Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ރިޕޯޓް

ރައީސް ޔާމީނު: ކޮންމެ ގޮތެއް ވަރިހަމަ ވެރިއެއް!

ގާނޫނު އަސާސީގައި ވަނީ ބާރުތައް ވަކިކުރެވިފައި

ހުޝާމް މުހަޢްމަދް
ހުޝާމް މުހަޢްމަދް, ރާއްޖެ އެމްވީ | 28 ފެބުރުއަރީ 2018 | ބުދަ 08:38
ރައީސް ޔާމީނާއި މަޖިލީހުގެ ރައީސް މަސީހް

ރައީސް ޔާމީނާއި މަޖިލީހުގެ ރައީސް މަސީހް

ދިވެހިރާއްޖޭގެ ގާނޫނު އަސާސީގެ 106 ވަނަ މާއްދާގެ (ނ) ގައި ބުނަނީ " ދައުލަތް ހިންގުމުގެ އެންމެހާ އުސޫލުތައް ކަނޑައަޅާނީ މި ގާނޫނު އަސާސީން ކަމަށް ވީ ހިނދު، މި ގާނޫނު އަސާސީ ދަމަހައްޓައި ، ދިފާއުކޮށް ، ގާނޫނު އަސާސީއަށް ހުރުމަތްތެރިކޮށް ހިތުން މަތީ ރައީސުލްޖުމްހޫރިއްޔާ ދެމިހުންނަންވާނެއެވެ. އަދި ދައުލަތުގެ އެއްބައިވަންތަކަން ދަމަހައްޓާން މަސައްކަތް ކުރަންވާނެއެވެ" މިގޮތަށެވެ.

މިހާސާފުކޮށް ގައުމުގެ ރައީސުލްޖުމްހޫރިއްޔާ ގާނޫނު އަސާސީއާ ގާނޫނުތައް ނެގެހެއްޓުމަށް މަސައްކަތްޕުޅު ކުރައްވަން ޖެހިވަޑައިގަންނަވާނެ ކަމަށް ގާނޫނު އަސާސީގައި ލިޔެވިދާނެ ކަމަކަށް ގަބޫލެއް ނުކުރެވެއެވެ. އެހާވެސް ސާފެވެ. އެހެން ނަމަވެސް މިގައުމުގައި މިހާރު ގާނޫނު އަސާސީއަށް ގާނޫނުތަކަށް ބެލުމެއް ނެތެވެ. ރައީސް މީހާ ހިތުހުރި ގޮތެކެވެ.

ރައީސުލްޖުމްހޫރިއްޔާ ވެރިކަން ހިންގަވަން އޮންނަނީ ގާނޫނު އަސާސީގެ ދަށުންނެވެ. އެއްވެސް އިރެއްގައި އެއްވެސް ކަމެއް އެ ގާނޫނު އަސާސީއާއި ހިލާފަށް ކުރައްވަން އެއްވެސް ޖާގައެއް ނޯންނާނެއެވެ. އެއީ ގާނޫނު އަސާސީއަށް ވުރެ މަތީގައި ހުންނަވާނެ ވެރިއަކު މިގާނޫނު އަސާސީގައި ބުނެފައިނެތުމުންނެވެ. އަދި އެއީ ދުނިޔޭގައި ގާނޫނު އަސާސީ އެކުލަވައިލާއިރު އޮންނަ ހަމައެއް އުސޫލެއް ވެސް ނޫނެވެ.

ރައީސް ޔާމީނުގެ ވެރިކަމުގައި 2014 ވަނަ އަހަރު ސްޕްރީމް ކޯޓުގެ ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒް ހުސެއިނާއި އެ ކޯޓުގެ ކުރީގެ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނު ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރެވިގެން ދިޔަ އިރު އެބޭފުޅުންނަށް އެބޭފުޅުންގެ ކުށަކީ ކޮބައިކަން އަދި ޖަވާބުދާރީވެވަޑައިގަތުމަށް މަޖިލީހުގައި ފުރުސަތުވެސް ލިބިވަޑައިގެންފައެއް ނުވެއެވެ. ކޯޓުތަކާބެހޭ ގާނޫނަށް ގެނެވުނު ބަދަލަކާއި ގުޅިގެން ސްޕްރީމްކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް ބަދަލު ކުރުމުން މަގާމުން ވަކިކުރަން ބޭނުންވާ ފަނޑިޔާރުންގެ ގޮތުގައި ޖޭއެސްސީއިން މި ދެ ފަނޑިޔާރުންގެ ނަން މަޖިލީހަށް ފޮނުވުމުން އެކަން އެގޮތަށް ނިންމީ ރައީސް ޔާމީނުގެ މެޖޯރިޓީ އޮތް މަޖިލީހަކުންނެވެ.

ސަރުކާރުގެ ތެރޭގައި ހިނގަމުންދިޔަ ވައްކަމާ ކޮރަޕްޝަނުގެ ބޮޑެތި އެތައް މައްސަލަތަކެއްގެ ވާހަކަ ރައީސް ޔާމީނުގެ ސަމާލުކަމަށް ގެންނެވުމުން އޭރު އޮޑިޓަރ ޖެނެރަލް ގެ މަގާމުގައި ހުންނެވި ނިޔާޒް އިބުރާހިމަށް ވެގެން ދިޔަ ގޮތަކީ އޮޑިޓަރޖެނެރަލްގެ ގާނޫނަށް ގެނެވުނު އިސްލާހަކުން މަގާމް ގެއްލިގެން ދިޔައީއެވެ.

ރައީސް ޔާމީނުގެ ފުރަތަމަ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ނައިބު ރައީސް ކަމުގެ މަގާމުން ވަކިކުރެއްވީ މަގާމުގެ މަސްއޫލިއްޔަތު ފުރިހަމައަށް އަދާނުކުރައްވާ ކަމަށް ބުނެ މަޖިލީހަށް ހުށަހެޅި އިތުބާރު ނެތް ކަމުގެ މައްސަލައަކާއި ގުޅިގެން މަޖިލީހުން އެގޮތަށް ނިންމުމުންނެވެ. އެފަހަރުވެސް ޑރ. ޖަމީލުގެ ދިފާއުގައި އެއްޗެއް ވިދާޅުވުމަށް މަޖިލީހަށް ހާޒިރުކުރެވިފައެއް ނެތެވެ. ވަކިބޭފުޅަކު އަލުން ނައިބު ރައީސް ކަމުގެ މަގާމަށް ގެނައުމަށް ރައީސް ޔާމީން އެވަގުތު ބޭނުންފުޅުވުމުން އެކަން އެގޮތަށް ނިންމެވީއެވެ.

ރައީސް ޔާމީނުގެ ކެބިނެޓް ވަޒީރުންގެ ތެރޭގައި ހުންނެވި ކުރީގެ ޑިފެންސް މިނިސްޓަރު ދިރިއުޅުއްވާ ގެކޮޅަށް ދަންވަރު ފުލުހުންވަދެ އޭނާ ކުޑަކަކޫމައްޗަށް ތިރިކޮށްފައި ބޭންދި ހިސާބުން މިގައުމުގައި އެކަކަށް ވެސް ގާނޫނީ ގޮތުން ރައްކާތެރިކަމާ ސަލާމަތްތެރިކަން ނެތް ކަމަށް ވިދާޅުވީ 2015 ވަނަ އަހރުގައެވެ. އޭރު އެވާހަކަ ގަބޫލު ކުރި މީހުން މަދު ނަމަވެސް އޭގެ ފަހުން ތަކުރާރުވަމުން އައި އެތައް ކަމަކުން އެކަން ވަނީ ޔަގީންވެފައެވެ.

ރާއްޖޭގައި ގާނޫނާއި ގަވައިދުތައް މުގުރިގެންދާން ފެށުމުން އިދިކޮޅުފަރާތްތަކުން މަޖިލީހުގެ އަޣްލަބިއްޔަތު ހޯދައި ގާނޫނީ ހަމަތަކުން މަޖިލީހުގެ ރައީސް މަގާމުން ބޭރު ކުރުމުގެ މަސައްކަތް ފެށުނެވެ. އެމަސައްކަތަށް 45 މެމްބަރުންގެ ތާއީދު ލިޔުމުން ލިބި މައްސަލަ ހުށަހެޅުމުން ރައީސް ޔާމީނުގެ ސަރުކާރުން ނިންމީ އަދި ވެސް މަސީހުގެ ގޮނޑި ދިފާއު ކުރުމަށް އާކުޅިއެއް ކުޅުމަށެވެ. މަސީހު ބޭރު ކުރުމަށް ގާނޫނީ އިމުން ކުރެވުނު މަސައްކަތްވެސް ހުއްޓުވުނު ގޮތަކަށް ހުއްޓުވާށެވެ. ރައީސް ޔާމީނު ހިތްޕުޅުހަމަޖެހިވަޑައިގަންނަވާ ފަދަ ނިންމުމެއް އެންމެ ފަހުން ނިންމީ މަޖިލީހުގެ މެމްބަރުންގެ ގޮނޑިގެއްލުނު ކަމަށް ކަނޑަވެސް އެޅެން ނެތް އިލެކްޝަން ކޮމިޝަނުންނެވެ.

އެންމެ ފަހުން މަޖިލީހުގެ އެއްވެސް މެމްބަރެއްގެ ގޮނޑި ގެއްލިފައިނުވާ ކަމަށާ ސިޔާސީ ކުށްވެރިންގެ ގޮތުގައި ބެލެވޭ 9 މީހަކު ވަގުތުން މިނިވަން ކުރުމަށް ސުޕްރީމް ކޯޓުން 1 ފެބްރުއަރީ 2018 ގައި އަމުރުކުރުމުން ވެސް އެއީ ރައީސް ޔާމީނު ބޭނުންފުޅުވެވަޑައި ނުގަންނަވާ ކަމަކަށް ވުމުން އެ އަމުރު ތަންފީޒު ނުކޮށް އެހުންނެވީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރައްވައިގެންނެވެ. އަދި ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓުގެ އިތުރު ފަނޑިޔާރެއް މިއަދު އެތިބީ ކުޑަގޮޅީގައި ހައްޔަރުކޮށްފައެވެ.

މިފެންނަނީ ގާނޫނު އަސާސީއެއްގައި ކަންކަން ހިންގަން އޮންނަ އުސޫލު ރީތިކޮށް ލިޔެ ބަޔާންކޮށްފައި އޮއްވައި އެޔާ ދިމާ އިދިކޮޅަށް ވިޔަސް ރައީސް ޔާމީން ބޭނުންފުޅު ގޮތަކަށް ކަންކަން ކުރައްވަމުން ގެންދަވާ މަންޒަރެވެ. ރިޔާސީ ނިޒާމެއްގައި ތިންބާރު ވަކިކުރެވިފައި އޮތް ނަމަވެސް ތިންބާރުގެ ވެރިޔަކީ އެމަނިކުފާނު ކަމަށް ގަބޫލުފުޅު ކުރައްވައިގެން އުޅުއްވާ މަންޒަރު ފެނުމުން އެއީ ގަބޫލު ކުރެވޭނެ ކަމެއް ނޫނެވެ. ހުރިހާ ބާރެއް ފެށިގެން އަންނަނީ ވެސް އަދި އެބާރުތައް ދެމިއޮންނަނީ ވެސް ރައްޔިތުންގެ ކިބައިގައިކަން ޖެހިވަޑައިގަންނަވާނީ ގަބޫލުފުޅު ކުރައްވާށެވެ. އަދި އާހިރުގައި ޖެހިވަޑައިގަންނަވާނީ ފަހަތަށް ފިޔަވަޅެއް އަޅުއްވާށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

"އިސްކަން ދޭންވީ އިދާރީ ހިންގުން ހަރުދަނާކުރަން، އަދި ރައީސް ނަޝީދަށް ކެންޑިޑެސީ ހޯދައިދިނުމަށް"

"އިސްކަން ދޭންވީ އިދާރީ ހިންގުން ހަރުދަނާކުރަން، އަދި ރައީސް ނަޝީދަށް ކެންޑިޑެސީ ހޯދައިދިނުމަށް"

11 ފެބުރުއަރީ 2017
ރައީސް ނަޝީދުގެ ގޮންޖެއްސެވުން ރައީސް ޔާމީނަށް!

ރައީސް ނަޝީދުގެ ގޮންޖެއްސެވުން ރައީސް ޔާމީނަށް!

09 ފެބުރުއަރީ 2017
މުއްސަނދި ގައުމެއް ހަފުސް ކޮށްލުމުގައި ރައީސް މީހާ އަވަދިނެތި

މުއްސަނދި ގައުމެއް ހަފުސް ކޮށްލުމުގައި ރައީސް މީހާ އަވަދިނެތި

07 ފެބުރުއަރީ 2017
ރައީސް ނަޝީދު ލަންކާގައި، އެމްޑީޕީން ހަދަން މިއުޅެނީ ކިހިނެއް!

ރައީސް ނަޝީދު ލަންކާގައި، އެމްޑީޕީން ހަދަން މިއުޅެނީ ކިހިނެއް!

01 ފެބުރުއަރީ 2017
ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގެ މިނިވަން ކަމަށް އަރާވަޑައިގަންނަވަން އުޅުއްވުމުން، ސޯޝަލް މީޑިއާ ރަތަށް!

ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގެ މިނިވަން ކަމަށް އަރާވަޑައިގަންނަވަން އުޅުއްވުމުން، ސޯޝަލް މީޑިއާ ރަތަށް!

30 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު