Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސޭޝެލްސްގެ ރައީސްގެ ދަތުރުފުޅު

ރައީސްގެ އަނބިކަނބަލުން، ސޭޝެލްސްގެ ރައީސްގެ އަނބިކަނބަލުންނާއި ބައްދަލު ކުރައްވައިފި

12 ޖޫން 2023 | ހޯމަ 10:56

ދެބޭފުޅުން ވަނީ، ދައުލަތުގެ ފަރާތުން ކުޑަކުދިންނަށް ރައްކާތެރިކަންދީ ބެލެހެއްޓުމާއި ގުޅޭ ގޮތުންވެސް މަޝްވަރާކުރައްވާފަ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 12 ޖޫން 2023 | ހޯމަ 10:56
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ސޭޝެލްސްގެ ރައީސްގެ އަނބިކަނބަލުންނާއި ބައްދަލު ކުރައްވަނީ

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ސޭޝެލްސްގެ ރައީސްގެ އަނބިކަނބަލުންނާއި ބައްދަލު ކުރައްވަނީ

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު، ސޭޝެލްސްގެ ރައީސްގެ އަނބިކަނބަލުން ލިންޑާ ރާމްކަލާވަންއާ ބައްދަލު ކުރައްވައިފިއެވެ.

މިބައްދަލުކުރެއްވުން އޮތީ، މުލީއާގޭގައެވެ. ސޭޝެލްސްގެ ރައީސްގެ ދެކަނބަލުން ފުރަމާނަ ދަތުރުފުޅެއްގައި ރާއްޖެވަޑައިގެންނެވީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ދަޢުވަތަކަށެވެ.

Advertisement - newsAdvertisement

މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ދެއްކެވި ވާހަކަފުޅުގައި ވަނީ ދެޤައުމުގެ މެދުގައި އިޤުތިޞާދީ، އިޖުތިމާޢީ އަދި ޘަޤާފީ ގޮތުން އެއްގޮތް ގިނަ ކަންތައްތަކެއް ހުރިކަން ފާހަގަކުރައްވާފައެވެ. އެކަމަނާ ވިދާޅުވީ، ދިވެހިރާއްޖެއާ ސޭޝެލްސްގެ މެދުގައި އޮތްގުޅުން މިދަތުރުފުޅުގެ ސަބަބުން އިތުރަށް ބަދަހިވެގެންދާނެ ކަމުގައި ޔަޤީން ކުރައްވާ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ސޭޝެލްސްގެ ރައީސްގެ އަނބިކަނބަލުން ހޮސްޕިޓާލިޓީ އިންޑަސްޓްރީގައި ކުރައްވާފައިވާ މަސައްކަތްޕުޅުތަކަށް ތައުރީފު ކުރައްވާފައެވެ. މިގޮތުން ހޮސްޕިޓާލިޓީ ދާއިރާގައި އެކަމަނާ ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ހޯއްދަވާފައިވާއިރު ޚާއްޞަކޮށް ފަތުރުވެރިކަމުގެ ވިޔަފާރީގައި އަންހެނުން އިސްނަގައި ކުރިޔަށް ދިޔުމުގައި އެކަމަނާއަކީ ނަމޫނާ ބޭކަނބަލެއް ގޮތުގައި ބަލަންޖެހޭ ކަމަށް ރައިސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާހަގަކުރެއްވިއެވެ.

އަދި ސޭޝެލްސްގެ ރައީސްގެ އަނބިކަނބަލުން ލިންޑާ ރާމްކަލާވަން ވަނީ ހޮސްޕިޓާލިޓީ އިންޑަސްޓްރީގައި އެކަމަނާގެ ތަޖުރިބާތަކާއި، އަންހެނުންނަށް އޮތް ފުރުޞަތުތައްވެސް ޙިއްޞާކުރައްވާފައެވެ. މިބައްދަލުކުރެއްވުމުގައި ދެބޭފުޅުން ވަނީ، ދައުލަތުގެ ފަރާތުން ކުޑަކުދިންނަށް ރައްކާތެރިކަންދީ ބެލެހެއްޓުމާއި ގުޅޭ ގޮތުންވެސް މަޝްވަރާކުރައްވާފައެވެ.

މިގޮތުން ދައުލަތުގެފަރާތުން ބަލަހައްޓާކުދިންނަށް، މިހާރަށް ވުރެވެސް، ރައްކާތެރި، އެހީތެރި ވެއްޓެއް ލިބިދިނުމަށް އެ ތަންތަނުގެ ހިންގުން ހަރުދަނާކުރުމަށް މަސައްކަތް ކުރަންޖެހޭކަން ފާހަގަކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ ވާހަކަފުޅުގައި، ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުޑަކުދިން އަނބުރާ މުޖުތަމަޢަށް ނެރުމުގައި ސަރުކާރުން މިހާރު ގެންގުޅޭ ސިޔާސަތުތަކުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ.

މީގެ އިތުރުން އެކަމަނާގެ ވާހަކަފުޅުގައި، ޤަވާއިދުން ކުދިން ސްކޫލަށް ފޮނުވުމުގެ މުހިއްމުކަން ފާހަގަކުރައްވައި، ނާޒުކު ޙާލަތްތަކުގައިވާ ކުޑަކުދިންނާއި މެދު ގެންގުޅެވޭ ތަފާތުކުރުންތަކުގެ ސަބަބުން ކުރާ ނުރަނގަޅު އަސަރުތަކާއި މެދު މުޖުތަމަޢު ހޭލުންތެރިވާންޖެހޭ ކަމުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދާއި، ސޭޝެލްސްގެ ރައީސްގެ އަނބިކަނބަލުން ލިންޑާ ރާމްކަލާވަން ގެ މިބައްދަލުކުރެއްވުމުގައި ދެބޭފުޅުން ވަނީ، ކުޑަކުދިންނަށް ރައްކާތެރިކަން ދިނުމާއި އަދި އިޖުތިމާޢީ ދާއިރާއިން ހުރި ގޮންޖެހުންތަކަށް ޙައްލެއް ހޯދުމަކީ އެކަމުގެ ސަބަބުން މުޖުތަމަޢަށް ފައިދާތައްކުރޭނެ ކަމެއްކަން ފާހަގަކުރައްވާއެވެ.

ދެބޭފުޅުންގެ މިބައްދަލުކުރެއްވުން ނިންމަވާލެއްވީ، ދެޤައުމުގެ ރައްޔިތުންނަށްވެސް، ފުރިހަމަ ޞިއްޙަތާއި އުފާވެރިކަމާއި ތަނަވަސްކަން ދެމިގެންދާނޭކަމަށް އުއްމީދުކުރައްވާކަމުގައި ވިދާޅުވަމުންނެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

އެމެރިކާގެ ނުވަ ވަނަ މިޝަން ސަޕޯޓް ކޮމާންޑަރު، ޑިފެންސް މިނިސްޓަރާ ބައްދަލު ކުރައްވައިފި

26 ޖެނުއަރީ 2017
އެމެރިކާގެ ނުވަ ވަނަ މިޝަން ސަޕޯޓް ކޮމާންޑަރު، ޑިފެންސް މިނިސްޓަރާ ބައްދަލު ކުރައްވައިފި
24 ޖެނުއަރީ 2017

ޔޫކޭ ހައިކޮމިޝަންގެ ފަސްޓް ސެކްރެޓަރީ އެމްޔޫއޯއާ ބައްދަލު ކުރައްވައިފި

24 ޖެނުއަރީ 2017
ޔޫކޭ ހައިކޮމިޝަންގެ ފަސްޓް ސެކްރެޓަރީ އެމްޔޫއޯއާ ބައްދަލު ކުރައްވައިފި
24 ޖެނުއަރީ 2017

ޕީޕީއެމްގެ އާންމު މެމްބަރުންނާއި ރައީސް މައުމޫނު ބައްދަލުކުރައްވައިފި

24 ޖެނުއަރީ 2017
ޕީޕީއެމްގެ އާންމު މެމްބަރުންނާއި ރައީސް މައުމޫނު ބައްދަލުކުރައްވައިފި
23 ޖެނުއަރީ 2017

އަރަބި އިސްލާމީ ތައުލީމް އުނގަންނައިދޭ މުދައްރިސުންނަށް މަސައްކަތު ބައްދަލުވުމެއް ފަށައިފި

23 ޖެނުއަރީ 2017
އަރަބި އިސްލާމީ ތައުލީމް އުނގަންނައިދޭ މުދައްރިސުންނަށް މަސައްކަތު ބައްދަލުވުމެއް ފަށައިފި
23 ޖެނުއަރީ 2017

ޓީއެމްއޭގެ ބޯޑް ބައްދަލުވުން ކަނޑު އަޑީގައި!

23 ޖެނުއަރީ 2017
ޓީއެމްއޭގެ ބޯޑް ބައްދަލުވުން ކަނޑު އަޑީގައި!
22 ޖެނުއަރީ 2017

ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!

22 ޖެނުއަރީ 2017
ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!
19 ޖެނުއަރީ 2017

ރައީސް މައުމޫނަށް މެންބަރުންނަށް ބައްދަލު ނުކުރެވޭނެކަމަށް އެންގި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި

19 ޖެނުއަރީ 2017
ރައީސް މައުމޫނަށް މެންބަރުންނަށް ބައްދަލު ނުކުރެވޭނެކަމަށް އެންގި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި
19 ޖެނުއަރީ 2017

ބައްދަލުވުން ނުބޭއްވޭނެ ކަމަށް ފުލުހުން އަންގަފައި ވަނީ ވަކި މީހެއްގެ އޯޑަރަށް: ނާދިރާ

19 ޖެނުއަރީ 2017
ބައްދަލުވުން ނުބޭއްވޭނެ ކަމަށް ފުލުހުން އަންގަފައި ވަނީ ވަކި މީހެއްގެ އޯޑަރަށް: ނާދިރާ
15 ޖެނުއަރީ 2017

ރައީސްގެ ދެކަނބަލުންނަށް ތައުރީފް ކުރައްވަނީ ރުއްސަން: ނާޒިމް

15 ޖެނުއަރީ 2017
ރައީސްގެ ދެކަނބަލުންނަށް ތައުރީފް ކުރައްވަނީ ރުއްސަން: ނާޒިމް
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް