Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރަޝިޔާގެ އަސްކަރީ ތަމްރީނުތައް

ފިނި ހަނގުރާމައިގެ ފަހުން ބާއްވާ އެންމެ ވަރުގަދަ އަސްކަރީ ތަމްރީނުތައް ރަޝިޔާއިން ބާއްވަނީ

ރަޝިޔާގެ އިތުރުން ޗައިނާ އަދި މޮންގޯލިއާގެ ސިފައިން ބައިވެރިވާނެ

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު | 28 އޯގަސްޓު 2018 | އަންގާރަ 23:35
މި ތަމްރީނުތަކުގައި ރަޝިޔާގެ އަސްކަރިއްޔާގެ ގިނަ ޔުނިޓްތަކެއް ބައިވެރިވާނެ

މި ތަމްރީނުތަކުގައި ރަޝިޔާގެ އަސްކަރިއްޔާގެ ގިނަ ޔުނިޓްތަކެއް ބައިވެރިވާނެ

ފިނި ހަނގުރާމައިގެ ދުވަސްވަރަށްފަހު، ފާއިތުވި ސާޅީހަކަށް އަހަރު ތެރޭ ރަޝިޔާއިން ބާއްވާ އެންމެ ވަރުގަދަ އަސްކަރީ ތަމްރީނުތަކަށް އެޤައުމުން ތައްޔާރުވެއްޖެއެވެ.

އަންނަ ސެޕްޓެމްބަރު މަހުގެ 11 އިން 15 އަށް ބާއްވާ މި އަސްކަރީ ތަމްރީނުތަކުގައި ރަޝިޔާގެ އިތުރުން ޗައިނާ އަދި މޮންގޯލިއާގެ ސިފައިން ބައިވެރިވާނެއެވެ. އަންގާރަ ދުވަހު ނެރުއްވި ބަޔާނެއްގައި ރަޝިޔާގެ ދިފާޢި ވަޒީރު ސަރްގޭ ޝޮއިގޫ ވިދާޅުވީ މި ތަމްރީނުތަކުގައި 3 ލައްކައަށްވުރެ ގިނަ ސިފައިން ބައިވެރިވާނެކަމަށެވެ. އަދި ހާހަކަށްވުރެ ގިނަ އަސްކަރީ މަތިންދާބޯޓާއި، ރަޝިޔާގެ ކަނޑުގެ ސިފައިންގެ ދެ ފްލީޓުގެ އިތުރުން އެޤައުމުގެ އަސްކަރިއްޔާގެ އެއަރބޯން ހުރިހާ ޔުނިޓެއް ބައިވެރިވާނެކަމަށްވެސް ޝޮއިގޫގެ ބަޔާނުގައި ވެއެވެ.

ޝޮއިގޫ ވިދާޅުވީ މި ތަމްރީނުތަކަކީ މީގެ ކުރިން ދުވަހަކުވެސް ބާއްވާފައި ނުވާފަދަ ބޮޑު، އަދި މީގެ ކުރިން ދުވަހަކުވެސް އަސްކަރީ ތަމްރީނުތަކެއްގައި ބައިވެރިނުވާ އަދަދަށް ސިފައިން ބައިވެރިވާ ތަމްރީނުތަކެއްކަމަށެވެ. އަދި ތަމްރީނުތައް ކުރިއަށްދާނީ ހަނގުރާމައިގެ ޙާލަތާއި ވީހާވެސް އެއްގޮތަށްކަމަށް އޭނާ ވިދާޅުވިއެވެ.

މި ތަމްރީނުތައް ކުރިއަށްދާނީ މެދުތެރޭ އަދި އިރުމަތީ ރަޝިޔާގައެވެ.

ތަމްރީނުތައް ކުރިއަށްދާ ވަގުތު ދިމާވަނީ ރަޝިޔާއާއި ހުޅަނގުގެ ޤައުމުތަކާއި، ޚާއްސަކޮށް ވިލާތުގެ ޤައުމުތަކާއި ދެމެދު އޮންނަ ގުޅުންތައް ވަރަށް ބޮޑަށް ގޯސްވެފައިވާ ދަނޑިވަޅަކާއެވެ.

ރަޝިޔާއިން 2014 ވަނަ އަހަރު ކްރައިމިއާ ހިފި ފަހުންނާއި އަދި އިރުމަތީ ޔޫކްރެއިންގައި ރަޝިޔާ އަޑީގައި އޮވެގެން ހަމަނުޖެހުންތަކެއް އުފެއްދުމާއި ގުޅިގެން އިރުމަތީ ޔޫރަޕްގައި ނޭޓޯގެ ފައުޖުތައް ރުކުރުވާލާފައިވާކަމަށް އުތުރު އެޓްލާންޓިކްގެ އަސްކަރީ އިއްތިޙާދުން ވަނީ ބުނެފައެވެ. އަދި މި ތަމްރީނުތަކާއި ބެހޭ ގޮތުން މިދިޔަ މެއި މަހު ރަޝިޔާއިން ނޭޓޯއަށް މައުލޫމާތު ދީފައިވާކަމަށާއި، ތަމްރީނުތައް ކުރިއަށްދާ ގޮތް މޮނީޓަރކުރާނެކަމަށް އެޖަމާޢަތުގެ ތަރުޖަމާނު ޑިލަން ވައިޓް ވިދާޅުވިއެވެ. ރަޝިޔާއިން ވަނީ ތަމްރީނުތައް އޮބްޒަރވްކުރުމަށް މޮސްކޯގައި ތިއްބަވާ ނޭޓޯ ޤައުމުތަކުގެ މިލިޓަރީ އެޓާޝޭއިންނަށް ދައުވަތުވެސް އަރުވާފައެވެ. އެހެންނަމަވެސް އެދައުވަތާއި މެދު އަދި ގޮތެއް ނުނިންމާކަމަށް ނޭޓޯއިން ބުނެއެވެ.

ހުޅަނގުގެ ޤައުމުތަކުގެ އިތުރުން މި އަސްކަރީ ތަމްރީނުތަކާއި ގުޅިގެން ޖަޕާނުންވެސް ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ. އޭޝިއާ ޕެސިފިކް ސަރަހައްދުގައި ރަޝިޔާގެ އަސްކަރީ ނުފޫޒު ބޮޑުވަމުންދާ މައްސަލައިގައި އެޤައުމުން މިހާރުވެސް ވަނީ ހިތްހަމަނުޖެހިފައެވެ. އަސްކަރީ ތަމްރީންތައް ކުރިއަށްދާ ދުވަސްވަރާއި ދިމާކޮށް ރަޝިޔާގެ އިރުމަތީގައި އޮންނަ ވްލަޑިވޮސްޓޮކްއަށް ޖަޕާނުގެ ބޮޑުވަޒީރު ޝިންޒޯ އަބޭ ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވާކަމަށްވެއެވެ. ޖަޕާނުގެ ޚާރިޖީ ވުޒާރާގެ އޮފިޝަލަކާއި ހަވާލާދީ އަލްޖަޒީރާއިން ބުނީ ޗައިނާއާއި ރަޝިޔާއާއި ދެމެދު ބަދަހިވަމުންދާ އަސްކަރީ ގުޅުމަށް ޓޯކިޔޯއިން ފާރަވެރިވެ އޮތްކަމަށެވެ.

ރަޝިޔާއިން ބާއްވާ އަސްކަރީ ތަމްރީނުތަކަށް ޗައިނާއިން 3200 ސިފައިންނާއި 900 ވަރަކަށް ހަތިޔާރު ޔުނިޓް ފޮނުވާނެކަމަށް ޗައިނާގެ ރަސްމީ ޚަބަރުފަތުރާ ވަޞީލަތްތަކުން ރިޕޯޓްކުރެއެވެ.

ތަމްރީނުތަކަކީ ހުޅަނގުގެ ޤައުމުތައް ރުޅިއަރުވަން ރަޝިޔާއިން ކުރާކަމެއްކަމަށް ކުރެވޭ ތުހުމަތުތަކަށް ރައްދު ދެއްވަމުން ރަޝިޔާ ސަރުކާރުގެ ތަރުޖަމާނެއްކަމަށްވާ ޑިމިޓްރީ ޕެސްކޯފް ވިދާޅުވީ ރަޝިޔާއަށް ކުރިމަތިވަމުންދާ ބިރުތަކަށް ކުރިމަތިލުމަށް މިފަދަ ތަމްރީނުތަކަކީ މިވަގުތަށް މުހިއްމު ތަމްރީނުތަކެއްކަމަށެވެ.

އިތުރަށް ކިޔާލަން

07 އެޕްރީލު 2017

ސީރިއާގެ އަސްކަރީ ވައިގެ މަރުކަޒަކަށް އެމެރިކާ އިން ހަމަލާދީފި

07 އެޕްރީލު 2017
ސީރިއާގެ އަސްކަރީ ވައިގެ މަރުކަޒަކަށް އެމެރިކާ އިން ހަމަލާދީފި
09 މާރިޗު 2017

ދެ ކޮރެއާ ސަރަހައްދުގެ ހަލަބޮލިކަން ފިނިކުރުމަށް ޗައިނާއިން ހުށަހެޅި ހުށަހެޅުމަށް ދެކުނު ކޮޮރެއާ އާއި އެމެރިކާ އިން އިންކާރުކޮށްފި

09 މާރިޗު 2017
ދެ ކޮރެއާ ސަރަހައްދުގެ ހަލަބޮލިކަން ފިނިކުރުމަށް ޗައިނާއިން ހުށަހެޅި ހުށަހެޅުމަށް ދެކުނު ކޮޮރެއާ އާއި އެމެރިކާ އިން އިންކާރުކޮށްފި
08 މާރިޗު 2017

ކާބުލްގައި ހުންނަ އެންމެ ބޮޑު އަސްކަރީ ހޮސްޕިޓަލަށް ދިން ހަމަލާއެއްގައި 30 އަށްވުރެ ގިނަ މަރު

08 މާރިޗު 2017
ކާބުލްގައި ހުންނަ އެންމެ ބޮޑު އަސްކަރީ ހޮސްޕިޓަލަށް ދިން ހަމަލާއެއްގައި 30 އަށްވުރެ ގިނަ މަރު
02 މާރިޗު 2017

މުސްލިމުންނާ ދޭތެރޭ ހިންގާ އަސްކަރީ އޮޕަރޭޝަނަކީ ހަނގުރާމަވެރިންގެ އަމަލުތައް ހުއްޓުވުމަށް ކޮންމެހެން ކުރަން ޖެހޭ ކަމެއް: މިޔަންމާ އަސްކަރިއްޔާ

02 މާރިޗު 2017
މުސްލިމުންނާ ދޭތެރޭ ހިންގާ އަސްކަރީ އޮޕަރޭޝަނަކީ ހަނގުރާމަވެރިންގެ އަމަލުތައް ހުއްޓުވުމަށް ކޮންމެހެން ކުރަން ޖެހޭ ކަމެއް: މިޔަންމާ އަސްކަރިއްޔާ
12 ފެބުރުއަރީ 2017

އަސްކަރީ ފުލުހުން މަސައްކަތަށް ނުނިކުތުމުން ބްރެޒިލްގައި ސަތޭކައަށްވުރެ ގިނަ މަރު

12 ފެބުރުއަރީ 2017
އަސްކަރީ ފުލުހުން މަސައްކަތަށް ނުނިކުތުމުން ބްރެޒިލްގައި ސަތޭކައަށްވުރެ ގިނަ މަރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު