Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރަޝިޔާގެ ހަމަލާ

ރަޝިޔާއިން ޔޫކްރޭންގެ ސިޓީތަކަށް ދަންވަރު ހަމަލާތަކެއްދީފި

20 ޖޫން 2023 | އަންގާރަ 08:45

ރަޝިޔާގެ މިސައިލްތަކުން އިރުދެކުނު ސިނާއީ ސިޓީއެއް ކަމަށްވާ ޒަޕޮރީޒިއާ އަށް ވެސް ހަމަލާތައް އަރާފައިވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 20 ޖޫން 2023 | އަންގާރަ 08:45
ރަޝިއާއިން ފޮނުވާލި މިސައިލްތައް

ރަޝިއާއިން ފޮނުވާލި މިސައިލްތައް

ރަޝިޔާއިން ޔޫކްރޭނަށް ދަންވަރު ވަގުތެއްގައި ގިނަ އަދަދެއްގެ ވައިގެ ހަމަލާތަކެއް ދީ، ކިއެވް އާއި އެހެނިހެން ސިޓީތަކުގައި ހުރި އަސްކަރީ އަދި އިންފްރާސްޓްރަކްޗާ ފެސިލިޓީތަކަށް އަމާޒުކޮށް ހަމަލާދީފައިވާ ކަމަށް އެގައުމުގެ އޮފިޝަލުން ބުނެފިއެވެ.

ޔޫކްރޭނުން ބުނީ ރަޝިޔާގެ ބްރައިއަންސްކް ސަރަހައްދާއި އަޒޯވް ކަނޑުން ފޮނުވާލި އީރާނުން އުފެއްދި 35 ޑްރޯންގެ ތެރެއިން 32 ޑްރޯން ވައްޓާލެވިފައިވާ ކަމަށެވެ.

ރަޝިޔާގެ ސިފައިންގެ އަތުން 113 އަކަމީޓަރު (44 އަކަމީޓަރު) ބިން އަލުން އަނބުރާ އަތުލެފައިވާ އިރު، ޔޫކްރޭނުން ބަދަލު ހަމަލާދޭން ފެށި ފަހުން ރަޝިޔާއިން އެންމެ ފަހުން ދިން ވައިގެ ހަމަލާތަކުގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.

އެއާފޯސް އިން ޓެލެގްރާމް މެސެޖިން އެޕްގައި ބުނެފައި ވަނީ ޔޫކްރޭންގެ ގިނަ ސަރަހައްދުތަކުގައި ވައިގެ ހަމަލާތައް ދެމުން އަންނަ ކަމަށެވެ.

ކިއެވްގެ އަސްކަރީ ކަންކަމުގައި އިސްކޮށް ހުންނަވާ ސެރްހިއީ ޕޮޕްކޯ ވިދާޅުވީ ވެރިރަށް ކިއެވްގައި ތިން ގަޑިއިރަށް ވުރެ ގިނައިރަށް އެއާ އެލާޓް ދެމިގެން ދިޔަ ކަމަށެވެ. ނަމަވެސް ލިބުނު ގެއްލުމެއްގެ އެއްވެސް ތަފްސީލެއް އޭނާ ނުދެއްވައެވެ.

ނޭޓޯގެ މެމްބަރު ޕޮލެންޑްގެ ބޯޑަރާ ގާތްގަނޑަކަށް 70 ކިލޯމީޓަރު (43 މޭލު) ދުރުގައި އޮންނަ ލިވިވްގައި ވަކިން ކަނޑައެޅިފައި ނުވާ ކްރިޓިކަލް އިންފްރާސްޓްރަކްޗާ ފެސިލިޓީއެއްގައި ޖެހިފައިވާއިރު، ހެނދުނުގެ ކާރޫބާރު ބޮޑު ގަޑީގައި ރޫޓްތަކަށް ބަދަލު ގެނެސްފައިވާ ކަމަށް އޮފިޝަލުން ބުނެއެވެ.

ވައިގެ ސިފައިން ބުނީ ރަޝިޔާގެ މިސައިލްތަކުން އިރުދެކުނު ސިނާއީ ސިޓީއެއް ކަމަށްވާ ޒަޕޮރީޒިއާ އަށް ވެސް ހަމަލާދީފައިވާކަމަށެވެ.

ޒަޕޮރީޒިއާ ސަރަހައްދުގެ އަސްކަރީ އިސްވެރިޔާ ޔޫރީ މަލާޝްކޯ ވިދާޅުވީ ރަޝިޔާއިން އަމާޒުކޮށްފައި ވަނީ ޓެލެކޮމިއުނިކޭޝަން އިންފްރާސްޓްރަކްޗާ އާއި ދަނޑުވެރިކަމާއި ދަނޑުވެރިކަމުގެ މުދަލަށް ކަމަށެވެ.

ޔޫކްރޭންގެ އަސްކަރިއްޔާއިން ބުނީ، އިބްތިދާއީ މައުލޫމާތުތަކަށް ބަލާއިރު، ރަޝިޔާއިން ވަނީ ޒަޕޮރީޒިއާ އަށް ހަތް މިސައިލް ފޮނުވާލާފައެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2020

ވެއްޓުނު ޔޫކްރޭންގެ ފްލައިޓަށް މިސައިލް ހަމަލާއެއް އަރާ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުވެއްޖެ

10 ޖެނުއަރީ 2020
ވެއްޓުނު ޔޫކްރޭންގެ ފްލައިޓަށް މިސައިލް ހަމަލާއެއް އަރާ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުވެއްޖެ
19 ޑިސެމްބަރު 2019

ބޯކޯ ހަރާމް ޖަމާއަތުން ޗޭޑަށް އަރައި ބަޑީގެ ހަމަލާތަކެއްދީފި

19 ޑިސެމްބަރު 2019
ބޯކޯ ހަރާމް ޖަމާއަތުން ޗޭޑަށް އަރައި ބަޑީގެ ހަމަލާތަކެއްދީފި
16 ޑިސެމްބަރު 2019

އިންޑިއާގައި ކުރަމުންދާ މުޒާހަރާތައް ހޫނުވެ ބޮޑެތި ސިޓީތަކަށް ފެތުރިއްޖެ

16 ޑިސެމްބަރު 2019
އިންޑިއާގައި ކުރަމުންދާ މުޒާހަރާތައް ހޫނުވެ ބޮޑެތި ސިޓީތަކަށް ފެތުރިއްޖެ
28 އޯގަސްޓު 2018

ފިނި ހަނގުރާމައިގެ ފަހުން ބާއްވާ އެންމެ ވަރުގަދަ އަސްކަރީ ތަމްރީނުތައް ރަޝިޔާއިން ބާއްވަނީ

28 އޯގަސްޓު 2018
ފިނި ހަނގުރާމައިގެ ފަހުން ބާއްވާ އެންމެ ވަރުގަދަ އަސްކަރީ ތަމްރީނުތައް ރަޝިޔާއިން ބާއްވަނީ
07 އެޕްރީލު 2018

ނަރވް އެޖެންޓް ޙަމަލާގެ މައްސަލައިގައި ވާހަކަ ދައްކަން ރަޝިޔާއިން އިނގިރޭސީންނަށް ހުށަހަޅައިފި

07 އެޕްރީލު 2018
ނަރވް އެޖެންޓް ޙަމަލާގެ މައްސަލައިގައި ވާހަކަ ދައްކަން ރަޝިޔާއިން އިނގިރޭސީންނަށް ހުށަހަޅައިފި
03 ޖެނުއަރީ 2018

އިރާނުގެ ސަރުކާރަށް ތާއިދު ކުރާކަން ހާމަކޮށް އެކި ސިޓީތަކަށް އެތައް ހާސް ބަޔަކު އެއްވެއްޖެ

03 ޖެނުއަރީ 2018
އިރާނުގެ ސަރުކާރަށް ތާއިދު ކުރާކަން ހާމަކޮށް އެކި ސިޓީތަކަށް އެތައް ހާސް ބަޔަކު އެއްވެއްޖެ
30 ނޮވެމްބަރު 2017

އެމެރިކާގެ ސިޓީތަކަށް ފޯރާނެ މިސައިލެއް އުތުރު ކޮރެއާއިން ޓެސްޓްކޮސްފި

30 ނޮވެމްބަރު 2017
އެމެރިކާގެ ސިޓީތަކަށް ފޯރާނެ މިސައިލެއް އުތުރު ކޮރެއާއިން ޓެސްޓްކޮސްފި
27 ނޮވެމްބަރު 2017

ސޫރިޔާގައި ރަޝިޔާއިން ދިން ޙަމަލާއެއްގައި 53 މީހުން މަރުވެއްޖެ

27 ނޮވެމްބަރު 2017
ސޫރިޔާގައި ރަޝިޔާއިން ދިން ޙަމަލާއެއްގައި 53 މީހުން މަރުވެއްޖެ
07 އޮކްޓޯބަރު 2017

ކެޓަލޯނިއާގެ މިނިވަންކަމާ ދެކޮޅަށް އެތައް ހާސް ބަޔަކު ސްޕެއިންގެ ސިޓީތަކަށް އެއްވެއްޖެ

07 އޮކްޓޯބަރު 2017
ކެޓަލޯނިއާގެ މިނިވަންކަމާ ދެކޮޅަށް އެތައް ހާސް ބަޔަކު ސްޕެއިންގެ ސިޓީތަކަށް އެއްވެއްޖެ
21 ޖުލައި 2017

ރަޝިޔާ އާއި އެމެރިކާގެ ރައީސުން ޖީ20 ސަމިޓްގައި "ސިއްރު" ބައްދަލުވުމެއް ބޭއްވި ކަމަށް ދެކެވޭ ވާހަކަ ރަޝިޔާއިން ދޮގުކޮށްފި

21 ޖުލައި 2017
ރަޝިޔާ އާއި އެމެރިކާގެ ރައީސުން ޖީ20 ސަމިޓްގައި "ސިއްރު" ބައްދަލުވުމެއް ބޭއްވި ކަމަށް ދެކެވޭ ވާހަކަ ރަޝިޔާއިން ދޮގުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް