Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަޖިލީހުގެ ޖަލްސާ ކުއްލިއަކަށް ނިންމާލުން

އަފީފަށް އައި ފޯނު ކޯލަކާއެކު މަޖިލީހުގެ ޖަލްސާ ނިންމާލައިފި

14 ޖޫން 2023 | ބުދަ 08:10

އަފީފް ވިދާޅުވީ ޖަލްސާ ނިންމާލަނީ މަޖިލީހުގެ ނިޒާމް ގެއްލިފައިވާތީ ކަމަށް

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 14 ޖޫން 2023 | ބުދަ 08:10
މަޖިލީހުގެ ޖަލްސާ

މަޖިލީހުގެ ޖަލްސާ

ބުދަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވަމުން ގެންދެވި ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފަށް އައި ފޯނުކޯލަކާއެކު މަޖިލީހުގެ ޖަލްސާ ނިންމާލައިފިއެވެ.

ބުދަ ދުވަހުގެ މަޖިލީހުގެ ޖަލްސާގެ ހެނދުނުގެ ދަންފަޅި ފެށުމާއެކު އިދިކޮޅު ބައެއް މެންބަރުން އަޑުގަދަކުރައްވަން ފައްޓަވާ، މަޖިލީހުގެ ނިޒާމް ގެއްލުވާލުމުން މަޖިލީހުގެ ޖަލްސާ ވަނީ މެދުކަނޑާލާފައެވެ.

Advertisement - newsAdvertisement

ބުދަ ދުވަހުގެ ޖަލްސާގައި ރިޔާސަތުގައި އަފީފް އިންނެވީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި މަޖިލީހުގެ ނާއިބު ރައީސް އީވާ އަބްދުﷲ މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވަން އުޒުރުވެރިވެވަޑައިގަތުމުންނެވެ.

މަޖިލީސް މެދުކަނޑާލީ އިދިކޮޅު ފަރާތްތަކުން އަޑުގަދަކޮށް މަޖިލީހުގެ ނިޒާމް ގެއްލުވާލުމުން މަޝްވަރާކުރުމަށް ކަމަށް ބުނެއެވެ.

ނަމަވެސް ޖަލްސާގެ ދެވަނަ ދަންފަޅި ފެށުމުން ވެސް މެންބަރުން ވަނީ ތަޅުމުގައި އަޑުގަދަކޮށް ހަޅޭއްލަވާފައެވެ.

އެގޮތުން އެމްޑީޕީން ވަކިވެ މިހާރު އަމިއްލަ މެންބަރުންގެ ގޮތުގައި ތިއްބެވި 12 މެންބަރުންނާއި އެމްޑީޕީން ވަކިކޮށްފައިވާ މެންބަރަކު ވަނީ މަޖިލީހުގެ ރިޔާސަތުގެ ކައިރިއަށް ގޮސް އަޑުގަދަކުރައްވާފައެވެ.

މެންބަރުންގެ ހަޅޭކާއި ހުރެ މަޖިލީހުގެ އެޖެންޑާގައިވާ މަސައްކަތްތައް ކުރިއަށް ގެންދެވިފައެއް ނުވެއެވެ.

އަދި މަޖިލިސް ކުރިއަށް ދަނިކޮށް އަފީފަށް ފޯނެއް އައުމުން "އާދެ، މި ނިންމާލަނީ" މިހެން ވިދާޅުވުމަށް ފަހު، ދެން އޭނާ ވަނީ މަޖިލީސް ނިންމަވާލައްވާފައެވެ.

ބުދަ ދުވަހުގެ ޖަލްސާ އަށް މަޖިލީހަށް ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގައި ހިމެނިވަޑައިގަންނަވާ ސިޔާސީ ޕާޓީތަކަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުންނާ ވަކި ޕާޓީއަކަށް ނިސްބަތްވެވަޑައިނުގަންނަވާ މެންބަރުން ތަމްސީލުކުރައްވާނެ ގޮތަށް ގެނެވޭ ބަދަލާ ގުޅޭ މައްސަލަ ވަނީ އެޖެންޑާކޮށްފައެވެ.

މަޝްވަރާ އަށް މެދުކަނޑާލުމަށް ފަހު ޖަލްސާ އަލުން ފެށުމުން މަޖިލީހުގައި ތިއްބެވި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރައްވާ މެންބަރުން ވަނީ އެ މައްސަލަ އެޖެންޑާގައި ހިމަނާފައި ވަނީ ގަވާއިދާއި ޚިލާފަށް ކަމަށް ބުނެ، ނިޒާމީ ނުކުތާތައް ނަންގަވާފައެވެ. އެހެންނަމަވެސް އޭރު އެޖެންޑާގެ އެ މަސައްކަތްތަކާއި ހަމައަށް ނުދާތީ އެޖެންޑާގެ އެ ނަމްބަރާއި ހަމައަށް ދެވެންދެން ނިޒާމީ ނުކުތާ ނެންގެވުމަށް މަޑުކޮށްލަން އަފީފް އެދިވަޑައިގަތެވެ. އަދި މަޖިލީހުގައި އެ މައްސަލަ އެޖެންޑާކުރީ ރަނގަޅަށް ކަމަށް ވެސް އަފީފް ވިދާޅުވިއެވެ.

ކޮމިޓީތައް އެކުލަވާލުމުގެ މަސައްކަތުގެ ކުރިއަށް، މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ހުށަހަޅުއްވާފައިވާ ކުއްލި މައްސަލަ ހުށަހެޅުއްވުމަށް ވަނީ އެޖެންޑާކޮށްފައެވެ.

އެ މައްސަލަ އަކީ ސަރުކާރުން ބަދަލުގެ ގޮތުގައި 1.6 ބިލިއަން ރުފިޔާ ދޫކުރި ގޮތް ސާފުކުރުމަށް ހުށަހެޅި މައްސަލަ އެކެވެ. ނަމަވެސް އެ މަައްސަލަ ހުށަހެޅުމަށް އިދިކޮޅު މެންބަރުން ފުރުސަތު ދެއްވާފައެއް ނުވެއެވެ.

މަޖިލީހުގެ ތަޅުން ހޫނުވެ މެންބަރުން ވަނީ ރިޔާސަތުގެ މޭޒުކޮޅު ކައިރި އަށް ގޮސް އިހުތިޖާޖުކުރައްވާފައެވެ.

ޖަލްސާ ނިންމާލީ އަފީފަށް އެ އިހުތިޖާޖު ކުރިއަށް ދަނިކޮށް އައި ފޯނުކޯލަކަށް ފަހުގައެވެ. އެހެންނަމަވެސް އެ ފޯނު ކޯލަކީ ކޮން ބޭފުޅަކު ކުރެއްވި ފޯނުކޯލެއް ކަމެއް އެނގިފައިނުވެއެވެ.

އަފީފް ވިދާޅުވީ ޖަލްސާ ނިންމަވާލައްވަނީ މަޖިލީހުގެ ނިޒާމް ގެއްލިފައިވާތީ ކަމަށެވެ. އަދި ދެން މަޖިލީހުގެ ޖަލްސާ އެއް އޮންނާނީ 19 ޖޫންގައި ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

މަޖިލީހުގައި ކުރުން ހުއްދަ ނޫން ކަންކަމުގެ ތެރޭގައި، މަޖިލީހުގެ ގަވާއިދުގެ 56 ވަނަ މާއްދާގެ (ދ)ގައި ވަނީ މޯބައިލް ފޯނު މަޖިލީހުގެ ޖަލްސާތަކަށާއި މަޖިލީހުގެ ކޮމިޓީތަކަށް ވެއްދުމަކީ ހުއްދަކަމެއް ކަމަށެވެ. އެހެންނަމަވެސް ޖަލްސާގެ ވަގުތާއި ކޮމިޓީގެ ވަގުތުގައި މޯބައިލް ފޯނުން ފޯނުކުރުމުގެ ފަންކްޝަން ބޭނުން ކުރުމަކީ މަނާކަމެއް ކަމަށް އެ މާއްދާގައި ވަނީ ބުނެފައެވެ. އަދި ފޯނުކުރުމުގެ ފަންކްޝަން ކަމަށް ބުނެފައި ވަނީ ފޯނު ކުރުމާއި ފޯނަށް ޖަވާބު ދިނުން ކަމަށް ވެސް އެ މާއްދާގައި ބަޔާންކޮށްފައިވެއެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

3

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

4

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

01 ފެބުރުއަރީ 2017

އަންހެނުންގެ ބާރުވެރިކަމަކީ އެހެން ބަޔަކު އައިސް ވެދުން ކުރާނެ ހަދިޔާއެއް ނޫން: ފާތިމަތު އިބްރާހީމް

01 ފެބުރުއަރީ 2017
އަންހެނުންގެ ބާރުވެރިކަމަކީ އެހެން ބަޔަކު އައިސް ވެދުން ކުރާނެ ހަދިޔާއެއް ނޫން: ފާތިމަތު އިބްރާހީމް
29 ޖެނުއަރީ 2017

އިންޒާރު: މޫނު ބުރުގާ އަޅައިގެން ސްކޫލަށް އައިސްގެން ނުވާނެ!

29 ޖެނުއަރީ 2017
އިންޒާރު: މޫނު ބުރުގާ އަޅައިގެން ސްކޫލަށް އައިސްގެން ނުވާނެ!
26 ޖެނުއަރީ 2017

އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި

26 ޖެނުއަރީ 2017
އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި
24 ޖެނުއަރީ 2017

އައިހެވެން އަށް ޕްރޮޕޯސަލެއް ނުލިބޭ، ދަރަނި ކޮންޓްރޯލް ކުރާނަން:ޑރ ޝައިނީ

24 ޖެނުއަރީ 2017
އައިހެވެން އަށް ޕްރޮޕޯސަލެއް ނުލިބޭ، ދަރަނި ކޮންޓްރޯލް ކުރާނަން:ޑރ ޝައިނީ
22 ޖެނުއަރީ 2017

ބިން ހިއްކައިގެން ތަރައްގީކުރާ ތަންތަނުގައި ހިންގާ މަޝްރޫއުތަކަށް އީއައިއޭ ހަދަން ނުޖެހޭގޮތަށް ކަނޑައަޅައިފި

22 ޖެނުއަރީ 2017
ބިން ހިއްކައިގެން ތަރައްގީކުރާ ތަންތަނުގައި ހިންގާ މަޝްރޫއުތަކަށް އީއައިއޭ ހަދަން ނުޖެހޭގޮތަށް ކަނޑައަޅައިފި
14 ޖެނުއަރީ 2017

އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު

14 ޖެނުއަރީ 2017
އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
07 ޖެނުއަރީ 2017

އައިޖީއެމްއެޗްގެ އައިސީޔޫގައި ތިބޭ ބަލި މީހުނަށް ޒިޔާރަތްކުރާ ގަޑިއަށް ބަދަލުގެނެސްފި

07 ޖެނުއަރީ 2017
އައިޖީއެމްއެޗްގެ އައިސީޔޫގައި ތިބޭ ބަލި މީހުނަށް ޒިޔާރަތްކުރާ ގަޑިއަށް ބަދަލުގެނެސްފި
07 ޖެނުއަރީ 2017

އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލްގެ ތެރޭގައި އެނަޖީ ޑްރިންކް ވިއްކުން މަނާކޮށްފި

07 ޖެނުއަރީ 2017
އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލްގެ ތެރޭގައި އެނަޖީ ޑްރިންކް ވިއްކުން މަނާކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް