Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ފުޓްބޯޅަ

ވެޓަރަންސްގައި ހަމައެއް ލަމައެއްނެތް، އެފްއޭއެމަށް ވަރިހަމަ!

ގައުމީ ފެންވަރުގެ ކުޅުންތެރިން ވަނީ ވެޓަރަންސް މުބާރާތުގައި ކުޅެން ފަށާފައި

އަބްދުﷲ އަޒުމީން
އަބްދުﷲ އަޒުމީން, ރާއްޖެ އެމްވީ | 12 ޖޫން 2023 | ހޯމަ 09:22
މެލޭޝިޔާގައި ބޭއްވި ވެޓަރަންސް މުބާރާތުގައި ވާދަކުރި ސޮކާމޭޓްސް ކުޅުންތެރިން މެޗު ފެށުމުގެ ކުރިން

މެލޭޝިޔާގައި ބޭއްވި ވެޓަރަންސް މުބާރާތުގައި ވާދަކުރި ސޮކާމޭޓްސް ކުޅުންތެރިން މެޗު ފެށުމުގެ ކުރިން

ރާއްޖޭގެ ވެޓަރަންސް ޓީމެއް ކަމަށްވާ މޯލްޑިވްސް ސޮކާ މޭޓްސް ވަނީ މިދިޔަ ހަފުތާގައި މެލޭޝިޔާގައި ބޭއްވި ރެކްރިކޭޝަނަލް ފުޓްބޯޅަ މުބާރާތެއް ކާމިޔާބުކޮށްފަ އެވެ. ޓީމު ފުރައިގެން ދިޔައީ ވަރަށް ސްޓައިލްގަ އެވެ. ތަށި ހޯދައި އުފާފާޅު ކުރުންތައް ސޯޝަލް މީޑިއާއިން ފެނިގެންދިޔަ އެވެ.

އެކަމަކު ސޮކަ މޭޓްސްގެ އެފޮޓޯތަކުން ފުޓްބޯޅައިގެ ތެރެއަށް އުފަންވަމުން އަންނަ ވަރަށް ބޮޑު މައްސަލައެއް އާއްމުންނަށް ދޫކޮށްލި އެވެ. ސޮކަ މޭޓްސް ޓީމުގައި ރާއްޖޭގެ ގައުމީ ފެންވަރުގައި ކުޅޭ ހަތަރު ކުޅުންތެރިއަކު ފެންނަން ތިއްބެވެ. މި ހުރިހާ ކުޅުންތެރިންނަކީ ވެސް އެފްއޭއެމް ގަބޫލުކުރާ ކޮންޓްރެކްޓްތަކެއް އެކުޅުންތެރިއެއްގެ ކުލަބާއެކު ހަދައިގެން ތިބި ކުޅުންތެރިންނެވެ. އަކްރަމް އަބްދުލްގަނީ އާއި މުހައްމަދު އުމޭރާއި އަހުމަދު ރިލްވާން (ބެން) އާއި އިސްމާއީލް އީސާ (މެސީ) އެވެ. ސުވާލަކީ މި ހަތަރު ކުޅުންތެރިން ވެޓަރަންސް ކެޓަގަރީއަށް ފެތުނީ ކިހިނެތް ހެއްޔެވެ؟

ވެޓަރަންސް އަކީ ގައުމީ ފެންވަރުގައި ފުޓްބޯޅަ ކުޅުން ހުއްޓާލައިގެން ތިބޭ ކުޅުންތެރިންނެވެ. ގައުމީ ފުޓްބޯޅަ އިދާރާއިން ރާވައިގެން ހިންގާ މުބާރާތްތަކުގައި ކުޅޭނަމަ 35 އަހަރު ވިޔަސް އެ ކުޅުންތެރިއަކު ވެޓަރަން ކުޅުންތެރިއަކަށް ނުވާނެ އެވެ. އެކަމަކު ކުލަބުތަކުގެ ހިންގުން ދޯދިޔާވެ، އެފްއޭއެމަށް ކޮންމެ ކަމެއް ވަރިހަމަވެ، ފުޓްބޯޅަ ހިންގުން ފާލުން ނައްޓާލާތަން މިހިރަ ފެނިގެންދަނީ އެވެ. މިއިން ކަމަކާ ކަންބޮޑުވާ ބަޔަކު މި ރާއްޖެއަކު ނެތެވެ.

ހުއްޓާލައިގެން ތިބި ކުރީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން، ވެޓަރަންސް ފުޓްބޯޅަ މުބާރާތްތައް ރާއްޖޭގައި ބާއްވަން ފެށީ 2009ގަ އެވެ. ކޮންމެ ރޯދަމަހެއްގަ އެވެ. ފުރަތަމަ ރޯދަ މަހު ކުޅުނީ ބައިބަހައިގެންނެވެ. ޖެހިގެން އައި 2010 ވަނަ އަހަރު ވެޓަރަންސް މުބާރާތް ކުލަބުތަކަށް ހުޅުވާލީ ފުރަތަމަ އަހަރުގެ ތަރުހީބު ބޮޑުވުމުން ކުޅުންތެރިންގެ ވެސް އެދުމުގެ މަތީންނެވެ. އެކަމަކު ގާތްގަނޑަށް 10 އަހަރު މި މުބާރާތް ބޭއްވުނުއިރު މިހާރު ވެޓަރަންސް ފާލުން ނައްޓާލައިފި އެވެ. ކްލަބް ލެގޫންސަށް ކުޅުނު އިބްރާހީމް ޝަރީފް ނުވަތަ ގަރޭބެ އަކީ ވެޓަރަންސް މުބާރާތް ތައާރްފަކުރުމުގައި މުހިންމު ދައުރެއް ކުޅުނު މީހެކެވެ. ވަރަށް ގިނައިން އޭނާ ތަކުރާރުކުރާ ވާހަކައެއް މިތަނުގައި ލިޔެލާނަމެވެ.

"އަހަރުމެން މުބާރާތް ފެށީ ވަރަށް މާތް މަގްސަދެއްގައި. އެކަމަކު މިހާރު މިމުބާރާތް އޮއްޓަރެއްނެތް. ކޮންމެ މީހަކީ ވެސް ވެޓަރަންއަކަށް ވެއްޖެ. ކުޅުނު މީހެއް ނުކުޅޭ މީހެއް މިހާރު ވަކިނުވާ ހިސާބަށް ހިނގައްޖެ" އެވެ.

އެއީ ވަރަށް ބޮޑު ތެދެކެވެ. މުޅި ހަޔާތް ވިކްޓަރީގައި ހޭދަކުރި ކުޅުންތެރިއަކު ވެޓަރަންސް މުބާރާތަކުން މިއަދު ހަވީރު ވިކްޓަރީ ކެޓުމުން މާދަމާގެ މެޗުގައި ނިއުރޭޑިއަންޓްގެ ޖާޒީލައިގެން ކުޅޭނަމަ ވެޓަރަންސް މުބާރާތަށް މީހުން ޖޯކުޖަހާނެ އެވެ. ވިޔަފާރިއަކަށް މުބާރާތް ބޭއްވިޔަސް އެކަމުގައި ކޮލިޓީ އާއި އުސޫލުތަކެއް ހުންނަންޖެހެ އެވެ.

ވެޓަރަންސް މުބާރާތުގެ ތެރެއިން ކުރީގެ ކުޅުންތެރިން މިސްރާބު ޖެހީ ރާއްޖޭން ބޭރުގައި ކުޅޭ އެއް ދުވަސް ނުވަތަ ދެ ދުވަހުގެ މުބާރާތްތަކުގައި ކުޅުމަށެވެ. ނިއުރޭޑިއަންޓާއި ވިކްޓަރީ އާއި ވެލެންސިއާގެ ވާދަވެރިކަމުގެ ތެރެއިން ކުރީގެ ކުޅުންތެރިންނަށް ވަކިކުލަބެއްގެ ނަމުގައި މި މުބާރާތްތަކުގައި ކުޅެން "ހިތަށް ކެތްނުވުމުން" އެންމެނަށް ރުހިގެން ކުޅެވޭނެ ޕްލެޓްފޯމަކަށްޓަކައި އުފެއްދި އެއް ބަޔަކީ މޯލްޑިވްސް ސޮކާ މޭޓްސް އެވެ. ރާއްޖޭގެ ވެޓަރަންސް ޓީމުތަކަށް ބޭރަށްގޮސް ފުރަތަމަ އަހަރުތަކުގައި ތަށި ހޯދޭވަރެއްނުވި އެވެ. މިހެންވެ ކޮންމެ އަހަރަކު ޓީމު ޒުވާން ކުރަމުންގޮސް މިހާރުގެ ކުޅުންތެރިން ހިމަނައިގެން ވެޓަރަންސް ކުޅޭ ހިސާބަށް ކަންތައް މިއޮތީ ގޮސްފަ އެވެ. މިކަން މިދިޔަ ރޯދަމަހާ ހިސާބުން ފެށިއްޖެކަން އެފްއޭއެމުގެ ސަމާލުކަމަށް އައިސްފައިނެތެވެ. އެފްއޭއެމުގެ ކުރިމަތީގައި އޮތް ޓާފް ދަނޑުގައި ކުޅުނު މުބާރާތުގައި ރާއްޖޭގެ ގައުމީ ޓީމުގެ ކެޕްޓަން ސޮކާ މޭޓްސްގެ ޓީމުގެ އޮފިޝަލަކަށް އިންތަން ގައުމީ ފުޓްބޯޅަ އިދާރާއަށް ނުފެނުނެވެ. ހަގީގަތުގައި މިކަންކަމުގައި ކުޅުންތެރިން ނިސްބަތްވާ ކުލަބުތަކުން ވެސް ވަރަށް ގިނަ ގޮތްގޮތުން ޒިންމާ ނަގަންޖެހެ އެވެ. ސަބަބަކީ މިހިސާބަށް ކުޅުންތެރިން ދަނީ އެމީހުންނަށް ކޮށްދޭންޖެހޭ ކަންކަން ފުރިހަމަކޮށްދީފައި ނުހުންނާތީ އެވެ.

ފުރަތަމަ ޑިވިޝަނުގެ ނުވަތަ ގައުމީ ފެންވަރުގެ ކުޅުންތެރިން ވެޓަރަންސް ކުޅޭނަމަ އެއީ އެފްއޭއެމުން ސުވާލު ކުރަންޖެހޭ ކަމެކެވެ. ކުޅުންތެރިޔާ އާއި އެކުޅުންތެރިއެއްގެ ކުލަބާއި ވެޓަރަންސް ކުލަބާ ވެސް ސުވާލުކުރެވެންޖެހޭނެ އެވެ. މިއީ އަހަރުމެންގެ ކަމެއްނޫނޭ، އެއީ ކުޅުންތެރިޔާގެ އަމިއްލަ ކަމެކޭ ނޫނީ ވެޓަރަން ކުލަބުގެ ކަމެކޭ ބުނެފައި ނޫނީ އޭނާ ކުޅުނީމާ އަހަރުމެން ކީއްކުރާނީހޭ، އެއީ މިހާރު ހުއްޓާލަންވެފައި ތިބި ބައެކޭ ކިޔާފައި އެފްއޭއެމަށް ވަރިހަމަކޮށްލައިގެން ތިބެވިދާނެ އެވެ! އެކަމަކު އެގޮތް އިހްތިޔާރުކުރާނަމަ އެފްއޭއެމަށް ބެހެވޭނެ އެއްވެސް ކަމެއްނޯންނާނެ އެވެ. އެފްއޭއެމުގެ ބޭނުމެއްވެސް ނެތެވެ.

ފުޓްބޯޅައަށްޓަކައި އެފްއޭއެމުން ބަސްކިޔަން ޖެހޭ މިފަދަ ކަންކަމުގައި އެއިދާރާގެ އިސްނެގުމެއް މިހާތަނަށް ފެނިފައިނުވެ އެވެ. ބޮޑަށް ފެންނަނީ އެފްއޭއެމުގެ އެންމެ އިސްވެރިން އޭއެފްސީ އެކްސްކޯ އާއި ޑިވެލޮޕްމަންޓް ކޮމިޓީއާއި ލީގަލް ކޮމިޓީ އާއި ސާފުގެ ވެރިންގެ ގޮތުގައި ކުރަންހުރި ކަންކަން ގިނަވެގެން "އަވަދިނެތި،" އުޅޭތަނެވެ. އެކަމަކު އަމިއްލަ ގައުމުގައި ހިންގާ ކަންކަން ލޮލަށް ނުފެނި، އަމިއްލަ އިދާރާއި ގައުމުގެ މުސްތަގްބަލަށްޓަކައި އިސްވެ ބަލަންޖެހޭ ކަންކަމާ ކުރިމަތިލާން ނުކެރޭ ބަޔަކަށް ސަރަހައްދީ މަގާމުތަކުގައި އަދާކުރެވޭނީ ކޮންކަމެއް ހެއްޔެވެ؟ ދަތްހުރި އަދި ދަތްނެތް މިޔަރަކަށް އެފްއޭއެމް ހަދަނީ އެތަނުގެ ވެރިން އަމިއްލައަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އަގުބޮޑުކުރުމުން ވެސް ހިތްހަމައެއް ނުޖެހުނު، އަދިވެސް ކިޔަނީ އިތުރަށް ލާރި ދޭން!

އަގުބޮޑުކުރުމުން ވެސް ހިތްހަމައެއް ނުޖެހުނު، އަދިވެސް ކިޔަނީ އިތުރަށް ލާރި ދޭން!

06 މާރިޗު 2023
ރަނިލް ވިކްރަމަސިންގހަ: 6 ފަހަރު ބޮޑުވަޒީރުކަމާ ހަވާލުވެވަޑައިގެން އެއްވެސް ދައުރެއް ފުރިހަމައެއް ނުކުރެއްވޭ، މިފަހަރު ރައީސްކަމަށް

ރަނިލް ވިކްރަމަސިންގހަ: 6 ފަހަރު ބޮޑުވަޒީރުކަމާ ހަވާލުވެވަޑައިގެން އެއްވެސް ދައުރެއް ފުރިހަމައެއް ނުކުރެއްވޭ، މިފަހަރު ރައީސްކަމަށް

20 ޖުލައި 2022
އަގު އެއްހަމައެއްގައި ހިފެހެއްޓި، ހުސްނުވެ ކަރާ އަދި މިރުސް ލިބޭނެ

އަގު އެއްހަމައެއްގައި ހިފެހެއްޓި، ހުސްނުވެ ކަރާ އަދި މިރުސް ލިބޭނެ

17 މާރިޗު 2022
ނިޒާމީ ބަހުސްގައި ދައްކަވާ ހުއްޖަތު އެހާ ފުރިހަމައެއް ނޫނެވެ.

ނިޒާމީ ބަހުސްގައި ދައްކަވާ ހުއްޖަތު އެހާ ފުރިހަމައެއް ނޫނެވެ.

26 އޮކްޓޯބަރު 2021
މާލީ ބަޔާން ހާމަ ކުރުން: ރަނގަޅު ފެށުމަކަސް، ހިތްހަމައެއް ނުޖެހުނު

މާލީ ބަޔާން ހާމަ ކުރުން: ރަނގަޅު ފެށުމަކަސް، ހިތްހަމައެއް ނުޖެހުނު

12 ޖެނުއަރީ 2019

އަހަރުތަކުން މިއަދު

3 ފެބުރުއަރީ
އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު މަޖިލިސް ރައީސް އަބްދުއްރަހީމް އާ ބައްދަލު ކުރައްވައިފި
20251 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު މަޖިލިސް ރައީސް އަބްދުއްރަހީމް އާ ބައްދަލު ކުރައްވައިފި

ރިޔާސީ ބަޔާން އިއްވާ ޖަލްސާ ބޮއިކޮޓްކުރަން އެމްޑީޕީގެ ޕީޖީއިން ފާސްކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ރިޔާސީ ބަޔާން އިއްވާ ޖަލްސާ ބޮއިކޮޓްކުރަން އެމްޑީޕީގެ ޕީޖީއިން ފާސްކޮށްފި

ބ. ކެޔޮދޫގައި ވެލާ ހިފައި އެ އެއްޗެހި މެރި ބަޔަކު އަތުލައިގެންފި
20233 އަހަރު ކުރިން
ރާއްޖެ

ބ. ކެޔޮދޫގައި ވެލާ ހިފައި އެ އެއްޗެހި މެރި ބަޔަކު އަތުލައިގެންފި

ދެން ސްރީލަންކާއަށް ދަތުރުކުރެވޭނީ 50،000 ޑޮލަރުގެ ޓްރެވަލް އިންޝުއަރެންސްއަކާ އެކު
20224 އަހަރު ކުރިން
ރާއްޖެ

ދެން ސްރީލަންކާއަށް ދަތުރުކުރެވޭނީ 50،000 ޑޮލަރުގެ ޓްރެވަލް އިންޝުއަރެންސްއަކާ އެކު

މަސައްކަތް ހުއްޓާލުމަށްފަހު ސިއްހީ ޚިދުމަތްތެރިން މިޔަންމާގެ އަސްކަރިއްޔާއާ ދެކޮޅަށް ނުކުމެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

މަސައްކަތް ހުއްޓާލުމަށްފަހު ސިއްހީ ޚިދުމަތްތެރިން މިޔަންމާގެ އަސްކަރިއްޔާއާ ދެކޮޅަށް ނުކުމެއްޖެ

ބޭނުންވަނީ ހައްވާ ރާޝިދާ ފަދަ މޮޅު ކުޅުންތެރިއަކަށް ވާން: ޝާހާ
20197 އަހަރު ކުރިން
ކުޅިވަރު

ބޭނުންވަނީ ހައްވާ ރާޝިދާ ފަދަ މޮޅު ކުޅުންތެރިއަކަށް ވާން: ޝާހާ

އުއްތަމަ ފަނޑިޔާރާއި އަރީފު، ސައުދީ، އަލީ ހަމީދު ހައްޔަރު ކުރަން އެދެފި
20188 އަހަރު ކުރިން
ރާއްޖެ

އުއްތަމަ ފަނޑިޔާރާއި އަރީފު، ސައުދީ، އަލީ ހަމީދު ހައްޔަރު ކުރަން އެދެފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު