Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ރެއާލް މެޑްރިޑް

ރެއާލް މެޑްރިޑުގެ ލެޖެންޑަރީ 7 ނަންބަރު ޖާޒީ ވިނީޝިއަސް އަށް

މި ސީޒަނުގައި ރެއާލް މެޑްރިޑުގެ އެންމެ މޮޅު ކުޅުނެތެރިއަކަށް ހޮވުނީ ވިނީޝިއަސް

ހުސެއިން ޒައިދް
ހުސެއިން ޒައިދް, ރާއްޖެ އެމްވީ | 12 ޖޫން 2023 | ހޯމަ 17:17
ވިނީޝިއަސް އަދި ރޮޑްރިގޯ

ވިނީޝިއަސް އަދި ރޮޑްރިގޯ

ރެއާލް މެޑްރިޑުގެ ލެޖެންޑަރީ 7 ނަންބަރު ޖާޒީ ވިނީޝިއަސް ޖޫނިއާއަށް ދޭން އެ ޓީމުން ނިންމައިފިއެވެ.

މި ސީޒަނުގައި ވިނީޝިއަސް ވަނީ ހުރިހާ މުބާރާތެއް ހިމެނޭހެން 23 ލަނޑު ޖަހާ، 16 ލަނޑު ޖެހުމަށް އެހީތެރިވެ މޮޅު ކުޅުމެއް ދައްކާފައެވެ. އަދި މި ސީޒަނުގައި ރެއާލް މެޑްރިޑުގެ އެންމެ މޮޅު ކުޅުނެތެރިއަކަށް ހޮވުނީވެސް ވިނީޝިއަސްއެވެ.

ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ރައުލް ފަދަ މެޑްރިޑްގެ ލެޖެންޑުން ވަނީ 1950 ގެ އަހަރުތަކުގައި ރޭމަންޑް ކޮޕާގެ 7 ނަންބަރު ޖާޒީ ލާފައެވެ. ނަމަވެސް ދާދި ފަހުން ދޫކޮށްލި ހަޒާޑް އެ ޖާޒީގައި ހަތަރު އަހަރު ހޭދަކުރި އިރު، އޭނާ އަށް ޖެހިފައިވަނީ ހަތް ލަނޑެވެ.

ވިނީޝިއަސްގެ 20 ނަންބަރު ޖާޒީގެ ބަދަލު އަންނަ ސީޒަނުގައި ލާނީ 7 ނަންބަރު ކަމަށް ރެއާލް މެޑްރިޑުން ވަނީ ޓްވީޓް ކޮށްފައެވެ. އޭނާގެ އިތުރުން ރޮޑްރިގޯގެ ނަންބަރު ބަދަލުވާ ކަމަށްވެސް ވަނީ އިއުލާނުކޮށްފައެވެ. ކުރިން 21 ނަންބަރު ގެންގުޅުނު ރޮޑްރިގޯގެ އައު ނަންބަރަކީ 11 އެވެ. އެއީ ދާދި ފަހުން ޓީމު ދޫކޮށްލި މާކޯ އަސެންސިއޯ ބޭނުންކުރި ނަންބަރެވެ. ވިނީޝިއަސް ގެ 20 ނަންބަރު ޖާޒީ ހުސްވުމުން، އެ ޖާޒީ އާ ހަވާލުވީ ދާދި ފަހުން ރެއާލްއަށް އެނބުރި އައި ފްރޭން ގާސިއާއެވެ.

ނަސްލީ ތަފާތު ކުރުމާ ގުޅިގެން ވިނީޝިއަސް ޓީމު ދޫކޮށްލަފާނެކަމަށް އަޑު ފެތުރުނު ނަމަވެސް އޭނާ ވަނީ ޓީމުގައި މަޑުކުރަން ނިންމާފައެވެ.

އިތުރަށް ކިޔާލަން

14 ފެބުރުއަރީ 2017

އިސްކޯގެ އެއްބަސްވުން އާނުކޮށް ރެއާލް އިން ދިގުދަންމަނީ

14 ފެބުރުއަރީ 2017
އިސްކޯގެ އެއްބަސްވުން އާނުކޮށް ރެއާލް އިން ދިގުދަންމަނީ
12 ފެބުރުއަރީ 2017

ސްޕެނިޝް ލަލީގާ: ރެއާލް އަދި ބާސާ މޮޅުވެ މަގާމު ދަމަހައްޓައިފި

12 ފެބުރުއަރީ 2017
ސްޕެނިޝް ލަލީގާ: ރެއާލް އަދި ބާސާ މޮޅުވެ މަގާމު ދަމަހައްޓައިފި
11 ފެބުރުއަރީ 2017

ނެޓްބޯލް އަމްޕަޔަރުންނަށް ޖާޒީ ހަވާލުކޮށްފި

11 ފެބުރުއަރީ 2017
ނެޓްބޯލް އަމްޕަޔަރުންނަށް ޖާޒީ ހަވާލުކޮށްފި
11 ފެބުރުއަރީ 2017

ބެންޒެމާ އަށް ރެއާލް އިން އާ އެއްބަސްވުމެއް ހުށަހަޅައިފި

11 ފެބުރުއަރީ 2017
ބެންޒެމާ އަށް ރެއާލް އިން އާ އެއްބަސްވުމެއް ހުށަހަޅައިފި
04 ފެބުރުއަރީ 2017

ޓޮޓީގެ ބަސް ނާހާ ރެއާލް އަށް ބަދަލުވުން އެއީ ހަޔާތުގައި ހެދުނު ބޮޑު ގޯހެއް: ކަސާނޯ

04 ފެބުރުއަރީ 2017
ޓޮޓީގެ ބަސް ނާހާ ރެއާލް އަށް ބަދަލުވުން އެއީ ހަޔާތުގައި ހެދުނު ބޮޑު ގޯހެއް: ކަސާނޯ
ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު