Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ރާއްޖެއާއި ސޭޝެލްސްގެ ގުޅުން

މޫސުމަށް އަންނަ ބަދަލުތަކާއި ދިމާވާ ގޮންޖެހުންތަކުގައި ރާއްޖެއާއި ސޭޝެލްސްގެ ގުޅިގެން މަސައްކަތް ކުރަންޖެހޭ: ރައީސް ސާލިހު

ކަނޑުގެ ރޯދިން ބޮޑެތި މަންފާތަކެއް ލިބޭ

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 12 ޖޫން 2023 | ހޯމަ 10:23
 ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހާއި، ސޭޝެލްސްގެ ރައީސް ހިޒް އެކްސެލެންސީ ވޭވަލް ރާމްކަލާވަން

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހާއި، ސޭޝެލްސްގެ ރައީސް ހިޒް އެކްސެލެންސީ ވޭވަލް ރާމްކަލާވަން

މޫސުމަށް އަންނަ ބަދަލުތަކާއި ދިމާވާ ގޮންޖެހުންތަކުގައި ރާއްޖެއާއި ސޭޝެލްސްއިން ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިހު މިހެން ވިދާޅުވީ ސޭޝެލްސް ގެ ރައީސް ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ރާއްޖެއާއި ސޭޝެލްސްއާ ދެމެދު ހަތަރު އެއްބަސްވުމެއް ބަދަލުކުރެއްވުމަށްފަހު ދެއްކެވި ވާހަކަފުޅުގައެވެ.

Advertisement - newsAdvertisement

ރައީސް ޞާލިހު ވިދާޅުވީ، ރައީސް ރާމްކަލާވަންގެ މި ދަތުރުފުޅަކީ، ދެ ގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުމަށް އިތުރުވެގެންދާ ތާރީޚީ އާ ކުރިއެރުމެއް ކަމަށާއި، ރާއްޖެއާއި ސޭޝެލްސްއަކީ، ދުރު އަވަށްޓެރި ދެ ގައުމު ކަމުގައިވީ ނަމަވެސް، ދެ ގައުމުގެ ދެމެދުގައި ހުރި ތަފާތުތަކަށްވުރެ އެއްގޮތް ކަންކަން ގިނަ ކަމަށެވެ. ޖަޒީރާތަކުގެ ރަށްވެހީންގެ ހައިސިއްޔަތުން އާދަކާދަތަކާއި، ދިރިއުޅުމަށް ކުރާ މަސައްކަތްތަކާއި، ދިރިއުޅުމުގެ ވައްޓަފާޅީގައިވެސް އެއްގޮތް އެތައް ކަންތައްތަކެއް ހުންނަ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ސާލިހު ވިދާޅުވީ އިގްތިސާދުތަކަށް ކަނޑުގެ ރޯދިން ބޮޑެތި މަންފާތަކެއް ލިބޭއިރު، ސުލްހައާއި ސަލާމަތްތެރިކަން ގުޅިފައި ވަނީ އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރި ކަމަށެވެ. އަދި އެންމެބޮޑު އެއް ކަންބޮޑުވުމެއް ކަމަށްވާ މޫސުމީ ބަދަލުތަކާއި، އެކަމުން ކުރާ ނޭދެވޭ އަސަރުތައްވެސް ގުޅިފައި ވަނީ ގައުމުތައް ވަށާލާފައިވާ ބިޔަ ކަނޑުގެ އޮއިވަރަށާއި ދިޔަވަރަށް ކަމަށެވެ.

އެގޮތުން ތަރައްގީގެ މަގުގައި ދެ ގައުމުގެ ތަޖުރިބާއާއި، މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކާއި، ދެ ގައުމުގައި ވެސް ހައްސާސް މައްސަލަތަކަށް ހައްލު ހޯދުމުގައި މިހާރަށްވުރެ ބޮޑަށް ދެ ގައުމުން ގުޅިގެން، އެއްބަޔަކު އަނެއް ބަޔަކަށް އެއްބާރުލުން ދޭންޖެހޭ ކަމަށް ރައީސް ޞާލިހު ވިދާޅުވިއެވެ.

ރާއްޖެއާއި ސޭޝެލްސްއާ ދެމެދު ވިސާ ނެގުމަކާ ނުލައި ދަތުރުކުރެވޭނެ އިންތިޒާމު ހަމަޖެހިގެން ދިއުމާއި ގުޅިގެން އެކަމަށް އިޝާރާތް ކުރައްވައި ރައީސް ޞާލިހު ވިދާޅުވީ މި އެއްބަސްވުމުގެ ސަބަބުން ދިވެހިންނާއި ސޭޝެލްސްގެ ރައްޔިތުންނާ ދެމެދު އޮންނަ ގާތް ގުޅުން އިތުރަށް ބަދަހިކުރުމުގެ ފުރުސަތު ފުޅާވެ، ދެ ގައުމުގެ ދެމެދުގައި ހިނގާ މުއާމަލާތްތައް އިތުރުކުރުމަށް ފަހިވާނެ ކަމަށެވެ.

މީގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާއިން ދެ ގައުމުގެ ދެމެދުގައި ތަޖުރިބާއާއި މައުލޫމާތު ހިއްސާކުރުމާ ބެހޭގޮތުން އަދި ދެ ގައުމުންވެސް މި ސިނާއަތުގައި ގެންގުޅޭ މަސައްކަތުގެ ވައްޓަފާޅިން ތަޖުރިބާ ލިބިގަނެވޭނެ ގޮތްތަކާމެދު މަޝްވަރާކުރެއްވި ކަމަށް ރައީސް ޞާލިހު ވިދާޅުވިއެވެ. އިގްތިސާދާއި ވިޔަފާރީގެ ދާއިރާއިން ދެ ގައުމުގެ ދެމެދުގައި ހިނގާ އިގްތިސާދީ ހަރަކާތްތައް އިތުރުކުރުމަށާއި، ކުރެވޭ ވިޔަފާރީގެ މުއާމަލާތްތަކުގެ މިންވަރު އިތުރުކުރުމަށް ދެ ގައުމުގެ ދެމެދުގައި ދަތުރުފަތުރު ކުރުމުގެ އިންތިޒާމުތައް އިތުރަށް ފުރިހަމަކުރުމަށް އެއްބަސްވެފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ޒުވާނުންނާއި ކުޅިވަރުގެ ދާއިރާއަށް އިޝާރާތް ކުރައްވައި ރައީސް ސާލިހު ވިދާޅުވީ ވޮކޭޝަނަލް ޓްރޭނިންގއާއި، ޒުވާނުން ތަރައްގީ ކުރުމާ ގުޅޭ ފަހުމުނާމާ އާކޮށްފައިވާ ކަމަށާއި، މި ދާއިރާތަކުން ގުޅިގެން ކުރަމުންދާ މަސައްކަތްތަކުގެ ސަބަބުން ދެ ގައުމުގެ ޒުވާނުންނަށް ބޮޑެތި މަންފާތަކެއް ލިބޭނެ ކަމަށެވެ. ސަރަހައްދީ އަދި ބައިނަލްއަގުވާމީ މަސްރަހުގައި ރާއްޖެއާއި ސޭޝެލްސް އަދި މުހިންމު ދާއިރާތަކުން އެއް ގައުމު އަނެއް ގައުމަށް އެއްބާރުލުން ދިނުމުގެ ދިގު މާޒީއެއްއޮތްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް ސާލިހު ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކާއި، ތިމާވެށްޓަށް ލިބޭ ގެއްލުންތަކާއި، ކަނޑުތަކާއި މަސްވެރިކަން ބެލެހެއްޓުމާއި، އިންސާނީ ހައްގުތަކާއި، ސަލާމަތާއި ރައްކާތެރިކަން ފަދަ ކަންކަމުގައި ރާއްޖެއާއި ސޭޝެލްސްއިން ގުޅިގެން އެތަކެއް މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. އަދި އ.ދ.ގެ އިތުރުން، އިންޑިއަން އޯޝަން ރިމް އެސޯސިއޭޝަނާއި، އެލެއަންސް އޮފް ސްމޯލް އައިލެންޑް ސްޓޭޓްސްއާއި، އެންމެފަހުން ރާއްޖެއިން ބައިވެރިވި އޯގަނައިޒޭޝަން އޮފް އެފްރިކަން ކެރީބިއަން އެންޑް ޕެސިފިކް ސްޓޭޓްސްގެ ޖަމުއިއްޔާގެ ތެރެއިންވެސް ރާއްޖެއާއި ސީޝެލްސް ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށް ރައީސް ޞާލިހު ވިދާޅުވިއެވެ.

ސޭޝެލްސްއާއި ރާއްޖެއިން އެއް ގައުމު އަނެއް ގައުމަށް ދެމުންދާ އެއްބާރުލުން މިހާރަށްވުރެ އިތުރުކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން ވެސް މަޝްވަރާކޮށްފައިވާކަން ފާހަގަކުރައްވައި ރައީސް ޞާލިހު ވިދާޅުވީ ވަކިން ޚާއްސަކޮށް، މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުންތަކާ ދެކޮޅަށް މަސައްކަތް ކުރުމާއި، ތިމާވެށްޓަށް ލިބޭ ގެއްލުންތައް ކުޑަކުރުމާއި، ޝަރަމުއްޝައިޚްގައި ނިމިދިޔަ ކޮޕް-27 ގައި ގާއިމްކުރެވުނު ލޮސް އެންޑް ޑެމޭޖް ފެސިލިޓީގެ މަސައްކަތްތައް ފެށުމަށް ވާންޖެހޭ ތައްޔާރީތަކާއި، ނޫ އިގްތިސާދާ ގުޅޭ ކަންކަމުގައި، އެކުގައި މަސައްކަތް ކުރުމާއި، އިންޑިއާ ކަނޑުގެ މަހުގެ އާބާދީ ބެލެހެއްޓުމުގައި އެއްބާރުލުން ދިނުމާއި ގުޅޭގޮތުން މަޝްވަރާކޮށްފައިވާ ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކުނި އުފުލަން ހާއްސަ އުޅަނދުތަކެއް، އަންނަ ހަފުތާގައި އިތުރު ސަރަހައްދުތަކުން ކުނި އުކާލެވޭނެ: ވެމްކޯ

ކުނި އުފުލަން ހާއްސަ އުޅަނދުތަކެއް، އަންނަ ހަފުތާގައި އިތުރު ސަރަހައްދުތަކުން ކުނި އުކާލެވޭނެ: ވެމްކޯ

14 ފެބުރުއަރީ 2017
ތެލަސީމިއާ ކުދިން ބޭނުން ކުރާ އަސުންރާ ބޭސް ފުވައްމުލަކުން ހުސްވެފައި، އަންނަ ހަފްތާގައި އެކަން ހައްލުވާނެ: އެސްޓީއޯ

ތެލަސީމިއާ ކުދިން ބޭނުން ކުރާ އަސުންރާ ބޭސް ފުވައްމުލަކުން ހުސްވެފައި، އަންނަ ހަފްތާގައި އެކަން ހައްލުވާނެ: އެސްޓީއޯ

14 ފެބުރުއަރީ 2017
މަހާނަ ހަދައިގެން ހައްޔަރުކުރި މީހުންނަށް އަންނައުނެއް ނުދޭ: ވަކީލް

މަހާނަ ހަދައިގެން ހައްޔަރުކުރި މީހުންނަށް އަންނައުނެއް ނުދޭ: ވަކީލް

08 ފެބުރުއަރީ 2017
އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު އަންނަ ހުކުރު ދުވަހު ބާއްވާނީ

އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު އަންނަ ހުކުރު ދުވަހު ބާއްވާނީ

05 ފެބުރުއަރީ 2017
"ހޭވައްލާ" ގެ ނަމުގައި ޕީޕީއެމްގެ ހާއްސަ ޖަލްސާއެއް އަންނަ މަހު ބާއްވަނީ

"ހޭވައްލާ" ގެ ނަމުގައި ޕީޕީއެމްގެ ހާއްސަ ޖަލްސާއެއް އަންނަ މަހު ބާއްވަނީ

31 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

17 ޖޫން
އިރާނާ ދެކޮޅަށް އިސްރާއީލަށް އަސްކަރީ އެހީތެރިކަން ނުދިނުމަށް އެމެރިކާ އަށް ރަޝިޔާ އިން އިންޒާރު ދީފި
20251 އަހަރު ކުރިން
ދުނިޔެ

އިރާނާ ދެކޮޅަށް އިސްރާއީލަށް އަސްކަރީ އެހީތެރިކަން ނުދިނުމަށް އެމެރިކާ އަށް ރަޝިޔާ އިން އިންޒާރު ދީފި

އަގު ބޮޑު ވެލާ ރިސޯޓުގައި ރައީސްގެ ދެކަނބަލުން ޗުއްޓީ ހޭދަ ކުރެއްވުމާ ބެހޭ ގޮތުން ސަރުކާރުގެ އަދި ރިސޯޓުގެ ބަހެއްވެސް ނެތް
20242 އަހަރު ކުރިން
ރާއްޖެ

އަގު ބޮޑު ވެލާ ރިސޯޓުގައި ރައީސްގެ ދެކަނބަލުން ޗުއްޓީ ހޭދަ ކުރެއްވުމާ ބެހޭ ގޮތުން ސަރުކާރުގެ އަދި ރިސޯޓުގެ ބަހެއްވެސް ނެތް

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ލުތުފީއަށް އިއްވި ހުކުމް ތަންފީޒުކޮށް ނިމިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ލުތުފީއަށް އިއްވި ހުކުމް ތަންފީޒުކޮށް ނިމިއްޖެ

 މަޝްހޫރު ލަވަކިއުންތެރިޔާ ބިއޮންސޭ އައު އަލްބަމެއް ނެރެނީ
20224 އަހަރު ކުރިން
ތަފާތު ޚަބަރު

މަޝްހޫރު ލަވަކިއުންތެރިޔާ ބިއޮންސޭ އައު އަލްބަމެއް ނެރެނީ

 ނަފްރަތުގެ އަމަލުތަކުގެ ބިލު ދީނާ ޚިލާފެއްނޫން
20215 އަހަރު ކުރިން
ރިޕޯޓު

ނަފްރަތުގެ އަމަލުތަކުގެ ބިލު ދީނާ ޚިލާފެއްނޫން

ރައީސް ޔާމީން ދެކެ ލޯބިވާ މިންވަރު ބެލުމުގެ ބައްދަލުވުމުގައި ފަނޑިޔާރު އަބްދުﷲ ދީދީ!
20197 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީން ދެކެ ލޯބިވާ މިންވަރު ބެލުމުގެ ބައްދަލުވުމުގައި ފަނޑިޔާރު އަބްދުﷲ ދީދީ!

ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ
20188 އަހަރު ކުރިން
ރިޕޯޓު

ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު