Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކުޑަކުދިންނަށް ނަމޫދާ ދެއްކުން

ކުޑަކުދިންގެ ކަންކަމުގައި ޝާމިލުވާ އެންމެންވެސް ނަމޫނާ ދައްކައިދީ: ފަސްޓް ލޭޑީ

15 ޖޫން 2023 | ބުރާސްފަތި 08:27

ދިރިއުޅުމުގެ ކޮންމެ ކަމެއްގައިވެސް ކުޑަކުދިންނަށް ނަމޫނާ ދައްކައިދޭންޖެހޭ

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 15 ޖޫން 2023 | ބުރާސްފަތި 08:27
ފަސްޓް ލޭޑީ ފަޒްނާ އަހުމަދު

ފަސްޓް ލޭޑީ ފަޒްނާ އަހުމަދު

ކުޑަކުދިންނަކީ އިޙްސާންތެރި ޒިންމާދާރު ބައެއްގެ ގޮތުގައި ތަރުބިއްޔަތު ކުރުމަށްޓަކައި ކުދިންގެ ކަންކަމުގައި ޝާމިލުވާ ހުރިހާ ފަރާތްތަކުން ދިރިއުޅުމުގެ ހުރިހާ ކަމެއްގައިވެސް ކުދިންނަށް ރަނގަޅު ނަމޫނާ ދައްކައިދޭ ބަޔަކަށް ވެދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު އެދިވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މިކަމަށް އެދިވަޑައިގެންނެވީ ދަރުބާރުގެ ރަންނަބަނޑޭރި މާލަމުގައި މިއަދު ބޭއްވި ކެންގަރޫ ކިޑްސް އިންޓަރނޭޝަނަލް ޕްރީސްކޫލްގެ ދަސްވެނިވުން 2022-2023ގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

Advertisement - newsAdvertisement

އެކަމަނާގެ ވާހަކަފުޅުގައި ދީނީ ކަންކަމާއި އެކަކަކު އަނެކަކާ މުއާމަލާތުކުރުމުގައާއި ޞިއްޙީ ކަންކަމާއި ޓްރެފިކްގެ ޤަވާޢިދުތަކަށް ހުރުމަތްތެރިކޮށް ހިތުމުގައާއި ތިމާވެށްޓަށް އިސްކަންދޭ މިންވަރުފަދަ ދިރިއުޅުމުގެ މިފަދަ ކޮންމެކަމެއްގައި ވެސް ކުޑަކުދިންނަށް ރަނގަޅު ނަމޫނާ ދައްކައިދެވިގެން ނޫނީ ކުދިންގެ ކިބައިން ފެންނަން އެދޭ ރަނގަޅު ބަދަލުތައް ފެނިގެން ނުދާނެކަން ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން އެކަމަނާ ވަނީ ކުއްޖާ ރަނގަޅު ޝަޙުސިއްޔަތެއްގެ ގޮތުގައި ހެދިބޮޑުވުމަށް ސްކޫލާއި ބެލެނިވެރިންގެ އިތުރުން ކުދިންގެ ކަންކަމުގައި ޝާމިލުވާ ހުރިހާ ފަރާތްތަކުންވެސް ރަނގަޅު ނަމޫނާ ދައްކުވައިދޭންޖެހޭކަން ފާހަގަކުރައްވާފައެވެ. އެގޮތުން ހުރިހާ ދިމާއަކަށްވެސް ސަމާލުކަންދޭންޖެހޭކަން ފާހަގަކުރައްވައި ސްކޫލްތަކުގައި ބާއްވާ ޙަފްލާތަކުގައިވިޔަސް ބެލެނިވެރިން ކުދިންނަށް ދޭ ކާނާގައިވެސް ފައިދާހުރި ރަނގަޅު ކާނާ ހިމެނުންފަދަ ކަންކަމާއި ތިމާވެށީގެ ދުވަހު ތަންތަން ސާފުކުރަންއުޅުމާއި އާތްޑޭ ފަދަ ދުވަސްތަކުގައި ހަމައެކަނި ބޮކި ނިންވާލާ ކަރަންޓް އިސްރާފުވުން ކުޑަކުރަން މަސައްކަތްކުރުމުގެ ބަދަލުގައި އެކަންކަމަކީ އެއީ ކޮންމެ ދުވަހެއްގެ އާދައަކަށް ހެދުންފަދަ ކަންކަމަށް ޚާއްޞަ ސަމާލުކަންދޭންޖެހޭ ކަން ރައީސުލްޖުމްހޫރިއްޔާ އަނބިކަނބަލުން ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން އެކަމަނާގެ ވާހަކަފުޅުގައި ވަނީ އިންކްލޫސިވް އެޑިއުކޭޝަން، ވީ އެންމެ ފުޅާދާއިރާއެއްގައި ސްކޫލުތަކުގައި ކުރިޔަށް ގެންދިއުމުގައި ސްކޫލްތަކާއި އަދި ބެލެނިވެރިން އެއްބާރުލުން ދެއްވުމަށް އެދިވަޑައިގަންންވާފައެވެ. މި ޖަލްސާގައި އެކަމަނާ ވަނީ އެސްކޫލުން މިއަހަރު ދަސްވެނިވި ދަރިވަރުންގެ ތެރެއިން އެސް.ކޭ.ޖީ 9، 10 އަދި 11ގެ ދަރިވަރުންނަށް ޓްރޮފީއާ ހަނދާނީ ލިއުން ހަވާލުކޮށްދެއްވާފައެވެ.

ކެންގަރޫ ކިޑްސް އިންޓަރނޭޝަނަލް ޕްރީސްކޫލުން މިއަހަރު 243 ދަރިވަރުން ދަސްވެނިވެ ޓްރޮފީއާ ސެޓްފިކެޓް ހާޞިލުކޮށްފައިވެއެވެ.

ކެންގަރޫ ކިޑްސް އިންޓަރނޭޝަނަލް ޕްރީސްކޫލަކީ އައިލެންޑާސް އެޑިއުކޭޝަން ޕްރައިވެޓް ލިމިޓެޑުން ހިންގަމުން އަންނަ 1000އަށްވުރެ ގިނަ ކުދިން ކިޔވަމުން އަންނަ ޕްރީ ސްކޫލެކެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

13 ޖޫން 2017

ރާއްޖެއަކީ ނަމޫނާ ޑިމޮކްރަސީއަކަށް ހެދުމުގެ އުންމީދު ދުލެއް ނުކުރަން: ކެޝަޕް

13 ޖޫން 2017
ރާއްޖެއަކީ ނަމޫނާ ޑިމޮކްރަސީއަކަށް ހެދުމުގެ އުންމީދު ދުލެއް ނުކުރަން: ކެޝަޕް
18 މެއި 2017

މިއަހަރުގެ ހަތަރު މަހުގައި ކުޑަކުދިންގެ 171 މައްސަލަ ހުށަހެޅިފައިވޭ: ޖެންޑަރ މިނިސްޓްރީ

18 މެއި 2017
މިއަހަރުގެ ހަތަރު މަހުގައި ކުޑަކުދިންގެ 171 މައްސަލަ ހުށަހެޅިފައިވޭ: ޖެންޑަރ މިނިސްޓްރީ
10 މެއި 2017

ސްކޫލުތަކުގައި ކުޑަކުދިންގެ ދުވަސް ފާހަގަކޮށްފި

10 މެއި 2017
ސްކޫލުތަކުގައި ކުޑަކުދިންގެ ދުވަސް ފާހަގަކޮށްފި
02 މެއި 2017

ނަމޫނާ ދޯނީގެ ދަތުރު އަލުން ކުރަން ޖެހިފައިވާތީ ހިތާމަކުރަން: ސޯބެ

02 މެއި 2017
ނަމޫނާ ދޯނީގެ ދަތުރު އަލުން ކުރަން ޖެހިފައިވާތީ ހިތާމަކުރަން: ސޯބެ
30 މާރިޗު 2017

ފުލުހުން ޤާނޫނާ ހިލާފު ކަންތައްތައް ކުރޭ، ނަމޫނާ ބަޔަކަށް ފުލުހުން ވާންޖެހޭ: ރައީސް ޔާމީން

30 މާރިޗު 2017
ފުލުހުން ޤާނޫނާ ހިލާފު ކަންތައްތައް ކުރޭ، ނަމޫނާ ބަޔަކަށް ފުލުހުން ވާންޖެހޭ: ރައީސް ޔާމީން
08 މާރިޗު 2017

އަންހެނުންގެ ހައްގުތަށް ފޯރުކޮށްދިނުމުގައި މުޅި ދުނިޔެއަށް ނަމޫނާއެއް ދެއްކިދާނެ: ރައީސް ޔާމީން

08 މާރިޗު 2017
އަންހެނުންގެ ހައްގުތަށް ފޯރުކޮށްދިނުމުގައި މުޅި ދުނިޔެއަށް ނަމޫނާއެއް ދެއްކިދާނެ: ރައީސް ޔާމީން
23 ފެބުރުއަރީ 2017

މުޅި ދުނިޔެއަށްވެސް ރައީސް ނަޝީދު ދައްކަވަނީ އާދަޔާ ޚިލާފު ނަމޫނާ ހިތްވަރުފުޅެއް: އެމްޑީޕީ

23 ފެބުރުއަރީ 2017
މުޅި ދުނިޔެއަށްވެސް ރައީސް ނަޝީދު ދައްކަވަނީ އާދަޔާ ޚިލާފު ނަމޫނާ ހިތްވަރުފުޅެއް: އެމްޑީޕީ
10 ފެބުރުއަރީ 2017

ރައީސް ޔާމީނަކީ ޑިމޮކްރަސީގެ ނަމޫނާއެއް: މެންބަރު ނިހާނު

10 ފެބުރުއަރީ 2017
ރައީސް ޔާމީނަކީ ޑިމޮކްރަސީގެ ނަމޫނާއެއް: މެންބަރު ނިހާނު
06 ފެބުރުއަރީ 2017

އިސްލާހީ މަސައްކަތުގައި އުކުޅަހު ރައްޔިތުންނަކީ ނަމޫނާ ހިތްވަރެއް ދައްކުވައިދޭ ބައެއް: ރައީސް ނަޝީދު

06 ފެބުރުއަރީ 2017
އިސްލާހީ މަސައްކަތުގައި އުކުޅަހު ރައްޔިތުންނަކީ ނަމޫނާ ހިތްވަރެއް ދައްކުވައިދޭ ބައެއް: ރައީސް ނަޝީދު
22 ޖެނުއަރީ 2017

ފޯކައިދޫ ކައުންސިލުން ހަތް ލައްކަ ރުފިޔާ ހަރަދު ކޮށްގެން ހެދި ކުޑަކުދިންގެ ޕާކް ހުޅުވައިފި

22 ޖެނުއަރީ 2017
ފޯކައިދޫ ކައުންސިލުން ހަތް ލައްކަ ރުފިޔާ ހަރަދު ކޮށްގެން ހެދި ކުޑަކުދިންގެ ޕާކް ހުޅުވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް