Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއުތުރު ކޮރެއާ

އެމެރިކާގެ ސިޓީތަކަށް ފޯރާނެ މިސައިލެއް އުތުރު ކޮރެއާއިން ޓެސްޓްކޮސްފި

30 ނޮވެމްބަރު 2017 | ބުރާސްފަތި 02:59

މިސައިލް ޓެސްޓާއި ގުޅިގެން އުތުރު ކޮރެއާއަށް އިތުރު ފިޔަވަޅު އަޅާނެކަމުގެ އިންޒާރު އެމެރިކާއިން ވަނީ ދީފައި

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު | 30 ނޮވެމްބަރު 2017 | ބުރާސްފަތި 02:59
އުތުރު ކޮރެއާއިން މީގެ ކުރިން ޓެސްޓްކުރި ހުވަސޮންގ-10 މިސައިލް ޓެސްޓްކުރަނީ

އުތުރު ކޮރެއާއިން މީގެ ކުރިން ޓެސްޓްކުރި ހުވަސޮންގ-10 މިސައިލް ޓެސްޓްކުރަނީ

އުތުރު ކޮރެއާއިން އަނެއްކާވެސް މިސައިލް ޓެސްޓެއްކުރުމާއި ގުޅިގެން އެޤައުމާއި ދޭތެރޭ އިތުރު ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހު އުތުރު ކޮރެއާއިން ޓެސްޓް ކުރި މިސައިލަކީ މިހާތަނަށް އެޤައުމުން ޓެސްޓްކުރި އެންމެ ބާރުގަދަ މިސައިލެވެ. އިންޓަކޮންޓިނެންޓަލް މި ބެލެސްޓިކް މިސައިލަކީ އެމެރިކާގެ ވެރިރަށް ވޮޝިންޓަނަށް ފޯރާނެ މިސައިލެއް ކަމަށް އުތުރު ކޮރެއާއިން ބުނެއެވެ. އުތުރު ކޮރެއާގެ ޤައުމީ ޓީވީއިން ބުނާ ގޮތުގައި އެޤައުމުގެ ލީޑަރު ކިމް ޖޮން އުން ހުންނެވީ މިސައިލް ޓެސްޓާއި މެދު ވަރަށް ހިތްޕުޅު ހަމަޖެހިފައެވެ. މިމިސައިލް 4 ހާސް 500 ކިލޯމީޓަރ އުހަށް އެރި އިރު، މިސައިލްގެ ރާސްތާ 13 ހާސް ކިލޯމީޓަރަށް އަރާނެ ކަމަށް ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އެހެން ކަމުން އުތުރު ކޮރެއާއިން ބޭނުން ވެއްޖެ ހިނދެއްގައި އެމެރިކާގެ ކޮންމެ ސިޓީއަކަށް ވެސް ހަމަލާ ދެވިދާނެއެވެ. އުތުރު ކޮރެއާގެ 'އެއްކޮށް ނެތިކޮށްލާނެ'ކަމަށް ކުރިން ވިދާޅުވެފައިވާ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ބުދަ ދުވަހު ޗައިނާގެ ރައީސް ޝީ ޖިންގްޕިންގ އާއި ފޯނުން ގުޅުއްވައި ވާހަކަ ދައްކަވާފައެވެ. އަދި އުތުރު ކޮރެއާއިން މިސައިލް ޓެސްޓެއް ކުރުމުން އަނެއްކާވެސް ފިޔަވަޅު އަޅާނެކަމަށް ޓްރަމްޕް ވިދާޅުވިއެވެ.

ބުދަ ދުވަހު އުތުރު ކޮރެއާއިން ޓެސްޓްކުރި މިސައިލަކީ މިދިޔަ ސެޕްޓެމްބަރު މަހުގެ 15ވަނަ ދުވަހު ޖަޕާނުގެ ހޮކައިޑޯ ޖަޒީރާ މަތިން ފޮނުވާލި މިސައިލްގެ ފަހުން އުތުރު ކޮރެއާއިން ޓެސްޓްކުރި ފުރަތަމަ މިސައިލެވެ.

އުތުރު ކޮރެއާގެ ޤައުމީ ޓީވީއިން ބުނީ ހުވަސޮންގް-15 ނަމުން ނަންދީފައިވާ މި މިސައިލް 4،475 (ހަތަރު ހާސް ހަތަރު ސަތޭކަ ހަތް ދިހަ ފަހެއް) ކިލޯ މީޓަރު އުހަށް އެރިކަމަށާއި، 53 މިނެޓް ތެރޭ 950 ކިލޯމީޓަރު ދުރުމިނަށް ދަތުރުކުރި ކަމަށެވެ. އަދި މިސައިލް ވައްޓާލާފައި ވަނީ ކުރިން ކަނޑައަޅާފައިވާ ކަނޑުގެ ސަރަހައްދަކަށް ކަމަށެވެ.

އުތުރު ކޮރެއާއިން އެމިސައިލް އެމެރިކާއަށް ފޯރާނެ ކަމަށް ބުނި ނަމަވެސް ދިރާސާކުރާ ބައެއް ފަރާތްތަކުން ބުނާ ގޮތުގައި އެމިސައިލް އެމެރިކާގެ ހުޅަނގު ބިތުގެ ސްޓޭޓްތަކާއި ހަމަޔަށް ވެސް ނުފޯރާނެއެވެ. އަދި އެމެރިކާއާއި ޗައިނާގެ އިތުރުން އެހެން ޤައުމުތަކުން ކަންބޮޑުވާ ދަރަޖައަށް އުތުރު ކޮރެއާގެ މިސައިލް ޕްރޮގްރާމް ތަރައްޤީވެފައިނުވާކަމަށް އެފަރާތްތަކުން ބުނެއެވެ.

އުތުރު ކޮރެއާއިން މިސައިލް ޓެސްޓެއްކުރުމާއި ގުޅިގެން އުތުރު ކޮރެއާގެ އެންމެ ގާތް ޤައުމުގެ ގޮތުގައި އޮންނަ ޗައިނާއިންވެސް ވަނީ ނުރުހުން ފާޅުކޮށްފައެވެ. ފަހަކަށް އައިސް ޗައިނާއާއި އުތުރު ކޮރެއާގެ ގުޅުން ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ. ޗައިނާގެ ޚާރިޖިއްޔާއިން ބުނީ ކޮރެއާ ސަރަހައްދުގެ މަސްރަހު އިތުރަށް ގޯސްވާނެ ހުރިހާ ކަމެއް ހުއްޓާލުމަށް އުތުރު ކޮރެއާއަށް ގޮވާލާކަމަށެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

12 ފެބުރުއަރީ 2017

އުތުރު ކޮރެއާއިން އަނެއްކާވެސް ބެލަސްޓިކް މިސައިލެއް ފޮނުވާލައިފި

12 ފެބުރުއަރީ 2017
އުތުރު ކޮރެއާއިން އަނެއްކާވެސް ބެލަސްޓިކް މިސައިލެއް ފޮނުވާލައިފި
08 ފެބުރުއަރީ 2017

އެމެރިކާގެ އަސްލު "ސޫރަ" ދައްކާތީ އިރާނުގެ ޝުކުރު ޓްރަންޕަށް!

08 ފެބުރުއަރީ 2017
އެމެރިކާގެ އަސްލު "ސޫރަ" ދައްކާތީ އިރާނުގެ ޝުކުރު ޓްރަންޕަށް!
07 ފެބުރުއަރީ 2017

އެމެރިކާގެ ނައިބް ރައީސް ވެސް އިރާނަށް އިންޒާރު ދެއްވައިފި

07 ފެބުރުއަރީ 2017
އެމެރިކާގެ ނައިބް ރައީސް ވެސް އިރާނަށް އިންޒާރު ދެއްވައިފި
04 ފެބުރުއަރީ 2017

ރަށްތަކުގެ މިލްކުވެރިކަމާ މެދު ޖަޕާނާއި ޗައިނާއާ ދެމެދު އުފެދިފައިވާ މައްސަލާގައި ޖަޕާން ދިފާއު ކުރާނަން: އެމެރިކާގެ ޑިފެންސް ސެކްރެޓަރީ

04 ފެބުރުއަރީ 2017
ރަށްތަކުގެ މިލްކުވެރިކަމާ މެދު ޖަޕާނާއި ޗައިނާއާ ދެމެދު އުފެދިފައިވާ މައްސަލާގައި ޖަޕާން ދިފާއު ކުރާނަން: އެމެރިކާގެ ޑިފެންސް ސެކްރެޓަރީ
03 ފެބުރުއަރީ 2017

ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފި ނަަމަ އުތުރު ކޮރެއާ އަށް "އަސަރުކުރާ ފަދަ ވަރަށް ބޮޑު" ނަތީޖާއަކާ ކުރިމަތިލާން ޖެހޭނެ: އެމެރިކާ

03 ފެބުރުއަރީ 2017
ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފި ނަަމަ އުތުރު ކޮރެއާ އަށް "އަސަރުކުރާ ފަދަ ވަރަށް ބޮޑު" ނަތީޖާއަކާ ކުރިމަތިލާން ޖެހޭނެ: އެމެރިކާ
02 ފެބުރުއަރީ 2017

އެމެރިކާގެ ވިސާ އޮތް މީހަކު ޓްރަމްޕާ ދެކޮޅަށް ދައުވާ އުފުލައިފި

02 ފެބުރުއަރީ 2017
އެމެރިކާގެ ވިސާ އޮތް މީހަކު ޓްރަމްޕާ ދެކޮޅަށް ދައުވާ އުފުލައިފި
29 ޖެނުއަރީ 2017

އެމެރިކާގެ މިސްކިތެއްގައި ރޯކޮށްލައިފި

29 ޖެނުއަރީ 2017
އެމެރިކާގެ މިސްކިތެއްގައި ރޯކޮށްލައިފި
26 ޖެނުއަރީ 2017

މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި

26 ޖެނުއަރީ 2017
މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި
12 ޖެނުއަރީ 2017

އެމެރިކާގެ ޖާސޫސީ އިދާރަތައް ޓްރަމްޕް ކުށްވެރިކުރައްވައިފި

12 ޖެނުއަރީ 2017
އެމެރިކާގެ ޖާސޫސީ އިދާރަތައް ޓްރަމްޕް ކުށްވެރިކުރައްވައިފި
11 ޖެނުއަރީ 2017

އުތުރު ކޮރެއާގެ "ނުރައްކާތެރި މިސައިލްތަަކަކަށް ނުވާ ނަމަ" ވައްޓައެއް ނުލާނެ: އެމެރިކާ

11 ޖެނުއަރީ 2017
އުތުރު ކޮރެއާގެ "ނުރައްކާތެރި މިސައިލްތަަކަކަށް ނުވާ ނަމަ" ވައްޓައެއް ނުލާނެ: އެމެރިކާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް