Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔޫރޯ 2024

ޖަރުމަނު ޔޫރޯގެ މެސްކޮޓް ރަސްމީކޮށް ލޯންޗު ކޮށްފި

މިއީ މީގެ ކުރިން 2006 ވަނަ އަހަރު ޖަރުމަނުގައި ބޭއްވު ފީފާ ވޯލްޑް ކަޕްގެ މެސްކޮޓާ ގުޅުވައިގެން ތައްޔާރުކޮށްފައިވާ މެސްކޮޓް އެއް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 21 ޖޫން 2023 | ބުދަ 02:32
އަންނަ އަހަރު ޖަރުމަނުގައި އޮންނަ ޔޫރޯ މުބާރާތުގެ ރަސްމީ މެސްކޮޓް

އަންނަ އަހަރު ޖަރުމަނުގައި އޮންނަ ޔޫރޯ މުބާރާތުގެ ރަސްމީ މެސްކޮޓް

އަންނަ އަހަރު ޖަރުމަނުގައި ބާއްވާ ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ރަސްމީ މެސްކޮޓް ލޯންޗު ކޮށްފި އެވެ.

މި މެސްކޮޓް ރަސްމީކޮށް ލޯންޗުކޮށްފައި ވަނީ އަންގާރަ ދުވަހު އެކަމަށްޓަކައި ބޭއްވި ޚާއްސަ އިވެންޓެއްގަ އެވެ. ބޮޑު ބޮލުގެ ޓެޑީ ބެއާއެއް ކަހަލަ މި މެސްކޮޓް ލައިގެން ހުންނަނީ ކުލަ ގަދަ ފުޓުބޯޅަ ޖޯޒީ އަކާއި ބޫޓެކެވެ. މިއީ މީގެ ކުރިން 2006 ވަނަ އަހަރު ޖަރުމަނުގައި ބޭއްވު ފީފާ ވޯލްޑް ކަޕްގެ މެސްކޮޓާ ގުޅުވައިގެން ތައްޔާރުކޮށްފައިވާ މެސްކޮޓް އެކެވެ. އެއަހަރު ތައްޔާރުކޮށްފައި ވަނީ "ގޯލިއޯ" ނަމަކަށް ކިޔާ މެސްކޮޓް އެކެވެ. ސިންގާއެއް ރަމްޒުކޮށްދޭ އެ މެސްކޮޓް އަށް އޭރު ގިނަ ބަޔަކު ވަނީ ފާޑު ވެސް ކިޔައިފަ އެވެ.

ޖަރުމަނުގައި އޮންނަ ޔޫރޯ މުބާރާތުގެ ޑިރެކްޓަރު ފިލިޕް ލާމް ވިދާޅުވީ، އެންމެން ވެސް އިންތިޒާރު ކުރަމުން އަންނަ ޔޫރޯ މުބާރާތް ގާތްވަމުން އަންނަ ކަމަށެވެ. އޭނާ ވިދާޅުވީ އަމާޒަކީ ޖަރުމަނުގެ ކޮންމެ ސަރަހައްދަކަށް ދިޔަ ނަމަވެސް، ޔޫރޯ މުބާރާތުގެ އުންމީދޫ މާހައުލު ފެންނަ ވަރަށް ޒީނަތްތެރި ކުރުން ކަމަށެވެ. އޭނާ ވިދާޅުވީ އެ މުބާރާތަށް ތައްޔާރު ކުރި މެސްކޮޓާއެކު، އިތުރު ފުރިހަމަަމެއް ލިބިގެން ދިޔަ ކަމުގެ އިހުސާސް ކުރެވޭ ކަމަށާއި، ހުރިހާ ކަމެއް ރަނގަޅަށް ގޮސްފި ނަމަ، ޖަރުމަނުގައި އޮންނަ މުބާރާތަކީ ކާމިޔާބު މުބާރާތަކަށް ވާނެ ކަމަށެވެ.

މެސްކޮޓާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ، އެއީ ބެއާއެއް ކަމަށެވެ. އޭނާ ފާހަގަ ކުރެއްވި ގޮތުގައި ބެއާ އަކީ ކޮންމެ މީހަކު، އެމީހެއްގެ ގޭގައި ގެންގުޅޭނެ އެއްޗެކެވެ. އެހެންކަމުން މުބާރާތުގެ މެސްކޮޓާއި، ރައްޔިތުންނާ ވެސް ގުޅުމެއް އޮންނާނެ ކަމަށާއި، މެސްކޮޓުން ފެންނާނީ އެންމެނާ ވެސް ގުޅޭ ކުލަތަކެއް ކަމުގައި އޭނާ ވަނީ ވިދާޅުވެފަ އެވެ. އިތުރަށް އޭނާ ވިދާޅުވި ގޮތުގައި އެ މެސްކޮޓާ އެކު ކުޑަކުދިންނަށް ވެސް އުފާވެރިކަން ލިބި، މުބާރާތާ މެދު އެ ކުދިންގެ ޝައުޤުވެރިކަން ބޮޑު ވެގެން ދާނެ އެވެ.

ކުރިއަށް އޮތް ދެ ހަފުތާގެ ތެރޭގައި ޔުއެފާގެ ރަސްމީ ވެބްސައިޓު މެދުވެރިކޮށް މެސްކޮޓަށް ނަމެއް ކިޔުމަށް ސަޕޯޓަރުންނަށް ހުޅުވާލާނެ އެވެ. ޔޫރޯ މުބާރާތުގެ ފޯރި ގަދަ ކުރުމަށްޓަކައި ކުރިއަށް އޮތް ދުވަސްތަކުގައި ޖަރުމަނުގެ އެކި އެކި ސިޓީ ތަކުގައި މެސްކޮޓް ދައްކާލުން ކުރިއަށް ގެންދާނެ އެވެ. އަންނަ އަހަރު ޖަރުމަނުގައި މުބާރާތް ބާއްވަނީ ޖޫން މަހުގެ 14 އިން ޖުލައި މަހުގެ 14 އަށެވެ.

އިތުރަށް ކިޔާލަން

05 ނޮވެމްބަރު 2017

ޖަރުމަނު ލީގު: ޑޯޓްމަންޑުގެ މައްޗަށް ކުރިހޯދާ ބަޔާން އިން ތާވަލުގެ އެއްވަނައިގައި ހަމަޖެހިލައިފި

05 ނޮވެމްބަރު 2017
ޖަރުމަނު ލީގު: ޑޯޓްމަންޑުގެ މައްޗަށް ކުރިހޯދާ ބަޔާން އިން ތާވަލުގެ އެއްވަނައިގައި ހަމަޖެހިލައިފި
26 އޮކްޓޯބަރު 2017

ޖަރުމަނު ކަޕް: ޕެނަލްޓީ ޖަހައިގެން ބަޔާން ސަލާމަތްވެއްޖެ

26 އޮކްޓޯބަރު 2017
ޖަރުމަނު ކަޕް: ޕެނަލްޓީ ޖަހައިގެން ބަޔާން ސަލާމަތްވެއްޖެ
07 އޮކްޓޯބަރު 2017

މި ސީޒަނުގެ ނިޔަލަށް ބަޔާންގެ ކޯޗުކަމާ ރަސްމީކޮށް ހެއިންކޭޒް ހަވާލުވެއްޖެ

07 އޮކްޓޯބަރު 2017
މި ސީޒަނުގެ ނިޔަލަށް ބަޔާންގެ ކޯޗުކަމާ ރަސްމީކޮށް ހެއިންކޭޒް ހަވާލުވެއްޖެ
05 އޮކްޓޯބަރު 2017

ދުނިޔޭގެ ޗެމްޕިއަން ޖަރުމަނުން ވޯލްޑް ކަޕްގެ ޖާގަ ކަށަވަރުކޮށްފި

05 އޮކްޓޯބަރު 2017
ދުނިޔޭގެ ޗެމްޕިއަން ޖަރުމަނުން ވޯލްޑް ކަޕްގެ ޖާގަ ކަށަވަރުކޮށްފި
13 އޯގަސްޓު 2017

ޖަރުމަނު ކަޕްގެ ދެވަނަ ބުރުން ބަޔާން ޖާގަހޯދައިފި

13 އޯގަސްޓު 2017
ޖަރުމަނު ކަޕްގެ ދެވަނަ ބުރުން ބަޔާން ޖާގަހޯދައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު