Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޔުއެފާ ނޭޝަންސް ލީގު

ފަހަތުން އަރައި މެޗު އަނބުރާލި ގޮތާމެދު ޑަލިކްގެ ތައުރީފު ކުޅުންތެރިންނަށް

ފުރަތަމަ ހާފު ފަށައިގެން ކުރީކޮޅު ކްރޮއޭޝިއާ އަށް ރަނގަޅު ކުޅުމެއް ނުދެއްކުނު ނަމަވެސް، މެޗުގެ ވަކި ހިސާބަކުން އެކަން ބަދަލުވެގެން ދިޔަ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 15 ޖޫން 2023 | ބުރާސްފަތި 07:23
ކްރޮއޭޝިއާގެ ކޯޗު ޑަލިކް

ކްރޮއޭޝިއާގެ ކޯޗު ޑަލިކް

ޔުއެފާ ނޭޝަންސް ލީގުގެ ސެމީ ފައިނަލްގައި ފަހަތުން އަރައި މެޗު އަނބުރާލެވުނީ ކުޅުންތެރިން ދެއްކި މޮޅު ކުޅުމުގެ ސަބަބުން ކަމަށް ކްރޮއޭޝިއާގެ ކޯޗު ލަކްޓޯ ޑަލިކް ބުނެފި އެވެ.

ނެދަލެންޑްސް މައްޗަށް ކުރި ހޯދި މެޗަށްފަހު ވާހަކަ ދައްކަމުން ޑަލިކް ބުނީ، އެންމެ ފުރަތަމަ ވެސް ބޭނުންވަނީ އޭނާގެ ކުޅުންތެރިންނަށް މަރުޙަބާ ކިޔަން ކަމަށެވެ. އޭނާ ބުނީ މެޗުގައި ނެދަލެންޑްސް އިން ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދި ނަމަވެސް. ކްރޮއޭޝިއާ އިން އެއްވެސް ވަރަކަށް ހިތްވަރު ދޫކޮށްނުލާ ކަމަށެވެ. އޭނާ ބުނީ ފުރަތަމަ ހާފު ފަށައިގެން ކުރީކޮޅު ކްރޮއޭޝިއާ އަށް ރަނގަޅު ކުޅުމެއް ނުދެއްކުނު ނަމަވެސް، މެޗުގެ ވަކި ހިސާބަކުން އެކަން ބަދަލުވެގެން ދިޔަ ކަމަށެވެ. އެހެން ނަމަވެސް ކްރޮއޭޝިއާ އިން ލީޑު ނަގާފައި ވަނިކޮށް މެޗުގެ ފަހު ވަގުތު އަނެއްކާ ވެސް އެއްވަރުވުމަކީ ވަރަށް ބޮޑު ގޮންޖެހުމެއްގެ ގޮތުގައި އޭނާ ސިފަ ކުރި އެވެ. އެހެން ނަމަވެސް، އިތުރު ވަގުތުގައި ވެސް ކުޅުންތެރިން ވަނީ އެމީހުންގެ ފެންވަރު ދައްކާފައި ކަމަށާއި، ސެމީ މެޗުން ލިބުނީ ފުރިހަމަ މޮޅެއް ކަމަށް އޭނާ ބުންޏެވެ.

މީގެ ކުރިން ކްރޮއޭޝިއާ އަށް ލޯ މެޑަލް އަދި ރިހި މެޑަލް ހާސިލް ކުރެވިފައިވާކަން ފާހަގަކޮށް ޑަލިކް ބުނީ، އުންމީދަކީ މި މުބާރާތަކީ އެންމެ މަތީ ފަންތީގައި ފައި ހަރުކޮށްލެވޭނެ މުބާރާތަކަށްވުން ކަމަށެވެ. ނެދަލެންޑްސްގެ އަމިއްލަ ދަނޑުގައި، އެ ޓީމުގެ ގިނަ ސަޕޯޓަރުންގެ ހާޒިރުގައި ކްރޮއޭޝިއާ އިން ހޯދި މޮޅަކީ، އެ ޓީމުން ކުރަމުން އަންނަ މަސައްކަތުގައި ކުރިއެރުންތަކެއް ލިބޭ ކަމުގެ ހެއްކެއް ކަމަށް ވެސް ޑަލިކް ދެކެ އެވެ. އޭނާ ބުނީ ކުރިއަށް އޮތީ ފައިނަލް ކަމަށާއި، ފައިނަލްގައި ކޮންމެ ޓީމަކާ ދެކޮޅަށް ކުޅެން ޖެހުނު ނަމަވެސް ކްރޮއޭޝިއާ އަށް ބިރުވެރިކަމެއް އޮތް ކަމަށް ނުދޭ ކަމަށެވެ.

ޑަލިކްގެ އިތުރުން ކްރޮއޭޝިއާގެ ކެޕްޓަން އަދި މެޗުގެ މޮޅު ކުޅުންތެރިޔާ ލޫކާ މޮޑްރިޗް ބުނީ، ވޯލްޑް ކަޕާއި، އެހެނިހެން މުބާރާތްތަކުގައި ވެސް ކްރޮއޭޝިއާ އިން މިހާތަނަށް ރަނގަޅު ކުޅުމެއް ދެއްކި ކަމަށެވެ. ނަމަވެސް ޓީމަށް މަދުވަނީ ރަން މެޑަލެއް ކަމަށާއި، އެ ދިމާލަށް ޓީމު ދަތުރު ކުރަމުންދާ ކަމަށެވެ. އެހެންކަމުން މިފަހަރުގެ ނޭޝަންސް ލީގުގެ ޗެމްޕިއަންކަން ހޯދޭނެ ކަމުގެ އުންމީދު ބޮޑު ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އެކުވެރިކަމުގެ މެޗުގައި ނިއު އަތުން މާޒިޔާ މޮޅުވެއްޖެ

އެކުވެރިކަމުގެ މެޗުގައި ނިއު އަތުން މާޒިޔާ މޮޅުވެއްޖެ

02 ފެބުރުއަރީ 2017
ކުރިއަށް އޮތް ދެ މެޗުން ޗެލްސީ މޮޅުވެއްޖެ ނަމަ އަތުލަން އުނދަގޫވާނެ: ޕޮޗީޓޯ

ކުރިއަށް އޮތް ދެ މެޗުން ޗެލްސީ މޮޅުވެއްޖެ ނަމަ އަތުލަން އުނދަގޫވާނެ: ޕޮޗީޓޯ

31 ޖެނުއަރީ 2017
މެޗު ފަސޭހައެއް ނުވާނެ، ނުކުންނާނީ ތިން ޕޮއިންޓް ހޯދަން: އިޤްބާލް

މެޗު ފަސޭހައެއް ނުވާނެ، ނުކުންނާނީ ތިން ޕޮއިންޓް ހޯދަން: އިޤްބާލް

30 ޖެނުއަރީ 2017
ރާއްޖެއަށް މަދުވީ ބައިނަލް އަގްވާމީ މެޗުތަކުގެ ތަޖުރިބާ: އަދީލް

ރާއްޖެއަށް މަދުވީ ބައިނަލް އަގްވާމީ މެޗުތަކުގެ ތަޖުރިބާ: އަދީލް

28 ޖެނުއަރީ 2017
އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި

އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި

25 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

3 މެއި
މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ
20251 އަހަރު ކުރިން
ރާއްޖެ

މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ
20242 އަހަރު ކުރިން
މީހުން

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!
20233 އަހަރު ކުރިން
ރިޕޯޓު

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު
20224 އަހަރު ކުރިން
ރިޕޯޓު

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި
20197 އަހަރު ކުރިން
ދުނިޔެ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު