Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ނިޒާމީ ބަހުސްގައި ދައްކަވާ ހުއްޖަތު އެހާ ފުރިހަމައެއް ނޫނެވެ.

އެންމެ ފަހުން ބޭއްވުނު އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިޚާބަކީ ބަރުލަމާނީ އާއި ރިޔާސީއާ ދެމެދު ބޭއްވުނު އިންތިޚާބެއް ކަމަށް ގިނަ ބަޔަކު ގަބޫލު ކުރި

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް, ރާއްޖެ އެމްވީ | 26 އޮކްޓޯބަރު 2021 | އަންގާރަ 14:21
ރާއްޖޭގައި އޮންނަންވީ ނިޒާމެއް ބެލުމަށް މީގެ ސާދަ އަހަރު ކުރިން ވޯޓު ނެގުނު

ރާއްޖޭގައި އޮންނަންވީ ނިޒާމެއް ބެލުމަށް މީގެ ސާދަ އަހަރު ކުރިން ވޯޓު ނެގުނު

ވެރިކަމުގެ ނިޒާމުގެ ބަހުސަކީ ފޯރިގަދަ ބަހުސެކެވެ. ރާއްޖޭގައި އޮންނަން ފެންނަނީ ބަރުލަމާނީ ނިޒާމެއްތޯ ނުވަތަ ރިޔާސީ ނިޒާމެއްތޯ ކުރެވޭ ބަހުސެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހީމަކީ ވަރަށް ފައުޅުކަން ބޮޑުގޮތެއްގައި ބަރުލަމާނީ ނިޒާމް ރާއްޖޭގައި އޮންނަން ނުފެންނަ ކަމަށް ވާހަކަދައްކަވާ ބޭފުޅެކެވެ. ކޯލިޝަން ޕާޓްނަރުންގެ ތެރެއިން އެންމެ ފައުޅުކަން ބޮޑު ގޮތެއްގައި އެހެން ވިދާޅުވާން ކެރިވަޑައިގެންނެވީ ގާސިމަށެވެ. އެހެންކަމުން ނިޒާމީ ބަހުސްގައި ގާސިމްގެ ބައިވެރިވުން މުހިއްމުކަމުން އެމްޑީޕީގެ ރައީސް، މުހައްމަދު ނަޝީދު މިވަނީ ގާސިމާ ބައްދަލު ކުރައްވާފައެވެ. އެހެންނަމަވެސް އެކަމުގައި ގާސިމްގެ ފަރާތްޕުޅުން އަދި މާބޮޑު ތަފްސީލެއް ނުލިބެއެވެ.

ވަރިކަމުގައި އޮތް ކޯލިޝަނުގެ އެންމެ ބޮޑު ޕާޓީ އެމްޑީޕީގެ ރައީސް ގެންދަވަނީ ބަރުލަމާނީ ނިޒާމް ގެންނެވުމަށް މަސައްކަތްޕުޅު ކުރައްވަމުންނެވެ. އެ ޕާޓީގެ އިސް ލީޑަރު، ރައީސް އިބްރާހީމް މުހައްމަދު ސާލިހު މިކަމަށް އެހާ ބޮޑަށް ޝައުގުވެރިވެވަޑައިގަންނަވާ މަންޒަރެއް ނުފެނެއެވެ. އަބަދުވެސް އިސްކުރައްވަނީ ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުފުޅުތަކެވެ. އަދި އެކަމުގައި ބޭނުންފުޅުވެވަޑައިގަންނަވަނީ ރައްޔިތުން ބޭނުންވާ ގޮތް ބެއްލެވުމަށް ކަމަށް ވިދާޅުވެއެވެ.

ނިޒާމީ ބަހުސާއެކު އެމްޑީޕީން އިސް ނަގައިގެން ބަރުލަމާނީއަށް ތާއީދު ހޯދުމަށް މަސައްކަތްތަކެއްވެސް ފެށިއެވެ. އެންމެ ފަހުން ބޭއްވުނު އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިޚާބަކީ ބަރުލަމާނީ އާއި ރިޔާސީއާ ދެމެދު ބޭއްވުނު އިންތިޚާބެއް ކަމަށް ގިނަ ބަޔަކު ގަބޫލު ކުރިއެވެ. އެހެން އެކަން އޮތްކަމަށްވާނަމަ ބަރުލަމާނީ ނިޒާމަށްވުރެ ބޮޑަށް އެމްޑީޕީގެ އެތެރޭގައި ތާއީދު ބޮޑީ ރިޔާސީ ނިޒާމަށް ކަމަށް ބެލެވިދާނެއެވެ.

އެމްޑީޕީ ތެރޭގައި ކެންޑިޑޭޓުން ވާދަކުރީ ދެ ފަޅިއަކަށެވެ. އެއް ފަޅިއަކީ ސަރުކާރަށް ތާއީދުކުރާ ނުވަތަ ރިޔާސީ ނިޒާމަށް ތާއީދު ކުރާ މީހުންނެވެ. އަނެއް ފަޅިއަކީ ސަރުކާރުން ގަބޫލު ނުކުރާ ބަރުލަމާނީ ނިޒާމަށް ތާއީދު ކުރާ މީހުންނެވެ. އެހެންކަމުން މިއީ ނިޒާމީ ވޯޓެއްގެ ގޮތުގައި ސިފަކުރާނަމަ އެމްޑީޕީގެ ތެރޭގައި މިކަން އޮތް ގޮތް ވަރަށް ސާފެވެ.

ދެން ތިބީ ރައްޔިތުންނެވެ. ރައްޔިތުންގެ ވޯޓަކަށް ދާން ޖެހިއްޖެތޯ އުފެދޭ ސުވާލެވެ. ސިޔާސީ ބައެއް ބޭފުޅުން ބޭނުވާ ކޮންމެ ފަހަަރަކު ނިޒާމު ބަަދަލު ކުރުމަށް ރައްޔިތުންނާ ހަމައަށް ދާން ޖެހޭތޯއެވެ. ނުވަތަ މިހާރު އޮތް ނިޒާމާއެކު ވެރިކަން ނުކުރެވެނީ ތޯއެވެ. މި ނިޒާމާއެކު ވެރިކަން ކުރެއްވުމަށް ހުރީ ކޮންކޮން ގޮންޖެހުންތަކެއްތޯއެވެ.

މި ސުވާލުތަކުގެ ޖަވާބު ރައްޔިތުންނަށް ސާފުކޮށްދޭން އެބަ ޖެހެއެވެ. އެންމެ ބޮޑަށް ދެކެވޭ ވާހަކައަކީ، ރިޔާސީ ނިޒާމުގައި ކޯލިޝަން ހަދަން ޖެހޭ ވާހަކައެވެ. އޭގެ ސަބަބުން ސަރުކާރުން ބައި އަޅަން ޖެހޭ ޕާޓީތައް އޮންނަނީ ކަމަށެވެ. މެޖޯރިޓީ ބޮޑު ޕާޓީއަށް އޮންނަ ބާރު ކުޑަވަނީ ކަމަށެވެ. އެހެން ކުދި ޕާޓީތަކުގެ ލީޑަރުން ބުނާގޮތް ހަދަން ޖެހި ކެބިނެޓްގެ ސްލޮޓްތައްވެސް ފަޅިފަޅިއަށް ބަހަން ޖެހެނީ ކަމަށެވެ. މިކަހަލަ ވާހަކަތަކެކެވެ. ބަރުލަމާނީ ނިޒާމު ގެނައުމަށް މިއީ ހަމަ ހުއްޖަތެއް ހެއްޔެވެ.

ރިޔާސީ ނިޒާމުގެ ވެރިކަން ކުރަނީ ރިޔާސީ ނިޒާމުގެ ސިފައިގައި ނޫންކަމަށް ދެކެވޭ ވާހަކައަށް ބަލާލަމާ ހިނގާށެވެ. ބަރުލަމާނީ ނިޒާމް ގެނެސްގެން އެ ވިދާޅުވާ ކޯލިޝަން ނަހަދާ ވެރިކަން ކުރެވޭތޯއެވެ. އެ ސުވާލުގެ ޖަވާބު ހޯދާލަން ދުނިޔޭގެ ތެރެއަށް ނަޒަރު ހިންގާލާއިރު އަބަދުވެސް އަޑު އިވެނީ ކޯލިޝަން ހަދައިގެން ސަރުކާރު އެކުލަވާލާ ވާހަަކައެވެ. ވަރުގަދަ ބަރުލަމާނީތަކުގައިވެސް އަޑުއިވެނީ މިވާހަތަކެވެ.

ކޮންމެ ބަޔަކު އުފެއްދިޔަސް ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަގްސަދަކަށް ވެފައި އޮންނަނީ ވެރިކަމަށް އައުމެވެ. ވެރިކަމަށް ނާދެވޭ ހާލަތެއްގައި ވެރިކަމަށް އަންނަ ބަޔަކާ ގުޅިގެން ސަރުކާރުގެ ތެރެއިން ފައިދާތަކެއް ހޯދުމެވެ. ބަރުލަމާނީ ނިޒާމެއްގައި ކޯލިޝަން ހަދައި ބޮޑުވަޒީރަކު ހޮވުމަށް ކުދި ޕާޓީތަކުން އެއްވެސް ޑިމާންޑެއް ނެތި ތާއީދު ކޮށްފާނެ ހެއްޔެވެ.

އެހެން އެކަން ހިނގާނެ ނަމަ ބަރުލަމާނީ ނިޒާމް ގެނައުމަށް އެދައްކަވާ ވާހަކަތަކުގައި އޮށްޓަރެއް ހުރި ކަމަށް ބެލެވިދާނެއެވެ. އެހެންނަމަވެސް ރާއްޖޭގެ ސިޔާސީ މަސްރަހުގެ މާޒީއަށް ބަލާއިރު އެކަން އެހެން ނޯންނާނެކަން ފެންނަން އެބައޮތެވެ. ކޯލިޝަން ހެދުމަށްޓަކައި ފުރަތަމަ ބާއްވާ މަޝްވަރާ ބައްދަލުވުމަކީވެެސް ސަރުކާރުގެ ސޮލޮޓްތައް ބަހާނެ ގޮތާމެދު ކުރެވޭ މަޝްވަރާއެވެ. މި މަޝްވަރާ ކުރައްވަނީވެސް ހަމަ ސިޔާސީ ބޭފުޅުންނެވެ. އެހެންނަމަވެސް ވެރިކަމަށް އާދެވޭ ހިސާބުން ކޯލިޝަން ޕާޓްނަރުން ގޯސްވެއެވެ.

މާދަމާ ވެރިކަމަށް އަންނަން މަސައްކަތް ފަށާއިރުވެސް ހަމަ އެ ޕާޓީތަކާއެކު ކުރާނީ މި މަޝްވަރާތަކެވެ. އެތެރެއިން ހުރިހާ ކަމެއް ނިންމުމަށްފަހު ރައްޔިތުންނަށް ދައްކަނީ މުޅިން އެހެން މަންޒަރެކެވެ. ކޮރަޕްޝަންގެ އަމަލުތައް ރިޔާސީ ނިޒާމުގައި ހިނގާލެއް އިތުރު ކަމަށް ބުނާއިރު، ކޮރަޕްޓްވަނީ އެކަން ކުރަން ހުންނަ މީހާއެވެ.

ކޮންމެ ނިޒާމެއް އޮތަސް އެ މީހަކު ކާން ބޭނުންވާ ވަރަކަށް ކާނެއެވެ. ކާނެ ކޮންމެވެސް ގޮތެއް ހޯދާނެއެވެ. އެހެންކަމުން ނިޒާމު ބަދަލުކުރުމަށް ދައްކާ ހުއްޖަތުގައި ހަމަ ބުއްދިއަށް ގަބޫލުކުރެވޭ ވާހަަކަތައް ނުހުންނަ ކަމަށް މީހުން ގެންދަނީ ބުނަމުންނެވެ. އިޚުލާސްތެރިވާން ޖެހެނީ މީހާއެވެ. ނިޒާމެއް ނޫނެވެ.

ރައްޔިތުންނާ ހަމައަށް އަބަދުވެސް ސިޔާސީ ބޭފުޅުން ވަޑައިގަންނަވަނީ އެދުމެއް އޮވެގެންނެވެެ. މިފަހަރުވެސް އެކަން ވާނީ އެހެންނެވެ. ދެން އޮތީ ރައްޔިތުން ސިޔާސީ ބޭފުޅުންގެ ހިތްހަމަ ޖައްސައި ދިނުމެވެ. ރައްޔިތުންނަކީ މާ މުހިއްމު ބައެއް ކަމަށް އެ މީހުން ނުދެކެއެވެ. އެހެންވެ ނިޒާމީ ބަހުސްގައި ދައްކަވާ ހުއްޖަތު ގަބޫލުކުރަން ފަސޭހައެއް ނޫނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޖަމީލު ދައްކަވާ ދެއުޅިއެއް ނުވާ \"ހޮޅި\" ވާހަކަ!

ޖަމީލު ދައްކަވާ ދެއުޅިއެއް ނުވާ "ހޮޅި" ވާހަކަ!

09 އޮކްޓޯބަރު 2020
ހައިކޯޓުން އެބުނީ ރަނގަޅަށް، \"ސީދާ\" ރައީސް ނަޝީދުގެ އެއްވެސް ވާހަކައެއް ނުދައްކަވާ!

ހައިކޯޓުން އެބުނީ ރަނގަޅަށް، "ސީދާ" ރައީސް ނަޝީދުގެ އެއްވެސް ވާހަކައެއް ނުދައްކަވާ!

03 ފެބުރުއަރީ 2020
ގާސިމެވެ. މީހުން އާދޭސް ކުރާ ކަމަށް، ތިޔަދައްކަވާ ވާހަކަތަކަށް ނިމުމެއް އަންނާކަށް ނުވޭތޯއެވެ!

ގާސިމެވެ. މީހުން އާދޭސް ކުރާ ކަމަށް، ތިޔަދައްކަވާ ވާހަކަތަކަށް ނިމުމެއް އަންނާކަށް ނުވޭތޯއެވެ!

23 ޖެނުއަރީ 2020
ދީނުގެ ވާހަކަދައްކަވާއިރު، ޤާސިމް ބަރޯސާވަނީ ރަލާ އޫރު މަހުގެ ވިޔަފާރީއަށް!

ދީނުގެ ވާހަކަދައްކަވާއިރު، ޤާސިމް ބަރޯސާވަނީ ރަލާ އޫރު މަހުގެ ވިޔަފާރީއަށް!

16 ސެޕްޓެމްބަރު 2019
ލަންކާއާ ގުޅޭ ގޮތުން ސަބްރާ ދެއްވި ސްޕީޗު: ފުރިހަމަ، އެހާމެ އަސަރުގަދަ

ލަންކާއާ ގުޅޭ ގޮތުން ސަބްރާ ދެއްވި ސްޕީޗު: ފުރިހަމަ، އެހާމެ އަސަރުގަދަ

27 އެޕްރީލު 2019

އަހަރުތަކުން މިއަދު

14 ޖެނުއަރީ
މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން
20251 އަހަރު ކުރިން
ރާއްޖެ

މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް
20242 އަހަރު ކުރިން
ރާއްޖެ

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް

ބަރަބޯ އޮށުގެ ފައިދާ
20233 އަހަރު ކުރިން
ރިޕޯޓު

ބަރަބޯ އޮށުގެ ފައިދާ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟
20197 އަހަރު ކުރިން
ރިޕޯޓު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން
20188 އަހަރު ކުރިން
ރިޕޯޓު

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު