Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޕީއެސްޖީ

ގިނަ ދުވަސްތަކަކަށްފަހު ރިކޯ ކޯމާ އިން ނަގައިފި

ރިކޯ، ކޯމާ އަށް ލާން ޖެހުނީ އަސް ދުއްވުމުގެ ތެރޭގައި ވެއްޓި އޭނާ އަށް ލިބުނު ސީރިއަސް އަނިޔާއެއްގެ ސަބަބުން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 20 ޖޫން 2023 | އަންގާރަ 02:17
ސާޖިއޯ ރިކޯ

ސާޖިއޯ ރިކޯ

ގިނަ ދުވަސްތަކަކަށްފަހު ފްރާންސް ލީގުގެ ޗެމްޕިއަން ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ)ގެ ދެ ވަނަ ގޯލް ކީޕަރު ސާޖިއޯ ރިކޯ, ކޯމާ އިން ނަގައިފި އެވެ.

ރިކޯ, ކޯމާ އަށް ލާން ޖެހުނީ އަސް ދުއްވުމުގެ ތެރޭގައި ވެއްޓި އޭނާ އަށް ލިބުނު ސީރިއަސް އަނިޔާއެއްގެ ސަބަބުންނެވެ. ރިކޯގެ ބޮލަށް ލިބުނު އަނިޔާއެއްގެ ސަބަބުން ސްޕެއިންގެ ސެވިއްޔާގައި ހުންނަ ހޮސްޕިޓަލެެއްގައި ފަރުވާ ދީފަ އެވެ. އޭރު ވެސް ޑޮކްޓަރުންނާ ހަވާލާދީ ރިކޯގެ އާއިލާ އިން ބުނަމުން އައީ އޭނާގެ ހާލު ސީރިއަސް ކަމަށެވެ.

އެކަމާ ގުޅިގެން ރިކޯގެ އަންހެނުން އަލްބާ ސިލްވާ ބުނީ، އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް ރިކޯގެ ހާލު ރަނގަޅުވާނެ ކަމަށް އޭނާ އުންމީދު ކޮށްގެން ހުރި ކަމަށެވެ. އޭނާ ބުނީ އެކަމުގެ އަލި މަގެެއް މިހާރު ފެނިފައިވާ ކަމަށާއި، ރިކޯގެ ޑޮކްޓަރުން ކުރަމުން އަންނަނީ ބުރަ މަސައްކަތެއް ކަމަށެވެ. އެހެންކަމުން މިވަގުތު ރިކޯ, ކޯމާ އިން ނަގާފައިވާއިރު، ކުރިއަށް އޮތް ދުވަސްތަކުގައި އޭނާގެ ހާލު އިތުރަށް ރަނގަޅުވެގެން ދާނެ ކަމަށް އުންމީދު ކުރާ ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ.

ރިކޯ އަންނަނީ ލޯނު އެއްބަސްވުމެެއްގެ ދަށުން ސްޕެނިޝް ލީގުގެ މަޔޯކާ އަށް ކުޅެމުންނެވެ. އޭނާ އެންމެ ފުރަތަމަ ޕީއެސްޖީ އަށް ބަދަލުވީ ލޯނު އެއްބަސްވުމެއްގެ ދަށުން 2019 ވަނަ އަހަރު އެވެ. އެއް އަހަރު އެ ކުލަބަށް ކުޅުމަށްފަހު 2020 ވަނަ އަހަރު ވަނީ ދާއިމީ އެއްބަސްވުމެއް އެކުލަވާލައިފަ އެވެ. އެ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ އަންނަ އަހަރު އެވެ. ލޯނު އެއްބަސްވުމެއްގެ ދަށުން ރިކޯ, މަޔޯކާ އަށް ބަދަލުވީ މިދިޔަ އަހަރު އެވެ.

އިތުރަށް ކިޔާލަން

14 މާރިޗު 2017

ޕީއެސްޖީ އަދި ބާސާ ކުޅުނު މެޗު އަލުން ކުޅެން ދެ ލައްކައަށްވުރެ ގިނަ ސަޕޯޓަރުން ޕެޓިޝަނެއްގައި ސޮއިކޮށްފި

14 މާރިޗު 2017
ޕީއެސްޖީ އަދި ބާސާ ކުޅުނު މެޗު އަލުން ކުޅެން ދެ ލައްކައަށްވުރެ ގިނަ ސަޕޯޓަރުން ޕެޓިޝަނެއްގައި ސޮއިކޮށްފި
09 މާރިޗު 2017

މައިލޯ ތިންވަނަ އިންޓަރ ސްކޫލް ހޭންޑްބޯޅަ މުބާރާތުގެ ގުރު ނަގައިފި

09 މާރިޗު 2017
މައިލޯ ތިންވަނަ އިންޓަރ ސްކޫލް ހޭންޑްބޯޅަ މުބާރާތުގެ ގުރު ނަގައިފި
07 މާރިޗު 2017

ޕްރިމިއާ ލީގު: ވެސްޓްހަމް ބަލިކޮށް ޗެލްސީއަށް 10 ޕޮއިންޓްގެ ލީޑެއް ނަގައިފި

07 މާރިޗު 2017
ޕްރިމިއާ ލީގު: ވެސްޓްހަމް ބަލިކޮށް ޗެލްސީއަށް 10 ޕޮއިންޓްގެ ލީޑެއް ނަގައިފި
19 ފެބުރުއަރީ 2017

މޯހަން ބަގާންގެ ހެޑްކޯޗާއެކު ގިނަ ކުޅުންތެރިން އޭއެފްސީ ކަޕް މެޗަށް ރާއްޖެ ނާދޭ

19 ފެބުރުއަރީ 2017
މޯހަން ބަގާންގެ ހެޑްކޯޗާއެކު ގިނަ ކުޅުންތެރިން އޭއެފްސީ ކަޕް މެޗަށް ރާއްޖެ ނާދޭ
14 ފެބުރުއަރީ 2017

ޝައިހް ކަމާލް ކަޕްގެ ގުރު ނަގައިފި، ޓީސީ ވަރުގަދަ ގްރޫޕެއްގައި

14 ފެބުރުއަރީ 2017
ޝައިހް ކަމާލް ކަޕްގެ ގުރު ނަގައިފި، ޓީސީ ވަރުގަދަ ގްރޫޕެއްގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު