Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިސްރާއީލުން އަޤްސާ މިސްކިތް ބައިކުރަން ހުށަހަޅަނީ

އަލް-އަޤްސާ މިސްކިތް ބައި ކުރުމަށް އިސްރާއީލުން ކުރާ މަސައްކަތް ހުއްޓުމަށް ފަލަސްތީނުން ގޮވާލައިފި

ހަލޭވީ ވަނީ ޑޯމް އޮފް ދަ ރޮކްގެ ގޯތިތެރެއިން ފެށިގެން އަލްއަގްސާ މިސްކިތުގެ އުތުރު ބޯޑަރުގެ ނިމުމާއި ހަމައަށް އޮންނަ ސަރަހައްދު ޔަހޫދީންނަށް ދޫކުރުމަށް ހުށަހަޅާފައި

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 14 ޖޫން 2023 | ބުދަ 15:55
އަލް އަގްސާ މިސްކިތް ބައިބައި ކުރުމަށް އިސްރާއީލުގެ މަޖިލީހުގައި މަޝްވަރާ ކުރަމުންދާ ގާނޫނެއްގެ ޑްރާފް ބިލާމެދު ފަލަސްތީނުން ކަންބޮޑުވެ، އެކަން ހުއްޓަން ގޮވާލައިފި

އަލް އަގްސާ މިސްކިތް ބައިބައި ކުރުމަށް އިސްރާއީލުގެ މަޖިލީހުގައި މަޝްވަރާ ކުރަމުންދާ ގާނޫނެއްގެ ޑްރާފް ބިލާމެދު ފަލަސްތީނުން ކަންބޮޑުވެ، އެކަން ހުއްޓަން ގޮވާލައިފި

އަލް އަގްސާ މިސްކިތް ބައިބައި ކުރުމަށް އިސްރާއީލުގެ މަޖިލީހުގައި މަޝްވަރާ ކުރަމުންދާ ގާނޫނެއްގެ ޑްރާފް ބިލާމެދު ފަލަސްތީނުން ކަންބޮޑުވެ، އެ ގާނޫނު ތަންފީޒުކުރުން ހުއްޓުވުމަށް ތުރުކީ، މެލޭޝިއާ، އިންޑޮނޭޝިއާ އަދި މިސްރުގެ ތާއީދަށް އެދިއްޖެއެވެ.

ފަލަސްތީނުގެ ބޮޑުވަޒީރު މުހައްމަދު ޝްތައްޔާ ވަނީ އިސްރާއިލްގެ ލިކުޑް ޕާޓީގެ މެމްބަރު، އަމީތު ހަލޭވީ ހުށަހެޅުއްވި ބިލް އިސްރާއީލުން ފާސްކުރުމަށް މަސައްކަތްކުރުމާ ދެކޮޅަށް އިންޒާރު ދެއްވާފައެވެ. އެގޮތުން، މިބިލް ފާސްކޮށްފި ނަމަ، ފަލަސްތީނާއި، މުސްލިމު އެހެން ގައުމުތަކާއި އަރަބި ގައުމުތަކުން ހީނުކުރާވަރުގެ ބޮޑު ރުޅިވެރިކަމެއް، އިސްރާއިލަށް އަމާޒުވެގެންދާނެ ކަމަށް ފަލަސްތީނުގެ ބޮޑުވަޒީރު ވަނީ ވިދާޅުވެފައެވެ.

ފަލަސްތީނުގެ ބޮޑުވަޒީރު ވަނީ އިސްރާއިލުގެ އަމަލުތައް ހަމައެކަނި ކުއްވެރިނުކޮށް، އެގައުމުން ކުރާ މިފަދަ ކަންތައްތައް ހުއްޓުވުމަށް އެގައުމާ ދެކޮޅަށް އަރަބި އަދި އިސްލާމީ ގައުމުތަކާ ބައިނަލްއަގުވާމީ މުޖުތަމައުން ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް ގޮވާލާފައެވެ. އަދި އަޤްސާ މިސްކިތްތައް އެއްވެސް ބަދަލެއް ގެނައުމުގެ ފުރުސަތު ނުދިނުމަށްވެސް ވަނީ ގޮވާލައްވާފައެވެ.

އިސްރާއިލުން މަސައްކަތް ކުރަމުންދަނީ އަލް-އަޤްސާ މިސްކިތް މުސްލިމުންނާ ޔަހޫދީންގެ މެދުގައި ބަހައި، ބައި ބައިކުރުމަށެވެ.

ހަލޭވީ ވަނީ ޑޯމް އޮފް ދަ ރޮކްގެ ގޯތިތެރެއިން ފެށިގެން އަލްއަގްސާ މިސްކިތުގެ އުތުރު ބޯޑަރުގެ ނިމުމާއި ހަމައަށް އޮންނަ ސަރަހައްދު ޔަހޫދީންނަށް ދޫކުރުމަށް ހުށަހަޅާފައެވެ.

ފަލަސްތީނުގެ ކަންބޮޑުވުމަކީ މި ޕްލޭނަކީ ފަލަސްތީނާއި އިސްރާއީލުގެ ސިޔާސީ ކޯޅުން ދީނީ ހަނގުރާމައަކަށް ބަދަލުކޮށް، ފަލަސްތީނުގެ ސަރަހައްދުތަކުގައި އަނިޔާވެރިކަން އިތުރަށް ފުޅާކުރާނެ ބޮޑު މަޝްރޫއަކަށް މިކަން ވެގެން ދިއުމެވެ.

އަޤްސާ މިސްކިތަށް އިސްރާއިލުން ގެންނަން މަސައްކަތްކުރާ އެއްވެސް ބަދަލެއް ގެނައުމަށް ފަލަސްތީނުގެ އިތުރުން ޖޯޑަން އިން ވެސް ދެކޮޅު ހަދައެވެ.

އިސްރާއިލުގެ މި ޕްލޭނަކީ، އެގައުމުން ފަލަސްތީނަށް އަތްގަދަކުރަމުންދާ ދިއުން އިތުރު ހަރުފަތަކަށް ގެންދިއުން ކަމަށްވެސް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ދަނީ ފާހަގަކުރަމުންނެވެ. އިސްރާއީލު ސަރުކާރުން މަސައްކަތް ކުރަމުންދަނީ ފަލަސްތީނުގެ ދައުރު ގުދުސްގައި ކުޑަކުރުމަށް ކަމަށްވެސް ދިރާސާކުރާ ފަރާތްތަކުން ދަނީ ފާހަގަކުރަމުންނެވެ.

އަލްއަގްސާ މިސްކިތަކީ ހަމައެކަނި މުސްލިމުންނަށް މުޤައްދަސް ތަނެއް ކަމަށާއި، އެތަނުގެ މައްޗަށް އުރުދުންގެ ބެލެނިވެރިކަމަށް އިސްރާއީލުން އިޙްތިރާމް ކުރަން ޖެހޭ ކަމަށް ގުދުސްގެ ކަންކަމާ ބެހޭ ރިޔާސީ ލަފާދޭ އަހުމަދު އަލް ރުވައިދީ ވަނީ ވިދާޅުވެފައެވެ.

އޭނާ ވިދާޅުވީ އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ އިޓަމާ ބެން ގްވީރާއި ބެޒާލެލް ސްމޮޓްރިޗް ފަދަ އިސްރާއީލުގެ ކަނާތުފިޔައިގެ އެކްޓިވިސްޓުންނަށް އަލްއަގްސާއަށް ވަދެ ނަސްލީ ތަފާތުކުރުން ގެންގުޅޭ ބަޔާންތައް ނެރުމަށް ފެހި ސިގްނަލް ދީފަކަމަށެވެ. އަދި ނަތަންޔާހޫ އަލްއަގްސާ މިސްކިތުގެ މައްސަލަ ބޭނުން ކުރައްވަނީ ސިޔާސީ ކާމިޔާބީތައް ހޯއްދަވަން ކަމަށާއި، ދީނީ ހަނގުރާމައެއް ފަށައިފި ނަމަ އޭގެ އަސަރު އެންމެންނަށް ވެސް ކުރިމަތިވާނެ ކަމުގެ އިންޒާރު އަލް ރުވައިދީ ވަނީ ދެއްވާފައެވެ.

ފަލަސްތީނުގެ ރައްޔިތުން ބުނާ ގޮތުގައި އަލްއަގްސާ މިސްކިތް ބައިބައި ކުރުމުގެ ބިލުން އެ މިސްކިތުގެ އިސްލާމީ އައިޑެންޓިޓީ ބަދަލުވެ، ހަމައެކަނި އަލް ޤިބްލީ ނަމާދު ހޯލަށް ނިސްބަތްވާނެ އެވެ.

އޭނާގެ ޕްލޭންގައި ހަލޭވީ ވަނީ ފަލަސްތީނުގެ ރައްޔިތުން ބުނާ ގޮތުގައި ސްޓޭޓަސް ކުއޯއަށް ނިމުމެއް ގެނަސް، މިސްކިތުގެ މައްޗަށް އިސްރާއީލުގެ ކޮންޓްރޯލް ފުޅާކުރެވޭނެ މަގު ފަހިކުރެވޭނެ ގޮތްތައް ހިމަނާފައެވެ.

މި ޑްރާފްޓް ގާނޫނުގައި ޔަހޫދީންނަށް މިސްކިތަށް ވަދެވޭ ގޮތަށް އޮތް، އިސްރާއީލުގެ ކަމާބެހޭ ފަރާތްތަކުގެ ފުރިހަމަ ކޮންޓްރޯލްގެ ދަށުގައިވާ އަދި ފަލަސްތީނުގެ އެއްވެސް މީހަކަށް ނުވަދެވޭ، މޮރޮކޯ ގޭޓުގެ ބަދަލުގައި ހުރިހާ ގޭޓަކުންވެސް ވަނުމުގެ ހުއްދަ ދޭން ވަނީ ހުށަހަޅާފައެވެ.

އިތުރަށް ކިޔާލަން

26 ފެބުރުއަރީ 2017

ވައިޓް ހެލްމެޓް ޑޮކިއުމެންޓްރީގެ މުހިއްމު ބައިވެރިޔަކު އެމެރިކާއަށް ނޭރުވި

26 ފެބުރުއަރީ 2017
ވައިޓް ހެލްމެޓް ޑޮކިއުމެންޓްރީގެ މުހިއްމު ބައިވެރިޔަކު އެމެރިކާއަށް ނޭރުވި
25 ފެބުރުއަރީ 2017

ތާވަލުގެ ކުރިޔަށް މެކްސިކޯ ފާރުގެ މަސައްކަތް ފަށާންނަ: ޓްރަމްޕް

25 ފެބުރުއަރީ 2017
ތާވަލުގެ ކުރިޔަށް މެކްސިކޯ ފާރުގެ މަސައްކަތް ފަށާންނަ: ޓްރަމްޕް
22 ފެބުރުއަރީ 2017

އަޒަބައިޖާން ގެ ރައީސް އެމަނިކުފާނުގެ ނައިބު ރައީސް އަކަށް އަނބިކަނބަކުން އައްޔަން ކުރައްވައިފި

22 ފެބުރުއަރީ 2017
އަޒަބައިޖާން ގެ ރައީސް އެމަނިކުފާނުގެ ނައިބު ރައީސް އަކަށް އަނބިކަނބަކުން އައްޔަން ކުރައްވައިފި
07 ފެބުރުއަރީ 2017

ފަލަސްތީނު ރައްޔިތުންގެ ބިންތައް އަތުލެވޭ ގާނޫނު އިސްރާއީލުން ފާސްކޮށްފި

07 ފެބުރުއަރީ 2017
 ފަލަސްތީނު ރައްޔިތުންގެ ބިންތައް އަތުލެވޭ ގާނޫނު އިސްރާއީލުން ފާސްކޮށްފި
02 ފެބުރުއަރީ 2017

އިސްރާއީލުން ހުޅަނގު އައްސޭރީގައި އާބާދުވުމާ މެދު އީ.ޔޫ އިން ކަންބޮޑުވުން ފާޅުކޮށްފި

02 ފެބުރުއަރީ 2017
އިސްރާއީލުން ހުޅަނގު އައްސޭރީގައި އާބާދުވުމާ މެދު އީ.ޔޫ އިން ކަންބޮޑުވުން ފާޅުކޮށްފި
01 ފެބުރުއަރީ 2017

ފަލަސްތީނާއި އިޒްރޭލުގެ މައްސަލަ ހައްލު ކުރުމަށް ބައިނަލްއަގްވާމީ މުޖުތަަމައުގެ ރޯލް ކުޅެން ޖެހޭ: ބޮޑު ވަޒީރު ނަވާޒް ޝަރީފް

01 ފެބުރުއަރީ 2017
ފަލަސްތީނާއި އިޒްރޭލުގެ މައްސަލަ ހައްލު ކުރުމަށް ބައިނަލްއަގްވާމީ މުޖުތަަމައުގެ ރޯލް ކުޅެން ޖެހޭ: ބޮޑު ވަޒީރު ނަވާޒް ޝަރީފް
25 ޖެނުއަރީ 2017

ކީސްޓޯން ތެޔޮހޮޅީގެ މަސައްކަތް ކުރިޔަށް ގެންދަން ޓްރަމްޕް ނިންމަވައިފި

25 ޖެނުއަރީ 2017
ކީސްޓޯން ތެޔޮހޮޅީގެ މަސައްކަތް ކުރިޔަށް ގެންދަން ޓްރަމްޕް ނިންމަވައިފި
17 ޖެނުއަރީ 2017

އެމްއެޗް 370 ހޯދުމުގެ މަސައްކަތް ހުއްޓާލައިފި

17 ޖެނުއަރީ 2017
އެމްއެޗް 370 ހޯދުމުގެ މަސައްކަތް ހުއްޓާލައިފި
17 ޖެނުއަރީ 2017

ތުރުކީގެ ނައިޓް ކްލަބަށް ހަމަލާދިނުމުގައި އިންޓެލިޖެންސް ބައިވެރިވާ ކަމަށް ސަރުކާރުން ތުހުމަތުކޮށްފި

17 ޖެނުއަރީ 2017
ތުރުކީގެ ނައިޓް ކްލަބަށް ހަމަލާދިނުމުގައި އިންޓެލިޖެންސް ބައިވެރިވާ ކަމަށް ސަރުކާރުން ތުހުމަތުކޮށްފި
07 ޖެނުއަރީ 2017

އިސްރާއީލުން އދ އަށް ދޭ ފަންޑް ކަނޑާލަނީ

07 ޖެނުއަރީ 2017
އިސްރާއީލުން އދ އަށް ދޭ ފަންޑް ކަނޑާލަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު