Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔުއެފާ ނޭޝަންސް ލީގު

އިޓަލީ އަށް ގިނަ ގޯސްތަކެއް ހެދުނު، ސްޕެއިން އަށް ލިބުނީ ހައްގު މޮޅެއް: މަންޗިނީ

މަންޗިނީ ބުނި ގޮތުގައި މެޗުގެ ފުރަތަމަ ހާފުގައި އިޓަލީ އިން ކުޅުނީ ވަރަށް ބޮޑަށް ގޭމު ތެރެއަށް ވަދެގެން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 17 ޖޫން 2023 | ހޮނިހިރު 02:32
އިޓަލީގެ ކޯޗު ރޮބާޓޯ މަންޗިނީ

އިޓަލީގެ ކޯޗު ރޮބާޓޯ މަންޗިނީ

ޔުއެފާ ނޭޝަންސް ލީގުގެ ދެ ވަނަ ސެމީ ފައިނަލްގައި ސްޕެއިންނާ ދެކޮޅަށް ކުޅުނު މެޗުގައި އިޓަލީ އަށް ގިނަ ގޯސްތަކެއް ހެދުނު ކަމަށާއި، އެ މެޗުން ސްޕެއިން މޮޅުވުން ހައްގު ކަމަށް އިޓަލީގެ ކޯޗު ރޮބާޓޯ މަންޗިނީ ބުނެފި އެވެ.

އެ މެޗަށްފަހު ވާހަކަ ދައްކަމުން މަންޗިނީ ބުނީ، އޭނާ ޤަބޫލު ކުރާ ގޮތުގައި ސްޕެއިން އިން ހޯދީ އެ ޓީމަށް ހައްގު މޮޅެއް ކަމަށެވެ. މަންޗިނީ ބުނި ގޮތުގައި މެޗުގެ ފުރަތަމަ ހާފުގައި އިޓަލީ އިން ކުޅުނީ ވަރަށް ބޮޑަށް ގޭމު ތެރެއަށް ވަދެގެންނެވެ. ނަމަވެސް ދެ ވަނަ ހާފުގައި އެކަން މަޑު މަޑުން ގޮސް ގެއްލުނު ކަމަށް އޭނާ ވަނީ ފާހަގަކޮށްފަ އެވެ. މަންޗިނީ ބުނީ އޭނާ މެޗަށް ޓީމު ބިނާ ކުރި ގޮތުން ވެސް ފުރަތަމަ ހާފުގައި ޓީމަށް ރަނގަޅަށް ކުޅެވުނެވެ. އޭނާ ބުނީ އިޓަލީގެ މިޑްފީލްޑުގައި ތިބި ދެ ކުޅުންތެރިން ކަމަށްވާ، ފްރަޓެސީ އާއި ބަރެއްލާ ވަނީ ސްޕެއިން އަށް ނުރައްކާ ކުރުމަށް ފުރުސަތު ތަކެއް ތަނަވަސްކޮށްފަ އެވެ. ނަމަވެސް ވަކި ހިސާބަކުން އެ ކަންކަން ދޫކޮށްލެވުނު ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ.

އިޓަލީ ޓީމުގައި ދުނިޔޭގެ ފެންވަރުގެ މޮޅެތި ފޯވާޑުން ނެތުމުގެ މައްސަލަ ދިމާވިތޯ ސުވާލު ކުރުމުން މަންޗިނީ ބުނީ، މިވަގުތު އެކަން އޮތީ އެގޮތަށް ކަމަށެވެ. އޭނާ ބުނީ މީގެ ކުރިން ޓީމަށް ދިމާވީ މިޑްފީލްޑުގެ މައްސަލަ ކަމަށާއި، ނަމަވެސް މިހާރު މިޑްފީލްޑުގައި ކުޅޭނެ ހުނަރުވެރި ކުޅުންތެރިން އެބަތިބި ކަމަށެވެ. ހަމައެގޮތަށް ޑިފެންސްގައި ވެސް މޮޅެތި ކުޅުންތެރިން އެބަތިބި ކަމަށް އޭނާ ބުންޏެވެ. އޭނާ ބުނީ އެކަންކަމަށް ވަގުތު ނަގާނެ ކަމަށާއި، ނަމަވެސް މިހާރު އިޓަލީ އަށް މަދުވަނީ އެޓޭކުގައި ރަނގަޅު ކުޅުންތެރިން ކަމަށެވެ. މަންޗިނީ ބުނީ، ކުރިއަށް އޮތް ތަނުގައި އިޓަލީގައި އުފެދެމުން އަންނަ ޒުވާން ކުޅުންތެރިންނާއެކު އެކަން ބަދަލުވާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.

މަންޗިނީ ވަނީ އިޓަލީ އަށް އެންމެ ފަހުން އޮތް ޔޫރޯ ފުޓުބޯޅަ މުބާރާތް ކާމިޔާބުކޮށްދީފަ އެވެ. ނަމަވެސް އޭގެ ފަހުން ޖެހިގެން އައި ފީފާ ވޯލްޑް ކަޕް މުބާރާތުން އިޓަލީ އަށް ޖާގަ ނުލިބުނެެވެ. ޔުއެފާ ނޭޝަންސް ލީގުން ކެޓި ނަމަވެސް، ކުރިއަށް އޮތް ޔޫރޯ މުބާރާތަށް އިޓަލީ އިން ތައްޔާރުވާނީ މަންޗިނީ އާއެކު އެވެ.

އިތުރަށް ކިޔާލަން

25 މާރިޗު 2017

ވޯލްޑްކަޕް ކޮލިފައިން: އިޓަލީ އަދި ސްޕެއިން މޮޅުވެ މަގާމު ދަމަހައްޓައިފި

25 މާރިޗު 2017
ވޯލްޑްކަޕް ކޮލިފައިން: އިޓަލީ އަދި ސްޕެއިން މޮޅުވެ މަގާމު ދަމަހައްޓައިފި
14 މާރިޗު 2017

ޕީއެސްޖީ އަދި ބާސާ ކުޅުނު މެޗު އަލުން ކުޅެން ދެ ލައްކައަށްވުރެ ގިނަ ސަޕޯޓަރުން ޕެޓިޝަނެއްގައި ސޮއިކޮށްފި

14 މާރިޗު 2017
ޕީއެސްޖީ އަދި ބާސާ ކުޅުނު މެޗު އަލުން ކުޅެން ދެ ލައްކައަށްވުރެ ގިނަ ސަޕޯޓަރުން ޕެޓިޝަނެއްގައި ސޮއިކޮށްފި
19 ފެބުރުއަރީ 2017

މޯހަން ބަގާންގެ ހެޑްކޯޗާއެކު ގިނަ ކުޅުންތެރިން އޭއެފްސީ ކަޕް މެޗަށް ރާއްޖެ ނާދޭ

19 ފެބުރުއަރީ 2017
މޯހަން ބަގާންގެ ހެޑްކޯޗާއެކު ގިނަ ކުޅުންތެރިން އޭއެފްސީ ކަޕް މެޗަށް ރާއްޖެ ނާދޭ
11 ފެބުރުއަރީ 2017

ޔޫއެފާގެ ރައީސްގެ މަގާމުގައި ހުރެވޭނީ ގިނަވެގެން 12 އަހަރު

11 ފެބުރުއަރީ 2017
ޔޫއެފާގެ ރައީސްގެ މަގާމުގައި ހުރެވޭނީ ގިނަވެގެން 12 އަހަރު
04 ފެބުރުއަރީ 2017

ޓޮޓީގެ ބަސް ނާހާ ރެއާލް އަށް ބަދަލުވުން އެއީ ހަޔާތުގައި ހެދުނު ބޮޑު ގޯހެއް: ކަސާނޯ

04 ފެބުރުއަރީ 2017
ޓޮޓީގެ ބަސް ނާހާ ރެއާލް އަށް ބަދަލުވުން އެއީ ހަޔާތުގައި ހެދުނު ބޮޑު ގޯހެއް: ކަސާނޯ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު