Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމާލޭގެ ސްޓޯމް ވޯޓަރ ސިސްޓަމް

މާލޭގެ ސްޓޯމް ވޯޓަރ ސިސްޓަމްގެ އެއްބަސްވުމުގެ މަސައްކަތް ކުރިއަށް އެބަދޭ، މިހާރު ކުރިއަށް ދަނީ ލީގަލް ޓީމުން ކުރަން ހުރި ބައެއް މަސައްކަތްތައް - ޝާހު

18 ޖޫން 2023 | އާދީއްތަ 13:02

މި މަސައްކަތުގެ އެއްބަސްވުން އަވަސް ކުރުމަށް ޕްލޭނިން މިނިސްޓްރީން ވެސް ވަރަށް ޚާއްސަ ސަމާލުކަމެއް ދެއްވާ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 18 ޖޫން 2023 | އާދީއްތަ 13:02
 މޯލްޑިވްސް ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ)ގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހް

މޯލްޑިވްސް ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ)ގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހް

މާލޭގެ ސްޓޯމް ވޯޓަރ ސިސްޓަމް އަޕްގްރޭޑްކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރިއަށްދާ ކަމަށާއި، މިހާރު ކުރިއަށް ދަނީ އެގްރީމެންޓްގައި ހުރި ބައެއް ޤާނޫނީ ކަންކަމާއި ގުޅޭގޮތުން ކުރަން ޖެހޭ މަޝްވަރާތަކުގެ މަސައްކަތް ކަމަށް މޯލްޑިވްސް ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ)ގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހް ވިދާޅުވެއްޖެއެވެ.

އޭނާ އެފަދައިން ވިދާޅުވީ ރާއްޖެ ޓީވީގެ ފަލަ ސުރުހީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.

Advertisement - newsAdvertisement

އޭނާ ވިދާޅުވީ މާލޭގެ ސްޓޯމް ވޯޓަރ ސިސްޓަމްގެ ޑިޒައިން އިތުރަށް ފުރިހަމަކޮށް ކެޕޭސިޓީ ބިލްޑްކުރުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށް ޤަބޫލުކުރައްވާ ކަމަށެވެ. އެހެންކަމުން މާލޭގެ ފެންބޮޑުވުން ހައްލުކުރުމަށްޓަކައި, ސްޓޯމް ވޯޓަރ ސިސްޓަމްގެ އެއްބަސްވުން އައުކުރުމުގެ މަސައްކަތް އަވަސް ކުރުމަށް އެމްޑަބްލިއުއެސްސީ އާއި ޕްލޭނިން މިނިސްޓްރީން ވެސް ވަރަށް ބޮޑަށް އިސްކަން ދޭ ކަމަށް އޭނާ ވިދާޅުވިއެވެ. އެ މަސައްކަތުގެ ތެރެއިން މިހާރު ކުރިއަށް ދަނީ ލީގަލް ޓީމުން ކުރަން ޖެހޭ މަސައްކަތްތައް ކަމަށް ވެސް ޝާހު ވިދާޅުވިއެވެ.

އެގޮތުން މިހާރު އެއްބަސްވުމާއި މެދު ވަކިގޮތަކަށް ނުނިމި ވަނީ ދެ ކަންތައް ކަމަށް ޝާހް ވިދާޅުވިއެވެ. އޭގެ ތެރޭގައި ހިމެނޭ އެއް ކަމަކީ އެމްޑަބްލިއުއެސްސީގެ ފަރާތުން ސްޓޯމް ވޯޓަރ ސިސްޓަމް އަހަރަކު ދެ ފަހަރު ސާފުކުރަން ޕްލޭނިން މިނިސްޓްރީން އެދިފައިވުން ކަމަށް ޝާހު ވިދާޅުވިއެވެ. އެހެންނަމަވެސް އެއީ އެމްޑަބްލިއުއެސްސީ އަށް ގެއްލުން ވާނެ ކަމެއް ކަމަށް އެ ކުންފުނީގެ ޓެކްނިކަލް ބޭފުޅުން ލަފާ ދެއްވާފައި ވާތީ، އެ ކަމާއި މެދު މަޝްވަރާ ކުރަމުންދާ ކަމަށް ޝާހު ވިދާޅުވިއެވެ. އަދި ދެ ވަނަ ކަމަކީ އެ ސިސްޓަމާއި މެދު އެމްޑަބްލިއުއެސްސީން ހުށަހަޅާ ރިޕޯޓް 30 ދުވަސް ތެރޭގައި ހުށަނާޅައިފި ނަމަ ޕޭމެންޓް ނުލިބޭ ގޮތަށް އެއްބަސްވުމުގައި ހިމަނާފައިވުން ކަމަށް ޝާހު ވިދާޅުވިއެވެ. އެހެންކަމުން ދެ ފަރާތުގެ ލީގަލް ޓީމާއި އެކު އެ ދެ ނުކުތާ އާާއި މެދު ގޮތެއް ނިންމުމަށް މަޝްވަރާކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

މާލޭގެ ސްޓޯމް ވޯޓަރ ސިސްޓަމްގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް އެކުލަވާލާފަައިވާ އެއްބަސްވުން މިދިޔަ އަހަރުގެ ފަހުކޮޅު ވަނީ ހަމަވެފައެވެ. އެހެންނަމަވެސް އެ ނިޒާމް ބެލެހެއްޓުމުގެ މަސައްކަތް އެމްޑަބްލިއުއެސްސީން ދަނީ އަދިވެސް ކުރަމުންނެވެ. އަދި މި މަސައްކަތުގެ އެއްބަސްވުން އަވަސް ކުރުމަށް ޕްލޭނިން މިނިސްޓްރީން ވެސް ވަރަށް ޚާއްސަ ސަމާލުކަމެއް ދެއްވައެވެ.

މާލޭގެ ސްޓޯމް ވޯޓަރ ސިސްޓަމް އަޕްގްރޭޑްކޮށްފައި ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އަމީނީ މަގުގެ މާފަންނުކޮޅާ ވީ ދިމާއިން ފެންބޮޑުވާ މަައްސަލައަށް ވަގުތީގޮތުން ހައްލެއް ހޯދުމުގެ ގޮތުން ކަމަށް އެމްޑަބްލިއުއެސްސީން ބުނެއެވެެ. އަދި އޭރު އެމްޑަބްލިއުއެސްސީން ޑިޒައިން އެންޑް ބިލްޑް އުސޫލުން އެ މަސައްކަތްކޮށްދިނީ ހައުސިން މިނިސްޓްރީން އެޕްރޫވްކޮށް ތަންފީޒްކުރާ ގޮތަށް ކަމަށް އެމްޑަބްލިއުއެސްސީން ވަނީ ބުނެފައެވެ، އެހެންނަމަވެސް އެ ޑިޒައިން ކުރި އިރާއި މިހާރާއި އަޅާ ބަލާއިރު ގިނަ ބަދަލުތަކެއް މާލެ އަށް އައިސްފައިވާ ކަމަށް އެ ކުންފުނިން ބުނެއެވެ.

އޭރު އެ ނިޒާމުގެ ދަށުން އެކުލަވާލާފައިވާ ޕަމްޕްތައް މިހާރުވެސް މަސައްކަތް ކުރަމުންދެއެވެ. ނަމަބެސް އެ ނިޒާމް އެކުލަވާލީ ފެންބޮޑުވާތާ ދެ ގަޑިއިރު ތެރޭގައި ފެން ހިންދާ ގޮތަށެވެ. އެ ޕަމްޕުތަކަކީ އޮޓޮމެޓިކް ޕަމްޕްތަކެއް ކަަމަށް ވީނަމަވެސް އެއީ 9 ކިލޯވޯޓުގެ ޕަމްޕުތަކެކެވެ.

އެންމެ ހިނގާ

1

ހެލްތު މިނިސްޓްރީގެ ޕޮލިޓިކަލް ޑިރެކްޓަރުންތަކެއް އޮފީސްތެރޭ ނަށާ ވީޑިއޯ އާންމުވެ، ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ

2

އަލައްބާރު އެތައް މިލިއަން ޑޮލަރެއް ދިން ކަމަށް ބުނާ "އަބްދުﷲ" އަކީ ކާކު؟

3

ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިމާއި ޕްރޮޕަޓީ މިލްކުކުރެވޭ ގޮތަށް ގާނޫނެއް ފާސްކުރުމަށް އޭޖީން މަޖިލީހަށް ފޮނުވަން ތައްޔާރުވެއްޖެ

4

އެމެރިކާއަށް އީރާނުގެ ހަރުކަށި ރައްދެއް، މުޅި ސަރަހައްދުގައި ހަނގުރާމައިގެ "ސުންގަޑި" ކައިރިވަނީ

5

"ވައިޓް ހައުސް ހީވަނީ ޞައްދާމް ހުސައިން ހުޅުއްވި ޗީޒްކޭކް ފެކްޓަރީއެއް ހެން": އޮބާމާގެ ފާޑުކިޔުން ޓްރަމްޕަށް!

އިތުރަށް ކިޔާލަން

25 މާރިޗު 2017

މާލޭގެ ބޮޑު ބަޔަކުން ކަރަންޓް ދިޔަކީ ކޭބަލް ހަލާކުވެގެން: ސްޓެލްކޯ

25 މާރިޗު 2017
މާލޭގެ ބޮޑު ބަޔަކުން ކަރަންޓް ދިޔަކީ ކޭބަލް ހަލާކުވެގެން: ސްޓެލްކޯ
21 ފެބުރުއަރީ 2017

މާލޭގެ ސްކޫލުތަކުގައި މާދަރީ ބަހުގެ ދުވަސް ފާހަގަކޮށްފި

21 ފެބުރުއަރީ 2017
 މާލޭގެ ސްކޫލުތަކުގައި މާދަރީ ބަހުގެ ދުވަސް ފާހަގަކޮށްފި
18 ފެބުރުއަރީ 2017

މާލޭގެ ޒޯން ދޭއް އަދި ތިނަކުން ކުނި އުފުލުމުގެ ހިދުމަތަށް ރަޖިސްޓްރީކުރުމަށް ހުޅުވާލައިފި

18 ފެބުރުއަރީ 2017
މާލޭގެ ޒޯން ދޭއް އަދި ތިނަކުން ކުނި އުފުލުމުގެ ހިދުމަތަށް ރަޖިސްޓްރީކުރުމަށް ހުޅުވާލައިފި
17 ފެބުރުއަރީ 2017

މާލޭގެ ކުނީގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިއްޖެ: ރައީސް ޔާމީން

17 ފެބުރުއަރީ 2017
މާލޭގެ ކުނީގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިއްޖެ: ރައީސް ޔާމީން
15 ފެބުރުއަރީ 2017

ނަޖިސް ބޭރުވަނީ ކޮންސްޓްރަކްޝަން މަސައްކަތުގައި ޑީވޯޓަރިން މަސައްކަތް ކުރާތީ، އެމްޑަބްލިއުއެސްސީން ވަނީ އެކަން ހައްލު ކުރުމުގެ މަސައްކަތް ފަށާފަ

15 ފެބުރުއަރީ 2017
ނަޖިސް ބޭރުވަނީ ކޮންސްޓްރަކްޝަން މަސައްކަތުގައި ޑީވޯޓަރިން މަސައްކަތް ކުރާތީ، އެމްޑަބްލިއުއެސްސީން ވަނީ އެކަން ހައްލު ކުރުމުގެ މަސައްކަތް ފަށާފަ
11 ފެބުރުއަރީ 2017

!ޕީޕީއެމް ގެ ޓީމުތައް ޕާޓީގެ މެމްބަރުން އިތުރު ކުރުމަށް މާލޭގެ އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވަނީ

11 ފެބުރުއަރީ 2017
!ޕީޕީއެމް ގެ ޓީމުތައް ޕާޓީގެ މެމްބަރުން އިތުރު ކުރުމަށް މާލޭގެ އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވަނީ
24 ޖެނުއަރީ 2017

މާލޭގެ ގެއެއްގެ ތެރޭގައި ލަންކާ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ

24 ޖެނުއަރީ 2017
މާލޭގެ ގެއެއްގެ ތެރޭގައި ލަންކާ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ
17 ޖެނުއަރީ 2017

މާލޭގެ ގޭބީސީތަކުންނާއި ވިޔަފާރި ކުރާ ތަންތަނުގެ ކުނި އުކާލަދޭ އަގުތައް ވެމްކޯއިން ކަނޑައަޅައިފި

17 ޖެނުއަރީ 2017
މާލޭގެ ގޭބީސީތަކުންނާއި ވިޔަފާރި ކުރާ ތަންތަނުގެ ކުނި އުކާލަދޭ އަގުތައް ވެމްކޯއިން ކަނޑައަޅައިފި
09 ޖެނުއަރީ 2017

މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން ވަޅުލައިފި

09 ޖެނުއަރީ 2017
މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން ވަޅުލައިފި
09 ޖެނުއަރީ 2017

މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން މިއަދު ވަޅުލަނީ

09 ޖެނުއަރީ 2017
މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން މިއަދު ވަޅުލަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް