Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހައްޖު 1444

ހައްޖާޖީންގެ ފުރަތަމަ ގްރޫޕާ ނައިބުރައީސް ބައްދަލުކުރައްވައިފި

މިއަދު ފުރި ގްރޫޕުގައި 294 ހައްޖާޖީން ހިމެެނޭ

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 12 ޖޫން 2023 | ހޯމަ 11:53
ނައިބުރައީސް ފުރާވަޑައިގަތުމުގެ ކުރިން ހައްޖުވެރިންނާ ބައްދަލުކުރެއްވުން

ނައިބުރައީސް ފުރާވަޑައިގަތުމުގެ ކުރިން ހައްޖުވެރިންނާ ބައްދަލުކުރެއްވުން

1444ވަނަ އަހަރުގެ ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ރާއްޖެއިން ފުރާ ހައްޖާޖީންގެ އެންމެ ފުރަތަމަ ގްރޫޕްގައި ހިމެނޭ މީހުންނާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ބައްދަލުކުރައްވައި، ހައްޖާޖީންނަށް އަލްވަދާއު ވިދާޅުވެއްޖެއެވެ.

ހައްޖުގެ މަތިވެރި އަޅުކަމަށް، ހައްޖު ކޯޕަރޭޝަންގެ ފަރާތުން މިއަދު ފުރި 294 ހައްޖާޖީންނާއި އެފަރާތްތަކުގެ އާއިލާތަކާ، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ބައްދަލުކުރައްވައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ އެބޭފުޅުންގެ ހާލު ބައްލަވާލައްވައި، ދަތުރާ ގުޅޭގޮތުން ވާހަކަފުޅުދައްކަވާފައެވެ. މީގެ އިތުރުންވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ފާއިތުވި އަހަރުތަކެކޭ އެއްފަދައިން ދިވެހި ހައްޖާޖީންގެ ކަންކަން ފުރިހަމަކުރުމުގައި ޚާއްސަ ސަމާލުކަމެއް ދެއްވައިގެން އެބޭފުޅުންގެ އިންތިޒާމުތައް ސަރުކާރުން ވަރަށް ގާތުން ބައްލަވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ. އަދި އެމަނިކުފާނު ވަނީ ހުރިހާ ހައްޖުވެރިންނަށް މަބްރޫރު ހައްޖަކަށް އެދިވަޑައިގެންފައެވެ.

މިއަހަރުވެސް ހައްޖާޖީން ފުރުމަށްޓަކައި އެއަރޕޯޓަށް ގެންދިޔުމުގެ ކަންކަން ސަރުކާރުން ވަނީ އިންތިޒާމްކޮށްދީފައެވެ. ހައްޖުވެރިން ފުރުމަށް ހަމަޖެހިފައި ވަނީ މާލެއާއި، ހުޅުމާލެއާއި، ވިލިމާލެއިންނެވެ. މިގޮތުން ބަސްތަކާއި ފެރީ އަލި ލޯންޗް މެދުވެރިކޮށް ހައްޖާޖީންނާއި އެ ފަރާތްތަކުގެ އެހީތެރިން އެއަރޕޯޓަށް ގެންދިޔުމުގެ އިންތިޒާމްތައް ސަރުކާރުން ދަނީ ކުރަމުންނެވެ.

މިއަހަރުގެ އަމީރުލް ހައްޖުގެ ގޮތުގައި ކަނޑައަޅުއްވާފައި ވަނީވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބެވެ.

އިތުރަށް ކިޔާލަން

10 މާރިޗު 2017

ރައީސް ނަޝީދު ޖޯން މެކެއިންއާ ބައްދަލުކުރައްވައިފި

10 މާރިޗު 2017
ރައީސް ނަޝީދު ޖޯން މެކެއިންއާ ބައްދަލުކުރައްވައިފި
02 މާރިޗު 2017

ސައޫދީ ރަސްގެފާނު ރާއްޖެ ވަޑައިގަންނަވާ ގޮތައް ފުރަތަމަ އޮތީ ހަމަ އެކަނި ޗުއްޓީއަކަށް!

02 މާރިޗު 2017
ސައޫދީ ރަސްގެފާނު ރާއްޖެ ވަޑައިގަންނަވާ ގޮތައް ފުރަތަމަ އޮތީ ހަމަ އެކަނި ޗުއްޓީއަކަށް!
26 ފެބުރުއަރީ 2017

އެމްއެސްސީ އާއި ފެއާ ޓްރޭޑް ސެޓްފިކެޓް ލިބުނު ދުނިޔޭގެ ފުރަތަމަ ކުންފުންޏަށް މާންދޫ ވެއްޖެ

26 ފެބުރުއަރީ 2017
އެމްއެސްސީ އާއި ފެއާ ޓްރޭޑް ސެޓްފިކެޓް ލިބުނު ދުނިޔޭގެ ފުރަތަމަ ކުންފުންޏަށް މާންދޫ ވެއްޖެ
22 ފެބުރުއަރީ 2017

މާލޭގައި ދިރިއުޅޭ ގދ. ތިނަދޫގެ ރައްޔިތުންނާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ބައްދަލުކުރައްވައިފި

22 ފެބުރުއަރީ 2017
މާލޭގައި ދިރިއުޅޭ ގދ. ތިނަދޫގެ ރައްޔިތުންނާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ބައްދަލުކުރައްވައިފި
21 ފެބުރުއަރީ 2017

އދ. ގެ ހައިކޮމިޝަނަރ ފޯ ހިއުމަން ރައިޓްސްއާ ރައީސް ނަޝީދު ބައްދަލުކުރައްވައިފި

21 ފެބުރުއަރީ 2017
އދ. ގެ ހައިކޮމިޝަނަރ ފޯ ހިއުމަން ރައިޓްސްއާ ރައީސް ނަޝީދު ބައްދަލުކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު