Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޔުއެފާ ނޭޝަންސް ލީގު

ސްޕެއިންގެ ކުޅުންތެރިން ތިބީ ނޭޝަންސް ލީގު ކާމިޔާބު ކުރުމަށް ފުރިހަމަ އަށް ތައްޔާރަށް

ފުއެންޓޭ ދެކޭ ގޮތުގައި މިއީ ސްޕެއިން އިން ފައިނަލް މެޗު ކުޅުމަށް އެންމެ އެކަށީގެންވާ ވަގުތު

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 18 ޖޫން 2023 | އާދީއްތަ 02:11
ސްޕެއިންގެ ކޯޗު ލުއިސް ޑެ ލާ ފުއެންޓޭ

ސްޕެއިންގެ ކޯޗު ލުއިސް ޑެ ލާ ފުއެންޓޭ

ޔުއެފާ ނޭޝަންސް ލީގުގެ ފައިނަލްގައި ކްރޮއޭޝިއާއާ ދެކޮޅަށް ނުކުންނައިރު، ސްޕެއިންގެ ކުޅުންތެރިން ތިބީ މެޗުން މޮޅުވެ މުބާރާތް ކާމިޔާބު ކުރުމަށް ފުރިހަމަ އަށް ތައްޔާރަށް ކަމަށް އެ ޓީމުގެ ކޯޗު ލުއިސް ޑެ ލާ ފުއެންޓޭ ބުނެފި އެވެ.

އޭނާ މިހެން ބުނީ އާދިއްތަ ދުވަހުގެ ރޭ ކުޅޭ ފައިނަލް މެޗުގެ ކުރިން އޮތް ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަމުންނެވެ. ފުއެންޓޭ ބުނީ އޭނާ އަށް ޤަބޫލު ކުރެވޭ ގޮތުގައި ސްޕެއިންގެ ސްކޮޑު އޮތީ އެންމެ ރަނގަޅު ފޯމުގަ އެވެ. ކުޅުންތެރިން ފިޒިކަލީ އެންމެ ރަނގަޅު ކުޅުން ދައްކާ ކަމަށާއި، މެންޓަލީ ވެސް ތިބީ ވަރަށް ފިޓުކޮށް ކަމަށް އޭނާ ވަނީ ބުނެފަ އެވެ. އެހެންކަމުން އެއީ ކުރިއަށް އޮތް ފައިނަލް މެޗަށް ލިބޭނެ އިތުރު ހިތްވަރެއްކަން ފާހަގަކޮށް އޭނާ ބުނީ، ފަރިތަކުރުންތައް ވެސް ކުރިއަށް ގެންދެވުނީ އެންމެ ހިތްހަމަ ޖެހޭ ސްޕީޑުގައި ކަމަށެވެ. ފުއެންޓޭ ދެކޭ ގޮތުގައި މިއީ ސްޕެއިން އިން ފައިނަލް މެޗު ކުޅުމަށް އެންމެ އެކަށީގެންވާ ވަގުތެވެ. ޕެނަލްޓީއާ ގުޅޭ ގޮތުން އޭނާ ބުނީ އެކަމަށް ވަރަށް ބޮޑަށް މަސައްކަތް ކޮށްފައިވާނެ ކަމަށާއި، އުންމީދަކީ އެ ހާލަތުގައި ވެސް ރަނގަޅަށް ދިޔުން ކަމަށެވެ. އެންމެ ފަހުން ޤަތަރުގައި އޮތް ފީފާ ވޯލްޑް ކަޕުން ވެސް ސްޕެއިން ކަޓައިފައި ވަނީ ޕެނަލްޓީގައި ނާކާމިޔާބު ވެގެންނެވެ.

ފައިނަލް މެޗާ ގުޅޭ ގޮތުން އޭނާ ބުނީ، ފައިނަލްގައި ވާދަކުރާ ދެ ޓީމަކީ ވެސް މަތީ ފަންތީގައި ކުޅެމުން އަންނަ ދެ ޓީމު ކަމަށެވެ. އެހެންކަމުން ޓީމުގެ ފެންވަރާއި، އެންމެ އަސާސީ ކަންކަމަށް ބެލި ނަމަވެސް، ދެ ޓީމަކީ ވެސް ދާދި އެއްވަރުގެ ޓީމެއް ކަމަށް އޭނާ ދެކެ އެވެ. ފުއެންޓޭގެ އުންމީދަކީ ވާދަވެރި މެޗުގައި ސްޕެއިން އަށް ކުރި ހޯދެން ހުރި ފުރުސަތުތަކުގައި ހިފައިގެން ކުރި ހޯދުމެވެ. އޭނާ ބުނީ އެންމެ ފުރަތަމަ ޓީމާ ހަވާލުވީއިރު ވެސް ކުޅުންތެރިންނަށް އިތުބާރު އޮތް ކަމަށާއި، އަދި ވެސް އެކަން އެގޮތުގައި އޮންނާނެ ކަމަށެވެ.

ފައިނަލްގެ ކުރިން ކުޅުންތެރިންނާ ވަރަށް ރަނގަޅަށް ވާހަކަ ދައްކައި، ޓީމުން ހާސިލް ކުރަން ބޭނުންވާ ކަންކަން ބުނެދީފައިވާނެ ކަމަށް އޭނާ ވަނީ ބުނެފަ އެވެ. އޭނާގެ އިތުރުން ކުޅުންތެރިން ވެސް ބޭނުންވަނީ މެޗުގެ 90 މިނެޓުގައި ނަތީޖާ ނެރެގެން، މޮޅުވާންކަން ފާހަގަކޮށް ފުއެންޓޭ ބުނީ، އެއީ އަބަދު ދިމާވާނެ ހާލަތެއް ނޫން ކަމަށެވެ. އެ ނޫން ހާލަތެއް ވެސް ދިމާވެދާނެ ކަމަށާއި، އެހެންކަމުން އެ ހާލަތަށް ވެސް ތައްޔާރަށް ތިބެން ޖެހޭނެކަމުގައި އޭނާ ވަނީ ފާހަގަކޮށްފަ އެވެ. މީގެ އިތުރުން އޭނާ ބުނީ ސްޕެއިން ޓީމުގައި ވެސް ތަޖުރިބާ ހުރި ކުޅުންތެރިން ހިމެނޭނެ ކަމަށެވެ. ހަމައެއާއެކު ޒުވާން ހުނަރުވެރި ކުޅުންތެރިން ވެސް ތިބި ކަމަށާއި، ނަތީޖާ ނެރުމަށް ބޭނުންވާ ހުރިހާ ކަމެއް އެ ޓީމުގައި ފުރިހަމަވާނެ ކަމަށް އޭނާ ބުންޏެވެ.

ނޭޝަންސް ލީގުގެ ފައިނަލްގައި ސްޕެއިން އިން ކްރޮއޭޝިއާއާ ދެކޮޅަށް ނިކުންނާނީ އާދިއްތަ ދުވަހުގެ ރޭ ރާއްޖެ ގަޑިން 23:45 ގައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރާއްޖޭގައި ކުޅުނު ގިނަ ބިދެސީ ކުޅުންތެރިންތަކެއް ވިކްޓްރީއަށް

ރާއްޖޭގައި ކުޅުނު ގިނަ ބިދެސީ ކުޅުންތެރިންތަކެއް ވިކްޓްރީއަށް

14 ޖެނުއަރީ 2017
ގިނަ ކުޅުންތެރިންތަކެއް ސޮއިކޮށް، ރިލޭގެ ކޮންޓްރެކްޓް އާކޮށްފި

ގިނަ ކުޅުންތެރިންތަކެއް ސޮއިކޮށް، ރިލޭގެ ކޮންޓްރެކްޓް އާކޮށްފި

12 ޖެނުއަރީ 2017
އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

12 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017
އިސްމާއިލް އީސައާއެކު ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ވިކްޓްރީއަށް ބަދަލުވަނީ!

އިސްމާއިލް އީސައާއެކު ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ވިކްޓްރީއަށް ބަދަލުވަނީ!

04 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

3 މެއި
މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ
20251 އަހަރު ކުރިން
ރާއްޖެ

މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ
20242 އަހަރު ކުރިން
މީހުން

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!
20233 އަހަރު ކުރިން
ރިޕޯޓު

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު
20224 އަހަރު ކުރިން
ރިޕޯޓު

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި
20197 އަހަރު ކުރިން
ދުނިޔެ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު