Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުެެއެމެރިކާ ލީގު

"މެސީއާއެކު އެމެރިކާ ލީގު ވަރުގަދަވެ މަޝްހޫރު ވާނެ!"

މެސީ އާއި ނޭމާ އެންމެ ފުރަތަމަ އެކުގައި ކުޅުނީ ސްޕެއިންގެ ބާސެލޯނާ އަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 13 ޖޫން 2023 | އަންގާރަ 04:58
މެސީ އަދި ނޭމާ އެކުގައި ޕީއެސްޖީގެ ފަރިތަކުރުމުގައި

މެސީ އަދި ނޭމާ އެކުގައި ޕީއެސްޖީގެ ފަރިތަކުރުމުގައި

މޭޖާ ލީގު ސޮކާ (އެމެރިކާ) ލީގަށް އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ބަދަލުވުމާއެކު، އެ ލީގު ވަރުގަދަވެ މަޝްހޫރުވެގެންދާނެ ކަމަށް ނޭމާ ޖޫނިއާ ބުނެފި އެވެ.

ނޭމާ އަކީ މެސީއާ ވަރަށް ގާތް ގުޅުމެއް އޮންނަ ކުޅުންތެރިޔެކެވެ. މެސީ އެންމެ ފަހުން ކުޅުނީ ވެސް ނޭމާއާ އެއް ޓީމަކަށެވެ. އެއީ ފްރާންސްގެ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އަށެވެ. އެކުލަބުގެ އެއްބަސްވުން މި ސީޒަނުގެ ނިޔަލަށް ހަމަވުމުން މެސީ ވަނީ އެމެރިކާ ލީގުގެ އިންޓަ މިއާމީ އަށް ބަދަލުވާން ނިންމައިފަ އެވެ.

އެކަމާ ގުޅިގެން ވާހަކަ ދައްކަމުން ނޭމާ ބުނީ، މެސީ ދިޔުމާއެކު އެމެރިކާ ލީގަށް ވަރަށް ބޮޑު ބަދަލެއް އަންނާނެކަން އޭނާ އަށް ޔަގީންވާ ކަމަށެވެ. ހަމައެއާއެކު އެ ލީގު އިތުރަށް މަޝްހޫރުވެގެން ދާނެ ކަމަށް ވެސް ނޭމާ ވަނީ ބުނެފަ އެވެ. އެހެންކަމުން އެންމެން ވެސް އެ ލިބޭ ފުރުސަތުގެ ބޭނުން ހިފައިގެން، މެސީގެ މޮޅު ކުޅުން ބަލަން ބޭނުންވާނެ ކަމަށް ނޭމާ ވަނީ ބުނެފަ އެވެ. އިތުރަށް ނޭމާ ބުނީ ޔޫރަޕުގެ ފުޓުބޯޅަ ދޫކޮށް މެސީ އެހެން ކުލަބަކަށް ބަދަލުވާން ނިންމުމަކީ އޭނާ އަށް ވެސް ލިބުނު ހިތާމައެއް ކަމަށެވެ. އޭނާ ބުނި ގޮތުގައި އެ ނިންމުން މެސީ ނިންމާނެކަން މާކުރިން ވެސް އޭނާ އަށް އިނގެ އެވެ.

އިތުރަށް ނޭމާ ބުނީ، މެސީ އަކީ އޭނާގެ އެންމެ ގާތް އެއް އެކުވެރިޔާ ކަމަށާއި، މެސީ އަކީ ފުޓުބޯޅައިގެ ތެރެއިން އޭނާ އަށް ލިބުނު ވަރަށް ބޮޑު ހަދިޔާއެއް ކަމަށެވެ. މެސީއާއެކު އެއް ޓީމަކަށް ކުޅެ، ރަނގަޅު ގުޅުމެއް އުފެދި، މެސީ އަކީ ކާކުކަން އިނގުމުގެ ފުރުސަތު ލިބުމުން އުފާވާކަން ފާހަގަކޮށް ނޭމާ ބުނީ، އަބަދު ވެސް އޭނާ އެދެނީ މެސީ އަށް ކާމިޔާބަށް ކަމަށެވެ. މެސީ އިންޓަ މިއާމީ އަށް ބަދަލުވާން ނިންމުމުން އެކަމުގެ ވާހަކަތައް ދެ ކުޅުންތެރިން ދެއްކި ކަމަށާއި، އެމެރިކާގައި މެސީ ވަރަށް އުފަލުން އުޅޭނެކަން އިނގޭ ކަމަށް ނޭމާ ވަނީ ބުނެފަ އެވެ.

މެސީ އާއި ނޭމާ އެންމެ ފުރަތަމަ އެކުގައި ކުޅުނީ ސްޕެއިންގެ ބާސެލޯނާ އަށެވެ. އެކުލަބުގައި ދެ ކުޅުންތެރިން އެކުގައި ގިނަ ކާމިޔާބީތަކެއް ހޯދުމަށް ފަހު، ނޭމާ ބަދަލުވީ ޕީއެސްޖީ އަށެވެ. ބާސެލޯނާ ދޫކޮށް މެސީ ވެސް ބަދަލުވީ ޕީއެސްޖީ އަށެވެ. މެސީ ޕީއެސްޖީ އަށް ބަދަލުވުމުގައި ނޭމާ ވަނީ ވަރަށް ބޮޑު ދައުރެއް އަދާކޮށްފައި ކަމަށް އޭރު މީޑިއާތަކުން ވެސް ވަނީ ބުނެފަ އެވެ.

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2017

ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

15 ޖެނުއަރީ 2017
ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް
15 ޖެނުއަރީ 2017

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް
12 ޖެނުއަރީ 2017

އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

12 ޖެނުއަރީ 2017
އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި
11 ޖެނުއަރީ 2017

މަޝްހޫރު ޓީމުތައް ގަދަ ހަތަރަކުން ކެޓީ ޓީމުތަކުގެ މެނޭޖްމެންޓްގެ ސަބަބުން: ސޮބާ

11 ޖެނުއަރީ 2017
މަޝްހޫރު ޓީމުތައް ގަދަ ހަތަރަކުން ކެޓީ ޓީމުތަކުގެ މެނޭޖްމެންޓްގެ ސަބަބުން: ސޮބާ
06 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު