިފި

ކޮންމެ ޢީދަކީވެސް އުފާވެރި ހަނދާންތަކެއް، އެންމެންގެ ހިތްތަކުގައި ބިންވަޅު ނެގޭ ބަރަކާތްތެރި އިޙްތިފާލަކަށް ހެދުމަށް ރައީސް އިލްތިމާސްކުރައްވައިފި

06 ޖޫން 2025
އަޟްޙާ ޢީދު: ދުނިޔެމަތީގައި ﷲ ލެއްވި އެންމެ މާތް އަދި މަތިވެރި އެއް ދުވަސް!

އަޟްޙާ ޢީދު: ދުނިޔެމަތީގައި ﷲ ލެއްވި އެންމެ މާތް އަދި މަތިވެރި އެއް ދުވަސް!

05 ޖޫން 2025
އަވަށްޓެރި ބައެއް ގައުމުތަކުގައި ޗިކުންގުންޔާ ފެތުރެމުންދާތީ، ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސްކޮށްފި

އަވަށްޓެރި ބައެއް ގައުމުތަކުގައި ޗިކުންގުންޔާ ފެތުރެމުންދާތީ، ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސްކޮށްފި

05 ޖޫން 2025
ހަވާ އަރުވާނެކަމަށް ބުނެ "ހަ ވާ" އެރުވުން: އެއްބަޔަކަށް މަޖާ ކަމެއް، އަނެއްބަޔަކަށް ކަމަކު ނުދިޔަ

ހަވާ އަރުވާނެކަމަށް ބުނެ "ހަ ވާ" އެރުވުން: އެއްބަޔަކަށް މަޖާ ކަމެއް، އަނެއްބަޔަކަށް ކަމަކު ނުދިޔަ

28 ޖޫން 2023
ގިޑިގެތަކާއި ކުލަބޮކިތަކުން މާލެއަށް އުފާވެރިކަން

ގިޑިގެތަކާއި ކުލަބޮކިތަކުން މާލެއަށް އުފާވެރިކަން

28 ޖޫން 2023

އަހަރުތަކުން މިއަދު

8 ޖެނުއަރީ
ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ
20242 އަހަރު ކުރިން
މީހުން

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ
20233 އަހަރު ކުރިން
ރާއްޖެ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް
20224 އަހަރު ކުރިން
ރާއްޖެ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!
20197 އަހަރު ކުރިން
ރިޕޯޓު

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު