Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔުއެފާ ނޭޝަންސް ލީގު

މަންޗިނީ ދެކޭ ގޮތުގައި އިޓަލީ އަށް ވުރެ ސްޕެއިން ވަރުގަދަ ވާނެ

މަންޗިނީ ދެކޭ ގޮތުގައި އަދި ވެސް ސްޕެއިން އަކީ ދުނިޔޭގެ ފުޓުބޯޅައިގެ ބްރޭންޑެއް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 15 ޖޫން 2023 | ބުރާސްފަތި 08:03
އިޓަލީގެ ކޯޗު ރޮބާޓޯ މަންޗިނީ

އިޓަލީގެ ކޯޗު ރޮބާޓޯ މަންޗިނީ

ޔުއެފާ ނޭޝަންސް ލީގުގެ ދެ ވަނަ ސެމީ ފައިނަލްގައި ސްޕެއިންނާ ދެކޮޅަށް ނިކުންނައިރު، އިޓަލީ އަށްވުރެ ސްޕެއިން ވަރުގަދަ ވާނެ ކަމަށް ރޮބާޓޯ މަންޗިނީ ބުނެފި އެވެ.

އިޓަލީގެ ކޯޗު މިހެން ބުނީ ސެމީ ފައިނަލް މެޗުގެ ކުރިން އޮތް ޕްރެސް ކޮންފަރެންސްގަ އެވެ. އޭނާ ބުނީ، ފުޓުބޯޅަ ބަދަލުވެ، ކުރިއަރަމުން އަންނަ ފަހަރުތަކާ ވެސް ކުރިމަތިލާން ޖެހޭނެ ކަމަށެވެ. އެގޮތުން ސްޕެއިން އަކީ ގިނަ އަހަރުތަކެއް ވަންދެން ބައިނަލްއަޤުވާމީ ފުޓުބޯޅައިގައި ބާރުގަދަ ބައެއް ކަމަށް އޭނާ ބުންޏެވެ. ނަމަވެސް މިދިޔަ އަހަރު ޤަތަރުގައި އޮތް ފީފާ ވޯލްޑް ކަޕަށްފަހު ކޯޗު ލުއިސް އެންރީކޭ ވަކިކުރުމާ ހަމައިން ފެށިގެން، މިހާރު ސްޕެއިންގެ އޮތީ އުނދަގޫ ހާލަތެއްގައި ކަމަށް މަންޗިނީ ދެކެ އެވެ. އެކަން އެހެންވީ ނަމަވެސް، މަންޗިނީ ދެކޭ ގޮތުގައި ސްޕެއިން ޓީމުގައި އޮތް ފެންވަރާއި، ކުޅުންތެެރިންގެ ފެންވަރު އަދިވެސް އެގޮތުގައި އޮންނާނެ އެވެ. އެހެންކަމުން މިވަގުތަށް ބަލާއިރު، އިޓަލީ އަށްވުރެ ސްޕެއިން ވަރުގަދަ ވާނެ ކަމަށް އެންމެ ފަހުގެ ޔޫރޯ މުބާރާތް އިޓަލީ އަށް ކާމިޔާބުކޮށްދިން ކޯޗު ބުންޏެވެ.

މީގެ އިތުރުން މަންޗިނީ ދެކޭ ގޮތުގައި އަދި ވެސް ސްޕެއިން އަކީ ދުނިޔޭގެ ފުޓުބޯޅައިގެ ބްރޭންޑެކެވެ. އެ ބްރޭންޑު އެގޮތުގައި މިއަދާ ހަމައަށް އައިސްފައިވާއިރު، އެ ޓީމާ ދެކޮޅަށް ކުޅެން އިޓަލީ އިން އެތައް ކަމަކަށް ވިސްނަން ޖެހޭނެ ކަމަށް މަންޗިނީ ބުންޏެވެ. މަންޗިނީ ބުނީ އެންމެ ފަހުން އޮތް ވޯލްޑް ކަޕަށް އިޓަލީ ކޮލިފައިނުވާ ވާހަކަ އަދި ވެސް މީހުން ދައްކަމުން އަންނަ ކަމަށެވެ. ނަމަވެސް އެވާހަކައިގައި ހިފައިގެން ތިބެ އިޓަލީ އަސް ކުރިއަށް ނުދެވޭނެ ކަމަށާއި، އެހެންކަމުން އެ ވާހަކަ ދެއްކުމަށް އޭނާ ޝައުޤުވެރި ނުވާ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

އިޓަލީ އާއި ސްޕެއިން ބައްދަލު ކުރާ ދެ ވަނަަ ސެމީ ފައިނަލް މެޗު ފަށާނީ ބުރާސްފަތި ދުވަހުގެ ރޭ ރާާއްޖެ ގަޑިން 23:45 ގައެވެ.

އިތުރަށް ކިޔާލަން

16 މާރިޗު 2017

ރާއްޖެއަށް އޮތް ޗެލެންޖަކީ މިއަށް ވުރެން ވަރުގަދަ ތައްޓެއް ހޯދުން: ނިޒާމްބެ

16 މާރިޗު 2017
ރާއްޖެއަށް އޮތް ޗެލެންޖަކީ މިއަށް ވުރެން ވަރުގަދަ ތައްޓެއް ހޯދުން: ނިޒާމްބެ
14 މާރިޗު 2017

ޕީއެސްޖީ އަދި ބާސާ ކުޅުނު މެޗު އަލުން ކުޅެން ދެ ލައްކައަށްވުރެ ގިނަ ސަޕޯޓަރުން ޕެޓިޝަނެއްގައި ސޮއިކޮށްފި

14 މާރިޗު 2017
ޕީއެސްޖީ އަދި ބާސާ ކުޅުނު މެޗު އަލުން ކުޅެން ދެ ލައްކައަށްވުރެ ގިނަ ސަޕޯޓަރުން ޕެޓިޝަނެއްގައި ސޮއިކޮށްފި
01 މާރިޗު 2017

މި ސީޒަނަށް ނިކުންނަނީ އަމިއްލަ އަށް އެވޯޑު ހޯދުމަށްވުރެ ބޮޑަށް ކްލަބަށް ތަށި ހޯދައިދޭން: ސެންޓޭ

01 މާރިޗު 2017
މި ސީޒަނަށް ނިކުންނަނީ އަމިއްލަ އަށް އެވޯޑު ހޯދުމަށްވުރެ ބޮޑަށް ކްލަބަށް ތަށި ހޯދައިދޭން: ސެންޓޭ
01 މާރިޗު 2017

ޕްރިމިއާ ލީގް ކްލަބްތަކުން ކުރި ހޭދައަށް ވުރެ ޗައިނާ ސުޕާ ލީގް ކްލަބްތަކުން ކުރި ހޭދަ މައްޗަށް!

01 މާރިޗު 2017
ޕްރިމިއާ ލީގް ކްލަބްތަކުން ކުރި ހޭދައަށް ވުރެ ޗައިނާ ސުޕާ ލީގް ކްލަބްތަކުން ކުރި ހޭދަ މައްޗަށް!
23 ފެބުރުއަރީ 2017

ޝައިހް ކަމާލް ކަޕް: ކޮރެއާ ކްލަބާ އެއްވަރުކޮށް ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ޓީސީ ސެމީއަށް

23 ފެބުރުއަރީ 2017
ޝައިހް ކަމާލް ކަޕް: ކޮރެއާ ކްލަބާ އެއްވަރުކޮށް ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ޓީސީ ސެމީއަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު