Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ދިވެހި ބަސްކުރިއެރުވުން

ބަސް ކުރި އެރުވުމުގައި މަލާމާތް ނުކޮށް ބުނެދިނުން މާ ސަޅިވާނެ

ފޮތް ކިޔާ ކުދިން ނިސްބަތުން މަދު

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 4 މާރިޗު 2022 | ހުކުރު 13:29
ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގައި ތައުލީމް ހާސިލްކުރަމުންދާ ދަރިވަރުންތަކެއް

ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގައި ތައުލީމް ހާސިލްކުރަމުންދާ ދަރިވަރުންތަކެއް

ގުޑް މޯނިން ޑެޑީ ނުވަތަ ގުޑް މޯނިން މަންމީ، މިއީ މިއަދު ރާއްޖޭގެ ގިނަ ކުދީން ވާހަކަ ދައްކަމުން އަންނަ ބަހުރުވައެވެ. ޒަމާނަށް އަންނަ ބަދަލާއެކު ދިރިއުޅުމުގެ އާދަކާދައަށް ވެސް ބަދަލު އަންނަމުންދާއިރު، އެކަމުގެ އަސަރު އެންމެ ބޮޑަށް ފެންނަނީ ދިވެހި ބަހުންނެވެ. ދިވެހި ބަހާއި މަސްހުނިވެފައިވަނީ އިނގިރޭސި ބަހެވެ. ބައެއް ދިވެހިން ދިވެހި ބަހުން ވާހަކަ ދައްކަން ލަދުގަނެއޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ދިވެހި ބަހަކީ ސާދާ ރީތި މުއްސަނދި ބަހެއް ނަމަވެސް ދިވެހި ބަސްދެކެ ފޫހިވެ ނުވަތަ ދިވެހި ބަސް ކިޔެވުމަކީ ބޭކާރު ކަމެއް ކަމަށް ދެކޭ މީހުންވެސް މަދެއް ނޫނެވެ. އަދި ބޮޑެތި ވަމުން އަންނަ ކުދިންގެ ތެރެއިން ބައެއް ކުދިންނަށް ރަނގަޅަށް ދިވެހި ބަހުން ވާހަކަ ދައްކަން ނޭނގުމާއި ބަސް ބޭނުން ކުރަންނޭނގުމުގެ އިތުރުން ދިވެހި ބަހުގެ ލިޔުންތެރިން މަދުވުމުގައި ސަބަބުތަކެއް ވާނެއެވެ.

ދިވެހި ބަހުގެ ފުންނާބު އުސް ބޭފުޅެއްކަމުގައިވާ މުހައްމަދު އާމިރު (ފަރެސް އާމިރު) ވިދާޅުވީ ބަހުގެ މައްސަލަ މިހާރު ވެފައިވަނީ މައްސަލައެއްކަން އެނގޭ މީހުން އުފާ ލިބިގަންނަ އެއްޗަކަށް ކަމަށެވެ. ތެދެކެވެ! ނޫސްވެރިންނާއި، އެހެނިހެން ވެސް ލިޔާ ލިޔުންތެރިންގެ ލިއުމުގައި ކުށެއް އޮވެއްޖެކަމަށްވާނަމަ މަލާމާތް ކޮށް، ސޯޝަލް މީޑިއާއަށް ބޭޒާރުކޮށްލުމަކީ އާއްމު ކަމެކެވެ. އެ ލިޔުމެއްގެ ސްކްރީންޝޮޓް ނަގައި، އެކިއެކި ވީޑިއޯތައް ހަދައި ސޯޝަލް މީޑިއާގައި އާއްމުކުރެއެވެ. ކުށެއް ފެންނައިރަށް މަސައްކަތް ކުރަނީ އެ ލިޔުނު ލިޔުންތެރިއަކަށް ގުޅައި އިސްލާހުކުރުވުމުގެ ބަދަލުގައި އެނޫސްވެރިއަކު ނުވަތަ ލިޔުންތެރިއަކު ބަދަލުނާމު ކުރާށެވެ. މިއީ މިއަދުގެ ހާލަތެވެ.

އާމިރު ވިދާޅުވާ ގޮތުގައި މިއުސޫލު ބަދަލު ކުރަންޖެހެއެވެ. ދިވެހި ބަހުގެ ބޭފުޅުން ވެސް އެފަދަ ކަންކަމާ ދުރުވެ، ކުށް އިސްލާހުކޮށްދޭ ބަޔަކަށް ވާންޖެހެއެވެ. މިއަދާ ހަމައަށް ކުށް ލިއުމެއް ނުވަތަ އިބާރާތެއް ރަނގަޅު ކުރަން ބުނެ، އެކަމާއި އެއްވެސް ލިޔުންތެރިއެއް ދެކޮޅު ނުހަދާކަން އޭނާ ފާހަގަކުރެއްވިއެވެ. ނަމަވެސް އޭގެ ބަދަލުގައި ފަޟީހަތްކޮށް، އެއްޗެހި ކިޔާނަމަ ގޮތް ދައްކާ މައްސަލަ ހޫނުވާ ކަމަށް އާމިރު ވިދާޅުވިއެވެ. އަދި އެލިޔުން ވެސް ރަނގަޅުނުވެ، ރަނގަޅު ގޮތް ނޭނގި ދާފަހަރު ގިނަ ކަމަށް އާމިރު ވިދާޅުވިއެވެ.

މީގެ އިތުރުން އާމިރު ވަނީ ޓީވީ ޕްރޮގްރާމްތައް ހުށަހަޅައިދޭ ޕްރެޒެންޓަރުން ވާހަކަ ދެއްކުމުގައި ބޭނުންކުރާ ކުށް ބަސްތައް ހިއްސާކޮށްދެއްވާފައެވެ. އެގޮތުން ކައްކާ ޕްރޮގްރާމްތަކުގައި "ފިޔާކޮޅު ކޮއްޓަވާލައްވާފައި" އެހެން ބުނުމުގެ ބަދަލުގައި އާދައިގެ ބަހުރުވައިން ވާހަކަ ދެއްކުމަށް ނަސޭހަތްތެރިވެ ވަޑައިގެންނެވިއެވެ.

ތެދެކެވެ. މޮޅު ލިޔުންތެރިއަކަށް ވުމަށް ފޮތް ކިޔަން ޖެހެއެވެ. މައުލޫމާތު ހޯދަން ޖެހެއެވެ. ފޮތް ނުކިޔާ ކަމަށްވާނަމަ ތިމާގެ ސިކުނޑި ތަރައްގީއެއް ނުވާނެއެވެ. ދުނިޔޭގައި ލިޔުންތެރިން މޮޅުވެ، މަގުބޫލުވެފައިވަނީ ފޮތް ކިޔައިގެންނެވެ. އެހެންކަމުން މި މުޖުތަމައުގައި ވެސް ފޮތް ކިއުން ކުދިންގެ ކިބައިގައި ހަރުލައްވަންޖެހެއެވެ. ފޮތާއި ދުރުވާނަމަ މިފަދަ މައްސަލަތަކަށް ހައްލު ނުލިބި ބަހަށް ލިބިގެންދާނީ އިތުރު ނިކަމެތި ކަމެވެ.

ދިވެހި ބަހަކީ ސާދާ ރީތި ބަހަކަށްވާއިރު، ސާދާ ރީތި ގޮތުގައި ފޮތް ކިއުމުގެ އާދަ އަށަގެންނެގުމަށް މިހާރަށް ވުރެ ބޮޑަށް ބެލެނިވެރިން އިސްކަން ދޭން ޖެހެއެވެ. ސްކޫލުތަކުން އިތުރަށް ބާރު އަޅަންޖެހެއެވެ. ކުޑަ އިރުއްސުރެ ކުއްޖާ ފޮތާއި ކައިރިކުރުވަން ޖެހެއެވެ. ދިވެހި ބަހުގެ މުއްސަނދިކަން ވިސްނައިދޭން ޖެހެއެވެ. އަދަބީ ބަސްތަކާއި، މަޖާޒީ ބަސްތަކަށް އަހުލުވެރި ކުރުވަން ޖެހެއެވެ. މިޒަމާނުގައި ފުރޯ ކޮނޑަށް ލައިގެން ދާ މީހަކު ނުފެނުނު ކަމުގައި ވީ ނަމަވެސް ''ކޮނޑުއޮތް ފުރޯ ވަލުން'' ބޭނުންކުރާ ހާލަތު އެނގެން ޖެހެއެވެ. ޒަމާނާއެއް ގޮތަށް ބަސް ބަދަލުވެގެން ދިޔަ ނަމަވެސް މޮޅެތި ލިއުންތައް ލިޔުމުގައި އެފަދަ ބަސް ބޭނުންކުރުމުން ލިޔުމަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދޭކަން އަންގައިދޭން ޖެހެއެވެ. އެހެންކަމުން ބަސް ކުރިއެރުވުމުގައި މަލާމާތް ނުކޮށް ބުނެދިނުން މާ ސަޅިވާނެއެވެ.

ދިވެހިންލިޔުންތެރިން

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ލިޔުންތެރިކަން ކުރިއެރުވުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރިއަށް އޮތް ތަނުގައި ކުރާނެ: ނައިބު ރައީސް

ލިޔުންތެރިކަން ކުރިއެރުވުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރިއަށް އޮތް ތަނުގައި ކުރާނެ: ނައިބު ރައީސް

20 ސެޕްޓެމްބަރު 2023
ބެހިގެންދަނީ ދީނާ ދުރަށް، ގެއްލިގެންދަނީ ދިވެހިންގެ އާދަކާދައާއި ސަގާފަތް

ބެހިގެންދަނީ ދީނާ ދުރަށް، ގެއްލިގެންދަނީ ދިވެހިންގެ އާދަކާދައާއި ސަގާފަތް

01 ޖުލައި 2023
އާދަކާދައިގެ ތެރެއިން: ދިވެހިންގެ ހިތްހެޔޮ މިޒާޖު

އާދަކާދައިގެ ތެރެއިން: ދިވެހިންގެ ހިތްހެޔޮ މިޒާޖު

21 ޖޫން 2023
ވޯލްޑްކަޕް ދިވެހީންނަށް ވަގުތުން ފެނުނުތާ 36 އަހަރު - މުޅިދުނިޔޭގައާއި ރާއްޖޭގައިވެސް ވޯލްޑްކަޕުގެ ފޯރި

ވޯލްޑްކަޕް ދިވެހީންނަށް ވަގުތުން ފެނުނުތާ 36 އަހަރު - މުޅިދުނިޔޭގައާއި ރާއްޖޭގައިވެސް ވޯލްޑްކަޕުގެ ފޯރި

22 ނޮވެމްބަރު 2022
އޮތީ މާލެއާއި ރާއްޖެތެރޭގެ ފަރަގެއް ނޫން، އާމްދަނީގެ ފަރަގު!

އޮތީ މާލެއާއި ރާއްޖެތެރޭގެ ފަރަގެއް ނޫން، އާމްދަނީގެ ފަރަގު!

28 ޖުލައި 2022

އަހަރުތަކުން މިއަދު

18 މާރިޗު
ރަމަޟާން މަހުގެ ދުވަސްތައް ފާއިތުވެ ދަނީއެވެ. ޙާޞިލް ކުރެވުނީ ކިހައިވަރެއް ހެއްޔެވެ؟
20251 އަހަރު ކުރިން
އިސްލާމް

ރަމަޟާން މަހުގެ ދުވަސްތައް ފާއިތުވެ ދަނީއެވެ. ޙާޞިލް ކުރެވުނީ ކިހައިވަރެއް ހެއްޔެވެ؟

13 އަހަރުގެ ކުއްޖާ ރަހީނުކޮށް މަރާލި މައްސަލައިގައި ދައުވާ އުފުލި ކުޑަކުއްޖާގެ މައްޗަށް ކުށް ސާބިތުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

13 އަހަރުގެ ކުއްޖާ ރަހީނުކޮށް މަރާލި މައްސަލައިގައި ދައުވާ އުފުލި ކުޑަކުއްޖާގެ މައްޗަށް ކުށް ސާބިތުވެއްޖެ

ސައްދާމު ޙުސައިންގެ ފަޚްރަކަށްވި "އަލް-މަންސޫރު": މިއަދު އެއީ މަސްވެރިންގެ ފިނި މައިޒާން
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ސައްދާމު ޙުސައިންގެ ފަޚްރަކަށްވި "އަލް-މަންސޫރު": މިއަދު އެއީ މަސްވެރިންގެ ފިނި މައިޒާން

މަކަރާއި ހީލަތުން ފައިސާ ހޯދަން އިތުރުގޮތެއް، މިފަހަރު މަންމަނު މީހެއް!
20224 އަހަރު ކުރިން
ރިޕޯޓު

މަކަރާއި ހީލަތުން ފައިސާ ހޯދަން އިތުރުގޮތެއް، މިފަހަރު މަންމަނު މީހެއް!

ފުލުހުންގެ ޑީއެންއޭ ލެބޯޓަރީގެ ހެޑް އިއްތި، ބެއްލެވި ފުރަތަމަ ކޭސްއަކީ ޝީރީންގެ މަރުގެ މައްސަލަ!
20215 އަހަރު ކުރިން
ރިޕޯޓު

ފުލުހުންގެ ޑީއެންއޭ ލެބޯޓަރީގެ ހެޑް އިއްތި، ބެއްލެވި ފުރަތަމަ ކޭސްއަކީ ޝީރީންގެ މަރުގެ މައްސަލަ!

ނިއުޒިލެންޑް މުސްލިމުންނާ އެކު ތިބިކަން ހާމަ ކުރުމުން، ސިފައިންނަށް ތައުރީފު!
20197 އަހަރު ކުރިން
ރާއްޖެ

ނިއުޒިލެންޑް މުސްލިމުންނާ އެކު ތިބިކަން ހާމަ ކުރުމުން، ސިފައިންނަށް ތައުރީފު!

އާމިރު އާއި ވިސާމް ހައްޔަރުކުރުން: މި ރިޕޯޓް ކިޔާލަންޖެހޭ!
20188 އަހަރު ކުރިން
ރިޕޯޓު

އާމިރު އާއި ވިސާމް ހައްޔަރުކުރުން: މި ރިޕޯޓް ކިޔާލަންޖެހޭ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު