Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއާރުޓީއެލް ފެރީގެ ޚިދުމަތް

ޖުލައި މަހުގެ ތެރޭގައި އާރުޓީއެލް ފެރީ ހުވަދު އަތޮޅުގައި ފެށުމުގެ ތައްޔާރީތައް އަންނަނީވަމުން: އާޒިމް

މިހާރުވެސް އެމްޓީސީސީގެ ޓީމުތައް ހުވަދު އަތޮޅަށް ދަތުރުކޮށް ރައްޔިތުންނާ ބައްދަލުކޮށް މައުލޫމާތު އަންނަނީ ދެމުން

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 19 ޖޫން 2023 | ހޯމަ 14:09
އާރް.ޓީ.އެލްގެ ޚިދުމަތް

އާރް.ޓީ.އެލްގެ ޚިދުމަތް

ޖުލައިމަހުގެ ތެރޭގައި ގއ އަދި ގދ އަތޮޅުގައި ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރް.ޓީ.އެލް) ސްޕީޑް ފެރީގެ ނިޒާމު ފެށުމަށް އެމްޓީސީސީން މަސައްކަތްކުރަމުން އަންނައިރު މިހާރު އެކަމުގެ ތައްޔާރީތައްވަމުން އަންނަކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)ގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

ހުވަދު އަތޮޅުގައި އާރުޓީއެލް ފެރީގެ ޚިދުމަތް ފެށުމަށް ކުރަމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން ރާއްޖެޓީވީގެ "ފަލަސުރުޚީ" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އާޒިމް ވިދާޅުވީ ދަތުރުތައް ފެށުމަށް ވާންޖެހޭ ތައްޔާރީތައްވުމަށް އެމްޓީސީސީގެ ޓީމުތައް ދެ ފަހަރެއްގެ މަތިން ހުވަދު އަތޮޅަށް ދަތުރުކޮށް ރައްޔިތުންނާ ބައްދަލުކޮށްފައިވާކަމަށެވެ. އަދި ޕްލޭނިންގ މިނިސްޓްރީންވެސް ހުވަދު އަތޮޅުގެ ރަށްތަކަށް ދަތުރުކޮށް ރައްޔިތުންނާ ބައްދަލުކޮށްފައިވާކަމަށް އާޒިމް ވިދާޅުވިއެވެ.

މީގެއިތުރުން މިހާރުވެސް އެމްޓީސީސީގެ ޓީމުތައް ހުވަދު އަތޮޅަށް ދަތުރުކޮށް ރައްޔިތުންނާ ބައްދަލުކޮށް މައުލޫމާތު ދެމުންދާކަމަށް އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ މަސައްކަތްތައް މިހާރު ދާ ގޮތުން ޖުލައި މަހުގެ ތެރޭގައި ހުވަދު އަތޮޅުގައި އާރުޓީއެލް ފެރީގެ ޚިދުމަތް ފެށޭނެކަމުގެ އުންމީދު ބޮޑުކަމަށެވެ.

މި މަޝްރޫޢުގެ ފޭސް 1 ގެ ދަށުން، ޒޯން 1 ގެ ހއ. ހދ. އަދި ށ. އަތޮޅަށް މިހާރުވަނީ ރާއްޖެ ޓްރާންސްޕޯޓް ލިންކް ސްޕީޑް ފެރީގެ ޙިދުމަތް ދޭން ފެށިފައެވެ. މީގެ އިތުރުން ޅ އަތޮޅުގައި ވެސް މި ހިދުމަތްވަނީ ދޭން ފަށާފައެވެ.

މި މަޝްރޫޢުގެ ފޭސް 2 އަދި ފޭސް 3 ގައި 17 އަތޮޅަށް ޚިދުމަތް ދޭންފެށި މުޅި ރާއްޖެ ކަނޑު ދަތުރުފަތުރުގެ ވިއުގައަކުން ގުޅާލެވިގެންދާނެއެވެ. މިއީ އަތޮޅުތަކުގެ ރައްޔިތުންނަށް އިޤްތިސާދީ ގޮތުންނާއި އިޖުތިމާޢީ ގޮތުން ފައިދާތަކެއް ކުރާނެ ޚިދުމަތެކެވެ.

އާރް.ޓީ.އެލް ސްޕީޑް ފެރީގެ ޙިދުމަތް 6 ޒޯނުގައި ފެށިގެން ދާއިރު، ޒަމާނީ ފެރީގެ ޙިދުމަތް ދޭ 82 އުޅަނދެއް އޮންނާނެއެވެ. 188 ފެރީ ޓާރމިނަލް ހުންނާނެއެވެ. އަދި މި އުޅަނދުތަކަށް ޙިދުމަތް ދޭނެ ބޯޓުޔާރޑު ރާއްޖޭގެ ތިން ސަރަޙައްދެއްގައި ޤާއިމުކުރެވިފައި ހުންނާނެއެވެ.

މުޅި ރާއްޖެ ކަނޑުމަގުން ގުޅާލެވޭ ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރް.ޓީ.އެލް) ހައި ސްޕީޑް ފެރީ ޚިދުމަތަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިހުގެ ރިޔާސީ ވަޢުދުފުޅެކެވެ. މިގޮތުގެ މަތިން، "އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯރކް" މަޝްރޫޢުގެ ފުރަތަމަ ފިޔަވަހި ސަރުކާރުން އެމްޓީސީސީއާއި ހަވާލުކުރީ 17 ޖެނުއަރީ 2021 ވަނަ ދުވަހުއެވެ.

އިތުރަށް ކިޔާލަން

03 މާރިޗު 2017

އައިޖީއެމްއެޗްއިން ސިޒޭރިއަނެއް ހެދުމުގެ ތެރޭގައި ކުއްޖާގެ ފައި ބިނދިއްޖެ

03 މާރިޗު 2017
އައިޖީއެމްއެޗްއިން ސިޒޭރިއަނެއް ހެދުމުގެ ތެރޭގައި ކުއްޖާގެ ފައި ބިނދިއްޖެ
20 ފެބުރުއަރީ 2017

ރައްޔިތުންގެ ތެރޭގައި ޝައްކު އުފެދިދާނެ ފަދަ ހަދިޔާއެއްގައި ރާއްޖެޓީވީގެ މުވައްޒަފުން ނުހިފާނެ

20 ފެބުރުއަރީ 2017
ރައްޔިތުންގެ ތެރޭގައި ޝައްކު އުފެދިދާނެ ފަދަ ހަދިޔާއެއްގައި ރާއްޖެޓީވީގެ މުވައްޒަފުން ނުހިފާނެ
02 ފެބުރުއަރީ 2017

15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން

02 ފެބުރުއަރީ 2017
15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން
31 ޖެނުއަރީ 2017

ރައީސް ޔާމީން ވާހަކަ ދެއްކެވީ ހަގީގަތް އޮޅުވާލަން، ޕާޓީތެރޭގައި ބައިބައިވުން އެބަ އޮތް:މައުމޫނު

31 ޖެނުއަރީ 2017
 ރައީސް ޔާމީން ވާހަކަ ދެއްކެވީ ހަގީގަތް އޮޅުވާލަން، ޕާޓީތެރޭގައި ބައިބައިވުން އެބަ އޮތް:މައުމޫނު
24 ޖެނުއަރީ 2017

މާލޭގެ ގެއެއްގެ ތެރޭގައި ލަންކާ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ

24 ޖެނުއަރީ 2017
މާލޭގެ ގެއެއްގެ ތެރޭގައި ލަންކާ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ
24 ޖެނުއަރީ 2017

މާފަންނު ގެއެއްގެ ތެރޭގައި އަންހެނަކު މަރުވެފައި އޮއްވާ ފެނިއްޖެ

24 ޖެނުއަރީ 2017
މާފަންނު ގެއެއްގެ ތެރޭގައި އަންހެނަކު މަރުވެފައި އޮއްވާ ފެނިއްޖެ
23 ޖެނުއަރީ 2017

ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި

23 ޖެނުއަރީ 2017
ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި
22 ޖެނުއަރީ 2017

ސައިކަލް ޓެކްސީގެ ޚިދުމަތް މިހަފްތާ ތެރޭގައި ފެށޭނެ: ޓްރާންސްޕޯޓް

22 ޖެނުއަރީ 2017
ސައިކަލް ޓެކްސީގެ ޚިދުމަތް މިހަފްތާ ތެރޭގައި ފެށޭނެ: ޓްރާންސްޕޯޓް
18 ޖެނުއަރީ 2017

ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ

18 ޖެނުއަރީ 2017
ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ
07 ޖެނުއަރީ 2017

އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލްގެ ތެރޭގައި އެނަޖީ ޑްރިންކް ވިއްކުން މަނާކޮށްފި

07 ޖެނުއަރީ 2017
އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލްގެ ތެރޭގައި އެނަޖީ ޑްރިންކް ވިއްކުން މަނާކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު