Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމޯލްޑިވްސް ޓްރޭޑް ޔޫނިއަން ކޮންގްރެސް

މަޖިލީސް ހުއްޓި މަސައްކަތްތެރިންގެ ޙައްގުތަކާ ގުޅުންހުރި ޤާނޫނުތައް ފާސްކުރުން ލަސްވާތީ ނުރުހުން!

17 ޖޫން 2023 | ހޮނިހިރު 11:08

މަސައްކަތްތެރިންގެ ޙައްގުތަކާ ގުޅިފައިވާ މުހިންމު ޤާނޫނުތައް ފާސްކުރުން ލަސްވާފަދަ އަމަލުތަކުން ދުރުވުމަށް ވަނީ ގޮވާލާފައި

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 17 ޖޫން 2023 | ހޮނިހިރު 11:08
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން

ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ހުއްޓި، މަސައްކަތްތެރިންގެ ޙައްގުތަކާ ގުޅުންހުރި ޤާނޫނުތައް ފާސްކުރުން ލަސްވާތީ މޯލްޑިވްސް ޓްރޭޑް ޔޫނިއަން ކޮންގްރެސް (އެމްޓީޔޫސީ) އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

މަސައްކަތްތެރިންގެ ޙައްގު ކަށަވަރު ކުރުމަށް މަސައްކަތް ކުރަމުން އަންނަ އެ ޖަމިއްޔާއިން މަޖިލީހުގެ މަސައްކަތްތައް ލަސްވާތީ ކަންބޮޑުވުން ފާޅުކޮށްފައިވަނީ ސަރުކާރުގެ ފަރާތުން ހުށަހަޅަފައިވާ އިންޑަސްޓްރިއަލް ރިލޭޝަންސް ބިލު އެޖެންޑާ ނުކުރެވި އެ މަސައްކަތް މަޑުޖެހިފައިވާތީއެވެ. އެގޮތުން، އެމްޓީޔޫސީން ނެރުނު ބަޔާނުގައި ވަނީ އެ ބިލުގެ އިތުރުން މަސައްކަތު މާހައުލުގެ ސަލާމަތާއި ރައްކާތެރިކަމުގެ ބިލު ފާސްކުރުން ލަސްވާތީ ވެސް ކަންބޮޑުވުން ފާޅުކޮށްފައެވެ.

Advertisement - newsAdvertisement

އެމްޓީޔޫސީން ބުނީ ޔޫނިއަން ހަދައި، ހިންގުމަކީ ކޮންމެ މަސައްކަތްތެރިއަކަށް އަދި ވަޒީފާދޭ ފަރާތްތަކަށް ކަށަވަރުކޮށްދޭން ޖެހޭ އަސާސީ އިންސާނީ ޙައްގެއް ކަމަށެވެ. ނަމަވެސް ރާއްޖޭގެ ޤާނޫނީ އޮނިގަނޑުގައި އެކަށީގެންވާ މިންވަރަށް އެކަން ބަޔާންވެފައި ނެތުމުގެ ސަބަބުންނާއި އެފަދަ ޙައްގުތަކަށް ރާއްޖޭގެ ޝަރުއީ ނިޒާމް ބީރައްޓެހިވުމުގެ ސަބަބުން މަސައްކަތްތެރިންގެ ޙައްގުތައް ކަށަވަރުވެ ރައްކާތެރުކަން ހޯދުން ބޮޑު ގޮންޖެހުމަކަށްވެފައިވާ ކަމަށެވެ. އަދި މިފަދަ ޤާނޫނެއްގެ ރައްކާތެރިކަން ހޯދައިދިނުމަށް ބައިނަލްއަގުވާމީ އެކި ޖަމިއްޔާތަކުން ގޮވާލަމުން އަންނަކަން ވެސް އެ ޖަމިއްޔާއިން ވަނީ ފާހަގަކޮށްފައެވެ.

އެ ޖަމިއްޔާއިން ބުނީ އިންޑަސްޓްރިއަލް ރިލޭޝަންސް ބިލު ފާސްކުރުން ލަސްވުމުގެ ސަބަބުން މަސައްކަތްތެރިންނާއި ވަޒީފާދޭ ފަރާތްތަކުގެ ޙައްގުތަކަށް ޤާނޫނީ ރައްކާތެރިކަން ލިބުން އިތުރަށް ލަސްވުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ. އަދި 2022 ވަނަ އަހަރު ހުށަހެޅި މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ރައްކާތެރިކަމުގެ ބިލް، ކޮމިޓީ މަރުހަލާ ނުނިމި ދިގުލައިގެންގޮސް ފާސްވުން ލަސްވުމަކީ އެތައް މަސައްކަތްތެރިންނަށް ލިބެންވާ ސިއްހީ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުން ލަސްވާނެ ސަބަބެއް ކަމަށް ވެސް ވަނީ ބުނެފައެވެ.

އެމްޓީޔޫސީން ވަނީ ދައުލަތުގެ އެއްބާރުގެ މަސައްކަތް ވަކި ބައެއްގެ ސިޔާސީ މަސްލަހަތު ހިމާޔަތް ކުރުމަށް ހުއްޓުވައި، މަސައްކަތްތެރިންގެ ޙައްގުތަކާ ގުޅިފައިވާ މުހިންމު ޤާނޫނުތައް ފާސްކުރުން ލަސްވާފަދަ އަމަލުތަކުން ދުރުވުމަށް ގޮވާލާފައެވެ. އަދި ތަހުޒީބު މުޖުތަމައެއްގައި ކަންކުރާ ގޮތްތައް ދަސްކޮށް، މަޝްވަރާގެ ރިވެތި އުސޫލު އިސްކޮށް މަޖިލީހުގެ ހަގީގީ މަސައްކަތްތައް ކުރިއަށްގެންގޮސް މަސައްކަތްތެރިންނާ ގުޅުންހުރި ޤާނޫނުތައް ވަގުތުން ވަގުތަށް ފާސްކޮށްދިނުމަށް ވެސް ވަނީ ގޮވާލާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ހުއްޓުމަކަށް އައިސްފައިވާއިރު މަޖިލީހުގެ ރައީސް އާއި ނާއިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވަނީ ހުށަހަޅައިފައެވެ. މީގެ ތެރެއިން ނައިބުގެ އިތުބާރު ނެތްކަމުގެ މައްސަލަ ތިން ފަހަރަށް އެޖެންޑާ ކުރިއިރު އެ މައްސަލަ އަދިވެސް ނުނިމެއެވެ. އެކި ސަބަބުތަކާހުރެ ފާއިތުވި ދުވަސްތަކުގައި މަޖިލީހުގެ ޖަލްސާތައް ވަނީ މެދުކަނޑާލައިފައެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

10 ޖުލައި 2017

އިތުބާރުނެތް މަޖިލީސް ރައީސަކު ޖުޑިޝަރީގެ ކަންކަން ނިންމެވުމުގައި ބައިވެރިވުމަކީ ޚުދުމުޚުތާރު އަމަލެއް: ޝާހިދު

10 ޖުލައި 2017
އިތުބާރުނެތް މަޖިލީސް ރައީސަކު ޖުޑިޝަރީގެ ކަންކަން ނިންމެވުމުގައި ބައިވެރިވުމަކީ ޚުދުމުޚުތާރު އަމަލެއް: ޝާހިދު
10 ޖުލައި 2017

ޕީޕީއެމް މަޖިލީސް މެންބަރު އަބްުދުﷲ ވެސް ޕީޕީއެމް އިން ވަކިވެއްޖެ

10 ޖުލައި 2017
ޕީޕީއެމް މަޖިލީސް މެންބަރު އަބްުދުﷲ ވެސް ޕީޕީއެމް އިން ވަކިވެއްޖެ
07 މެއި 2017

ޓްރާންސްޕޭރެންސީ ފަދަ ޖަމާއަތްތަކުން ރިޕޯޓް ނެރެނީ ބޭރުން ލިބޭ ފައިސާ ހުއްޓިދާނެތީ: ނިހާން

07 މެއި 2017
ޓްރާންސްޕޭރެންސީ ފަދަ ޖަމާއަތްތަކުން ރިޕޯޓް ނެރެނީ ބޭރުން ލިބޭ ފައިސާ ހުއްޓިދާނެތީ: ނިހާން
26 މާރިޗު 2017

މާޒީއަށް ވިސްނަވާފައި ޕީޕީއެމްގެ މަޖިލީސް މެމްބަރުން ގޮތެއް ނިންމަވަންވީ: އަބްދުﷲ ޝާހިދު

26 މާރިޗު 2017
މާޒީއަށް ވިސްނަވާފައި ޕީޕީއެމްގެ މަޖިލީސް މެމްބަރުން ގޮތެއް ނިންމަވަންވީ: އަބްދުﷲ ޝާހިދު
23 މާރިޗު 2017

އިލްހާމް މަޖިލީސް މެންބަރުންނަށް ބިރުދެއްކި ކަމަށް ބުނެ މެންބަރު އަރީފު ފުލުހަށް!

23 މާރިޗު 2017
އިލްހާމް މަޖިލީސް މެންބަރުންނަށް ބިރުދެއްކި ކަމަށް ބުނެ މެންބަރު އަރީފު ފުލުހަށް!
22 މާރިޗު 2017

ގައުމަށް ކުރިމަތިވެފައިވާ މައްސަލަތަކުގެ އަސްލަކީ މަޖިލީސް، މަސީހު ބަދަލުކުރެވޭނެ:ޕާޓީތައް

22 މާރިޗު 2017
ގައުމަށް ކުރިމަތިވެފައިވާ މައްސަލަތަކުގެ އަސްލަކީ މަޖިލީސް، މަސީހު ބަދަލުކުރެވޭނެ:ޕާޓީތައް
13 މާރިޗު 2017

ފަނޑިޔާރުންނާ ގުޅުންހުރި 100 އަށްވުރެ ގިނަ މައްސަލަ ދަނީ ބަލަމުން:ޖޭއެސްސީ

13 މާރިޗު 2017
ފަނޑިޔާރުންނާ ގުޅުންހުރި 100 އަށްވުރެ ގިނަ މައްސަލަ ދަނީ ބަލަމުން:ޖޭއެސްސީ
09 މާރިޗު 2017

މަޖިލީސް ވާވެފައިވާ ތަނަކަށް ހެދީ މަސީހު، އޭނާ ބޭރުކުރާނަން: ގަފޫރު

09 މާރިޗު 2017
މަޖިލީސް ވާވެފައިވާ ތަނަކަށް ހެދީ މަސީހު، އޭނާ ބޭރުކުރާނަން: ގަފޫރު
04 ފެބުރުއަރީ 2017

ސިޔާމަށް ތިން ބިލިއަން ރުފިޔާގެ ގެރެންޓީ ދިނުމާ މެދު ފިނޭންސްގެ މުވައްޒަފުން ހިތްހަމަނުޖެހުމުން މަސައްކަތް ހުއްޓިފަ!

04 ފެބުރުއަރީ 2017
ސިޔާމަށް ތިން ބިލިއަން ރުފިޔާގެ ގެރެންޓީ ދިނުމާ މެދު ފިނޭންސްގެ މުވައްޒަފުން ހިތްހަމަނުޖެހުމުން މަސައްކަތް ހުއްޓިފަ!
17 ޖެނުއަރީ 2017

ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި

17 ޖެނުއަރީ 2017
ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް