Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ކޮލަމްވޯލްޑްކަޕް 2022

ވޯލްޑްކަޕް ދިވެހީންނަށް ވަގުތުން ފެނުނުތާ 36 އަހަރު - މުޅިދުނިޔޭގައާއި ރާއްޖޭގައިވެސް ވޯލްޑްކަޕުގެ ފޯރި

22 ނޮވެމްބަރު 2022 | އަންގާރަ 13:32

މެކްސިކޯގައި 1986ގައި ބޭއްވުނު "މެކްސިކޯ86"އަކީ ދިވެހިރާއްޖެއަށް ވަގުތުން ފެނުނު ފުރަތަމަ ވޯލްޑްކަޕް

މުހައްމަދު ޝާތިރު
މުހައްމަދު ޝާތިރު | 22 ނޮވެމްބަރު 2022 | އަންގާރަ 13:32
ގަތަރު ވޯލްޑްކަޕް 2022 ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން

ގަތަރު ވޯލްޑްކަޕް 2022 ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން

މިއީ މުޅިދުނިޔޭގެ ބައިނަލްއަގުވާމީ ފުޓުބޯޅަ ބޮޑުއީދުގެ ބޮޑުއުފަލުގެ ދުވަސްވަރެވެ. މުޅިދުނިޔޭގައާއި ދިވެހިރާއްޖޭގައިވެސް ވޯލްޑްކަޕުގެ ފޯރީގެ ދުވަސްވަރެވެ. ދުނިޔޭގެ އެންމެބޮޑު ފުޓުބޯޅަ މުބާރާތް ބެލުމުގެ އުފާވެރިކަމުގެ ޖޯޝާއި ފޯރިއެވެ. ދުނިޔޭގައި، އަދި ދިވެހިރާއްޖޭގައިވެސް އެންމެ ތަރުހީބު ބޮޑު، އެންމެ ފޯރިގަދަ ކުޅިވަރަކީ ފުޓުބޯޅައެވެ. މިފަހަރު ވޯލްޑްކަޕް އޮތީ އޭޝިޔާގެ ގަތަރުގައެވެ. އަރަބި، މުއްސަނދި އެހެނަސް ކުޑަގައުމެކެެވެ. އެހެންކަމުން ތަފާތު ތަޖުރިބާއެކެވެ. އިންތިޒާމުތައް ހަމަޖެއްސުމުގައި ގޮންޖެހުންތަކެވެ. އެހެނަސް ފޯރި އެންމެ ގަދައެވެ. ދުނިޔޭގެ ފުޓުބޯޅަ މުބާރާތަށް އަދި ސައްތައެއްވެސް ނުވެއެވެ. ވޯލްްޑްކަޕް ފެށުނީ 1930ގައެވެ. ވީމާ މިވީ 92 އަހަރެވެ. 5 ފަހަރު ދުނިޔޭގެ ޗެންޕިއަންކަމުގެ ރިކޯޑާއެކު، ވޯލްޑްކަޕުގެ އެންމެ ޝަރަފުވެރި ރިކޯޑު އޮތީ ދެކުނު އެމެރިކާގެ ބްރެޒިލަށެވެ. 2ވަނައިގައި 2ގައުމެވެ. 4 ފަހަރު ވޯލްޑްކަޕް ލިބުމުގެ ރެކޯޑު ޔޫރަޕުގެ ޖަރުމަނުވިލާތާއި، ޔޫރަޕުގެ އިޓަލީވިލާތެވެ. 3ވަނައިގައި 3ގައުމެވެ. ދެކުނުއެމެރިކާގެ އާޖެންޓީނާ، ދެކުނުއެމެރިކާގެ އުރުގުއޭ އަދި ޔޫރަޕުގެ ފަރަންސޭސިވިލާތެވެ. މިއީ 2ފަހަރު ވޯލްޑްކަޕް ކާމިޔާބުކުރި 3ގައުމެވެ. ދެން 1 ފަހަރު ވޯލްޑްކަޕް ލިބުނު 2ގައުމެވެ. ޔޫރަޕުގެ 2ގައުމު ކަމަށްވާ އިނގިރޭސިވިލާތާއި، އިސްޕޭންވިލާތެވެ. ވީމާ، ދުނިޔޭގެ ފުޓުބޯޅައިގެ އެންމެ ވަރުގަދަ އެންމެ ކާމިޔާބު 2 ބާރަކީ ޔޫރަޕާއި ދެކުނުއެމެރިކާއެވެ.

ދިވެހިރާއްޖެއަށް ވަގުތުން ފެނުމުގެ ފުރުސަތު ލިބުނު ފުރަތަމަ ވޯލްޑްކަޕަކީ މެކްސިކޯގައި 1986ގައި ބޭއްވުނު "މެކްސިކޯ86"އެވެ. އެއީ އާޖެންޓީނާގެ ފަހަރެވެ. މަރަޑޯނާގެ ރަންޒަމާނެވެ. އެއިގެ ފަހުން މިވީ 36 އަހަރު ހުރިހާ ވޯލްޑުކަޕެއް ދިވެހީންނަށްވެސް ވަގުތުން ފެނުނެވެ. ފަހަރެއް ފަހަރަކަށްވުރެ ފަސޭހަ، ފުރިހަމަ ގޮތެއްގައެވެ. ސަޕޯޓުކުރުމުގެ އެންމެ ފޯރިއާއި ޖޯޝް ދިވެހީންގެ ކިބައިގައި ވެއެވެ. ބްރެޒިލް، އާޖެންޓީނާ، އިޓަލީ، ޖަރުމަނު، ފްރާންސް، ސްޕެއިން އަދި އެހެން ގައުމުތަކުގެ ސަޕޯޓަރުން ދިވެހީންގެ ތެރޭގައި ހިމެނެއެވެ. މިޒަމާނުގައި ބައިނަލްއަގުވާމީ ގޮތުން ސީދާ ގައުމުތައް ބައްދަލުވެ ވާދަކުރާ މައިދާނަކީ ނުވަތަ ދަނޑަކީ ކުޅިވަރުގެ ދަނޑެވެ. ވީމާ، ގައުމީ ގޮތުންނާއި ބައިނަލްއަގުވާމީ ގޮތުން ކުޅިވަރަށް ދެވިފައިވާ މަގާމު ވަރަށްވެސް މައްޗެވެ. އަދި ހަށިގަނޑަށް ބޭނުންވާ ކަސްރަތުގެ ހަރަކާތްތަކަކަށް ވުމުގެ އިތުރުން، ކުޅިވަރުގެ ސަބަބުން ޒުވާނުންގެ ޖޯޝް ވަރުގަދަވުމާއި އެކުވެރިވުމުގެ މަތިވެރި ސިފަވެސް އިތުރުވެއެވެ. ރާއްޖެއަށް ފުޓުބޯޅަ ތައާރަފުވިތާ 75 އަހަރު (އަލިމަސްޔޫބީލް) ފަހަނައަޅައިފިއެވެ. އެއީ 1945ގައި ބޮޑުހަނގުރާމަ ނިމި، ހަނގުރާމައިގެ ވިލާގަނޑެއްގެ ދަށުން ދިވެހިރާއްޖެ ސަލާމަތްވެ، ފެށުނު ރަށްވެހިކަމާއި ތަހުޒީބާއި އިޖުތިމާއީ ގައުމީ އަދި ބައިނަލްއަގުވާމީ ހަރަކާތްތަކުގެ ތެރެއިން (ކުރިކެޓް ފިޔަވައި) ބައިނަލްއަގުވާމީ ކުޅިވަރުތައް ރާއްޖެއަށް ތައާރަފުވުމުގެ ތެރެއިންނެވެ. ސިލޯނުގެ ތަޖުރިބާކާރު މާހިރެއް ކަމުގައިވި މައިކަލް ޑިސިލްވާ އިރުޝާދުގެ ދަށުން ރާއްޖެއަށް ފުޓުބޯޅަ ތައާރަފުވެ، ފުރަތަމަ މުބާރާތް އޮތީ 1946ގައެވެ. މިމުބާރާތް އޮތީ ސަރުކާރުގެ އޮފީސްތަކުން ވާދަކުރި މުބާރާތެއްގެ ގޮތުގައެވެ. އޭގެފަހުން އަވަށު ކުލަބުތައް އުފެދި، އަވަށު ކުލަބުތަކުން ވާދަކުރި ފުޓުބޯޅަ މުބާރާތްތައްވެސް އަމީނީ ދައުރުގައި ބޭއްވުނެވެ. އަދި މާލޭގެ 4 އަވަށަށް 4 ދަނޑު ތައްޔާރުކުރެވުނެވެ. ގައުމީ ދަނޑެއް ހިމެނޭގޮތުން 5 ދަނޑު، ކުޅިވަރު ދަނޑުތަކުގެ ގޮތުގައި މާލޭގައި، އަމީނީ ދައުރު ނިމުނުއިރު އޮތެވެ. އަދި އަމީނީ ދައުރު ނިމުނުއިރު ރާއްޖޭގެ ކޮންމެ ރަށެއްގައި ފުޓުބޯޅަ ދަނޑެއް ހެދިފައިވިއެވެ. މުޅިރާއްޖެއަށް ފުޓުބޯޅަ ތައާރަފުވެފައެވެ.

"ކުޅިވަރަކީ، ޒުވާނުންގައި އެކުވެރިކަން އުފެއްދުމުގެ އެންމެވަރުގަދަ އެއްބާރެވެ. ގައުމިއްޔަތަކީ، އެބައިމީހުންގެ ރޫހު އެއިން ދިރުވަންވީ އަގުހުރި ޖައުހަރެވެ. މިދެބައި އެކުވެގެން އުފައްދާނީ ގައުމުގެ މުސްތަގުބަލުގެ ބާއްޖަވެރިކަމެވެ. ގައުމުގައި ކުޅިވަރުގެ މަގާމަކީ އެކުވެރިކަމާއި ފުރިހަަމަ ތަރުބިއްޔަތެއްގެ މަތިވެރި މަގާމެވެ. އޭގެސަބަބުން އިއްތިހާދެއްގެ ހުރިހާ މޮޅުސިފަތަކެއް އެބައެއްގައި އަށަގަންނަމުން އަންނާނެއެވެ. ޒުވާނުންގެ ހިތްތައް އެކުވެރިވުމުގެ ސަަބަބުން ހަރަކާތްތަކުގައި އެއުފައްދާ ހަލުވިކަމާއި އެއްބާރުލުމުގެ އަމާޒަކީ، އުފެދޭ އިޚުލާސްތެރި ލޯތްބެވެ. އިންސާނިއްޔަތުކަމުގެ މުޅި ޝަރަފު ހޯދުމަށް ގަދައަޅާ ވަރުގަދަ ލޯތްބެވެ. ޝައްކެއްނެތެވެ. ގައުމުގެ މުސްތަގުބަލަކީ ޒުވާނުންގެ މެދުގައި އުފެދެމުންދާ ދިރުމުގެ ހަރަކާތްތަކެވެ. އެކަމުގެ ރޫހަކީ އެކުވެރިކަމުގެ ފިލާވަޅުތަކެއް ކަމުގައި ހިމެނޭ މަތިވެރި ކުޅިވަރެވެ." (އަލްއުސްތާޒު އިބްރާހީމް ޝިހާބު ރަހިމަހުﷲ) 26 ޖުލައި 1974ގައި ލިޔުއްވާފައިވާ ލިޔުއްވުމެއްގައިވެއެވެ.

ޤަތަރު ފީފާ ވޯލްޑް ކަޕް 2022ދިވެހިން

އެންމެ ހިނގާ

1

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

2

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

5

އެމެރިކާގެ އުދުވާނުތަކާ ދެކޮޅަށް ހުރިހާ ވަސީލަތެއް ބޭނުންކުރާނަން: އީރާން

އިތުރަށް ކިޔާލަން

22 ޑިސެމްބަރު 2023

އާޖެންޓީނާގެ ވޯލްޑް ކަޕް ކާމިޔާބީ އަށް އެއް އަހަރުވުން ފާހަގަކޮށްފި

22 ޑިސެމްބަރު 2023
އާޖެންޓީނާގެ ވޯލްޑް ކަޕް ކާމިޔާބީ އަށް އެއް އަހަރުވުން ފާހަގަކޮށްފި
01 ޖުލައި 2023

ބެހިގެންދަނީ ދީނާ ދުރަށް، ގެއްލިގެންދަނީ ދިވެހިންގެ އާދަކާދައާއި ސަގާފަތް

01 ޖުލައި 2023
ބެހިގެންދަނީ ދީނާ ދުރަށް، ގެއްލިގެންދަނީ ދިވެހިންގެ އާދަކާދައާއި ސަގާފަތް
21 ޖޫން 2023

އާދަކާދައިގެ ތެރެއިން: ދިވެހިންގެ ހިތްހެޔޮ މިޒާޖު

21 ޖޫން 2023
އާދަކާދައިގެ ތެރެއިން: ދިވެހިންގެ ހިތްހެޔޮ މިޒާޖު
20 ޑިސެމްބަރު 2022

36 އަހަރަށްފަހު ވޯލްޑް ކަޕްގެ ޗެމްޕިއަން ތަށި އާޖެންޓީނާގެ ފަސްގަނޑަށް

20 ޑިސެމްބަރު 2022
36 އަހަރަށްފަހު ވޯލްޑް ކަޕްގެ ޗެމްޕިއަން ތަށި އާޖެންޓީނާގެ ފަސްގަނޑަށް
20 ޑިސެމްބަރު 2022

ފްރާންސް ޓީމުގެ ކުޅުންތެރިންނާމެދު ފަޚުރުވެރިވާން ޖެހޭ: މެކްރޯން

20 ޑިސެމްބަރު 2022
ފްރާންސް ޓީމުގެ ކުޅުންތެރިންނާމެދު ފަޚުރުވެރިވާން ޖެހޭ: މެކްރޯން
20 ޑިސެމްބަރު 2022

ވޯލްޑް ކަޕަށްފަހު ފްރާންސް ޓީމު އެނބުރި ޤައުމަށް

20 ޑިސެމްބަރު 2022
ވޯލްޑް ކަޕަށްފަހު ފްރާންސް ޓީމު އެނބުރި ޤައުމަށް
20 ޑިސެމްބަރު 2022

ފައިނަލުން ބަލިވުމުން އެމްބާޕޭގެ މެސެޖެއް

20 ޑިސެމްބަރު 2022
ފައިނަލުން ބަލިވުމުން އެމްބާޕޭގެ މެސެޖެއް
19 ޑިސެމްބަރު 2022

ސްކަލޯނީ: ދުނިޔޭގެ ތާޖު މެސީ އަށް ހޯދައިދިނުމުގެ ފަހަތުގައި ހުރީ އާރުކާޓީ އަކީ މިއީ ތަ؟

19 ޑިސެމްބަރު 2022
ސްކަލޯނީ: ދުނިޔޭގެ ތާޖު މެސީ އަށް ހޯދައިދިނުމުގެ ފަހަތުގައި ހުރީ އާރުކާޓީ އަކީ މިއީ ތަ؟
19 ޑިސެމްބަރު 2022

ޤައުމީ ޓީމުން ރިޓަޔާވާކަށް މެސީ ބޭނުމެއް ނުވޭ

19 ޑިސެމްބަރު 2022
ޤައުމީ ޓީމުން ރިޓަޔާވާކަށް މެސީ ބޭނުމެއް ނުވޭ
19 ޑިސެމްބަރު 2022

އެހެން ކުޅުންތެރިންގެ ނެތް ކޮލެޓީ މެސީގެ އެބަހުރި، 50 އަހަރު ވަންދެން ކުޅެވޭނެ: ރޮނާލްޑީނިއޯ

19 ޑިސެމްބަރު 2022
އެހެން ކުޅުންތެރިންގެ ނެތް ކޮލެޓީ މެސީގެ އެބަހުރި، 50 އަހަރު ވަންދެން ކުޅެވޭނެ: ރޮނާލްޑީނިއޯ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް