Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޔުއެފާ ނޭޝަންސް ލީގު

ފައިނަލްގައި ސްޕެއިންނާ ދެކޮޅަށް "ޓަފް" މެޗެެއް ކުޅުމަށް ކްރޮއޭޝިއާ ތައްޔާރު

ނެދަލެންޑްސްއާ ދެކޮޅަށް ދެއްކީ ވަރަށް މޮޅު ކުޅުމެއް، ސްޕެއިންގެ ކޮލެޓީ އެނގޭއިރު ބޭނުންވަނީ އެމީހުންނާ ވާދަކުރަން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 18 ޖޫން 2023 | އާދީއްތަ 02:37
ކްރޮއޭޝިއާގެ ކޯޗު ލަކްޓޯ ޑަލިކް ޕްރެސް ކޮންފަރެންސްގައި

ކްރޮއޭޝިއާގެ ކޯޗު ލަކްޓޯ ޑަލިކް ޕްރެސް ކޮންފަރެންސްގައި

ޔުއެފާ ނޭޝަންސް ލީގުގެ ފައިނަލްގައި ސްޕެއިންނާ ދެކޮޅަށް "ޓަފް" މެޗެއް ކުޅުމަށް ކްރޮއޭޝިއާ ޓީމު އޮތީ ފުރިހަމަ އަށް ތައްޔާރަށް ކަމަށް އެ ޓީމުގެ ކޯޗު ލަކްޓޯ ޑަލިކް ބުނެފި އެވެ.

ފައިނަލްގެ ކުރިން އޮތް ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަމުން ޑަލިކް ބުނީ، މިއީ ފިފްޓީ ފިފްޓީ ފުރުސަތެއް ކަމަށެވެ. އޭނާ ބުނީ ކުރިން ކުޅުނީ މުޅިން އެހެން މެޗެއް ކަމަށާއި، ފައިނަލް މެޗަކީ ކުރީ މެޗަށްވުރެ ބޮޑުތަނުން ތަފާތު މެޗެއް ކަމަށެވެ. ޑަލިކް ބުނީ މިއީ ސެމީ ފައިނަލްގައި ކުޅުނު ހަތަރު ޓީމުގެ ވާދަވެރިކަމެއް ނޫން ކަމަށާއި، ފައިނަލް ވާނީ މުޅިން އެހެން ވާދަޔަކަށް ކަމަށެވެ. ސެމީ ފައިނަލްގައި ކްރޮއޭޝިއާ އިން ދެއްކި ކުޅުމާއެކު އެމީހުންނަކީ ފޭވަރިޓުންގެ ގޮތުގައި ދެކެންތޯ ސުވާލު ކުރުމުން ޑަލިކް ބުނީ، އޭނާ ދެކޭ ގޮތުގައި ފޭވަރިޓުންނަކީ ކްރޮއޭޝިއާ ނޫން ކަމަށެވެ. އޭނާ ބުނީ ކްރޮއޭޝިއާ އަށް ފައިނަލަށް އާދެވުނީ ކުޅުންތެރިން ކުރި މަސައްކަތުން ކަމަށާއި، އެހެންކަމުން ކުރިއަށް އޮތް ފައިނަލްގައި ވެސް އެ މަސައްކަތް ކޮށްދިނުމަށް ކުޅުންތެރިން ކިބައިން އެދެމުން އަންނަ ކަމަށެވެ.

އޭނާ ބުނީ އައު ކޯޗާއެކު ސްޕެއިން އިން އެންމެ ފަހުން ކުޅުނު ތިން މެޗުގައި ވެސް އެމީހުންގެ ކުޅުމުގެ ވައްޓަފާޅި އަށް ބަދަލެއް ނާންނަ ކަމަށެވެ. ޑަލިކް ދެކޭ ގޮތުގައި އަދި ވެސް ސްޕެއިން އިން ކުޅެމުން އަންނަނީ އިދިކޮޅު ޓީމުތަކަށް ދުއްތުރާ ވާނެ ވައްޓަފާޅިއެއްގަ އެވެ. ނަމަވެސް ސްޕެއިންނާ ދެކޮޅަށް ކްރޮއޭޝިއާ އަށް ވަރަށް ރަނގަޅު ކަންތައްތަކެއް ކުރެވޭނެކަން ފާހަގަކޮށް ޑަލިކް ބުނީ، ކްރޮއޭޝިއާގެ ކުޅުންތެރިން ފަރާތުން ސަމާލުކަން އިންތިހާ އަށް ބޭނުންވާނެ ކަމަށެވެ. އޭނާ ބުނީ ސްޕެއިން އަކީ ފެންވަރު ރަނގަޅު ފުޓުބޯޅަ ކުޅޭ، ފެންވަރު ރަނގަޅު ޓީމެއް ކަމަށެވެ. ޚާއްސަކޮށް ސްޕެއިންގެ އެޓޭކުގައި އަލްވާރޯ މޮރާޓާ އަކީ ނުރައްކާތެރި ކުޅުންތެރިޔެއް ކަމަށާއި، ދެން ވެސް ތިބި ކުޅުންތެރިންނަކީ ސަމާލުކަން ދޭން ޖެހޭނެ ކުޅުންތެރިން ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

ނަމަވެސް ޑަލިކް ޤަބޫލު ކުރާ ގޮތުގައި ސެމީ ފައިނަލްގައި ނެދަލެންޑްސްއާ ދެކޮޅަށް ކްރޮއޭޝިއާ އިން ދެއްކި ކުޅުން ފައިނަލްގައި ސްޕެއިންނާ ދެކޮޅަށް ދައްކައިފި ނަމަ، ސްޕެއިން އަށް އެތައް ގޮތަކުން އުނދަގޫވާނެ އެވެ. އޭނާ ބުނީ ހަގީގަތުގައި ވެސް ނެދަލެންޑްސްއާ ދެކޮޅަށް ދެއްކީ ވަރަށް މޮޅު ކުޅުމެއް ކަމަށާއި، ސްޕެއިންގެ ކޮލެޓީ އެނގޭއިރު ބޭނުންވަނީ އެމީހުންނާ ވާދަކުރަން ކަމަށެވެ.

ކްރޮއޭޝިއާ އިން އަންނަނީ މިފަހުން ބައިނަލްއަޤުވާމީ މުބާރާތެއްގައި ރަން މެޑަލް ހޯދުމަށް ވަރަށް މަސައްކަތް ކުރަމުންނެވެ. 2018 ވަނަ އަހަރު ރަޝިޔާގައި ބޭއްވި މުބާރާތުގެ ފައިނަލްގައި ވާދަކުރިއިރު، މިދިޔަ އަހަރު ޤަތަރުގައި އޮތް މުބާރާތުން ވަނީ ތިން ވަނަ ހާސިލްކޮށްފަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޝައިހް ކަމާލް ކަޕް: ފައިނަލުގައި ޓީސީއާ ދެކޮޅަށް ނިކުންނާނީ ކޮރެއާގެ ޕޮޗިއަން

ޝައިހް ކަމާލް ކަޕް: ފައިނަލުގައި ޓީސީއާ ދެކޮޅަށް ނިކުންނާނީ ކޮރެއާގެ ޕޮޗިއަން

28 ފެބުރުއަރީ 2017
ޓީސީއާ ދެކޮޅަށް ނިކުންނަ މަނަންގް ކްލަބަކީ ދަންނަންތަ؟

ޓީސީއާ ދެކޮޅަށް ނިކުންނަ މަނަންގް ކްލަބަކީ ދަންނަންތަ؟

27 ފެބުރުއަރީ 2017
ޝައިހް ކަމާލް ކަޕްގެ ސެމީ ފައިނަލްގައި ޓީސީ އަދި މަނަންގް ބައްދަލުކުރާ މެޗު ރާއްޖެ ޓީވީން ވަގުތުން

ޝައިހް ކަމާލް ކަޕްގެ ސެމީ ފައިނަލްގައި ޓީސީ އަދި މަނަންގް ބައްދަލުކުރާ މެޗު ރާއްޖެ ޓީވީން ވަގުތުން

27 ފެބުރުއަރީ 2017
އޮފީސް ނެޓްބޯޅަ މުބާރާތް: ދެ ޑިވިޝަންގެ ވެސް ފައިނަލްގައި ކަސްޓަމްސް

އޮފީސް ނެޓްބޯޅަ މުބާރާތް: ދެ ޑިވިޝަންގެ ވެސް ފައިނަލްގައި ކަސްޓަމްސް

26 ފެބުރުއަރީ 2017
ޝައިހް ކަމާލް ކަޕް: ޓީސީއާ ދެކޮޅަށް ސެމީގައި ނިކުންނާނީ ނޭޕާލްގެ މަނަންގް

ޝައިހް ކަމާލް ކަޕް: ޓީސީއާ ދެކޮޅަށް ސެމީގައި ނިކުންނާނީ ނޭޕާލްގެ މަނަންގް

25 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

3 މެއި
މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ
20251 އަހަރު ކުރިން
ރާއްޖެ

މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ
20242 އަހަރު ކުރިން
މީހުން

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!
20233 އަހަރު ކުރިން
ރިޕޯޓު

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު
20224 އަހަރު ކުރިން
ރިޕޯޓު

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި
20197 އަހަރު ކުރިން
ދުނިޔެ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު